މީޑިއާ ބްރީފިންގައި ޑެޕިއުޓީ ކޮމިޝަނަރު މަންނާން (ކ) އަދި އެސިސްޓެންޓް ކޮމިޝަނަރު ފައިރޫޝް.---ފޮޓޯ: ޕޮލިސް
19 އެޕްރީލް 2020 - 21:06
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ލޮކްޑައުންކޮށް ގޭގޭގަައި މީހުން ބައިތިއްބައިގެން ގެތަަކަށް ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދޭން ރޭވި ނިޒާމު މަސައްކަތް ނުކުރި ކަމަށާއި މަގުތަކަށް މީހުން ގިނަވީ އެހެންވެ ކަމަަށް ފުލުހުން މިއަދު ބުނެފި އެވެ.
ނެޝަނަލް އިމަޖެެންސީ އޮޕަރޭޝަން ސެންޓަރު ގައި މިއަދު ހަވީރު ބޭއްވި ޕްރެސް ބްރީފިންގައި ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ މާލޭގައި ޑެލިވަރީކޮށްގެން ގޭގެެއަށް ހިދުމަތް ދެވޭނެ ކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް އެގޮތަށް ކަންތައް ނުވި ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ބޮޑެތި ފިހާރަތަކާ ފުލުހުން ވާހަކަ ދެއްކި ކަމަށާއި ބައެއް ފިހާރަތަކުން 4،000 އަށް ވުރެ ގިނަ އޯޑަރު ޑެލިވަރީ ނުކުރެވި ހުރި ކަމަށެވެ. ވިޔަފާރި ކުރަން ނުކުމެ އުޅުނު ބައެއް މީހުންނާ ވެސް ފުހުން ވާހަކަ ދެއްކި ކަމަށާއި ފިހާރަތަކާ ގުޅޭނެ ގޮތެއް ވެސް މީހުންނަށް ނެތް ކަމަށެެވެ.
"އޭގެ ސަބަބުން ގޭގައި އެ ހުރި އެއްޗެއް ހުސްވެގެން މަގުމައްޗަށް ނުކުންނަން، ހަމަ އެބޭފުޅުންގެ އިބާރާތުން ނަމަ ހަމަ އެނޫން ގޮތެއް ނެތިގެން ނުކުންނެވި ވަރަށް ގިނަ ބޭފުޅުންނާ ދިމާވި.އެހެންވީމާ މިދެންނެވިހެން ގިނަ އަދަދެއްގެ ބަޔަކަށް އެގެެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށް ނުދެވި އޮންނަ އޮތުން އޮތުމަށް ހައްލެއް ގެނައުމަށް މި ދެންނެވި މި އައި އާ ބަދަލުތައް މި ގެނެވެނީ،" މަންނާނު ވިދާޅުވި އެވެ.
އޭނާ ބިދާޅުވި ގޮތުގައި މީހުން ގޭގައި މީހުން ބައިތިއްބައިގެން ޑެލިވަރީ ކުރެވޭނެ ކަމަށް ކުރިން ބެލި ނަމަވެސް ލޮކްޑައުންގެ ފުރަތަމަ ހަތަރު ދުވަހުގެ ތަޖުރިބާއިން އެނގުނީ ރާއްޖޭގައި އަދި ހާއްސަކޮށް މާލޭގައި އެ ނިޒާމު މަސައްކަތް ނުކުރިކަން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގިނަ ފިހާރަތައް ހުރީ އެގޮތަށް ތައްޔާރުވެފައި ނޫން ކަމަށެވެ.
