ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ސަލާމް ކުރައްވާއިރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ބަލަހައްޓަވައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
23 މާޗް 2017 - 23:51
ގައުމު އިސްލާހުކޮށް، ހަމަމަގަށް އަޅުވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއިި މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކު އަތާ އަތްގުޅާލައިގެން ތިއްބެވި ކަމަށް ވިދާޅުވެ، އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގާނޫނީ އިމުގެ ތެރެއިން ބިރުފަހަނައަޅައި ނިކުންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.
އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ތިން ބާރު ވަކިކޮށްދީފައި އޮތް ނަމަވެސް މި ސަރުކާރުން ތިން ބާރު އެއްކޮށްލާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެންނަމުންދާއިރު މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހުރިހާ މުއައްސަސާތަކެއް ޒިންމާދާރުކުރެވޭނީ، ރައްޔިތުންގެ މަޖިލިސް އިސްލާހުކޮށްގެން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕިއެމާ ގުޅުނު މެމްބަރުން އަލުން އެ ޕާޓީތަކާ ގުޅެން ގާސިމް މިރޭ ވެސް ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ތިބީ ވަރަށް ބޮޑަށް "އަޅުވެތިވެފައި" ކަމަށާއި އެކަމަކު މެމްބަރުންނަކީ "އަޅުން" ނޫން ކަން އަމިއްލަ އަށް ވިސްނައި އެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މުލިއާގެއަށް އެއް ދުވަސް ތެރޭގައި، ހަ ފަހަރަށް ދާން އެންގުމުން މެމްބަރުން ދާން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ މިރޭގެ ޖަލްސާގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިއީ އަޅުންތޯ، އަޅުންނެއް ނޫން ދެއްތޯ މިއީ. ބަލަ އެހެންވާކަށް ނުޖެހެއޭ އިނގޭތޯ. އަތޮޅަށް ރައްޔިތުން ހޮވާފައި ހުރި މެމްބަރަކީ ހާދަ އިއްޒަތްތެރިއެކޭ އިނގޭތޯ،" ގާސިމް ވިދާޅުވި އެވެ.
"މިއަދު ބިރުވެރިކަމުން ފިތިއްޖިއްޔާ ކިހިނެއްތޯ ވާނީ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ވިދާޅުވާހެން، ރައީސް މައުމޫން ވިދާޅުވާ ހެން ބިރުފަހަނާޅައި ނިކުންނާށޭ އިނގޭތޯ، ގާނޫނީ ހުދޫދުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ނުކުމެވަޑައިގެން ކެރިވަޑައިގަންނަވާށޭ، އެއީއޭ، ފައިދާއަކީ، އެއީއޭ މަންފާއަކީ. އޭގެ ސަބަބުންނޭ ގައުމުގެ ކުރިއެރުން ގެނެސްދޭނީ."
އޭނާ ވިދާޅުވީ ސަރުކާރު ދެކެ އެއްވެސް މެމްބަރަކު ބިރުގަންނާކަށް ނުޖެހޭ ކަމަށާއި "މާކަނޑުގެ ހިރިގަލުގައި އޮންނަ ފަނިފަކުސާ އަށް ވެސް މާތްﷲ ވަނީ ރިޒުގް ލިބޭނެ ގޮތް ތަނަވަސްކުރައްވާފައި" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާފައި ތިބީ ވަކި ބޭފުޅަކު އަންގާ ގޮތަކަށް ވޯޓު ދޭން ނޫން ކަމަށާއި އެގޮތަށް ކަންކުރައްވަން "ހެޔޮނުވާނެ" ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއާ ސަރުކާރާ ދޭތެރޭގައި އޮތް ކޯލިޝަން ރޫޅާލި ގޮތާ ގުޅޭ ގޮތުން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ދަނީ ދައްކަމުންނެވެ. އެ ޕާޓީ ވަކިވާން ޖެހުނު ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވީ، ކޯލިޝަންގައި އެ ވާހަކަ މާކުރިން ދެކެވި އެއްބަސްވެވިގެން ކަމަށް ވިދާޅުވި އެވެ. ފަހުވަގުތު، އެކަން ވެސް އެހެން ގޮތަކަށް ބަދަލުކުރީ، އޭނާ އަށް އަންގާވެސް ނުލައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ގައުމުގެ މަސްލަހަތާއި އާމަންކަން އޮތީ، ގާސިމް ވިދާޅުވި ގޮތުގައި ތިން ބާރު ވަކިވެ، ސަރުކާރު ޒިންމާދާރުކުރުވުމުގެ ބާރު މަޖިލީހަށް ލިބިގެންނެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ވޯޓު ނަގައި، އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތަން
24 March 2017
ގާސިމު ސަރުކާރަށް ދައްކަންޖެހޭލާރިނުދައްކާތީ ޖުރުމަނަކޮށް، އެކައުންޓްތައް ފްރީޒްކުރީމަ، މަޖިލީހުގެ މެމްބަރުން 'ބިރުފަހަނަޅާ' ނުކުންނަންޖެހޭ ސަބަބެއްނެތް!
