ފޭޒުލީން.
27 ސެޕްޓެމްބަރ 2025 - 19:10
ގދ.ތިނަދޫގެ ގެއަކަށް ވަދެ ޒުވާބުކޮށް، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓިކްޓޮކް ތަރި އާމިނަތު ފޭޒްލީން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ފޭޒްލީން އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެއަކަށް ވަދެ އިންޒާރު ދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނިންމީ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ގޮތުގައި 10،000ރ. ކޯޓުގައި ބަހައްޓައިފިނަމަ ބަންދުން ދޫކޮށްލުމަށެވެ.
ނަމަވެސް ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ފައިސާ ނުދައްކައިފިނަމަ 15 ދުވަހަށް ބަންދުކުރަން ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިރޭ ވިދާޅުވީ އެ ފައިސާ ކޯޓަށް ދެއްކުމުން، ކަފާލާތުގެ ދަށުން އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ތިބި ކުޑަކުދިންތަކަކާ މެދު ހުތުރު ބަހުން މުއާމަލާތްކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގަ އެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ. ކުރިން ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ. އެކަމަކު މިހާރު ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް މިދިޔަ އަހަރު ވަނީ އެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
އެކަމަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް ފުރުން މަނާކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުﷲ
28 September 2025
ޓިކްޓޮކް އަދި ފޭސްބުކް ފަދަ އެޕްތައް ރާއްޖޭގައި ބޭނުން ކުރުމުގެ ހަރުކަށި ރެގިއުލޭޝަނެއް ހަދައި ރެގިއުލޭޓް ކުރަންވީ. ފޭކްއައިޑީ ހަދައިގެން މީހުންގެ އަބުރު ކަތިލުމާއި އައުގުރާނަ ގޮވުން ފަދަ ކަންތައް ހުއްޓުވޭނީ އެއިރުން. ތި ފޭޒްލީނުއާއި ބަޔަކު ޖައްސާލައިގެން ފޭކް އައިޑީބޭނުންކޮށްގެން އައުގުރާނަ ގޮވައި އޭނަ ދިރިއުޅެން ދަތިވާ ހިސާބަށް ކަންތައް ދިޔައިމާ ކޮންމެ މީހަކަށްވެސް ގޯސް ހެދޭނެތާ.
އ،ނ.ތ
29 September 2025
މިނިވަން ކަމަށް ދައުވާ ކުރާ ގުރޫޕް ނިކުންނާނެ މަގުމައްޗަށް
ހޭޔަންބީ
28 September 2025
އޮރިޔާން ސައިޓްތައް ބުލޮކް ކުރަންޔާ ޓިކްޓޮކް އެކައުންޓްތައްވެސް އަދި ޓިކްޓޮކްވެސް ބޮލޮކް ކުރަން ޖެހޭ. މުޖުތަމައުއަށް ގެއްލުން ލިބޭ އެބަ.
ފޫހި
28 September 2025
މިހާރު އެހެރީ ލާރި ދެއްކީމަ އަޚްލާޤު ސާފުވެފަ
އިސްލާހު
29 September 2025
ހައްޖައް ދިއުން ކަހަލަ ކަމެއް
ދިގަލި
28 September 2025
މިވެސް ތަރިއެއްތަ؟ ޓިކްޓިކްގަ ޒުވާބުކޮށް ހުތުރުބަހުން ވާހަކަދެއްކުން ކަމަށް އޮންނަނީ. ރާއްޖޭގައި މީގެ 30ހަކަށް އަހަރު ކުރިން އޮތް ޒުވާބު އެއަށްވުރެ ނުބައި ދަރަޖައަކަށް ގިސްފަ. މި މީހުން ތަރިންނަށް2 ވާނަމަ މަސްތުވެގެން މަގުމަތީގަ އުޅޭ މީހުންނަށްވެސް މަސްތުގެ ތަރިން ކިޔަންވާނީ.
ޝަރުމާ
28 September 2025
މީ ވަރަށް ހަޔާތް ކުޑަކޮށް ސޯސަލް މީޑިއާގައި އަވަގުރާނަ ގޮވާ އަންހެނެއް. ޢިޖުތިމާއީ މިންގަނޑާ ޚިލާފަށް ސޯޝަލް މީޑިއާގައި ހަޑިހުތުރުބަހުން މުޢާމަލާތް ކުރަމުންދާ މިފަދަ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ. ލާރިކޮޅަކަށް ސަރުކާރާ ޤާނޫނު އަސާސީ ގަނެގެން ހިމާޔަތް ހޯދޭ އުސޫލު ބަދަލު ކުރަން ޖެހޭ. ކޮންމެ ކޮންމެ މައްސަލައަކަށް މިކަހަލަ ހިމާޔަތް ދިނުން ގޯސް.
ސަރުބާރު
28 September 2025
ހިމަންދޫ ޖަލީލުގެ ފިތުނަ އެސިސްޓެންޓް ދޫކުރާނެ ކަމެއްނެތް. ދެމީހުން އެއްކޮށް އުމުރަށް ޖަލަށް ލާންވީ!
މުލޭ
27 September 2025
ތިމީހިން ޖަލުގައި ބައިތިއްބަންވީ އިޖުތިމާޢީ ފޭރާން ހަލާކު ކުރުމުގެ މޭސްތިރިންތަކެއް ތިޔައީ ވެސް. ސިޔާސީ މީހުންނަކަށް ދޫ ނުކުރޭ މިމީހުން ވެސް. ބޯ ހަލާކު.
ހުސެންޓެ
27 September 2025
އަނެއްހެން ބުނަންޏާ ކަފާލާތަކީ މުއްސަނދިން ކޯޓަށް "ރިޝްވަތެއް" ދިނީމާ ދޫކޮށްލައިދޭ ދޫކުރުމަށް ކިޔާނަމެއް. ފަގީރުންގެ އަތުގައި ކޯޓަށް ދޭނެ ލާރި ނެތީމާ އެމީހުންނަށް ދުލެއް ނުލިބޭ. ހުރިހާ މޮޅެއްވެސް ލިބެނީ މުއްސަނދިންނަށް.
ވިސްނުން އިސްކުރޭ.
27 September 2025
15 ދުވަހު މަޑުކޮށްލާފައި ނިކުމެ ތި 10000 މަންފާ ކުރަނިވި ގޮތަކަށް ބޭނުން ކޮށްލިނަމަ އެ ގޮތް މާ ރަނގަޅުވިސް. އަދި 15 ދުވަހު މަޑުކޮށްލިނަމަ އެއީ އެތަން ހުރިގޮތައި ހިތްދަތިކަން ފެނި، އިސްލާހުވާން ނިކުމެވޭ ދޮރަކަށް ވެސް ވެދާނނެ.
އަކްމެޑް
27 September 2025
ޓިކްޓޮކްގަ ލައިވްކޮށްގެންތިބެ އެކަކު އަނެކަކާ ފޮށި, އައުގުރާނަ ގޮވުން ނޫންކަމެއް ދިވެހިންގެ ނޯވޭ.