ނެޝަނަލް އިމަޖެންސި އޮޕަރޭޝަން ސެންޓަރު( އެންއީއޯސީ) ން ބޭއްވި ޕްރެސްކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ރިސޯޓެއް ބޭނުންކުރާ ނަމަ އެ މުއްދަތުގައި ކުލި މާފުވާނެ ކަމަށް. ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
28 މާޗް 2020 - 15:08
ޔޫއޭއީގައި ކޮރޯނާވައިރަސްއަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެ ގައުމުން އިއުލާންކުރި ނަމަވެސް، މިހާތަނަށް ލިބިފައިވާ ނަމަކީ ދިވެހިންނަށް ކިޔާ ނަމެއް ނޫން ކަމަށް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ލިބުނު ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އެ މައުލޫމާތަށް ބައްލަވާފައި އޭނާ ވިދާޅުވި ގޮތުގައި ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ ކަމަށް ހީއެއްނުކުރެއްވެ އެވެ.
"މިހާތަނަށް ދިވެހި ނަމެއް ނޫން އޮތީ ފޮނުވާފައި (ޔޫއޭއީން)،" މަބްރޫކް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހީއަކީ އެއީ ދިވެއްސެއް ނޫނޭ."
ކޮރޯނާވައިރަސްއަށް މިހާތަނަށް ޕޮޒިޓިވްވިކަން ޔަގީންވެފައި ވަނީ ދެ ދިވެއްސެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައިސް އައިސޮލޭޝަނަށް ގެންގޮސް ހުރި މީހަކާއި އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑޮކްޓަރެއްގެ އަނބިކަނބަލުންނެވެ.
އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ޑޮކްޓަރުގެ އާއިލާއާ ބެހޭ މައުލޫމާތު ހާމަކުރެއްވީ އޭނާ އަމިއްލަ، ފޭސްބުކްގަ އެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް، ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށް، މަބްރޫކް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދިބެ
28 March 2020
ޔޫއޭ އިން ހޯދަނީ ނަމެއްތޯ ނޫނީ މީހާގެ އައިޑީ އާއި ޕާސްޕޯޓްގެ މައުލޫމާތު ނޫންތޯ؟ ކުއްޖަކަށް ނަންކިޔަން ނަމެއް ހޯދަން އުޅޭ ވައްތަރަށް އެއްގައިމިން އަނެއްގައުމަށް މައުލޫމާތު ހިއްސާ ކުރާ ކަމެއް ނުދަންނަން
އިޔެ
28 March 2020
އިމިގްރޭޝަންގެ ތެރެއިން ދިވެހި ޕާސްޕޯޓް ބިދޭސީންނަށް ދިންކަން ދަންނަ މީހުން އެބަތިބި. މީގެ ކުރިންވެސް ބޭރުގައުމެއްގެ ފުލުހުން ޖެހި ރެއިޑެއްގައި ދިވެހި ޕާސްޕޯޓު އޮތް މީހަކު ހިފެހެއްޓި.
މޯދީޖީ
28 March 2020
ލިބުނީ އައްޑޫ އާބާދު އައްނިސްބަތްވާ މީހެއްދޯ
ޏަ މްޏަ މް
28 March 2020
ތެންކިއު މަބްރޫކު!
ޢަޒްރާ
28 March 2020
ޜާއްޖެއިން ބޭރައް ދިއުމާއެކު ދިވެހިންގެ ނަން ބަދަލު ކޮއްފަ ހުންނަނީ
އޮނަރަބްލް އަފީފު ދީދީ
28 March 2020
މަބުރޫކު. ދަންނަވަންތޯ މިފަދަ ސީރިއަސްކަމެއްގައި ދައުލަތުގެފަރާތުން ތިއަށްވުރެން ޒިންމާދާރުކަންބޮޑު ސާފުޖަވާބު ދެއްވަންވާނެ. # ރާއްޖެއަކީ ޑްއެލް ޕާސްޕޯޓްހުއްދަ ޤައުމަކަށްވާއިރު ދުނިޔޭގައިމިފަދަ އެތައްޤައުމެއްވޭ. އަދި ބައެއް ޤައުމުތަކުން ބަލަނީ މިފަދަ މީހުން އެ ޤައުމަކަށް އެތެރެވުމަށް ބޭނުންކުރި ޕާސްޕޯޓަކީ އޭނާގެ ޤައުމުކަމަށް. ވީމާ މިހާލަތުވެސް ޔަޤީންކޮށްދޭންޖެހޭ. # އަނެއް ސިނާރިއޯއަކީ އޭނާގެންގުޅެނީ ރާއްޖޭގެ ވަގު ޕާސްޕޯޓެއްތޯ ކަސަވަރުކުރުން.
ފަރުހަތު
28 March 2020
ރިސޯޓް މުވައްޒަފުން ކަނޑަނީ، ނޯޕޭ ނަގަން މަޖުބޫރު ކުރަނީ! ހުރިހާ ތަނެއްގައި ޔާމީނުވާހަކަ އެހޭ އަހަރެމެންގެ ވާހަކަ ނޭހޭ! ސުޕަރމެޖޯރިޓީ ދިއްކޮލި އަތެއް ނެތް! މިކަން ހުއްޓުވަން އެއްޗެއް ލިއެލި ނޫހެއްވެސް ނެތް!
ލުބްލާ
28 March 2020
އަނެއްކާ ވަގު ޕާސްޕޯޓެއްގައި އުޅޭ މީހެއްކަންނޭނގެ.
ދިވެސް
28 March 2020
މޯލްޑޯވާ ކަންނޭގެ.
ޕޫބެއަރ
28 March 2020
ބަބްލީޝަސް ޑި ޑެލީޝަސް ތައް؟ އެވާނީ އެފްބީ ނަމަށް. އަލުން ޗެކު ކޮއްލަބަ