ދިޔާނާ
24 March 2017
އަޅުގަނޑު ސަރުކާރުގެ އުޅޭތާން 15 އަހަރު ވިފަހުން 2 އަހަރުގެ ދަރިފުޅު ބަލިވެގެން ޑޮކްޓަރގެ ޑޮކިއުމެންޓާ އެކް ސަރުކާރަށް ހުށަހެޅުމުން ޖަވާބެއްނުލިބި 25 ދުވަސް ވިފަހުން އަޅުގަނޑުގެ ފިރިމީހަަ މަނިކްފާނާ ބައްދަލުކުރުމުން ވަގުތުން އެހީ ތެރިކަން ފޯރުކޮށްދެއްވާ 8 މަހާއި 21 ދުވަސް ވަންދެން ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވީ މަނިކުފާނުގެ ދީލަތި އެހީތެރި ކަމުގައި، އަދިވެސް ކާކުތޯވެސް ބައްލަވާ ނުލައްވާ . . އަދި ހޮސްޕިޓަލްގަ އެޑްމިޓްކުރިތާ 35 ދުވަސް ފަހުން އެންގުނީ ދެކޮޅު ޓިކަޓާ 250 ޑޮލަރު ސަރުކާރުން ހަމަޖެހުނުކަން. . . ސަރުކާރުން އަޅުގަނޑައް ލިބުނުޙާވެސް އެއްޗަކީ އެއްއަހަރުގެ ނޯޕޭލީވް - ޝުކުރުވެރިވަން! އަޅުގަނޑު ބުނަން ބޭނުންވަނީ ހަމަ ގައިމުވެސް މަނިކުފާނަކީ ހިތްހެޔޮ އިޚްލާސްތެރި ބޭފުޅެއްކަން އަޅުގަނޑާ އަދި އަޅުގަނޑުގެ އާއިލާ އަށް ވަރަށްސާފު، ވީމާ އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ މަނިކުފާނަށް ހެޔޮ ރަހްމަތްލައްވާ ތިޔަ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވާ ދެދުނީޔޭގެ ބާއްޖަވެރިކަން ދެއްވުން - އާމީން!
ނަތަން
24 March 2017
ތިބޭފުޅާޔަށް މުހިއްމުވީ ތިބޭފުޅާގެ ބޭނުން، މިކަހަލަ އެތެއް 18 މިލިޔަން ދައްކަން ޖެހި ނުދައްކާ އެލާރިން އެއްހާސްވަރަކަށް ޑޮލަރު ތިބޭފުޅާޔަށް ލިބުނީމަ އެނިމުނީ، އެހެންވެ މިގައުމު ފަސާދަވެގެން މިދަނީ!
ޞޮރީ
24 March 2017
ގާސިމްގެ ފަހަތުން ނިކުމެވި ދާނެ އެކަމު ގާފޮރޮޅާ ޕޯޑިއަމަށް އަރާ ދޮގުތަށް ހަދާ ،ދާހިތްލާ ސިއްރު ކަސްފުކުރާމީހުންގެ ފަހަތަކުން ނިހިނގޭނެ...ސުކުރިއްޔާ...