"އޭގެ ސަބަބުން، ގެތަކުގައި މަޑުމަޑުން ތިއްބެވި، ނުނުކުންނަވާ ތިއްބެވި ބޭފުޅުންނަށް ވަކި ވަގުތެއްވީ ތަނާ ގޭގައި ހުރި ކާއެއްޗިހި ހުސްވެގެން މަގުމައްޗަށް ނުކުންނަވަން ޖެހިވަޑައިގަތީ،" މަންނާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ކާބޯތަކެތި ހުސްވެެގެން މީހުން ނުކުތީމާ މަގުތަކަށް މާ މީހުން ގިނަވާނެ ކަމަށް ބެލެވޭ ކަމަށާއި އިންތިޒާމްވެގެން ވަކި ވަގުތުތަކެެއްގައި ނުކުންނަން ހުއްދަ ދިނުމުން އެއް ފަހަރާ ނުކުންނަ މީނުން މަދުވާނެ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ނުގެންދެވި ހުރި ތަކެތި ގެންދިއުމުގެ އިންތިޒާމް ވެސް ހަމަޖައްސަން ޖެހޭ ކަމަށާއި ޑެލިވަރީގެ ކަންތައް ފުލުހުންގެ ފަރާތުން ވެސް ފެސިލިޓޭޓް ކޮށްދޭން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޓަކައި 3،000 އަށް ވުރެ ގިނަ ފަރާތްތަކަށް ހުއްދަ ވެސް ދޫކޮށްފައިވާ ކަމަށެވެ. މާލޭގެ 26 ސެކްޓާއެއްގައި ވަކި ވަގުތުތަކެއްގަައި ހުއްދަ ދޭ މީހުން ނުކުންނަ ގޮތަށް ހެދިޔަސް، ޑެލިވަރީ ނިޒާމު މުޅިން ހުއްޓިއްޖެ ނަމަ ގޭބިސީތަކަކަށް ބޭނުންވާ ތަކެތި ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިރޫޝް ވިދާޅުވި ގޮތުގައި މާލޭގެ މަގުމައްޗަށް މީހުން ގިނަ ވިޔަސް އޭގެ މާނައަކީ މީހުން ގަވައިދާ ހިލާފަށް ނުކުތުމެއް ނޫން ކަމަށާއި ޒަރޫރީ އެތައް މަސައްކަތްތަކެއް ކުރަން ހުއްދަ ދީފައިވާ އެތައް ބަޔަކު ނުކުންނަ ކަަމަށެވެެ. އޭގެ ތެރޭގައި ޑެލިވަރީ ކުރާ ފަރާތްތަކާއި ސިއްހީ އެކިއެކި އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރާ މީހުން ވެސް ހިމެނެ އެވެ.
"މިދެންނެވި ސަބަބުތަކަށްޓަކައި މަގުމަތީގައި ތަންކޮޅެއް މީހުން ގިނަ. ބޭނުންވާ ވަރަށް ވުރެ މާގިނަ. އެހެން ނަމަވެސް މިހާލަތުން އަރައިގަންނާނެ ގޮތް ވެސް ހަމަޖެއްސޭނީ ކޮންމެވެސްް ބަޔަކަށް މަގުމައްޗަށް ނުކުމެވޭނެ ގޮތް ހަމަޖައްސައިގެން ކަމަށްވާތީ، މި ހުއްދަތައް ދޭން ޖެހޭ. އެހެންވީމާ ވީހާވެސް ބޮޑަކަށް މި ހުރިހާ ކަމެއް ވެސް ކޮންޓްރޯލް ކޮށްގެން އަޅުގަނޑުމެންގެ މަސައްކަތް މި ބައްޓަން ކުރަނީ،" ފައިރޫޝް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
19 April 2020
ހަނޑޫ ، ހަކުރު އަދި ފުއް.ނުލިބޭތީ ގިނަ ބަޔަކުގެ ޝަކުވާ އެބަ އޮތެވެ. މިވަގުތައް ބޭކާރު އެއްޗެހި ގިނަ ބަޔަކު ގަންނަ.ކަން ފާހަގަ ކުރެވެ އެވެ. މިއީ ސަރުކާރުން ނިކަމެތި ފަގީރުންނަށް އެހީ ވާން ވީ ވަގިތެވެ. ގެއިން ދެ މިނިޓް އިން ދެވޭ ފިހާރަ އަކަށް 150 ރުފިޔާގެ އޯޑަރެއް ދިނީމަ ބުނީ ކުޑަކޮށް 200 ހަމަ.ކުރުމަށެވެ. ފުއްކިލޯ ބޭނުން ވާމީހާ ހަދާނެ ގޮތެއް ބުނެ ބަލާށެވެ.
