ޓްރީޓޮފް ހޮސްޕިޓަލް: ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް ފަރުވާ އަށް ޚާއްސަ ކުރި އެނދުތައް ފުރުމުން ދެން ފަރުވާ ދޭން ފަށާނީ ޓްރީ ޓޮޕްގައި. --ފޮޓޯ/މިހާރު
30 އެޕްރީލް 2020 - 20:44
މާލެތެރޭގައި، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރި، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް މިވަގުތަށް ދޫކުރަން ނިންމައި އެ ތަނުގެ މުވައްޒަފުންނަށް މިއަދު އެކަން އަންގައިފި އެވެ.
ކޮވިޑް-19 ގައި އެންމެ ހާލު ބޮޑުވާ މީހުންގެ ފަރުވާ އަށް ޚާއްސަކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯ (ޑީއެޗް11) އެވެ. އެތަނަށް ބޮޑުވެއްޖެ ނަމަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށަން، އެ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު ކުރިން ވެސް އޮތީ މަޝްވަރާ ކޮށް، އެއްބަސްވެފަ އެވެ.
އެ އެއްބަސްވުމާ އެއްގޮތަށް، ހޮސްޕިޓަލް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ހަވާލުކުރަން ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަން ހޮސްޕިޓަލްގެ މެނޭޖްމެންޓުން މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.
މާލެ އިން މިއަދު އެކަނި ވެސް 116 މީހުން ޕޮޒިޓިވްވެފައިވާ އިރު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަސް މީހަކަށް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ޑިޕާޓްމެންޓްގެ ހެޑް، ޑރ. މޫސާ ހުސެއިން ރޭ ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން، ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެ އިން އެންމެ ފުރަތަމަ މަރުވި އައިމިނަތު އާދަމްގެ ފިރިމީހާ ވެސް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް ވެ އެވެ.
ދަރުމަވަންތާގައި ހުރީ އެއްފަހަރާ 10 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެވޭނެ އިންތިޒާމެވެ.
ޓްރީ ޓޮޕްގައި ކޮވިޑް-19 އަށް ފަރުވާދޭނެ ފެށުމާ އެކު އެތަނުގައި އިތުރު އެއްވެސް ބައްޔަކަށް ފަރުވާއެއް ނުދޭނެ އެވެ. މިކަމުގައި ޓްރީ ޓޮޕްގެ ބަހެއް އަދި ނުލިބެ އެވެ.
ކޮވިޑް-19ގެ ހައި ރިސްކު މީހުންނަށް ފަރުވާދޭން ހަމަޖައްސާފައި ވަނީ ފަރުކޮޅުފުށީގަ އެވެ. މީގެ އިތުރުން ވެސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބައިގެން ފަރުވާ ދިނުމަށްފަހު ދަރުމަވަންތަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނީ ހާލު ސީރިއަސްވާ މީހުންނެވެ.
އާއްމުންގެ ތެރެއަށް ބަލި ފެތުރިއްޖެ ހާލަތެއްގައި އެއްފަހަރާ އެތައް ބަޔަކަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތް ކަމަށް ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން ކުރިން ވެސް ގެންދެވީ ވިދާޅުވަމުންނެވެ. އެފަދަ ހާލަތެއްގައި މިހާރު ހުރި އެނދުތަކުން، އޮކްސިޖަން، ވެންޓިލޭޓަރަކުން ނުފުދޭ އިރު އެވަރަށް އެޓެންޑްވާކަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭނެ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ.
އެހެންވެ މި ބަލީގައި އެންމެ މުހިއްމު ފަރުވާ އަކީ ގޭގައި ތިބުން ކަމަށް އެޗްޕީއޭ އިން ވެސް އައީ ނަސޭހަތްތެރިވަމުންނެވެ.
ސަރުކާރުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ވަގުތީ ހޮސްޕިޓަލެއް ވެސް ހަދަމުންނެވެ. "ކޮވިޑް-19 ވިލެޖު" ނަމުގައި ތަރައްގީކުރާ ތަން ނިމުމަކާ ގާތްވެފައި ވަނިކޮށް މަސައްކަތް ހުއްޓުނީ އެތަން ހެދުމުގައި އިސްކޮށް އުޅޭ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓޫޑެންޓް
01 May 2020
މިހާރު ރާއްޖެއޮތް ހާލަތުގެ ސަބަބުން ބޭރު ގައުމު ތަކުގައި ސްޓޫޑެންޓް ލޯނުގެ ދަށުން ކިޔަވަމުން ގެންދާ ދަރިވަރުން، އެދަރިވަރުނަށް ކޮންމެ 6 މަހަކުން ލިބެންޖެހޭ އިންސްޓޯލްމަންޓް ލިބޭނެ ގޮތެއް އޮޅުންފިލުވައި ދޭނީ ކޮންއިރަކުންތޯ؟
12345
01 May 2020
ގައުމެއްގެ ވަރަށް ބޮޑު އަދަދެއްގެ މީހުން ގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަޅަން ފެންނަ ކޮންމެ ފިޔަވަޅެއް އަޅާނެ. އެކަން އެންމެން ގަބޫލުކުރަންޖެހޭ. ސިޔާސީވިއަސް ތިއީ ބޮޑުވަރު.
މޫސަ
01 May 2020
ކީއްވެތޯ ޢޭ.ޑީ.ކޭ ހޮސްޕިޓަލް މި ދަނޑިވަޅުގައި ކޮވިޑަށް ފަރުވާދޭން ސަރުކާރަށް ނުނަގަންވީ. -/15000ރ އަށް ބިޑްކުރުމެއްނެތި ދީފައި އޮތް ބޮޑު ތަނެއް އެއީ. އެއީ ކޮވިޑަށް ފަރުވާދޭން އެންމެ ރަނގަޅުތައް.
ޓަފަަ
01 May 2020
25 ބުރީގެ ހޮސޕިޓަލްގަ ކޮވިޑްއަށް ފަރުވާދޭން 3 މަސްދުވަސްތެރޭ ތައްޔާރު ކުރެވުނީ އެންމެ 10 އެނދު. ސާބަސް އެހެންވީމަ.
އަތްޖަހާ
01 May 2020
ކިހާވަރަކަށްބާ ދުވާލަކަށް
ާހުވާބޯހަލާކު
01 May 2020
ހަމަ އެކަނި ކޮވިޑަށް ތޯ ފަރުވާ ކުރަންޖެހެނީ؟ ނަރުގަނޑު އަޅުވައިގެން ތިބޭ ބަޔަކު މަހުން މަހުން ގަވަޢިދުން އެ ބާރު ކުރަންޖެހޭ. އައިނު ހައްދާފައި ތިބޭ މީހުން ނަންބަރު އާ ކުރަން ބޭނުންވޭ؟ މިކަންތައް ކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތީތޯ؟ ނިކަން ޕްރެސް އަށް އަރާ މި ސުވާލު ކޮށްލަދީބަލަ!!!!!
