ޚަބަރު / ޕީޕީއެމް

މާލޭހިޔާ ކައިރީގައި ޖަގަހަ ހަދަނީ މީހެއްގެ އަތުން ކުއްޔަށް ނެގި ބިމެއްގައި: ޕީޕީއެމް

ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ފުޅާކުރުމަށް މާލޭގައި ގިނަ އަދަދެއްގެ ޖަގަހަތައް ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ހަދަމުން އަންނަ ޖަގަހަތަކަކީ ސަރުކާރުގެ ބިންތަކުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން އަލަށް ހަދާ ޖަގަހަ ކުރިމަތީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ ޓްވިޓާ

މާލޭ ހިޔާގެ ހުސްބިމުގައި ހަދަމުން އަންނަ ޕީޕީއެމްގެ ޖަގަހައިގެ އިތުރުން ކުރީގެ ވެސްޓް ޕާކް ހުރި ބިމުގައި ޕީޕީއެމުން ހަތަރު ބުރީގެ ޖަގަހައެއް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރި މާލެ ހިޔާގެ ހުސް ބިން ހައުސިން މިނިސްޓްރީން ތިން ފަހަރަށް ބިޑަށް ލާފައިވެ އެވެ. އަދި ޕްރޮޕޯސަލްތައް ބަލާފައި އެންމެ ރަނގަޅު މީހަކަށް އެ ބިން މިނިސްޓްރީން ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"(ހައުސިން މިނިސްޓްރީން) ހަވާލުކުރީމަ އެބޭފުޅާ ޕީޕީއެމާ އެއްބަސްވެގެން ޖަގަހަ ހަދަމުން މި ދަނީ. އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަމެއް ނޫން. ގާނޫނާ ހިލާފަށް ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވައި އޭނާގެ އަތުން އެ ބިން ޕީޕީއެމުން ކުލި ދައްކާ ގޮތަށް އެއްބަސްވުމެއްގެ ދަށުން އެކަން ކުރުން ގާނޫނު މަނައެއް ނުކުރެ އެވެ. އެތަން އަންނަ ހޯމަ ދުވަހު ހުޅުވުމާއެކު ހަރަކާތްތައް ވަރަށް ފޯރިއާއެކު ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ބިން ލިބިފައި ވަނީ ކާކަށް ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިން ނެގީ ޕީޕީއެމާ ގުޅުން ހުރި މީހެއް ނޫނެވެ.

ކުރީގެ ފުރުގާން މިސްކިތް ތަޅާލައި އާ މިސްކިތް ހުޅުވަންދެން ވަގުތީ ގޮތުން ބޭނުންކުރި މިސްކިތް ހުރި ބިމުގައި ދެ ބުރިއަށް ހެދި ޖަގަހައިގެ މަތީ ބުރީގައި ހަދަނީ ރެސްޓޯރަންޓެކެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ ބިންތައް ދީފައިވާ ކަމަށެވެ. އެ ބިންތައް ވެސް ސަރުކާރުން ދިނީ އުސޫލުގެ ތެރެއިން ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ސަރުކާރުތަކުގައި ވެސް އެކަން ކޮށްފައި އެބަހުރި. ޕާޓީ ސިސްޓަމް އުފެދިގެން އައިއިރު، ޑީއާރުޕީގެ އޮފީސް ހިނގަމުން ދިޔައީ ސިނަމާލެ ފްލެޓް ތިރީގައި. އެމްޑީޕީ ހަރުގެއެއް ހަދައިގެން އުޅުނީ ޓީވީއެމް ކައިރީގައި ސަރުކާރުގެ ބިމެއްގައި. އެހެންވީމަ މިއީކީ ޕީޕީއެމުން އަލަށް ކުރާ ކަމެއް ނޫން. އޮންނަ އުސޫލެއްގެ ތެރެއިން އެބޭފުޅުން ވެސް ކުރައްވާފައި އޮންނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ހިޔާގެ ހުސް ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދަން ބިމެއް ދޫކޮށްފައިނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެބިން ދިނީ އެންމެ ގިނަ އިން މާކްސް ހޯދި ފަރާތަށެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެތަނުގައި ޕީޕީއެމުން ޖަގަހައެއް ހަދާއިރު، އެތަނުގައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.

55 ކޮމެންޓް, 145 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުމާ

11 August 2017

ސަރުކާރު އޮފީސް ތައް އޮޑިޓު ކޮއްލީމަ އެންގޭނެ ޖަގަހަ ތައް ހެދީ ކާކުގެ ފައިސާ އިންކަން.

The name is already taken The name is available. Register?

ވިސްނާ

11 August 2017

ކޮންމެ ކަމެއްވެސް ބޮޑެތި އޮޅުވާލުމާއި ހީލަތްތެރި ކަމުގެ ތެރެއިންނޫނީ ހިންގެންނެތީތޯ؟

The name is already taken The name is available. Register?