މޮރަލް
20 April 2020
ދެން ބިރކަނޑާލާފަ ދާންވީނު ފިހާރައަށް އެހެންވީމަ؟ ފަހަށް ބޭނުންވާނެ ކޮންމެވެސް އެއްޗެއް ލިސްޓަށް ލާފަ 201ރ ހަމަކޮށްލާ ނުދެވޭނެނަމަ.
ޠާސްބާތް
19 April 2020
ގައިންތާހިރުވެ ސިސްޓަމެޓްކް ވާންވީ. އޭރުން ވާނެ ދެން ހުރި ކަންތައްތައްވެސް
ރިޒާމް
19 April 2020
އެމްޑީޕީ މީހުންނަށްވަނީ އަޅެފަހެ ކޮންކަމެއްތަ؟ މޭޔަރު ޝިފާ އަނގަފުޅާކޮށްފައި ބުނާނެ މާލޭ ގޭބިސީތަކަށް އޮތީ ހުރިހާ ކަމެއް ހަމަޖެހިފައޭ. ދެން ޓުވިޓާގައި އުޅޭ އެމްޑީޕީ ކުދިންކޮޅު އެ ރީޓުވީޓު ކޮށްލީމަ އެ އޮތީ އަނގައިން ހުރިހާ ކަމެއް ނިމިފައި. ހަމަ އެގޮތަށް އިކޮނޮމިކް މިނިސްޓަރު ފަޔާވެސް ބުނާނެ އެއް ފަހަރު ސްޓިމިއުލަސް ޕެކޭޖޭ އަނެއް ފަހަރު ރިކަވަރީ ފަންޑޭ ބޯހަލާކުވެދާނެ މަގޭ ހިތަށްހަމަ އަރަނީ ނަސީބެކޭ މިވަގުތު ހެލްތާ ހަވާލުވެގެން އެމްޑީޕީ މީހަކު ނެތްކަން
ލާލަ
19 April 2020
ކީއްވެތޯއޭ މިބޭކަލުން ފޮތިން ނަމަވެސް މާސްކު ނާޅުއްވަނީ. ހެޔޮ ނުވާނޭ އެންމެން އެއްވެ އުޅޭއިރު އަނގަޔާ ނޭފަތް ނިވާ ކުރައްވާ. ފޮތިން ނަމަވެސް މާސްކު އަޅުއްވާ.
ވަޒުރީލާ
19 April 2020
މާލޭ މޭޔަރ ބުނި މާލޭން ރޯގާ ފެނުމުގެ ކުރިން ތައަޔާރީތައް ވެފަ އޮތްލެއް ފުރިހަމަކަމުގެ ވާހަކަ...ވަރަށް ވަރުގަދަ ޕްލޭންތަކެއް ހެދިވާހަކަ...ހާލަތު ގޯސްވެގެން މިދާއިރު މޭޔަރ ކޮބައިތޯ.
ޑެލްބޯއި
19 April 2020
ހަޤީޤަތުގައި އެއްވެސް ނިޒާމެއް ނެތް.އެސް.ޓީ.އޯ އަށް ވެސް ޑިލިވަރީ ފާހެއް ނެތް. ކަންކަން ކުރަން ދަންނަ ބަޔަކާ ހަވާޅުވެފައި އޮތް ނަމަ ވަރަށް ފުރިހަމަކޮށް އޯރގަނައިޒްޑް ކޮށްލެވޭނެ. ލޮކްޑައުން އަކަށް ދާންޖެހޭނެ ކަން ޔަޤީން. އެހެން ވީއިރު ފާސްތައް ވެސް ހުންނަންވާނީ ބެހިފައި. އަދި ކޮންމެ މަގަކަށް ޑިލިވަރ ކުރަންޖެހޭ ފިހާރަތައް ހުންނަޖެހޭނީ ހަމަޖެހިފައި.އަދި ކާޑުގެ އިތުރުން އެހެން ބައެއް އަސާސީ ތަކެތީގެ އަގުތައް ވެސް ހުންނަޖެހޭނީ ކޮންޓްރޯލްކުރެވިފައި.
