ޚަބަރު / ބިދޭސީން

ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަން ފުލުހުން ބަލަަހައްޓަން ފަށައިިފި

ކޮވިޑް-19 ފެތުރޭތީ މާލޭގައި ހިންގާފައިވާ ލޮކްޑައުން ހާލަތު ތަންފީޒުކުރަަން ފުލުހުން ހަރަކާތްތެެރިވަނީ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭޭ، ހަ ތަނެއް ފުލުހުން ބަލަހައްޓަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ބިދޭސީން ދިރިއުޅޭ ހަ ތަނަކަށް ވަދެ ނުކުމެ އުޅުން ކޮންޓްރޯލްކޮށް އެތަންތަން މޮނިޓާ ކުރަން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެ ފިޔަވަޅު އެޅީ ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނުގެ ހާލަތު ހުންްނަ ގޮތުންނާއި އެ މީހުންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ބިދޭސީންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް ފެނުނު ގިނަ ކޭސްތަކުގައި ކޮންޓެކްޓްވި މީހުންގެ އަދަދު ވަރަށް ގިނަ އެވެ. އެގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ޑައިރެކްޓް ކޮންޓެކްޓް ހޯދިފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ.

މާލޭގެ ކޭސްތަކުގެ ކޮންޓެކްޓްގެ އަދަދުތައް

15- އޭޕްރިލް - 197

16- އޭޕްރިލް - 348

18- އޭޕްރިލް - 139

19- އޭޕްރިލް - 939

20- އޭޕްރިލް - 334

21- އޭޕްރިލް - 414

22- އެޕްރިލް -2

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ތޮއްޖެހިގެން މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުން އެހެން ތަންނަށް މީހުން ބަދަލުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު، ހުޅުމާލޭގައި ހުންނަ ފެސިލިޓީއަކަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

25 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަންގާޅުންއައްސިވާލެއްގިނަ

23 April 2020

އެމީހުން ވަދެ އުޅެމުންދިޔަގޮތް އެނގޭނެ އެމީހުން އެގޮތަށް އުޅެން ފުރުޞަތު ދިނީ ދައުލަތުގެ ކޮން އިދާރާއެއްގެ އިޙްމާލުންތޯ ދެން މިހާލުގަ ބުޅާ ހަތްހާޔަށްވ އޭގެ ދަރިން ލައިގެން ގެންގުޅޭހެން ގެންގުޅެން ތިއޮތީ ޖެހިފަ މިއަދު ގައުމުގަ އިވެނީ ބޭރު ބަންގާޅީ މީހުންނަށް އަޅާލުމަަށް ކުރެވޭ މަސައްކަތުގެ އަޑު ރުހުނަސް ނުރުހުނަސް ބާރު ހުރި ފަރާތްތަކުން ވީ އިޙްމާލު މިއަދު ދައުލަތުގެ ބައިތުލްމާލުން އުފުލަން ތިއޮތީ ޖެހިފަ ލިޔުންނެތި ތިބި އެންމެ ފޮނުވާލެވުނު ނަމަ

The name is already taken The name is available. Register?

ބޮޑުމީހާ

23 April 2020

މީގެ ވާނުވާ އެބައެގޭތަ! ތޮއްޖެހިގެން އުޅޭމީހުން މޮނިޓަރކޮށްފަ އެމީހުން މޮނިޓަރކުރާ މީހުން އެ ބިދޭސީން ބައިތިއްބަނީ ކުރިން އުޅުނު ހާލަތަށްވުރެ ވެސް ދަށް ހާލަތުގަ. ދެން ކާކު ނަމޫނާ ދައްކާނީ

The name is already taken The name is available. Register?

ބާއި

23 April 2020

އަހަރެމެން މިހާރު ބޭނުންވަނީ ސަރުކާރުގެ ބެލުމުގެ ދަށަށްދާން އޭރުން ހިލޭކެވެނީ ނިދެނީ. މިވަގުތު ޖޮބު ނެތީނު. ދެންބޭނުންވަނީ ގެސްޓްހައުސްނޫން. ރިސޯޓް މޫދުކޮޓަރި.

