ޚަބަރު / ރިޔާސީ އިންތިޚާބު 2018

ވޯޓާސް ލިސްޓުގެ މައްސަލާގައި ކޯޓަށް ދާން މަޝްވަރާކުރަނީ

އިދިކޮޅު ކެންޑިޑޭޓް އިބޫގެ ތަރުޖަމާން މާރިޔާ، ނޫސްވެރިންގެ ބައްދަލުވުމުގައި

އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެ މައްސަލަތަކާ ގުޅިގެން ކޯޓަށް ދާން، ގުޅިފައިވާ ޕާޓީތަކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެކޯލިޝަނުން މިއަދު ބުނެފި އެވެ.

ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވޯޓުލާ އެންމެންގެ ލިސްޓް އާންމުނުކުރުމާއި ރީރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމްތައް ބަލަން ޖެހޭ ވަރަށް ނުބަލައި ބާތިލްކުރުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވާތީ ބާތިލްކުރި 5،626 ފޯމު ރައްދުވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް ވޯޓް ލާ އެންމެންގެ ލިސްޓް އާންމުނުކުރާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަޅުގަނޑުމެނަށް އެބަ އިނގޭ ރީރަޖިސްޓްރީ ކުރަން ހުށަނާޅާ ބައެއްގެ ވޯޓްލާ ތަންތަން އެބަ އޮތްކަން އެހެން ތަންތަނަށް ބަދަލުކޮށްފައި. އެހެންވީމަ މުޅި ލިސްޓް ފެނިގެން ނޫނީ އަޅުގަނޑުމެންނަށް ނެތް އެނގޭކަށް،" ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.

މުޅި ވޯޓާސް ލިސްޓް ކުރިއާލާ ލިބި އެ ލިސްޓްގެ ސައްހަކަން ކަށަވަރު ނުވަނީސް އޭގައި ސޮއިނުކުރެއްވޭނެ ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުން 2013 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކުލަވާލި ގައިޑްލައިންތަކުގައި ބުނެފައިވާ ގޮތުން އިންތިހާބުގެ ކުރިން ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖެހެ އެވެ.

Sahhakan kashavaru nuvanees voters listugai soeh nukuraanan: Ibu

Sahhakan kashavaru nuvanees voters listugai soeh nukuraanan: Ibu

The most trusted news source in the Maldives

Mihaaru

ސައްހަކަން ކަށަވަރު ނުވަނީސް ސޮއި ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވުން--

އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ފޯމްތައް އަލުން ރަޖިސްޓްރީކުރަން އަންގާފައިވާއިރު ހައްޖަށް ގޮސް ތިބި މީހުންނާއި އެހެން ތަންތަނުގައި މިހާރު ތިބި މީހުންނަށް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރީރަޖިސްޓްރީ ވެފައިވާ ތަނާ މެދު އެމީހެއްގެ މައްސަލަ ނެތްއިރު އެއީ ސައްހަ ފޯމެއް ނޫން ކަމަށް ބުނެ އިލެކްޝަންސްއަށް ބާތިލްނުކުރެވޭނެ ކަމަށެވެ. އަދި ބާތިލް ކުރުމުގެ ކުރިން ވަކިވަކި މީހުންނަށް ގުޅައި އެމީހުން ރަޖިސްޓްރީވެފައި ވަނީ ބޭނުންވާ ތަނަކަށްތޯ ޔަގީން ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާރިޔާ ފުލުހުންނަށް ގޮވާލެއްވީ ވޯޓުލާ މީހުންގެ ޒާތީ މައުލޫމާތު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީމަށް ލިބިފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.

24 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖް

26 August 2018

ލާދީނީ ބައިގަނޑު ގަބޫލުކުރާ ކޯޓެއް މިގައުމުގައިއެބަހުރިތަ.

The name is already taken The name is available. Register?

ހޮޓްކިންގ

26 August 2018

ހުރިކާ ކަމަކަށް ދެކޮޅު ހެދުމާއި ކޯޓަށް ދިއުމަކީ ކަލޭމެންގެ ކަށީގައި ހިފާފައި ހުރިކަމެއް.

The name is already taken The name is available. Register?

ނަޖިސް

26 August 2018

ބަލައެއް ނުގަންނާނެ..ތި ދައުވާ އެއް.

The name is already taken The name is available. Register?

ބެނޭ

25 August 2018

މަރިޔާ ބޭނުންވަނީ މިއިންތިހާބު ނުބާއްވަ އިބޫއަށް ރައީސްކަން ހަވާލުކުރަންތޯ؟ އަބަދުވެސް އިލެކްސަން ކޮމިސަންގެ މައްސަލައޭ ރައީސް ޔާމީން އޭ ނޫނީ ކޮންމެސް އެހެން މުއައްސަސާއެކޭ ކިއާނީ. ތިކަން ހުއްޓާލާފަ ވޯޓްއިން ބަލިވުމަށް ވަޑައިގަތުމަށް މާރިޔާއަށް ގޮވާލަން

The name is already taken The name is available. Register?

