ޖޭޕީއަށް ސޮއިކުރުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ޖަލްސާގައި އުމަރު ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
14 ޑިސެމްބަރ 2017 - 19:58
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ނުދިން މައްސަލަ މިއަދު ހޫނުވެއްޖެ އެވެ.
ޖޭޕީގެ އޮފީސް އަދި މައި ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްހެން ގޮސް ތިއްބެވެ. ނަމަވެސް، އެ ރަސްމިއްޔާތު ނިންމާލީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ އެވެ. އެހެންވެ، ބައްދަލުވުން ނިމުނު ފަހުން، ޖޭޕީގެ އިސް ބޭފުޅުންނާއި ބައެއް ނޫސްވެރިންނާ ދެމެދު ހޫނު ޒުވާބުތަކެއް ވެސް ހިނގައި، ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރި އެވެ.
އުމަރު ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ފޯމު ރިޔާޒްއާ ހަވާލު ކުރައްވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އުމަރުގެ ސަޕޯޓަރުން ވެސް ބައިވެރިވި ރަސްމިއްޔާތުގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު އެ ރަސްމިއްޔާތުގައި ނޯންނާނެ ކަމަށެވެ. އަދި އެ މާހައުލަކީ ނޫސްވެރިންނަށް ސުވާލު ކުރެވޭނެ މާހައުލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ މި ނިންމުމާ ގުޅިގެން ގިނަ ނޫސްވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ނޫސްވެރިން ބުނި ގޮތުގައި "ސުވާލު ނުކުރެވޭ ރަސްމިއްޔާތަކަށް އައުމުގެ ބޭނުމެއް ނެތް" ކަމަށެވެ. އަދި ކުރިން އެކަން އެނގުނު ނަމަ، ރަސްމިއްޔާތަށް ނާންނާނެ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.
"އުމަރާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން ފަޅާ އަރުވާލީ. ރައްޔިތުންނަށް އެކަމުގެ ހަގީގަތް ވީހާ ވެސް ތަފްސީލްކޮށް އެނގެން ބޭނުންވާނެ. އެކަމަކު އެ ފުރުސަތު ޖޭޕީންނާއި އުމަރު ނުދިނުމަކީ ވަރަށް ހިތާމަ ހުރި ކަމެއް،" ނޫސްވެރިއަކު ބުންޏެވެ.
ރަސްމިއްޔާތަށް ދިޔަ އެހެން ނޫސްވެރިއަކު ބުނީ، އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ޕާޓީގެ ބައެއް ބޭފުޅުންނާއި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ހުރި ކަމަށެވެ. އެހެންވެ، އެކަމަށް އުމަރު ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެ ނޫސްވެރިޔާ ވެސް ބުންޏެވެ.
އުމަރު ޖޭޕީ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ފަހުން، ބައެއް ނޫސްވެރިން ވަނީ އުމަރާ ސުވާލު ކުރެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު އެ ފުރުސަތު އުމަރު ނުދެއްވި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އުމަރު އިއްޔެ ވިދާޅުވީ ނޫސްވެރިންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ނޫސްވެރިން ބޭނުންވެއްޖެ، ކޮންމެ އިރަކު، ގުޅައިގެން ސުވާލުތައް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، އޭނާ ސޮއި ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަކީ ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ރަސްމިއްޔާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ކޮންމެ އިރަކު ނޫސްވެރިންނަށް ގުޅާލައިގެން ސުވާލު ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީން މިިނިވަން 50ގެ ހަރަކާތްތައް ހިންގީ މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ހޯމް މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައިވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކުރި ކަން ކަމެވެ. އެކަމަކު، ރިޕޯޓުގައި ހުރި ކަންތައް އޭނާ އަށް އަމާޒުނުވާ ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަޓް
16 December 2017
އުމަރު އެހާ ސާފުކޮށް އެ ރަސްމިއްޔާތުގައި ސުވާލުކުރުމުގެ ފުރުސަތެއް ނޯންނާނެއޭ ބުނުމުން ދެން ނޫސްވެރިން ކޮންހާ ހައިޖާނެއްތަ މި އުފައްދަނީ؟
ގަޅިގޮޅި
16 December 2017
އުމަރު ޖޭޕީން ހާއްސަމީހެއްގޮތުގަ ބަލާގަތުމީ ގަޅިކަމެއް. އަޅާނުލާ ދޫކޮށްލިނަމަ އުމަރުގެ ސިޔާސީ ކެރިއަރ ނިމުމަކަށްއައީސް އަދި ޖުމްލަގޮތެއްގައި ޖޭޕީއާއި ދިވެހިންނަށް ފައިދާވީސް.