އެބަގޮވާ
24 March 2017
ހޯމަ ދުވަހު މަޖްލީހުގެ ރައީސް ބަލިވުމުގެ ސަބަބުން މަޖްލީހުގެ ރައީސް ކަމުގެ އިތުބާރު ނެތް ކަމަށް ނަގަން އޮތް ވޯޓް ވަކި މުއްދަތެއް ނެތް ގޮތަށް ފަަސް ކުރެވިއްޖެ ކަމަށް އިއުލާން ކުރާނެ ކަމަށް މަމެން ގާތު ކަހުރަބު ޖިންނި އައިސް ބުނެފައި ހިނގައްޖެއޭ މަމެން ބުނަން ނެތީމު ދޯ.
ބަލަގަ
24 March 2017
ބިރު ފަހަނައަޅާ ނިކުންނަން އެޒާތަށް އެގޮތަށް މީހަކު ބުންނަސް އެމީހަކު ތަމެންގެ ވިޔަފާރި އަށް ވާ އެއްވެސް ގެއްލުމެއްގައި ޒިންމާ ނުވާނެއެވެ. ބޭންކް ލޯން ދައްކާނެ މީހަކު ނުވާނެ އެއިރަށް. އެމެން ނަކީ މިއަދު ސަރުކާރުން ބޭރުގައި ރިސޯސް އެއް ނެތި އަދި ބާރެއް ނެތި އުޅޭ ބަޔަކަށް ވާއިރު އެމެންނާއި އެކު ވާނީ އެއީ މޮޔައިން ނޫންތޭ. އެއްގޮތަކަށް ވެސް އެގޮތަށް އެމެންނާއި އެކު މަގު ހުރަަސް ކުރަން ނަހަދާތި އެމެން ތަމެން މަގު މެދަށް ދޫކޮށްލާ އެމެން އަމިއްލަ އަށް މަގު ހުރަސް ކޮށް ރައްކާވާހުށި ކަމެވެ.
ނައު
24 March 2017
މަޖްލީހުގެ އެމްޕީން އެެއް ގޮތަކަށް ވެސް ގާސިމް އިބްރާހިމް އަދި ކެނެރީގެ ނަޝީދު އަދި ކިނބިގަސް ދޮށުގެ މައުމޫނު ގެ ބަސް އަޑު އަހައިގެން ނުވާނެއޭ. އެމެން ނަށް ވެގެން އުޅޭ ގޮތަކީ އެއީ ރައީސް ޔާމީން މިގައުމުން ޑްރަގް ގެ ކަންކަން ހައްލު ކޮށް މަޑުމަޑުން މިގައުމު އާދުވަހަކަށް އިރު އަލިވެލާން އުޅޭތީވެ އެމެންނަށް އިނގޭނެ މިރާއްޖޭގެ ޒުވާން ޖީލު ރަނގަޅު ކުރަން އެމެން އެއްވެސް މަސައްކަތެއް ނުކުރާ ކަން ރާއްޖޭގެ ރައްޔިތުންނަށް އަންޑަރސްޓޭންޑް ވާނެ ކަން. އެހެންވެ ޖެލަސީ އެންގަރ ކުރިއަށް ނެރެގެން ގާނޫނު އަސާސީ އެއީ ނިވާ ފަށް ގަނޑަކަށް ހަދައިގެން މަޖްލީހުގެ ރައީސް ގެ މަގާމް ގައި ހުރި މަސީހު ނަގާ އެއްލާލާ އެމެން އަމިއްލަ އަށް މަޖްލީހުގެ ރައީސް ކަމަށް އަންނަން ވެގެން ރާވާ ކްރުއަލް މައިންޑް ގޭމެއް މިހާރު ގާސިމް އެޖައްސަނީ. އެއްގޮތަކަށް ވެސް އޭގައި ބައިވެރިވެގެން ނުވާނެ އެއްވެސް އެމްޕީ އެއް.
