ސިފްކޯ ފްލެޓްތައް: އެތަނުން ފްލެޓެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު މީހަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: މިހާރު
10 އޯގަސްޓް 2025 - 22:02
ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ސިފްކޯ ފްލެޓެއްގެ ތެރެއިން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރާއިރު، އެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވެ އެވެ.
އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދުލު އިންސާފުބޮކާ
14 August 2025
ބައެއް މީހުންގެ ފޮޓޯ އަދި ނަމާއި އެޑްރެސް ވަރަށް ފަސޭހައިން ޢާއްމުކޮށްލާތަން ފެނޭ.
ފަރިދޯ
11 August 2025
ދެން ބުނޭ މަ ހުވައެއް ނުކުރަމޭ. އޭރުން ތިޔަކަން ނިމި ފަތްކޮޅު ލިބިގެން ދާނެ.
ކޮރަލް
11 August 2025
ޑްރަގް މައްސަލަ ތަކުގަ ތަހުގީގު ނިމެންދެން ބަންދު ކުރަން ވީ އެވެ. ނޫނީ ދޫކޮށްލާނެ އެވެ.
ފާނަކޮށި
11 August 2025
އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް، ދެން މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާއާ ގުޅުން އޮތް ތަނެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފަ..........މިހެން ބުނުމށް ވުރެއް ހައްޔަރު ކުރިމީހާއަކީ ކުއްޔަށް ހިފައިގެން އުޅޭމީހެއްކަމަށް މިހެން ބުނެލިނަމަ މާރަނގަޅުވީސް
ބުރުގާ
11 August 2025
ދޮންކަލޯ އަވަހައް ބުނޭ ތިމަންނައަކައް ނޭގެޔޭ އެތަނަކީ ސިފްކޯގެ ފްލެޓުކަމެއް. ދެން ހިސާހިތަކު ސަލާމަތް ވެދާނެ.
ސިފްކޯ
11 August 2025
ކީއްވެބާ އޭނާގެ ފޮޓޯ ޢާންމުނުކުރީ؟ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެއަށް ހަދަނީ ކިހިނެއްތޯ؟ މިހާރު ވަރަށްގިނައިން ފުލުހުންނާއި ސިފައިން ތިޔަ ތަކެތީގެ ތެރެއިން އަތުލައިގަންނަނީ ކީއްވެގެންތޯ؟ ސުވާލު އުފެދޭ ވަރަށްގިނަކަންތައް އެބަވޭ.
ބުއްދިކާ
11 August 2025
މިޒާތުގެ ވާހަކަތައް ނޫސްތަކުގައި ނުޖެހުން ކިހިނެއް ވާނީ. މީގެ ސަބަބުން ނުރަނގަޅު މެސެޖުތަކެއް މުޖުތަމަޢަށް ދެވެނީ. ގައުމުގެ މޫނުމަތި ހާދަ ހުރުރެކޭ މިވަނީ. މިރާޢްޖޭގައި ދިވެހީންނަށް ވުރެ ބިދޭސީން ގިނަ. މުޅި ދުނިޔެއަށް ހުޅުވިފައިވާ ގައުމެއްގެ ހުރިހާ ކުށޤތަކުގެ ވާހަކަ ނޫސްތަކުގައި ޖެހުން ނިމުމަކަށޤ ގެންނަންވެއްޖެ. ހާދަ ދެރައެއް ވެޔޭ!
ބޮޑުބެގެ ބެއްޔާ
11 August 2025
ތިބުނާ މީހަކު، ބާރަށް ސައިކަލްދުއްވައިގެން ހުއްޓުވިޔަސް އެއްބަހެއް ނުވާނެ. އެކަމަކު ޑްރަގު މައްސަލައެއްނަމަ އެއްބަސްވާނެ. އެންމެނަށްވެސް އެނގޭވިއްޔަ ޑްރަގަކީ މިހާރު ހުއްދަ އެއްޗެއްކަން. އަދި ފަސޭހައިން ސަލާމަތްވާނެކަން.
ބޮޑުބެގެ ބެއްޔާ
11 August 2025
"އޭނާ ދިރިއުޅޭ ސިފްކޯ ފްލެޓްގެ ތެރެއިން ފެނުނު ތަކެއްޗަށް ވަނީ އިއުތިރާފުވެފަ އެވެ." މިނޫނީ ޑްރަގް މައްސަލައެއްގައި އަމިއްލައަށް އިއުތިރާފުވާ ގައުމެއް ނޯންނާނެ ޑްރަގް މައްސަލައެއްގައި. އެނގޭވިއްޔަ ސަލާމަތްވާނެކަން. އެހެން ގައުމެއްގަ، އުލުބޭންދިޔަސް ހަވާލުނުވާނެ.
ބސވސ
10 August 2025
ތިޔާގި އެއްޗަކަށް އޮތީ ތި