ޢަބްދުﷲނާފިޒު
16 December 2017
އުމަރު ކޮރަޕްޝަނުގެ އަމަލެއް ނުހިންގާތޯ ބައްލަވާނީ ރައީސް ޔާމީނު، ކޯޓުތައް އެބަހުރި ހަދާ އެއްޗެއް ބަލާފަ އަތްޖަހަން އަހަރުމެން ތިބޭނަން.
ބުމަރު
15 December 2017
އުމަރާ ޔަހްޔާވެސް ކާޅުހިފި. އަންނި ވައްޓާލުމުގެ މޭސްތިރިޔަކީ ތިމަންނައޭކިޔައި ރަށުތެރޭ ދުވިޔަސް ކަލޭ ވެރިޔަކަށް ބަލައިގަންނާނެ ބަޔަކު މިގައުމަކު ނެތް. ދޮރުފާރަޔަށް ބާއްވަން ވެސް މިގައުމަށް ކަމުނުދާނެ.
ހަމަދު
15 December 2017
އެމްޑީޕީ އެކަނި ބާކީ އެންމެން ޔާމީން އާ ނުގުޅޭނެބާ؟........
ޙުސެން
15 December 2017
ޔާމީން ބަލިކުރަން އެމްޑީޕީ އެނިވެސްފުދޭ. ޢިންސާފުވެރި އިންތިހާބެއް ބޭއްވިއްޖެނަމަ.
ސިދުގީ
16 December 2017
ޔާމީން ބަލިކުރެއްވުމައް އަޅާކިޔުއްވާ.އަހަރުމެން މިހާރުމިތިބީކީ ގުނބޯހެއްދޭ ލެވަލައްވުރެން މާކުރީގައި.ދިގުތިރީސް އަހަރު ނިންމަން އެވެރިން ބޭނުންކުރިޔަސް މިހާރު އެކަމައް ދުވަސްތަކެއްވެއްޖެ،މުޅިޕިކްޗާ ބަދަލުވެއްޖެ.ބޭނުމީ ތަރައްގީ.މަސައްކައި ކުރަންދައްނަ ކެންޑިޑޭޓަކު ދައްކައިފިޔާ ތިކަމާ ވިސްނިދާނެ. އައްނި ދައްކާކަމުގައި ވަނީނަމަ މަވޯޓްލާން ގެންދަންޖެހޭނީ ހޭނައްތައިން.ހަމަ ހޭއެރީ ދުވެބެޗީ.
ތުންދަމާފިކުރީ
15 December 2017
ނޫސްވެރިންކުރާނީ ރައޔިތުންގެ ސުވާލު. ރައޮޔިތުންނަށް ރައްދެއްދެވޭވަރު، ރައްޔިތުންނާދިމާލަށް މޫނު އަބުރާލެވޭވަރުގެ ހިތްވަރެއް ހުރިބަޔަކަށްތާ އެކަމަށް އިޖާބަދޭނީ. މިހާރުވެސް އެދައްކަނީ ގައުމީދުވަސް އިނގިރޭސި ކުންފުންޏަކަށް ހިތަކަށް ދިންވާހަކަ. ކޮބާ އެބުނާ ރައްޔިތުންގެ މިލިއަނުން ގުނާލާ ޑޮލަރުބޮންޑިތައް؟
ޢަލީމް
15 December 2017
ނަޝީދު އާ ޣައްސާން އެކީ ނިކުމެއްޖެނަމަ ޔާމީން ކަޓުވާލުމަކީ ފެމެޓައެއް. ޢުމަރުތީ ބޮޑު ފަންޏެއް. ސިޔާސީޕާޓީތަކުގެ ހަލާކު. ކަމެއްކާމިޔާބު ނުކުރެވި ހިކިވެއްޓެމުންދާ ފަނެއް.