ޖަގަހަ

11 August 2017

ވަރަށްސާފު

The name is already taken The name is available. Register?

ރައްޔިތުންގެ ވިންދު

11 August 2017

ތިބުނާ ފުލުހުންގެ އަބުރު ގެއްލުވާލީ ހަމ ތިބުނާ ފުލުހުންގެ އަމިއްލަ އަށް. އަބުރަކީ ތިމާ އަމިއްލައަށް ރައްކާ ކުރެވޭނެ އެއްޗެއް. ޕޮލިސް ކޮމިޝަނަރ ހީ ނުކުރާތި ރައްޔިތުންގެ އަބުރާ ފުރާނައަށް ނުރައްކާ ކޮށްފަ ފުލުހުންނަށް ސަލާމަތުން ތިބެވޭނެ ކަމަށް.... ގާނޫނީ ގޮތުން އެބައި މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭނަން މި ވެރިކަން ނިމޭ ދުވަހަކުން. އަދި އަނިޔާ ވެރިންނަށް ނިކަމެތިކަން މި ދުނިޔެ މަތީގައި މިންވަރު ކޮށް ދެއްވުން އެދި ﷲގެ ހަޞުރަތުގައި ދުއެާ ވެސް ކުރާނަން. ރައްޔިތުންގެ ވިންދު

The name is already taken The name is available. Register?

ދޮގަކައް ފަހު ދޮގެއް

11 August 2017

ކޮރަޕްޝަނެއްނޫނޯ. ޢަމިއްލަ ޖީބުން -/40 ރުފިޔާ ދީފަ ޕިކަޕު ދަތުރެއް ކޮއްލަން ނުކެރޭ، ޕީޕީއެމް ޖަގަހައިން މަސައްކަތު ސާމާނު އެފުލަން ވެސް އެބޭނުންކުރަނީ ސަރުކާރު ލޮރީ. ޙަބަރުގަ އެދެއްކި ވީޑިޔޯ ނިކަންބަލާބަލަ، އޭރުން ފެންނާނެ.

The name is already taken The name is available. Register?

ހަސަންދިދި

11 August 2017

މާލޭގެ ބޮޑެތި މިސްކިތްތަކުގެ ޓެރެސް ތައް އަދި ނުނަގާނެބާ ޕާޓީ ޖަގަހަ ހަދަން...؟؟؟

The name is already taken The name is available. Register?

ޭއުމަރު

11 August 2017

އެބިންނެގީ އިސްދޫ މީހެއް. ޖަގަހަ ހަދަނީ ހައުސަް މިނިސްޓްރީގެ މުވައްޒަފުންނަށް އިތުރުގަޑީ ފައިސާދީގެން

The name is already taken The name is available. Register?

ސަލާމް

11 August 2017

ކޮންތާކު އޮތް އިއުލާނެއް؟ ތިޔަ އިއުލާނު ތަތްކޮށްފަ ހުރީ މުއިއްޒު ގޭ ފާހާނާ ދޮރުގަތަ؟

The name is already taken The name is available. Register?

ސޯޓް

11 August 2017

ބަލަވާނީތިޔަހެންނު.... އެއުޅެނީމިގައުމުގައި ވެރިކަންކުރާއިރުވެސ ބިންކޮޅެއް ކުއަޔަށްނުލިބިގެން... ނޯ ކޮރަޕްޝަން...

The name is already taken The name is available. Register?

ސަލަފް

11 August 2017

ހުސް ބިން މިހާ މަދު ތަނެއްގައި ސަރުކާރުގެ ބޮޑު ބިމެއް ކުއްޔަށްދޭތަ މީހުން ހިތުހުރިހާކަމެއް ކުރަން؟ އިއުލާނު ކުރަންޖެހޭނީވެސް ރައްޔިތުންނަށް ބޭނުންތެރި މުހިންމު ކޮންމެވެސް ކަމެއް އެތާ ކުރަން ނިންމާފަ. އަދި އެކަމެއް ކުރަން ބިޑުކޮށްގެން ހޮވޭ މީހާއަށް އެބިން އެހެން ބަޔަކަށް ބޭނުންހާކަމެއް ކުރުމަށް ދެވިދާނެތަ؟ މިކަން އެނގިހުރެ ތިޔަ ތަނަށް ދާ މީހުންނަކީވެސް ކޮރަޕްޝަނަށް ހިތްވަރުދޭ މީހުން. ހަނދާން ކުރާތި މިނޫން ދުވަހެއް ދުނިޔެއެއް ވާކަން.

The name is already taken The name is available. Register?

ޅީދަރިފުޅު

11 August 2017

އެތަން ނަގާފައި އިނީ ލ.އަތޮޅު މީހެއްގެ ނަމުގައި އެކަމަކު މައްސަލަ އެއް ނެތެވެ. ތިތަންތަނުގައި 2018 ގެ ފަހުން ހިނގާނީ ޕާޓީ ގެ ހައްގު ޒައީމުގެ އަމުރެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454