އެމެރިކާ ސަފީރު ކެޝަޕް ވާހަކަ ދައްކަވަނީ. --ފޮޓޯ: މިހާރު
09 މެއި 2018 - 11:52
ރާއްޖޭގައި މިހާރު އޮތް ހާލަތުން، މިނިވަން އިންސާފުވެރި ރިއާސީ އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު އެމެރިކާގެ ސަފީރު އަތުލް ކެޝަޕް ސުވާލު އުފައްދަވައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިޔާސީ އިންތިހާބު ބާއްވަން ނިންމައި، ޖުލައި މަހު ފުރުސަތުު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އަތުލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ހޯއްދަވަން މަސައްކަތް ކުރެއްވި ކުރީގެ ދެ ރައީސުންނާއި ނައިބު ރައީސަކާއި ސިޔާސީ ޕާޓީ ލީޑަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ޖަލަށް ލާފައިވާ ކަމަށެވެ. ރާއްޖޭގެ މި ހާލަތާ މެދު އޭނާ ކަންބޮޑުވުން ފާޅު ކުރައްވައި، އިންތިހާބު މިނިވަންވެދާނެތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
Now jailed in #Maldives for asserting their Constitutional rights are one former President (and one more in exile), a Supreme Court chief justice, a Vice President, several elected Members of Parliament, & a party leader. How will free&fair elections happen under such conditions?
— Atul Keshap🇺🇸 (@USAmbKeshap) May 8, 2018
އަތުލްގެ ޓުވީޓް.
ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އިންތިހާބުގެ ކުރިން މިނިވަން ކޮމިޝަނެއް ގާއިމްކުރަން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ބާރުއަޅަމުންނެވެ. ރާއްޖޭގެ އިންތިހާބާ މެދު އެމެރިކާ އިން ކަންބޮޑުވުން ފާޅު ކުރި އިރު، މިނިވަން އިންތިހާބަކަށް ހުރި ހުރަސްތައް ނައްތާލައި، އިތުބާރު ކުރެވޭ އިންތިހާބީ ނިޒާމެއް ގާއިމްކުރަން ޔޫރަޕިއަން ޔޫނިއަނުން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.
އީޔޫގެ މި ހުށަހެޅުމުގެ ފަހުން، ސިޔާސީ ހުރިހާ ޕާޓީތަކުގެ މަންދޫބުން އެކުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނެއް އުފައްދަން އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. ރައްދުގައި ސަރުކާރުން އެދުނީ އިލެކްޝަންސް ކޮމިޝަނަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ މަޝްވަރާގެ މޭޒު ދޮށަށް އައުމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ ކޮމިޝަނުން ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ.
ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
12 May 2018
ސަފީރު ތީ މިހާރު ސިޔާސީ ޕާޓީއެއް ހަދައިގެން އުޅޭ މީހެއްތޯ؟
ެއަބްދޫ
09 May 2018
އެމެރިކާގަ އެންމެ ފަހުން ބޭއްވި އިންތިހާބު ގެ މައްސަލަ އަދިވެސް ނުނިމޭ ތަހުގީގު ދާގޮތުން ނތީޖާ އާ ހަމަޔަށް ދާއިރު ދެއަހަރުވެދާނެ . ވީމާ އަނެއްދެއަހަރުގަ ފަހަރުގަ އެހެން މީހަކު ވެރިކަމަށްއައިސްފާނެ. މި އީ އެމެރިކާގެ އިންތިހާބީ ހާލަތު. ދެން އެހެމްމީހުންގެ ވާހަކަދައްކަންވޭތަ ؟
ޕޮކަންޑި ބޯއި
09 May 2018
25 ސެޕްޓެމްބަރު 2009 ގަ ދެއްތޯ އިޒްރޭލާ 15 އްހަރު ފަހުން ގުޅުން.....
ހަމްދު
09 May 2018
ބާރަށް ހަޅޭއްލަވާށެވެ. އެމެރިކާ މީހުން ބެހޭނެ އަދި އެމީހުންނަށް ބެހެވޭނެއެވެ. ކަލޭމެންނަކީ މިހާރު ހުރި ރައީސް އިރުދައްކާފަ އެހެރީ ހަނދޭ ބުންޏަސް ގަބޫލު ކުރާނެ މީހުންނެވެ. ގައުމަކީ ކަލޭމެންގެ އެކަނި ގައުމެއްވެސް ނޫނެވެ. ބާރަށް އަތްޖަހާފަ ބަހައްޓާށެވެ..
