މެމްބަރު ރޮޒެއިނާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.--- މިހާރު ފޮޓޯ
04 މެއި 2018 - 00:41
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނެސް ދީފައި ވަނީ ނުފެންނަ ތަރައްގީއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ދެމުން ދަނީ ނުފެންނަ ގެއްލުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އަމާންކަން ފަދަ ނުފެންނަ ތަރައްގީ ސަރުކާރުން ގެނެސްދީފައިވާ ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވާތީ އެ އަށް ރައްދު ދެއްވައި، އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުން ދެމުންދާ ނުފެންނަ ގެއްލުންތައް އަހަރުތަކެއް ފަހުން ފެންނައިރު އޮންނާނީ ހައްލު ނުވާ ހިސާބުގައި ކަމަށެވެ.
ތައުލީމީ ދާއިރާގައި 10 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ސަބަބުން ދަރިވަރުންނަށް ތައުލީމެއް ނުލިބި ކިޔަވަން ފޫހިވަމުން ދާ ކަމަށެވެ.
"ޔާމީންގެ ވެރިކަން ބަދަލު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް ޖީލު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް،" ރޮޒެއިނާ ވިދާޅުވި އެވެ.
ތައުލީމީ ގޮތުން ކުރިއަށް ދިއުމަކީ ވާދަވެރި ކަމެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. މިހާރު އަމަލު ކުރާ އުސޫލާ އެކު ކުދިންގެ ފެންވަރު ރަނގަޅަށް ވަޒަން ނުކުރާ ކަމަށާއި ކުދިންނަށް ނޭނގޭ އެއްޗެހި ބުނެ ދިނުމަށް ޓީޗަރުންނަށް އެކަށޭނަ ވަގުތު ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި، ސްކޫލްތަކުގައި ބެލެނިވެރިންގެ ބައްދަލުވުންތައް ބާއްވާ އުސޫލު ބަދަލު ކޮށްފައިވާއިރު، ވަކިވަކި ޓީޗަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާރު ނުލިބެ އެވެ. އޭގެ ބަދަލުގައި ކުޑަކުދިން އަމިއްލަ އަށް ފޯމުތަކެއް ފުރައި އިގުރާރުތަކެއް ވާން ޖެހޭ ގޮތަށް ބަދަލުކޮށްފައި ވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް މިހާރު ބާއްވަމުން އަންނަނީ ކްލާސް ޓީޗަރާއި ބެލެނިވެރިޔާގެ ހާޒިރުގައި ދަރިވަރު އޭނާ އަށް ދިމާވާ ގޮންޖެހުންތައް އަމިއްލަ އަށް ކިޔައިދޭން ޖެހޭ ގޮތަށެވެ. ސްކޫލާ މެދު ކުއްޖާ ދެކޭ ގޮތާއި ދިމާވާ މައްސަލަތައް ޓީޗަރަށާއި ބެލެނިވެރިޔާ އަށް ބުނެދޭން ޖެހެނީ ދަރިވަރަށެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި ރޮޒެއިނާ މިރޭ ވިދާޅުވީ ރާއްޖޭގެ 90 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ހެޔޮދުއާ މައުމޫނާ އެކު ވާ ކަމަށެވެ.
ރައީސް ޔާމީންގެ ދިފާއުގައި މިއަދު ބޮޑީގާޑުން ތިބި ނަމަވެސް ވެރިކަން ގެއްލޭ ހިސާބުން ހުންނާނެ މީހަކު ނުވާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާއިލް
04 May 2018
އަންނަށް ފެނޭ ރޮޒޭ އަވަހަށް ޑޮކުޓަރަށް ދައްކަން. އެހެނީ މި ސަރުކާރުން ގެންނަ ތަރަށްްްގީ އާއި ދޭ ގެއްލުމެއް ވެސް ނުފެނޭ ވިއްޔާ!
ރަށްދު
04 May 2018
ނުފެންނަގެއްލުން ސަރުކާރަށްދެނީ އިދިކޮޅުން ޕާޓީތަކުން
ރަބަރު
04 May 2018
ޔާމީނާ ދެކޮޅު މީހުނަށް އޮތީ އަނިޔާ. އެއްކޮޅުމީހުނަށް އޮތީ ހަދިޔާ.
