ފިނޭންސް މިނިސްޓްރީގެ އިމާރާތް: ދައުލަތުގެ މާލިއްޔާ އިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނޭ. -- ފައިލް ފޮޓޯ
08 ސެޕްޓެމްބަރ 2016 - 21:26
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ ބަޖެޓުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 1992 ވަނަ އަހަރުން ފެށިގެން ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަނީ 18 މީހަކު ކަމަށެވެ. ނަމަވެސް ލޯނަށް ފައިސާ ނުދައްކަނީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރި ކަމަށް ހުރި ކަމަށް ދައްކާ 51 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް 49 މިލިއަން ރުފިޔާ އަށް މަދުވެފައިވާ ކަމަށެވެ.
ލޯނު ނުދައްކާ ފަރާތްތަކަށް ފިނޭންސުން ވަނީ ފައިސާ ދެއްކުމުގެ އުސޫލެއް ކަނޑައަޅައި އެ އުސޫލުގެ މަތިން ފައިސާ ދައްކަމުން ގެންދިއުމަށް އަންގައިފަ އެވެ. މީގެ ތެރެއިން އުސޫލާ އެއްގޮތަށް ލޯނު ނުދައްކާ މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ނެރުނު ބަޔާނުގައިވެ އެވެ.
މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި ވަނީ މައުމޫންގެ ވެރިކަމުގައި ދައުލަތުގެ މާލިއްޔާ އިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަދާކުރުން ފަސްކޮށްދިނުމުގައި ކޮރަޕްޝަން ނުހިމެނޭ ކަމަށާއި ލޯނު އަނބުރާ ހޯދުމަށް ހުރިހާ ފަރާތްތަކަކާ މެދު ވެސް އަމަލުކުރަމުން ދަނީ އެއް ހަމަޔަކުން ކަމަށެވެ.
ރައީސް މައުމޫން ދޫކުރެއްވި ލޯންތައް އަނބުރާ ހޯދަން މަސައްކަތް ކުރާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅަކާއި އެހެން ދެ ބޭފުޅަކު ފައިސާ ދައްކަން ސަރުކާރުން ވަނީ އަންގައިފަ އެވެ. އަދި ފައިސާ ނުދައްކާ ބޭފުޅުންނާ ދެކޮޅަށް ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދައުލަތަށް ފައިސާ ދައްކަން ފިނޭންސުން އެންގީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެމްޑީޕީ ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އޭރުގެ ހޯމް މިނިސްޓަރާއި ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބުގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ނައިބުގެ މަގާމު އަދާކުރެއްވި ހުސެއިން ރަޝީދު އަހުމަދާއި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި އަހުމަދު އަސްވާނަށެވެ. ނަމަވެސް މުހުލަތުގެ ތެރޭގައި ފައިސާ ދެއްކެވީ ޝަހީދު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންދަގީ
09 September 2016
މައުމޫނުވެސް "ވިކްޓިމަކަށް"ވީ ދެއްތޯ؟؟؟
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
09 September 2016