ހަމްދާ
10 May 2018
ދެން އެހެން ވިއްޔާ މީ މިހާރު އެމެރިކާ މީހުންގެ ޤައުމެއްތަ؟ އެހެންވިއްޔާ ވެރިކަމުގަ ހުންނާނީ ޓްރަމްޕް ކިޔާ މީހާ ދޯ
އިންމަބޭ
09 May 2018
ކުއް ކުރީމަ ޖަލައްލާނެ އޭނަވެސް.
ނަމަ
09 May 2018
ނުބެހި ހުރެބަލަ ނިކަން ސަފީރަކަސް އެމެރިކާގަ މިނިވަން އިންތިހާބު ބޭއްވޭތޯ ބަލާބަލަ
މުޙާ
09 May 2018
އެންމެ ފަހުން އެމެރިކާގެ ބޭއްވި ރިއާސީ އިންތިޚާބު ވެސް މިނިވަން ނުވެގެން އަދިވެސް ތަޙްގީގު ކުރަނީ. އެވާހަކަ ތަކުރާރު ކޮއް ދައްކާ ގިނަ ގިނައިން ޓްވީޓް ކުރަންވީ. އަމިއްލަ ޙާލަތު ގެ ވާހަކަ ދައްކަވަން ވީ ނުންތޯ.
މުރާސިލް
09 May 2018
މޮޔަ ނުގޮވާށެެވެ. މިތަނުގެ އިންތިޚާބު ކަލޭމެނަށް މިނިވަންކަމަށް ވާނީ ކެެނެރީގޭ ޑިކްޓޭޓަރ ނަޝީދަށް ވެރިކަން ލިބުނީމައެވެ. އެނޫން ގޮތެއް ކަލޭމެނަށް ކަަމަކު ނުދާނެއެވެ. އިންސާފުގެވަހަަކަ ދައްކަން ތިޔަ ސަފީރު އަނގަ ހުލުވާއިރު، އެއްވެސް ޝަރީޢަތަކާއި ނުލާ އެެމެރިކާގެ ޖަލުތަކުގައި ތިބި ކުއްވެރިންގެ އަދަދު ގުނާލަށެވެ. މިޤައުމުގެޖަގައި ޝަރީއަތްކޮށް ކޯޓުގެ ޙުކުމަކާއި ލައިގެންމެނުވީ އެއްވެސް މިހަކު ޖަލަކު ނުހުންނާނެއެވެ. ދެން ކޮން އިންސާފެއްގެވާހަކަ އެއް ދައްކަކަށް ހެއްޔެވެ؟
ގުނާ
09 May 2018
ގުނާލިއިރު އެމެރިކާގެ ޖަލުތަކުގައި ޝަރީއަތަކާ ނުލައި 24 ގަޑިއިރަށްވުރެ ގިނައިރު ވެފަ ތިބި މީހުންގެ އަދަދު: 0
ގުނަންނޭގޭ
10 May 2018
ގުނާ- ގުނަގުނާ ހުއްޓަކަސްނުވޭ. އަދަދުވެސް އެނގެންޖެހޭ! ގުއަންޓަނާމޯޖަލުގެ ވާހަކައެއް އަޑުއެހީމުތޯއެވެ؟ އެތަނުގަޢި ތިބި މީހުންގެމައްޗަށް ޝަރީޢަތްކުރެވުނީ ނުވަތަ ކުރެވެނީ ކޮންދުވަހަކުން ކޮން ހެކިތަކަކަށް ބިނާކޮށް ކޮން ގަރީނާތަކެއް އޮވެގެން ކޮން އިންސާފަކުންތޯ؟ އިރާގުހިފުމަށްފަހު އެތާގެ ޖަލުތަކަށް މީހުން އަޅާ އޮރިޔާންކޮށް އެލުވާ ކުއްތާޔަށްކާންދިީ ރޭޕުކުރީ ކޮން ހުކުމަކުންތޯ؟
ގުނަމުންދާ
10 May 2018
އެމެރިކާ ބާރުގަދަވީމައި ޝަރިއަތްނުކޮށް މީސްމީހުން ޖަލުގައި ބަންދުކޮށް ބެހެއްޓުމުގެ އިޚްތިޔާރު ލިބިފައިވޭ. ގުއަންޓަނަމޯބޭގައި ބަންދުކޮށްފައި ތިބީ ޝަރީއަތްކޮށް ނިމިފައިވި ބައެއް ބާވައެވެ؟ އެމީހުން އެގަނުގައި 15 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ!
ގޮޅާ
09 May 2018
އެއްވެސް ކެޗަޕެއް ޓޮމާޓޯ އެއް ނޯންނާނެ
ޛސޖަޖސ
09 May 2018
ކަލޭމެން ތާހިރެއް ނޫނޭ މިނިވަން ކިޔާކަށް. މުޅި ދުނިޔެ ފަސާދަ ކުރަމުން ދުވަނީ.