މާލޭގައި ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރަ އަކަށް މިއަދު ވަދެ، އެތަނުގެ ސޭޓަށް ވަޅިން ބިރު ދައްކައި، ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


މާފަންނު ބިސްބުރު ކައިރީގައި ހުރި ފިހާރަ އަކަށް ވަދެ، ވަޅިން ބިރު ދެއްކުމަށް ފަހު، އެ ތަނުގެ ވަތްގަނޑު ތެރޭގައި ހުރި ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ފޭރިގަނެފައި ވަނީ 'ހިޔަލަ' ނަމަކަށް ކިޔާ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އެވެ. އެ ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ޖަރީމާ ހިންގި މީހާ ހޯދަނިކޮށް އަތުލައިގެންފައި ވަނީ ފޭރުނު ފައިސާތަކާ އެކު ކަމަށް ފުލުހުން ބުނެ އެވެ.