998777
01 May 2020
ނަރުގަނޑު ނެއްޓުނަސް ލޯނަރު ކޮޅެއް އަޅުވައިގެން ނަމަވެސް ތިބެލަން ވީނު
އަލީ ސައީދު
30 April 2020
މި ބަލި އަކީ ބަލި ޖެހިފަ ގިނަމީހުން ރަނގަޅު ވާ ބައްޔެއް. ރައީސް ނަޝީދު ބުނިހެން ދެން ހުން ނާންނަނީސް ރަޖާ އަޅާގެން ތިބޭނެ ކަމެއް ނެތް. އިގްތިޞާދު ހަލާކުވުމުގެ ކުރިން މަސައްކަތައް ނުކުންނަން ވީ
ބޮޑުމީހާ
30 April 2020
ރައްޔިތުންނަށްޓަކައި މުޅި މުޖްތަމައުގެ ހަމަޖެހުމަށް ޓްރީޓޮޕް ހޮސްޕިޓަލާއި ސަރުކާރުން ވެފައި އޮތް އެއްބަސްވުން ހާމަކުރަންޖެހޭ. ސަރުކާރުގެ އައިޖީއެމްއެޗް، ދަރުމަވަންތަ، ސެނެހިޔާ، ހުޅުމާލެ ހޮސްޕިޓަލް ނުވިތާކަށް ޓްރީޓޮޕް ކުރިމަތިން އާތަނެއް ހަދައި ނިމެމުންދާއިރު ސަރުކާރުން ގެންނަ ވެންޓިލޭޓަރތައް ޓްރީޓޮޕަށް ވައްދައިގެން ތި ހަމަޖެހިފައިވާ އެއްބަސްވުން އާއްމުކުރުމަށް ގޮވާލަން
ހހހ
30 April 2020
200 އެނދުގެ ފެސިލިޓީއެއް ނިމެން ގާތްވަފައި ވަނިކޮށް މާލޭގައި މިވަގުތު އެހެން ބަލިތަކަށް ފަރުވާކުރުމަށް ހުރި ވަސީލަތްތައް ރަނގަޅަށް ޤާއިމްކޮށްފަ ހުރި ބޮޑު ހޮސްޕިޓަލެއް މިކަމަށް ހުސްކުރަން ޖެހޭ ސަބަބެއް އެއް ގޮތަކަށްވެސް ނުވިސްނެ. ދަރުމަވަންތަ ހޮސްޕިޓަލުގަ މިކަމަށް ހަމަ ބޭނުން ކުރެވެން އިނީ އެންމެ ފްލޯއެއްގައި ހަމަ އެކަނި 10 އެނދުބާ... އެހެން ބަލިތަަކަށް ފަރުވާ ކުރާ މީހުންނާ ޓްރީޓޮޕަށް ދައްކަމުންދާ ވިހަން ކައިރިވެފައި ތިބި މާބަނޑު މީހުންގެ ހައްްޤުތައް ކޮބާ..?
ޢިބުރާހިމް އަހުމަދު
01 May 2020
ޢައި ޖީ އެމް އެޗްގައި ތިބި ބޮޑުން ބޭނުމެއް ނުވޭ އެއްވެސްގޮތަކަށް ކޯވިޑް އާއި ކައިރިވާކަށް. މީ ހަގީގަތަކީ. މިހާރުވެސް ކޮރޯނާ މީހުން އައި ޖީ އެމް އެޗަށް ދަނީ ތަންތަން އޮޓޯ ލޮކަކަށް ދިޔުމުން. މީ ލައްކަ ވާހަކަ
އޮނަރަބްލް އަފީފު ދީދީ
30 April 2020
ވެނުމަސް ވެނަށް ކާންދެނީތާ؟؟!! ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލިމީހުނަށްވުރެން ބޮޑު އާބާދީއަކަށް އެމީހުންނަށް ލިބެންޖެހޭ ހަލާލު އުޖޫރަނުލިބުމާއި، ޤާނޫނުނަގަހައްޓާންތިބިމީހުންގެ އިހްމާލުން ޙާދިމުންގެގޮތުގައި އެމީހުން ވަޒީފާ އަދާކޮށްދެމުންދިޔަ ސައުދާޤަރުންގެފަރާތުން ލިބުނުއަނިޔާއަށް ޙައްޤުއަދަބު އެފަރާތްތަކަށްދީ އަނިޔާލިބުނުމީހުންގެ ޙައްޤުހޯދާދީފައިނުވާތީ "ތިއީ ބަންޑާރަކަފަ އަމިއްލަ ބާލީހަށް ލުމުގެ ބޭނުމަށްޓަކާ" ކުރާކަމެއްކަމަށް އެއާއިލާތަކުން ބުނޭ.