ނިރު
19 April 2020
ފުރަތަމަވެސް ފެށުން ގޯސްވީ ކޮންމެ ގެޔަކަށް ހަފްތާއަކަށް ވާވަރަށް ކާބޯތަކެތި ގަނެފަ ބަހައްޓާށޭ ބުނިނަމަ ރަގަޅުވީސް ދެން ކޮންމެ ހަފްތާއަކުން ހަފްތާއަކުން ވިޔަފާރި ކުރާ ގޮތަށް... ސަރުކާރުން ފުރަތަމަވެސް އޮޅުވާލަން މަސައްކަތްކުރީ ގޭގަ ގުދަން ނަހަދާށޭ ގޮވަމުން ގެންދިޔައީ ނަތީޖާއެއްގެ ގޮތުން މީހުން ކާބޯތަކެތި ނުގަނެ ޑެލިވަރީއަށް އިތުބާރުކުރީ ވީ ފެއިލް ދެން ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށްބަލާ ފިހާރަތަކާ ދިމާލަށް ކާބޯތަކެތި ހޯދަން ނުކުންނަން ފެށީ
ދެކޭގޮތް
19 April 2020
ވެރީ ޓްރޫ.
ހަސަދު
19 April 2020
ޑެލިވަރީ ވެސް ފެއިލް. ޕޮލިސް ޕޯޓަލް ވެސް ފެއިލް އެޗުޕީއޭވެސް ފެއިލް. ގައުމުވެސް ފެއިލް. ދެން ބުނާނެ ދިވެހިން ބަސް ނެހިއްޔޭ. ރައްޔިތުން ޒިންމާދާރު ކުރުވާ ހެލުން ތެރިކުކުރުން އެއީ ސަރުކަރުގެ ޒިންމާ އެއް. އެކަމެއް ނުވި.
ގެރިގާ
19 April 2020
ބަލަ ކާކު ބުނެގެންތަ ގޭގަ ތިބޭށޭ ބުނީމަ ބަެރަށް ނުކުތީ؟
އޮނަރަބްލް އަފީފު ދީދީ
19 April 2020
ތުރާކުނުން އައްޑުއަށް ސާފުބޯފެނާއި ނަރުދަމާގެހިދުމަތް ނުދިނުމަށްވުރެންބޮޑަށް ދައުލަތް ފޭލްވާނެތޯ؟ ސްޓޭޓް ވިޔަފާރިކުންފުނިން ޒިންމާއެއްގެގޮތުގައިވިއްކާންޖެހޭ ހަނޑޫ، ހަކުރު، ފުށް ތުރާކުނު އަދި އައްޑޫސިޓީގައި ދިރިއުޅޭމީހާއަށްލިބެނީ މާލޭގެގުދަނެއްގައިގުދަންކޮށް އެތައްތަކުލީފެއްއުފުލާ އަދި ދޭތެރެދޭތެރެއިންނުލިބި މާލެއަށްވުރެންއަގުބޮޑުކޮށް.؟! # ފޭލްވެފައިވާ މިފަދަ ހާސްކަންކަންވެސް ދެއްކިދާނެ. އެކަމަކު މާލޭސަރުކާރު އެކަންކަން ރަނގަޅުކުރާން ތައްޔާރުތޯ؟
ދަންނަމީހާ
19 April 2020
މަސްލޯސް ހައިރާކީ އޮފް ނީޑްސް ތިއަރީ ބުނާގޮތުން އިންސާނާގެ ފުރަތަމަ ނީޑަކީ ދިރިހުރުން ދިރިހުރުން ފުރިހަމަ ވެއްޖެނަމަ ދެން އޮތް ނީޑަކީ ބަނޑުހައިކަން ފިލުވުން. ބަނޑުހައިކަން ފުރިހަމަ ކުރެވިއްޖެނަމަ ދެން އޮތް ނީޑަކީ އުނު އޮރިޔާން ނިވާވުން. އުނު އޮރިޔާން ނިވާކުރެވޭ ހިސާބުން ބައްޔާ ދޭތެރޭ ވިސްނަން ފެށޭނީ. އެހެންވީމަ ކާބޯތަކެތި ނުލިބެންޏާ ގަދަވެ ސލާމަތުން ތިބިބަޔަކު ކާބޯތަކެތި ހޯދަން ނިކުންނާނެ