ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ގާނޫނުއަސާސީ ދަންތުރައެއްގެ ގޮތުގައި ސިފަވަނީ ޚުދުމުހުތާރު ވެރިންނަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިއްތިހާދު ރޫޅުމާ އެކު ވެރިކަމުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ވިދާޅުވި.

ދިވެހިންނަށް އެތައް ހައްގުތަކެއް ކަށަވަރު ކޮށްދީފައިވާ ގާނޫނުއަސާސީ ދަންތުރައަކަށްވެ، އެއަށް އަމަލުކުރަން ޖެހުމުން ބޯގޮވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރަން ނިޔަތްގަންނަ ވެރިންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އަށް މިއަދު ނުވަ އަހަރު ފުރުން ފާހަގަ ކުރަން އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެއްކި ނަޝީދުގެ ވީޑިއޯ މެސެޖުގައި، ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ދަންތޫރައަކަށް ބަދަލުވެގެން ދަނީ ވެރިން ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ގޮތުން ކަމަށެވެ. ގިނަ ފަހަރަށް އެކަން ސާފުވަނީ، ވެރިކަން ގެއްލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އުއްމީދުތަކަކާ އެކު ފެހި ގާނޫނުއަސާސީ ރައްޔިތުން ހޯދީ ބުރަ މަސައްކަތުންނެވެ. މި ގާނޫނުއަސާސީއަކީ މުޒާހަރާގެ ގާނޫނުއަސާސީ ކަމަށާއި މިއިން އުފަންކުރި އެންމެ މުހިއްމު އިދާރާއަކީ ސިޔާސީ ޕާޓީ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައިވާނެ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އިންތިޒާމްވެ ތަރުތީބުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ކަށަވަރު ކޮށްދީފައި މިވަނީ އަޅުގަނޑުމެން މިއަދު އަމަލު ކުރަމުން މިދާ ގާނޫނުއަސާސީ. ތެދުފުޅެއް، މި ގާނޫނުއަސާސީން ވެރިކަމުގެ ބާރު ވަކިކޮށްދީފި. މުސްތަޤިއްލު މުއައްސަސާތައް އުފަންކޮށްފި. ރައްޔިތުންގެ ހައްގުތައް ޒަމާނީ ދަރަޖައިގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށް މުޅިން ގަބޫލުކޮށްފި. ލާމަރުކަޒީ ނިޒާމު އެކަށައަޅައިފި،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެކަށައެޅުނު ހުރިހާ ގާނޫނުއަސާސީއެއްގައި ވެސް، ރައްޔިތުންގެ ހައްގުތައް ބަޔާންކުރި ނަމަވެސް، ނަޝީދު ވިދާޅުވި ގޮތުގައި، އެ ހައްގުތައް ރައްޔިތުންނަށް ކަށަވަރެއް ނުވެ އެވެ. އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތް ކަމަށްވާ ސިޔާސީ ޕާޓީ ނެތުން ކަަމަށާއި އެކަމަކު މިހާރު އަމަލުކުރާ ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތަކަށް ޖާގަ ދީފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެ މުހިއްމު ސަބަބަށްޓަކައި ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތް ވަރަށް ތަފާތުވެއްޖެ. ރައްޔިތުންގެ އަޑުއުފުލާނޭ ގޮތްތަކާއި މަގުތައް ރައްޔިތުން އެބަހޯދާ. ސިޔާސީ ޕާޓީތަކުން، އިންތިޒާމްވެގެން ހިނގާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް، ހިމާޔަތް މިކުރަނީ، ސީދާ ރައްޔިތު މީހާ. ސީދާ ދިވެހި މީހާ. އޭނާގެ ޖިސްމު، އޭނާގެ ނަފްސު އަދި އޭނާގެ މަދަލާއި ތަރިކަ އާއި އޭނާގެ ސަގާފަތް. އޭނާ ދިރިއުޅޭ އުޅުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދަ އެތަކެއް ފޮނި އުއްމީދުތަކެއް ރައްޔިތުން ކުރި އެވެ. ގައުމުގެ ތަރައްގީ އަށް ބޭނުން ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި އޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެ

ގާނޫނުއަސާސީއާ އެއްގޮތަށް ރާއްޖޭގައި އިންތިހާބުތަކެއް ބާއްވާފައިވާއިރު، އެ އިންތިހާބުތައް މިހާތަނަށް ކާމިޔާބުވެފައި ވަނީ އިއްތިހާދު ހަދައިގެން ކަން ފާހަގަކުރެއްވި އެވެ. މި އިއްތިހާދުގެ ތެރެއިން، ކުޑަ އަގްލަބިއްޔަތެއް ލިބި ސަރުކާރު އެކުލަވާލާ ޕާޓީ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ވެރިކަމުގެ ބާރު އެ ޕާޓީއިން ސަކާކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް މަސައްކަތް ކުރައްވަނީ އެ ބޭފުޅާގެ ވެރިކަމުގެ ބާރު އިތުރުކުރުމަށް. އެ ބޭފުޅާގެ ކިބައިގައި ވެރިކަމުގެ ގިނަ ބާރު ބެހެއްޓެވުމަށް. ނަތީޖާއަކަށް ވެދަނީ ސިޔާސީ ވާދަވެރިންނަށް އަނިޔާވުން އަދި ގާނޫނުއަސާސީ އުއްމީދުކުރާ ފިޔަވަޅުގައި ވެރިކަމުގެ ކަންކަން ކުރިއަށް ނުދިޔުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިއްތިހާދުވުމުގެ ހަމަތަކާއި އުސޫލްތަކަށް ރައްޓެހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފުރިހަމަ ރިޔާސީ ނިޒާމަކީ އިއްތިހާދުވުމާ ބީރައްޓެހި ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރައްވާ ވެރިޔާ، ވެރިކަމުގެ ބާރު އެއްކުރެއްވުމުގެ ނިޔަތުގައި އެ ބޭފުޅާގެ ވާދަވެރިން އެކަހެރިކުރަން މަސައްކަތް ކުރައްވައިފިނަމަ ވެރިކަން ވެއްޓޭނެ،" ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ވެރިކަން ވެއްޓިއްޖެ. ވެރިކަމަށް ވަޑައިގަންނެވި އިއްތިހާދު ރޫޅިއްޖެ. ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ގެއްލިއްޖެ. މިއަދު ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނެ ހަމަ އެއްގޮތެއް ވެސް ނެތް."

އިއްތިހާދަކުން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވަނީ އެ އިއްތިހާދު ރޫޅާލައި އެމަނިކުފާނުގެ އަތްމައްޗަށް މުޅި ވެރިކަން ދީލާލާފައި ކަމަށް ވިދާޅުވި އެވެ.

"ވާދަވެރިން ހިފާ ހައްޔަރުކޮށް ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވެ ވައްކަމާއި ފަސާދައިގަ ތިމާ ތުހުމަތުވެ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލަށް ގެނެސް އަދި އަމުދުން ތިމާގެ އަމިއްލަ ލޭ ހިނގާ ގާތް ތިމާގެ މީހުންނަށް އަނިޔާކުރަން ފެށީމަ އެ އުޅެވެނީ ރަނގަޅަކަށް ނޫން. އެހުރީ ގާނޫނުއަސާސީ އާއި ޚިލާފުވެފަ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ހަލާލުކަން ގެއްލިދާކަން ކޯނީ ރިޕޯޓުން ވަނީ ސާފުވެފަ އެވެ.

"އެ ރިޕޯޓްގައިވާ އެންމެ ސާފު އެއް ހަގީގަތަކީ ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ހަލާލުކަން ގެއްލިދާކަން. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގެ ސައްހަކަން ގެއްލިއްޖެ. ދެން އިތުރަށް ވެރިކަމުގައި ހުރެވިގެން ނުވާނެ. އަޅުގަނޑުމެން ނުކުމެ މިކަން ބަދަލު ކުރަންވާނެ،" ނަޝީދު ވިދާޅުވި އެވެ.

34 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަތަނަބޭ

08 August 2017

އެހެން! މޮޔައަކު ބުންޏަށް ތެދެއްވާނީ ތެދަކަށް. އެންމެ ރަނގަޅަށް އެންމެ ފުރަތަމަ އެކަން ތަޖުރިބާކުރީ އެމަނިކުފާނު.

The name is already taken The name is available. Register?

ކައިޓް

08 August 2017

ރައީސް މައުމޫން އާއި ރައީސް ނަޝީދު އަދި ރައީސް ވަހީދު އަށް ބައެއަތު ހިފަން އެބަޖެހޭ. އެބޭފުޅުން ދިވެހިންދެކެ ލޯބިވޭ، ތަޖުރިބާ އެބަހުރި، އިލްމު އެބަހުރި....މިހެންގޮސް ...

The name is already taken The name is available. Register?