ފަޅުވެރިން
15 December 2017
ޖޭޕީ ވާންވީ ކިންގް އަކަށްތޯ، ނުވަތަ ކިންގްމޭކަރ އަކަށްތޯ؟ މިއީ ސުވާލަކީ! ކިންގްމޭކަރ އަކީ އެހެން މީހަކަށް ވެރިކަން ހޯދައިދޭ މީހާ އަށް ކިޔާ އެއްޗެއް. ޢުމަރު ބުނީ ކިންގް އަކަށް ވާންޖެހެއޭ، އަދި ކިންގްމޭކަރ އަކަށް ވެސް ވާންޖެހެއޭ! އެހެންވީމާ މަޥްޤިފް ސާފެއް ނުވި! އަނެއްކޮޅުން ޢަބްދުﷲ ރިޔާޒު ބުނީ ފޮރމިއުލާ އެބައޮތޭ، ޢުމަރު ބުނީ ފޮރމިއުލާއެއް ނެތޭ! މިފަދަ ދެކޮޅު ނުޖެހޭ ސުވާލުތަކަށް ސާފު ޖަވާބު ނުދެވޭނެތީ ނޫސްވެރިންނަށް ފުރުޞަތު ނުދިނީ! މިއީ ޢުމަރާއި، ރިޔާޒާ ދެމެދުގެ ޑީލެއް! ކޮންމެ މީހަކަށްވެސް ރަނގަޅަށް އެބައެނގޭ ޤާސިމަށް ކުރިމަތި ނުލެވޭނެކަން! އެހެންވެއްޖިއްޔާ ޢުމަރު ކެންޑިޑޭޓް، ރިޔާޒް ރަނިންގ މޭޓް! މިއީ މި ދެމީހުންގެ ފޮރމިއުލާ އަކީ! ޖޭޕީ އަކީ ކޮން އެއްޗެއްތޯ؟ އެއީ ޤާސިމް އިބްރާހީމް! ނޫން! ޤާސިމް އިބްރާހީމްގެ ފައިސާ! ޤާސިމް އަތުގައި ފައިސާ ނެތިއްޖެއްޔާ ޖޭޕީ އެއް ނޯންނާނެ! ސުވާލަކީ މިހާރުވެސް ބޮޑުތަނުން ދަރައިވިކި، ބަނގުރޫޓުވެފައި ހުރި މީހަކު ޢުމަރު ހޮވަން ޚަރަދުކުރާނެހޭ، ނުވަތަ ކުރެވޭނެހޭ؟
އަފިހުން ގޮއްޔެ
16 December 2017
ލަނޑަޔާ ވާނީ ލަނޑަޔާ، ................ މީ ވަރަށް ގިނަ ވާހަކަ.
ބޮއްލޯ
15 December 2017
ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ނުދޭމީހަކަށް ރއްޔަތުންވެސް ފުރުސަތެއް ނުދޭނެ.
ބާރީ
15 December 2017
މިޤައުމު ސަލާމަތް ކުރެވޭނީ އުމަރު ފަދަ ޤައުމާއި ދީނަށް ތެދުވެރި ލީޑަރުންނަށް ނަޝީދަކަށް ދެން މިޤައުމުގެ ވެރިކަމާ 100 ފޫޓުވެސް ކައިރި ނުވެވޭނެ .