ޙަފްޞާ / މާލެ
04 May 2018
ހުރިހާ ރަށެއްގަ 24 ގަޑީއރު ކަރަންޓް ޔަޤީންވެއްޖެ! ކޮންމެ ރަށެއްގަ އާސނަދްލިބޭ ބޭސްފިހާރައެއް އެބަހުރި! ޞީއްޙީ ޚިދުމަތްތައް ބަރާބަރުވެއްޖެ! މީގެކުރިން ރާއްޖެއިންބޭރުންނނީލިބެންނެތް ޚިދުމަތްތައް ރާއްޖެއިން ލިބެންފަށައިފި! އެންމެ ދަށްފަންތީގެ ޓީޗަރުވެސް ޑިޕޮލޮމާފެންވަރަށް ތަމްރީނުކުރެވިއްޖެ! މާޔޫސްވެފަބި ނުކުޅެދުނތެރިކަން ހުންނަ ގިނަބަޔަކަށް ވަޒީފާތައް ލިބިއްޖެ! ރަށްރަށުގެ ތަރައްޤީގެމަޝްރޫޢުތަކުން ޙައިރާންކަންލިބިއްޖެ! ކަރަންޓާއި ފެނުގެ އަގު ފަޤީރުންގެވެސް އަތްފޯރާފަށަށް އަތުވެއްޖެ! ކޮންމެ އިސްރަށްވެއްސަކަށް ދިރިއުޅެލެވޭނޭ މިންވަރަށް ސަރުކާރުން ފައިސާ ލިބިއްޖެ! ރަށްރަށުގެ މަގުހެދުމާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހައިސްޕީޑްގައި ކުރިޔަށް އެބަދޭ! ދައުލަތުގެ އާމުދަނީ އިތުރުވެ ރިޟާވް އެއްބިލިޔަން ޑޮލަރަށް އަރަން ކައިރިވެއްޖެ! ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮވެއްޖެ! ޓޫރިޒަމްދާއިރާ ހެސްކިޔާފަ އެދަނީ ކުރިޔަށް! އެއްލައްކަ ވަޒީފާ އިތުރުވެއްޖެ! ކިޔާނޭ އެއްޗެއް ނެތިގެން ރޮޒޭނާ އެ ބުނަނީ މިވާހަކަތައް!
ބޭކާރު
04 May 2018
އާދެ ފައިސާކޮޅު ބަލާ، ދެން.
ޟަމްރާ
04 May 2018
ހުރިހާ ނުބަޔަކީ އަންނިގެ އުނދަގޫ.
މަހުމް
04 May 2018
ހީވަނީ މިދައްތަ މެންނަށް ޖަލްސާ ތަކުގައި ދައްކާނެ ވާހަަޚައެއްވެސް ނެތީހެން.. ނަޝީދު ވެރިކަމަށް އައިސް ބުނި މައުމޫން ހިންގި ޖަރީމާތަކުގެ ހުރިހާ ފައިލްތަކެއް ހުރީ ނަޝީދު އަތުގައޭ ސަހަރޯއޭ ހީވިއޭ..ދައްތަ ތިބުނަނީ ނުފެންނަ ކަންކަމޭ ހުރީ..ބްރިޖް ބޮޑުހޮސްޕިޓަލް އެއަރޕޯޓް ރަސްފަންނު ރަށްތަކުގައި ހިންގާ ތަރައްގީ ވެސް ނުފެނޭތަ؟؟
ސީނުކަރަ
04 May 2018
ރޮޒައިނާގެ އަނިޔާވެރިކަން މަރަދޫ ފޭދުއަށް ލިބެމުން ދާކަން އެރަށުގެ އެންމެންވެސް އެބަގަބޫލް ކުރޭ
ދަރަނިބޯ
04 May 2018
ރޮޒޭބުންޏަސް ތީތެދެއް ވެރިކަން ގެއްލުނީމާ ދޫކޮށްލާ ގޮވަން ތިބޭނީ ހަމަ އެމް.ޑީ.ޕީ މީހުން މިކަންވެސް އެންމެ ފަހުން ޖެހޭނީ އެމް.ޑީ.ޕީއަށްހެން ހީވަނީ ހަހަހަހަހަ
ރޯނު އެދުރޭ
04 May 2018
ނުފެންނަގޮތަށްއަމާންކަމެއްނޫން ގެނެސްދީފައޮތީ. ބިރުވެރިކަން!
މަރީއްތަ
04 May 2018
ރައްޔިތުން ވާވައްދައިގެން ހާސިލްކުރެވޭނެ ނަތީޖާއެއް ނޯންނާނެ