456

08 August 2017

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރު ހިންގެވުމަށާއި، ތަޙްޤީޤުތައް ކުރިއަށް "ގެންދެވުމަށް މިހާރު މިވަނީ ވަރަށް ބޮޑަށް ދަތިވެފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބައެއް ޤާނޫނުތަކުގެ ސަބަބުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޤާނޫނުތަކުގެ ބާރު ވަރަށް ބޮޑަށް ފޯރާފައިވާކަން ފާހަގަކުރެއްވަމުން ރައީސް ވިދާޅުވީ، މި ބާވަތުގެ ކިތަންމެ ކަމެއް ދިމާވެފައިވާއިރު، އެކަންކަމުގެ އަޞްލު ޙަޤީޤަތުގައި ގުޅިފައި އޮތީ، ޤާނޫނުއަސާސީގެ ސިފައާ ކަމުގަ އެވެ." https://sun.mv/1636 ހުރިހާކުދިން ކިޔާލާ.

The name is already taken The name is available. Register?

އިބްރަތް

08 August 2017

ރައީސް ނަޝީދު ރައީސް ޔާމީނަށް އެދެއްވަނީ ވަރަށް އަގުހުރި ނަސޭހަތްކޮޅެއް...ސީދާ އަމިއްލަ ތަޖްރިބާއިން އެނގިފަ ހުރި ކަންކަން. ޗާޓުން ބޭރަށް ދާންޖެހުމާ ގާނޫނު އަސާސީ ހުއްޓިފައޭ އޮތީ އޭރު ބުނި ސަބަބުތަކުގެ އަސްލު މައިގަނޑު ތަފްސީލު މިހާރު އެކިޔައިދިނީ. އެކަމު މިގައުމުގެ ވެރިކަން އެއް ކަންތައްތަކަކުން އަރައިނުގަނެވިގެން ވައްބޮޅެއްގެ ތެރޭ އެނބުރެން ޖެހޭނީ މިވެރިކަންވެސް މަގުމަތިން ވައްޓާލައިފިއްޔާ. އެހެންވެ 2018ގަ ވޯޓުން އެކަން ކުރަން މަޑުކުރަންވީ.

The name is already taken The name is available. Register?

އަސީނާ އަލީ

08 August 2017

ނަސީދުގެ ވާކަކޮޅެއް އިވިއްޖެނަމަ ވަރުބަލި ކަންފިލާ މޫޑުރަނގަޅުވެ، ދިރިއުމުގެ ފޮނިއުންމީދު އާވޭ

The name is already taken The name is available. Register?

އައްޔޫބް

08 August 2017

މުޙައްމަދު ނަޝީދަކީ ފެހި ޤާނޫން އަސާސީ އިން ރައްޔިތުންނަށް ލިބުނު ބާރު އެންމެ ފުރަތަމަ އަށް ނިގުޅައިގަތް ފަރާތް، އަދި މީނާ އަކީ ނަމޫނާ ވެރިކަމެއް ޤާއިމް ކުރުމަށް ލިބުނު ހަމަ އެަކަނި ފުރުޞަތު ލިބުނު ފަރާތް، ރައްޔިތުން ގެ ފްރަސްޓްރޭޝަންސް ތަކުގެ ނަތީޖާ އަކަށް ވީ ވެރިކަމުން ނަގާ އެއްލާލުން، އޭގެ ވެސް ގެއްލުން ހުރީ ހަމަ ރައްޔިތުންނަށް، ދެވަނަ ފަހަރު ރައްޔިތުން ނަޝީދު ނުހޮވާ ޔާމީނަށް ވޯޓް ދެވުނީ ނަޝީދަށް ފުރުޞަތު ނުދޭން ވެގެން، އެމްޑީޕީ އަށް ވެސް ލިބޭ ގެއްލުމަކީ ނަޝީދު ފަހަތުން ދާންޖެހޭ ޖެހުން، ޑިމޮކްރެސީ ގެ ހަމަ ތައް ޤަބޫލުނުކުރެވޭ މީހަކަށް ވުން. ދެން ތިހެން މީޙުން ހައްދަން އުޅޭނެކަމެއް ނެތް، އަދި ވެސް ނަޝީދު ވާނީ ނަޝީދަށް.

The name is already taken The name is available. Register?

ކަޕިލް

08 August 2017

މިވާހަކަވެސް ގަބޫލުކުރާމީހުންނަށްވުރެ ނުކުރާމީހުން ގިނަވާނީ!

The name is already taken The name is available. Register?

އ

08 August 2017

ވަރަށް ރަގަޅު ވާހަކައެއް، ރައީސް މީހާ އަށް ވިސްނެން އެބަޖެހޭ އަދުލް އިންސާފް އާ ރައްޔަތުމީހާގެ ރަށްކާތެރިކަން އެއީ ޤައުމެއްގެ އެންމެ ފުރަތަމަ އަސާސްކަން. ތަރަށްގީ އަކީ ކޮންކްރީޓް އިމާރާތް ކަމުގަ ދެކޭ ޕޕ ކުދިން ލޯހުޅުވާފަ ސިކުޑިން ވިސްނަބަލަ، މި ޤައުމު މިހާލަތުގަ ދަރިންނާ ހަވާލް ކުރަން ވީ ތޯ ،

The name is already taken The name is available. Register?

ފާތުން

08 August 2017

ތަރައްގީއަކީ، ކޮންކްރީޓް ކަމުގަ ނުދެކޭ ބައިގަނޑު ވެރިކަމުގެ މިގައުމަށް ދިނީ ކޯންޗެއް. މުޒާހަރާ ކުރުމާއި ކުރަން ދަސްކޮށް ދިނުންތަ. ވެރިކަން ކުރިއިރުވެސް ރައްޔިތުންނާ ދެކޮޅަށް ކުރީ މުޒާހަރާ.

The name is already taken The name is available. Register?

އިދުރީހު

08 August 2017

ކަލޭތިހިރީ ހަމަހޭގަތަ ބޮލުގަބަޑިޖައްސައިގެން ވެރިކަން އަތުލީކަމައް ބުނެ މުޅިރާއްޖޭގަ ހުޅުޖަހާފަގޮސް އަދިވެސް ކުރެވުނުވަރު ކުޑައީދޯ މިހާރު އެންމެންނަށް އެނގޭ ތީދިވެހިންގެ ހަލާކުކަން މަ ހިތައްއަރަ ރީންދޫމީހުން މިތިބީ ހަމަހޭގަބާއޭ

The name is already taken The name is available. Register?

ދީދިބެ

08 August 2017

އިދުރީހާ މޮޔަނުގޮވާ މިގައުމަށް ޖެހިފަވާ ވެރިކަމުގެ އުނދަގުލުން ސަލާމަތްވޭތޯ ދުއާކުރޭ

The name is already taken The name is available. Register?

876

08 August 2017

ނަޝީދޭ ރީނދުލޭ ކިޔަކިޔާފަ މާދަންވެސް ބަލިވީމަ ބޭސްކުރަން ދާނީ ނަޝީދުއާ ރީނދުލޭމެން ގައިން ދަލާ ލޭ އޮހޮރުވައިގެން ހޯދަދިން އާސައިންދައިގެ ދަށުން އައިޑީ ކާރޑް ހިފައިގެން ޑޮކްޓަރަށް... ވަރަށް ވާހަކަ

The name is already taken The name is available. Register?

ޤާދިރު

08 August 2017

އާސަންދައަކީ ނަޝީދުގެ އުފެއްދުމެއްނޫން. އެއީ މައުމޫޏުގެ ވެރިކަމުގައި އުފެއްދި މަދަނަ. އެއިގެ ނަން ބަދަލުކޮށްފައި އެއޮތީ. ނަޝީދުކުރިކަމަކީ، އެ އިތުރަށް ތަރައްޤީ ކުރީ. ޔާމީނު ހުސްނުވާ އާސަންދައަކަށް ބަދަލުކުރީ. ބައެއް މީހުންނަށް އޮޅުނަސް ގިނަބަޔަކު މިކަން ދަންނާނެ.

The name is already taken The name is available. Register?

ފާތުން

08 August 2017

876، ކަލެއަށް ކިޔަން ނޭނގުނަސް އެއީ، މައުމޫނުގެ ވެރިކަމުގައި ގެނެސްދިން ގާނޫނު އަސާސީގައި، ރައްޔިތުންގެ އަސާސީ ހައްޤެއްގެ ގޮތުގައި ކަނޑައަޅާ ސަރުކާރުން ފޯރުކޮށް ދިނުމަށް އޭރު ތިބި މެމްބަރުން ގާނޫނު އަސާސީގައި ލިޔުނީތީ، ނުދީ ނުވެގެން ދިން އެއްޗެއް. އެދޭންޖެހިގެން ނު ޓެކްސް ނަގަންފެށީ. ކަލޭމެން ހަމައިގަ ނުތިބޭ މީހުނަކަށް ނޭނގޭނެ.

The name is already taken The name is available. Register?

ވަސީ

08 August 2017

ރައީސް ނަޝީދު ތިޔަހެން ބެކްގްރައުންޑްގަ އުޅުއްވަންޔާ ހިތްވަރެއް ބައްޔެއް ނުވާނެ

The name is already taken The name is available. Register?

ސަލީމާ

08 August 2017

އުންމީދީ ވާހަކަތަކެއް ރޭގަ ރައީސް ނަޝީދު ދެއްކެވީ މިކަހަލަބަސްތަކުން އަހަރުމެން ދިވެހިން މާޔޫސްވާ ދަނޑިވަޅުގަ ހިއްވަރުލިބޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!