މަޖިލީހުގެ ރިޔާސަތު، މަސީހް ބަލަހައްޓަވަނީ. ތިން ބިލަކަށް ވޯޓަށް އަހަން ބޭޏުންވާ އަދަދަށް ތަޅުމުގެ މެމްބަރުން ނެތް ކަމަށް މަސީހް ވިދާޅުވި.- ފޮޓޯ: މަޖިލިސް
02 ޖުލައި 2018 - 15:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިން ބިލަކަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް ވިދާޅުވެ، ބިލުތަކަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ދެކޮޅު ހައްދަވައި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.
މަސީހު، ވޯޓަށް އެހުމަށް ދެކޮޅު ހެއްދެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށައެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާހާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމަށެވެ.
އޭގެ ކުރިން، މަސީހު ވަނީ މަޖިލީހަށް މިއަދު ހުށަހެޅި ފަސް ބިލެއް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އަހައި، ބިލު ބަލައިގަންނަން ފެންނަ ކަމަށް ފާސް ކުރުމުން ކޮމިޓީތަކަށް ބިލު ފޮނުވައިފަ އެވެ.
ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދަށް ރިއާޔަތް ކުރައްވައި، މަސީހް ވިދާޅުވީ ތިން ބިލު ފާސް ކުރަން ވޯޓަށް އަހަން ބޭނުންވާ މެމްބަރުން މިއަދުގެ ޖަލްސާގައި ހާޒިރުވެ ނެތް ކަމަށެވެ. މަސީހް ވިދާޅުވި ގޮތުގައި އެވަގުތު ޖަލްސާގައި ހާޒިރުވެ ތިއްބެވީ އެންމެ 28 މެމްބަރުންނެވެ.
މަސީހް އެގޮތަށް ވިދާޅުވިޔަސް، މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އުޅުނު ތިން ބިލު ފާސް ކުރަން ވަކި ޚާއްސަ އަޣުލަބިއްޔަތެއް ގާނޫނުއަސާސީގައި ނޯވެ އެވެ. އެހެންވެ، މަދުވެގެން 21 މެމްބަރުން (މަޖިލީހުގެ ޖަލްސާގެ ގާނޫނީ އަދަދު) ބައިވެރިވާ ޖަލްސާއެއްގައި ވޯޓު ދޭ މެމްބަރުންގެ އަޣުލަބިއްޔަތުން މަޖިލީހުގެ ޖަލްސާގައި އެ ބިލުތަކަށް ވޯޓަށް އެހުމަށް އެއްވެސް ހުރަހެއް ނެތެވެ.
"އެހެންވީމަ އަޅުގަނޑު އަދިވެސް މަސައްކަތް ކުރާނަން ދެން އޮންނަ ޖަލްސާއެއްގައި ބިލު ފާސް ކުރެވޭތޯ،" މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާން ކުރައްވައި މަސީހު ވިދާޅުވި އެވެ.
މަސީހު ރިއާޔަތް ކުރެއްވި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރައްވަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު، އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުމަށް މަގާމުގެ ކުރިއެރުން ބޭނުންކޮށްގެން ނުވާނެ އެވެ. މެމްބަރުން އިންތިހާބުވީ ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތް ކުރަންވާނެ އެވެ.
މަސީހް ރިއާޔަތް ކުރެއްވި، މަޖިލީހުގެ ގަވައިދުގެ 158 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ހިނގަމުންދާއިރު، މަޖިލީހުގެ ކޮންމެ މެމްބަރަކު ވެސް އެކަށީގެންވާ އުޒުރެއް ދިމާނުވާ ހިނދު، މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާން ވާނެ އެވެ. އަދި މަޖިލީހުގެ ޖަލްސާއެއްގައި ވޯޓަށް އަހާ ކޮންމެ މައްސަލައެއްގައި ވޯޓު ދޭން ވާނެ އެވެ. އެއީ އޭނާގެ ޒާތީ އަދި މާލީ މަސްލަހަތެއް ވޯޓަށް އަހާ މައްސަލައެއްގައި އޮތް ކަމުގައި ނުވާހިނދު ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަސީހް ވިދާޅުވި ގޮތުގައި ގަވައިދަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ. މަޖިލީހުގައި ވޯޓަށް އެހޭ ކޮންމެ މައްސަލައެއްގައި މެމްބަރުން ވޯޓު ދޭން ވާނެ ކަމަށް ބުނާ މާއްދާ އާއި ބުނާ ވާހަކަ އާއި ޒާތީ އަދި މާލީ މަސްލަހަތެއް ވޯޓަށް އަހާ މައްސަލައެއްގައި އޮތް ކަމުގައި ނުވާހިނދު ވޯޓު ދޭން ވާނެ ކަމަށް ބުނާ މާއްދާއާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް މަސީހް ވިދާޅުވި އެވެ.