The name is already taken The name is available. Register?

ދެރަ

23 April 2020

ތިޔަތަންތަން ކުއްޔަށް ދިންމީހާކޮބާ? ފުލުހުންނާ ތިޔަ ބިދޭސީންގެ ކަންތައް ހަވުނުކޮށް އިމިގްރޭޝަނުން ކުޅުނު ނުބައި ކުޅިގަނޑުގެ ނަތީޖާ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި ދުވެހި ރައްޔިތުން ގޮވަމުންދިޔައީ ބިދޭސީންގިނައޭ ގިނައޭ އެކަމަކު ސަރުކާރުން އިކޮނޮމީއޭ ތަރައްގީއޭ ކިޔާފަ ނުފެންނަކަމަށް ހަދައިގެންތިބީ. ދުނިޔެއަކީ އަބަދު އެއްގޮތަކަށް ހިނގާތަނެއްނޫން. ކާރިސާތަކަކީ ބުނެފަ އަންނައެއްޗެއްނޫން.

The name is already taken The name is available. Register?

ބަސްމަދު

23 April 2020

އެގޮތަށް ނޭޕާލީން ގެނައިރު ގެންގުޅުނީ ބުރަސޫރަ ރީތިމީހުން....

The name is already taken The name is available. Register?

މޫސަ ގޯތި އާދަނު

23 April 2020

ނަނަމަ ޓެސްޓް ނުކުރާތި ޕޮސިޓިވުވާ ވާ މީހުން ގެ އަދަދު ފޮތުން ފެންނަން އޮންނަވަރު ގިނަވާނެ

The name is already taken The name is available. Register?

މުދިމު ކަތީބު

23 April 2020

އަދި ތަންފުކެއް އަވަސް.

The name is already taken The name is available. Register?

ބޯގޯސް އަފީފް ދީދީ

23 April 2020

މިތާގައި އުޅޭ ބަންގާޅީންނަކީ ޖުރިމަނާއެއްކުރިޔަސް އެހެންކަމެއްކުރިޔަސް ދައުލަތަށް ބައިލާރިވެސް ދޭބައެއްނޫން. ބަންގާޅުގެ ގާނޫނު އަސާސީގައި އެތާގައި އުޅޭމީހުންނަށް ކިޔަންވާނީ ބަންގާޅީންނޭ ކިޔާފައި ހުދާއި ކަޅުން ލިޔެފައި އޮންނައިރުވެސް މިރާއްޖޭގެ ބަންގާޅީންދެކެ ޚާއްސަ ލޯތްބެއްވާ އަންހެނުންނަށް އެނަންހުތުރުވެގެން މިހާރު އެއޮތީ ނަންވެސް ބަދަލުކުރަންޖެހިފައި. ޗެލެންޖްނުކޮށް ނެޓަށްވަދެ ބަންގާޅުގެ ގާނޫނުއަސާސީގެ "ދަ ރިޕަބްލިކް" ޗެޕްޓަރ ބަލާބަލަ.

The name is already taken The name is available. Register?

Hassan

23 April 2020

މމ މ. ކާރނޭޝަން މަގު ޗިޅިޔާޖެހިގޭ ދެގޯޅިގަނޑުވެސް ތޮއްޖެހިފަ. މ. ޝާރިޢުވަރުދީ އާއި ފީރޯޒު މަގު، މާކުންގޭ ދެގޯޅިވެސް ތޮއްޖެހިފަ. އެއްވެސް ގޮތަކަށް މައިތިރިއެއް ނުވޭ. ލޮކް ޑައުންވެސް ނުވޭ. ؟؟؟؟؟؟؟

The name is already taken The name is available. Register?

ރުބެލް މިއާ

23 April 2020

އާރުމެން ގަސްދުގަ ތޮއްނުޖެހެނީ. އާރުމެންވެސް ބޭނުންވަނީ ރަގަޅު ގެސްޓްހައުސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454