ދަބޭލެނިންގް
24 March 2017
ބިރު ފަހަނައަޅަން ކީއްކުރަން ގާސިމް އެއްގޮތަކަށް ވެސް ތެޅި ގަންނާނެ ކަމެއް ނެތެވެ. މިހާރު ވެރިކަމުގައި މިތިބީ މަމެން ޕިންކީން ނެވެ. ބިރު ނުގަނެ ތެޅި ގަނެގެން މަމެންގެ ސަރުކާރާއި ތޯޅެން އުޅޭ ބަޔަކު ކުޑާ ކޮށް ތަޅުވާލުމުން އެމެންގެ ހުޅުނބު ދާނެ ވަރަށް ރީއްޗަށް ބޭލެމުން. އެއިރުން އެއަށް ކިޔާނީ ދަ ހުޅުނބު ބޭލެނިންގް ދޯ.
ދައްކާނަމޭ
24 March 2017
ގާސިމް ނުވާނެއޭ ތިކަމެއް. މިހާރު މީ 2008 ވެސް ނޫން އަދި 2013 އެއް ވެސް ނޫން އިނގޭ. ތަމެން ނިދާފައި ތިއްބާ މަމެން މިވަނީ ނުުނިދާ ހޭލާ ހަތަރު އަހަރު ތިބެގެން ރާއްޖޭގެ ސޮސައިޓީ ސިޔާސީ ކްރުއަލް ގޭމް ކުޅޭ މީހުންގެ ހަގީގަތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އަންޑަރސްޓޭންޑް ކޮށް ދީފައެވެ. ތަމެންނަށް ނޭގޭނެ މަމެން މިކަމުގައި ކުރާ ދިރާސާ ތައް. ނޯ އައިޑިއާ ދޯ. ދެން ތަމެންނާއި އެކު ވާނެ ރައްޔިތުންނެއް ވެސް ނުތިބޭނެ އަދި ތަމެންގެ އެމްޕީން ތެރޭން ތްރީލައިން ވިޕް އަށް އެެއްބަސްވި މީހުން އެ ތްރީ ލައިން ވިޕް ބްރޭކް ކުރާ ތަން މަމެން ތަމެންނަށް ދައްކާނަމެވެ. މިފަހަރު އެމްޑީޕީން އަދި ޖޭޕީން މިކަމުގައި ދަމާލާ ތްރީލައިން ވިޕް ބްރޭކް ކުރާ ތަން ތަމެންނަށް މަމެން ދައްކާނަން ވަރަށް ރީއްޗަށް އެނޫން ނަމަ މަމެން ލޮނު ލައިގެން ބަތެއް ނުކާނަމޭ..
ޟުހާޓޯ
24 March 2017
ހަމަހިނިއަންނަނީ.
ދޮށީމޭނާ
24 March 2017
އެއްވެސް ޚުދުމުޚުތާރު ސަރުކާރެއްގަ ކަރާމާތެއް ނޯންނާނެ.. އޮންނާނީ އަޅުވެތީކުރުމާއީ ބީރުދެއްކުމާއީ ކީބުރުވެރީކަމާއީ ދެއްކުންތެރީކަން.. ދީވެހީ އެއްވެސް ރައްޔީތަކު އެފަދަ ސަރުކާރެއް ގެންނާކައް ވޯޓެއްނުދޭ.
ރިމައިންޑެޑް
24 March 2017
ރަށުތެރޭގައި އުޅޭ ކިއްލި ތަޅާއިން ތައް ސަރުކާރަށް ދައްކަން ޖެހޭ 18 މިލިއަން ޑޮލަރު ދައްކަންވީމާ ހާދަ ބޮޑަށް ތިޔާ ފުއްޕަން ފެށީ ދޯ. ނުފުއްޕާތި އިނގޭ. ލެވެލް އަށް ތިރިކުރަން ޖެހިދާނެ ވެކިއުމް ހުސް ކޮށްގެން. މީމަމެންގެ ވެރިކަން ކަން ރިމައިންޑް ކޮށް ދިނީ އިނގޭ.