ކްރިމިނަލް ކޯޓުން މި މަހުގެ ފަސްވަނަ ދުވަހު އިލްހާމް ދޫކޮށްލުމުން، އަނބިކަނބަލުންނާ ބައްދާލައްވަނީ.---ފޮޓޯ: މިހާރު
11 ފެބުރުއަރީ 2018 - 17:06
ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.
އިލްހާމްގެ އަނބިކަނބަލުން މި ހައްޔަރުކުރީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ.
އެނގިފައިވާ ގޮތުގައި އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކުރީ، ބަޔާނެއް ނެގުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު އެވެ. އެކަމަކު ހައްޔަރުކުރި ސަބަބެއް ނޭނގެ އެވެ.
އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ އޭނާ ހޯދަން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުސް އޮފީހަށް ވަޑައިގެން އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ކުރާ ތަހުގީގަކަށް ސިނާން ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ތުހުމަތެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، އިލްހާމާއި ސިނާން މި މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ. އެކަމަކު ބަންދުގެ މުއްދަތު ޖެހުމަށް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިލްހާމާއި ސިނާން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެބޭފުޅުން ހޯދަން މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ވެސް ފުލުހުން އިއުލާންކުރި އެވެ. އޭރު އެ ދެބޭފުޅުން ތިއްބެވީ، ރައީސް އަބްދުﷲ ޔާމީން އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް ތައިލެންޑުގައި ކަމަށް ވެ އެވެ. އިލްހާމާއި ސިނާން މި ފަހަރު ރާއްޖެ ވަޑައިގަތީ އަށެއްކަ މަސް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.
އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާލު މީހާ
11 February 2018
ދިވެހި ފުލުހުންނެވެ. މަމެންގެ އަތުން ޓެކްސް ނަގައުގެން ތަމެންނަށް މުސާރަދެނީ ތިގޮތަށް މީހުން ހައްޔަރު ކުރާކަން ނޫން.. ފިރިމީހާ ނުފެނުނީމާ އަނބިމީހާ ހައްޔަރު ކުރުމަކީ ރަޙީނު ކުރުން...އިންސާފުގެ މަޖްލީހާށް ހާޒިރުކުރާނަށް..އެދުވަސް ވަރަށް ކައިރިވެއްޖެ
ހަސަނު2
11 February 2018
ފުލުހުންގެ ލަދެއް ހަޔާތެއްވެސް ނެތްދޯ މިހާރު...
ނެޝަނަލިސްޓް
11 February 2018
މިޔަށް ކިޔަނީ ރަހީނު ކުރުން! މިޔެއްނޫން އަހަރުމެން އުޅެން ބޭނުންވާ ދިވެހި ރާއްޖެއަކީ!
އެކްސް
11 February 2018
ތިވާނީ ހަމަ އިންސާނަކު ވަގަށް ނެގުން ފަދަ ކަމަކަށް. ކޮންމެވެސް ދުވަހަކުން ތިމައްސަލަ ބެލޭނެ.
މިނިކާ ރާއްޖެ
11 February 2018
ކޮން ކަހަލަ ފުލުހުން ނެއް ބާ އެވެ؟ އިލްހާމު ހޯދާ ނުފެނުމުން އިލްހާމުގެ އަނބި ކަބަލުން ނެވެ.ޤާސިމު އަތުލާ ނުގަނެވުމުން ޤާސިމިގެ ދަރި ފުޅާއި މުދަލެވެ.ޤާސިމުގެ އަނބިން ހައްޔަރު ނުކުރީ އެކަކު ހައްޔަރު ކޮށްގެން ފަރުޖެއްސެން ނެތީމާ ތޯއްޗެކެވެ.
ޢަލީބަލީ
11 February 2018
މިހާރު އަނބިދަރިންނަށްވެސް ސަލާމަތެއްނެތް.
އަރޫ
11 February 2018
ޑިފެންސޭއަކު ބުނި އަޑު އެހިން މިޤައުުމުގެ އެއްވެސް ރައްޔިތަކަށް އަމާންކަމެއް ނެތް ވާހަކަ...
ޢަރްޤާ
11 February 2018
އިލްހާމް ވީތަން އާއިލާ އަކަށް ނޭނގެ އޯ އެކަމު އިލްހާމް ގެއްލިގެން ހޯދާކަން އާއިލާ ނޫޅެ ވަޓް އަ ޖޯކް.
ޖޯން
11 February 2018
އާއިލާ އިން ނޫޅެ ނުފެނިގެނެއް
ރަންނަމަރި
11 February 2018
ޖާހިލިއްޔަ ޒަމާނުގައި ހިންގާ ޒާތުގެ ދަށު ދަރަޖައިގެ އަމަލު ތަކެއްމި ހިންގަނީ. ތަހުޒީބީ ވިސްނުމެއް ހުރި އާދަމުގެ ދަރިޔަކު މިފެންވަރުގެ ކަންތައް ނުހިންގާނެ. ގާސިމްގެ ދަރިފުޅުވެސް އެހެރަ ފެންނަނީ ހަމަ ކޮށްލާނެ ސުވާލެއްވެސް އަދިވެސް ނޭނގިފަ. ރަންނަމާރި އަރާގަޑީގައި ތަންތަނަށް ޕޮލިހުންނާ ސިފައިން ވައްދައިގެން އެންމެން ގެންދާއިރު އިލްހާމް އަނހެނުން ކީއްވެބާ ދުވާލު މިގެންދިޔައީ؟
ޢައި
11 February 2018
މާޝާ ގެ ހިތްވަރު ހުންނާނެ... އެއްވެސް ކަބަލަކަށް ރައްކާތެރި ކަމެެއްނެތް
ފުލް
11 February 2018
މަޖްލީހުގެ އަޣްލަބިއްޔަތު ޔާމީނަށް ހޯދާ ދިނުމަށް ތިވަރުގެ އަނިޔާވެރިކަން ހިންގާކަށް ނުވާނެއެވެ.