މަސީހް އެހެން ވިދާޅުވިއިރު، ދެވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ. ޖަލްސާތަކުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދަވާ ކަމަށް ބުނެ އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ގިނައީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމެވެ. އޭގެ އިތުރު އިސްލާހުތަކެއް ވެސް ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހަކީ ބޭރު ގައުމަކުން ހިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ގައުމެއްގެ ހިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ ފީގެ އަދަދު އެއް ލައްކަ ރުފިޔާ އަށް ބޮޑު ކުރަން ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައީ ހުސެއިން މުހައްމަދު ލަތީފެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންްތިހާބުގެ ގާނޫނަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލާނު
04 July 2018
މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިހާރު ތިބީ ދެއޮޑިއަށް ދެފައިލައިގެން. އެނގޭ ދެން ވަނެގޮތް. އެހެންވެ ތިޔާކަމެއް ނުވެގެން އުޅެނީ. އެރެއިން އިދިކޮޅާ ގުޅިފަ ތިބީ.
އައްޑޫ ބެއްޔާ
04 July 2018
ބަލަގަ މިޤައުމުގެ ބިން ވިއްކަން، ޤައުމުގެ 2 ނާއިބު ރައީސުން ވަކިކުރަން (އެވެސް އެކަކަށް މަސީހުގެ ބޮޑުބޭބެ ހިމެނޭގޮތުން) މިޤައުމުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު ގެއްލަން، ބިލުތައް ޕަޓާސްބަރިހެން ފާސްކުރިއިރު ބޭފުޅާހުންނެވީ ހަމަބުއްދި ފިލާފަތޯ؟ ނޫނީ އަންގަވާފައިވަނީތޯ ތިބިލު ލަސްކޮށް ތިއީ ރިޔާސީ އިންތިޚާބަށް ހުރަސްއަޅާ ސަބަބަކަށް ހެދުމަށް؟ ބުނެލައިގެން އުޅެބަލަ.
ބަނާނާ
03 July 2018
ގާނޫނަކީ މިމީހުން ކުޅެންގެންގުޅޭ ތާސްބައެއްތަ؟
ކިޔުންތެރިއެއް
03 July 2018
މަސީޙު ތިގޮޑިން ފައިބާ އޭރުން މެންބަރުންވަންނާނެ ގަވަިދަށް ބޯލަބާ
މަންނާނު
03 July 2018
ކޮންޑުރާމާއެއްކުޅޭކަށް އަހަރުމެން ބަލައިގަންނަ ޖަލްސާތަކެއްނޫންތީ
މުހަންމަދު އަޒުމީލް
03 July 2018
ބޯގޮވީތޯއްޗެއް
ނެޝަނަލިސްޓް
03 July 2018
ރާއްޖޭގެ ހުރިހާ އިންތިހާބީ ދާއިރާތައް ތަމްސީލު ނުވާ ހާލަތެއްގައި އެއްވެސް ބިލަކަށް ވޯޓަށް އެހިގެން ވާނެ ކަމަކަށް ނުދެކެން! ހާއްސަކޮށް ސުޕްރީމް ކޯޓަށް ފަންޑިޔާރުން އައްޔަނު ކުރުން!
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
02 July 2018
މިފަދަ ކަންކަމުން އެގިގެންދަނީ ދިވެހިރައްޔިތުންގެ ހައްޤު ހޯދާދޭނެ ކަމުގެ ޔަޤީންކަން ދެމުން “ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރު ޤާނޫނީ އިމަށް ރުޖޫޢަވުމަށް އިންޒާރުދެއްވާ” އެމަގަށް ފުރަގަސް ދީފިނަމަ މިސަރުކާރާއި ސަރުކާރުގެ އޮފިޝަލުން، ސަރުކާރު މެންބަރުންގެ ގޮތުގައި މަޖިލީހުގައި ޤާނޫނު ކޮށަމުންދާ މީހުންނާއި، ސަރުކާރަށްވާގިވެރިވާ ވިޔަފާރިވެރިންނަށް ސިދާ އަމާޒުކޮށް ވިލާތު އިއްތިހާދުން ނެރެފައިވާ “ޓާރގެޓް ސެންޝަން ގެ އަސަރު ކޮށް އޭގެ ހެޔޮބަދަލު ފެންނާންފަށައިފި”ކަން. . . . . މަކަރުވެރިކަމުން އަހަރުމެންކާރީގައި “އެއީ ވަކި ކޮންބައެއްހޭ އަހަރުމެން ނުޖެހޭނެއޭ އެމީހުން ބުނާގޮތަށް ހަދަން، ޗައިނާއޮތީ އަހަރުމެންނާއި އެކީގައޭ” ބުނެ އޮޅުވާލާފައި ފަހުވަގުތު ދީލާލާނެ. . . . ޢޮސްޓްރޭލިއާ، އިޤިރޭސިވިލާތާއި، ޔޯރަޕް އިއްތިހާދުން ޕްރޮޕަޓީ ބައްލަވައިގެން ތިބިމީހުންނާއި، އެތަންތަނުގައި ދަރިން ބައިތިއްބައިގެން ތިބި މީހުންނަށް ޔޯރަޕް އިއްތިހާދުގެ ވާހަކަ ބޮލާލާ ޖަހާކަށް ނުކެރޭނެ.
ހާލަތު
02 July 2018
ތީގަ ހާލަތުއްޒުރޫރާ އެއް ނެތްތަ..?
ނާބަ
02 July 2018
އަތުޖެހުނު މެމްބްރްކު ޖަލައްލާ ދެންތިބި މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހިފަހައްތާފަ ދެން ކީކޭމިކިޔަނީ ެމީހުންގެ ހާޒިރީގަވެސް ޖަހާފަ އޮންނަނީ ޖަލްސާޔައް ހާޒިރު ނުވާކަމަށް ..