ރަސްގެދަރި

25 August 2018

ތިޔަ މީހުންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ، ތިޔަހެން ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ހަޅޭއް ފަޅޭއްޖަހަން ތިއްބާ މަރުގެެަަަަަަަލާއިކަތާ ޙާޒިރު ވުމުންވެސް ގޮވައިގަންނާނީ، ނޫނޭ ނޫނޭ. އަހަރެން އަދި މަރުވާކަށެއް ބޭނުމެއް ނޫނޭ، ކޯޓަށޭދާނީ އަހަރެންގެ ނުގަބޫލުގަ ފުރާނަ ގެންދާނަމަ،

The name is already taken The name is available. Register?

ގުއިއްޒު

25 August 2018

ވައްކަން ކުރުމާއި ވައްކަން ކުރަން ރޭވުން މި އިންތިޚާބުގެ މައިގަނޑު ކަމަކަށް މިއޮތީ. ވަރަށް ދެރަ ދެއްތޯ?

The name is already taken The name is available. Register?

ވާލުސޮރު

25 August 2018

ހަދާންކޮށް ކުޅިވަރު ކޯޓަކަށްދާތި! އެހެންނޫނީ ވޯޓު ލުމުގެ ފުރުސަތުވެސް ފަހަރެއްގަ ގެއްލިދާނެ. ސަރުކާރުން މަގުހުރަސްކޮށް ދިދަފަތި ދެމިއިރު ނުފެންނަގޮތަަށް މަތުރާފަ ލައްކަ ގިނަ "ގުއިރޯނު" ވެސް ދެމި. މަބުނާނެ ވާހަކައެއްނެތް ނަމަ ނަމަ އެއިން ރޯނެއްގަ ނުޖެހޭތި!

The name is already taken The name is available. Register?

ޖައުފަރު

25 August 2018

ހައް ހައް ހައް.... މާރިޔާ އަސްލުވެސް ވަރަށްމޮޅު ރޭވުމެއްތީ.... ދެން ބުނާނީ ކޯޓަކުންވެސް އިންސާފެއް ނުލިބުނޭ... އުޅެނީ ވޯޓް ގަޑުބަޑު ކުރާށޭ.... އަހަރެމެންނެއް ވޯޓަކު ބައިވެރިއެއް ނުވާނަމޭ.... އަވަހަށް އިންޑިޔާ ސިފައިން އައިސް ރާއްޖެހިފާށޭ.... އެއަށްފަހު އަހަރެމެންގެ ރޫޙާނީ ލީޑަރަށް ވެރިކަން ދޭނީއޭ..... ބަލަ މާރިޔާ. ޔާމީނަކީ ތިހެން ގުނބޯ ހައްދާލެވޭނެ ބޭފުޅެއްނޫން އިނގޭ. ތިޚިޔާލަކީ ކޮސް ޚިޔާލެއް... ބޭނުންހާ ގޮތެއް ޔާމީނަކަށް ނުހެދޭނެ.... މިހާރު ތިއުޅެނީ އިންތިހާބުން ބަލިވާނެކަން ޔަޤީންވެގެން... ދެން އިބޫގާތުބުނޭ ރަޖާލައިގެން ގޭގަޢޮންނާށޭ. މިކަންވާކަށްނެތޭ..... ވަރަށް ސަލާން....

The name is already taken The name is available. Register?

އަހުމަދު687

25 August 2018

ފައިނަލް ލިސްޓް ހާމަކުރަނީ ރީރެޖިސްޓްރޭޝަން ނިމުނީމަ! އެކުމު އެމްޑީޕީއިން ރީރެޖިސްޓްރޭޝަންގައި ހެދި މަކަރާއި އޮޅުވާލުން ފަޅާއަރާތީ އަދި ރައްރަށުން ތާއީދު ނެތްކަން ޔަގީންވެ ނަޝީދުގެ މޮޔަކަމުން އިންޑިޔާ ރާއްޖެއަރާވާހަކަ މީޑިއާގައި އޮތީމަ ދެބޯގެރި ތިޔަ ދުއްވަނީ!

The name is already taken The name is available. Register?

ސަދމ

25 August 2018

ތިޔަ ކޯޓަށް ދާނެކަމެއް ނެތް. މި ގައުމުގައި ރައްޔިތުން ދާނެ ކޯޓެއްނެތް. ކޯޓަށް ދިއުމީ ގޯސްކޮށް ހިންގާ ކަންކަން ހަލާލުކުރުމަށް ސަރުކާރުން ކުރާކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!