ޔާމީން އަބުދުލް ޤައްޔޫމް އޭނާގެ މިނިސްޓަރުންނަށް ''ކުޑަކުދިން'' އައްޔަން ކުރައްވަނީ ކީއްވެގެންކަން ނޭގުނު ކަމުގައި ވިޔަސް އިހައްދުވަހު އައްޔަން ކުރެއްވެވި ފިނޭންސް މިނިސްޓަރު އޮފީހައް ވެދެވަޑައިގެންނެވުމާއި އެކު އެންމެ ފުރަތަމަ ''ޤާނޫނީ ޒިންމާ އެއްގެ ގޮތުން'' ކުރެއްވެވި ކަމަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އޭރުގެ ހޯމް މިނިސްޓަރާއި ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބުގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ނައިބުގެ މަގާމު އަދާކުރެއްވި ހުސެއިން ރަޝީދު އަހުމަދާއި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ފުރުއްވި އަހުމަދު އަސްވާނު މެންނާއި ބެހޭ ގޮތުން ދެއްކި ވާހަކަ އިން އެކަނިވެސް ޔާމީން ގެ މިނިސްޓަރުންނަށް އަންގަވާﷲައިވާ ''ޤާނޫނީ ޒިންމާ'' ތަކަކީ ކޮބައިކަން އެގިގެން ހިގައްޖެ. . . . . މުޅި ދައުލަތުގެ ހަޒާނާ ''ވަގަށްނަގާ'' ތިޖޫރީ ހުރިތަން ''ވަޅުގަނޑަކަށް'' ހަދާލާ އިރުވެސް ޒިންމާ ނުނެގޭ ބަޔަކަށް ދެންނެގޭނެ އިތުރު ޒިންމާއެއްނޯންނާނެ. / މިނިވަންކަން ، އައްޑޫ ސިޓީ
މުހަންމަދު
09 September 2016
ތިފެންނަނީ ރައީސް ޔާމީން ވަކިފަރާތަކަށް ޖެހިވަޑައިނުގެން ހުރިހައި ރައްޔިތުންނަށް ހަމަހަމަކޮށް ފުރިހަމަ ޑިމޮކްރަސީއެއްް ހިންގަވާދެއްވާގޮތުގެ ފުރިހަމަ މިސާލެއްނު. ބުނާނެއެއްޗެއް ނުވަތަ ބުނެވޭނެއެއްޗެއް އެނގޭނީ ތަރުޖަމާ އިވުނީމަ. މަށަށްހީވަނީ މިކަމަށް ރައްދުދީ، ތަރުޖަމާ އިއްވަވާނީ މިނިސްޓަރު މުޢިއްޒުހެން. ޢެންމެ ފަސޭހަކޮށް ދޮގުފައްޗެއް އަމުނާލައި ދެކޮޅުނުޖައްސައި ނިންމާާނީ އޭނަ!
އަހްމަދު
09 September 2016
ޢަހުރެންނަށް ހީވެފައި އޮތީ އަމިއްލްމީހުންނަށް ލޯނުދެނީ ބޭންކް ތްރޫކޮށްކަމަށް އަމިއްލަ މީހުންނަށް ފިނޭންސުން ދެކަމެއް. މިގޮތްވެސް އޯކޭ ވިi ބަޔަކަށް. .
ގެނޭ
08 September 2016
ސަރުކާރުން ލޯން ނެގި އެންމެން އަވަހަށް ލޯން ތައް އަނބުރާ ދައްކަން ވީ އެވެ. އެނޫންނަމަ ޕާސްޕޯރޓް ވެސް ކެންސަލް ކޮށްލަން ޖެހިދާނެ އިނގޭ. އަވަހަށް ފައިސާ ގަނޑު ގެނޭ.
އެމްސް
08 September 2016
މިސަރުކާރަށް ވީފަހުން ދައުލަތުން މަދުވެގެންއުޅޭ ފައިސާތައް ހޯދުން އޮންނާނީ ދެން އަންނަ ސަރުކާރަކަށް ބާ؟
އެންސް
09 September 2016
ނޫނޭ ބިލިޔަނުން ދަނީ. ވަންނަނީ މިލޔަނުން
އަލީ
08 September 2016
ދެންބުނާނެ ޖައްސާލައިގެނެއްނޫނޭ. މިދިޔަ 3 އަހަރު ތިކަން ނުކުރެވުނީ ކީއްވެ؟ ދައުލަތުގެ ބިލިޔަނަކަށްވުރެގިނަ ފައިސާ ވަގަށްނަގާފައިވާކަމާއި، އެފައިސާ ޖަމާކުރި އެކައުންޓްތައް އެނގެންހުރިއިރު އެފައިސާ ހޯދުމަށް ކޮންމަސައްކަތެއް ކުރީ؟ ރައީސްގެ އެކައުންޓަށް މީހަކު ފައިސާޖަމާކުރީމަ އެއީ ރައީސަށް ލިބެންޖެހޭ އަމިއްލަ ފައިސާނޫންކަން އެނގިހުރެ އެފައިސާއަމިއްލަކުރީމަވެސް އެހޯދަންނޫޅެނީ ކީއްވެ؟ މަގާމުގެ ނުފޫޒުބޭނުންކޮށްގެން ރައީސްރުޅިއަންނަމީހުނާ ޖައްސާލައިގެން އުޅުމަކީ ވަރަށް ދަށުދަރަޖައިގެއަމަލެއް.
ޑީސީ
08 September 2016
ޚޮބާ ރައީސު ވިދާޅުވި ރާއްޖޭގަ މިހާތަނަށް ހިނގި އެއްމެބޮޑު ޙިޔާނާތުގެ ލާރިގަޑު ހޯދަން ތިބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރައްވަނީތޯ...