މެމްބަރު އަމީތު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ޕީޕީއެމްގެ ކައުންސިލުން މިހާރު ވަނީ އިސްތިއުފާ ދެއްވާފައި.---ފޮޓޯ: މަޖިލިސް
19 އޮކްޓޯބަރ 2016 - 10:04
ޕީޕީއެމްގެ ކައުންސިލަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ކަނޑައަޅާފައިވާ އެއް މެމްބަރު، ރ. މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އެ ކައުންސިލުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އިސްތިއުފާ ދެއްވީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ކައުންސިލަށް 10 މެމްބަރުން ހޮވީ އެއް އަހަރު ދުވަހަށް ކަމަށް ވެފައި، އެ މުއްދަތު މިދިޔަ އޭޕްރީލް 30 އަށް ހަމަވެފައިވާތީ ކަމަށެވެ.
"އެއީ އަޅުގަނޑުމެން އެއްބަސްވި ގޮތް. އެހެންވެ އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށް ފެންނާތީ އިސްތިއުފާ ދިނީ،" އަމީތު ވިދާޅުވި އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިއްބަވަނީ އަށް މެމްބަރެކެވެ. އަމީތުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވެސް ވަނީ މި ހަފުތާގައި ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ޕީޕީއެމް މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން، ސެކްރެޓަރީ ޖެނެރަލް ކަމަށް ހަލީލް އައްޔަން ކުރަން ނިންމުމުންނެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އިންތިހާބީ މަގާމެއްގައި ހުންނަ މެމްބަރަކަށް ޕާޓީގެ ވަޒީފާއެއްގައި ނުވަތަ އިދާރީ މަގާމެއްގައި ނުހުރެވޭނެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ ތެރެއިން، އެ ޕާޓީ ހިންގުން ސިވިލް ކޯޓުން މިހާރު ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ނަތީޖާއަކީ ދެ ފެކްޝަނަށް ނިސްބަތްވާ ކައުންސިލެއް ހިންގަމުން ގެންދިއުމެވެ.
އަމީތު ކައުންސިލުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީގެ ކޯޅުން ހޫނުވި ފަހުން، އެއްވެސް ފެކްޝަނަކުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
19 October 2016
ހިހޫތަނުން ކައިކެން އުޅުއްވާ މެންބަރެއް ދެއްތޯ؟ މެންބަރުކަން ހޯދަން މައުމޫނުގެ އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި މީހަކަށްވާނެ އަމީތު. މިއަދު ތިޔަ އެއްފަރާތްވެލީ. މުއްދަތު ހަމަވެފައިވާނަމަ ތިޔަކަން ޕާޓީގެ ރައީސްގެ ސަމާލުކަމަށް ގެނެސްގެން ހައްލެއް ހޯދަން އުޅުން މުހިންމު. އެކަން ނުވިސްނޭވަރު ކުޑަކުއްޖެއްނޫން އަމީތަކީ.
ސަމާސާ
19 October 2016
އެޕްރީލް 30 އަށް ހަމަވި ދައުރަކުން އިސްތިއުފާ ދޭންޖެހޭނީ މިއަދަކުނޫން. ތިޔައީ މާރީތި ގޮތެއްކަމަށް ދެއްކުމަށް ކުރިކަމެއް ނަމަވެސް އެންމެންނަށް ވެސް އެނގޭނެ މިހާރު އުފެދިގެންއުޅޭ ކޮޅިގަނޑުގެ ކަންތައްކަން. އަސްލު ލޮލަށް ފެންނަ ގޮތްރީތިނަމަވެސް ތިޔައީމުނާފިގު ގޮތެއް. ހިތުގައި އެހެންއެއްޗެއް ކުރީއެހެންކަމެއް.
ޙޯން
19 October 2016
އަމީތޫ އެޕްރީލް މަހުގައި ހަމަވީ. ހަމަހޭވެރިކަންވީ އަދި ކިރިޔާ.
ޅަބޭ
19 October 2016
ތިހާ ކެރެންޏާ މަޖިލިސް މެންބަރުކަމުން އިސްތިއުފާދީބަލަނިކަން.
ފޯރަމް
19 October 2016
އަމީތު ފޯރ ޑިމޮކްރަސީ.
ޝަހާމް އިބްރާހިމް
19 October 2016
އަމީތް އަށް އެހުންނެވުނީ ހުވަފެނެއްގެ ތެރޭގައެވެ. އެހެނީ އޭނާ އެމަގާމަށް ގެނައުމަށް ބާރުއެޅި އޭނާގެ ބޭބެ އަމީން ވަނީ ޕީޕީއެމް އިން ބޭރުވެ އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް އެންޑޯސް ކޮށްގެންނެވެ. ދެންވާނެ ގޮތަކީ، ކުރިމަތީގައި ބަޖެޓް އޮތް އިރު އަމީތުގެ ދާއިރާއަށް ކަމެއް ކޮށްދެންޏާ ޔާމީން އާ އެކު ހުންނަވަން ވެސް އެބަޖެހެއެވެ. އެކަމަކު އެފުރުޞަތުވެސް ދޫކޮށްލެއްވީއެވެ. އާހިރުގައި އެއްތާކުގައިވެސް ލައްވާ ނުލާ 2018 ގައި އަލުން ޓީވީ ޕްރެޒެންޓަރަކަށް ވެދާނޫއެވެ.
ފެކްޝަން
19 October 2016
އަމީތުގެ މެސެޖް ވަރަށް ސާފު، މައުމޫން ފެކްޝަންގެ ސްޕޯކްސްޕާރސަން އަށްވެސް ކައުންސިލް މެންބަރު ކަން ގެއްލޭނެކަން ޔަގީން... އެއް ނާއިބު ރައީސް އަކީ އެ ޕާޓީގެ މެންބަރެއް ނޫން..... ދެން ތިބީ އުމަރާއި ސޮފްވަން، ކައުންސިލަށް ވެއްދި ގޮތެއްވެސް ނޭނގޭ، ހީވަނީ ފުރާޅުން ޓިނު ނަގަިގެން ހެން.... އަލުން 10 މެންބަރުން އައްޔަން ކުރަން ޕީޖީ އިންތިޚާބު ބާއްވާދިނުން އެދެން.
އަދިރި
19 October 2016
ތިވީ ގޮތުން މުޝްތަށާރު ބޭއްވި ކައުސިލް ބައްދަލުވުމުގައި ކޯރަމްވެސް ހަމަނުވާނެއެއްނު! ކޯޓުން ދިން 24 ގަޑިއިރުވެސް ތި ބޭކާރުކޮށްލީ. ކިހާ ދެރަ!
ކޮށްދީދެން
19 October 2016
ޕީޕީއެމް ގެ ކައުންސިލު މެމްބަރު ކަމުން އަމިތު އިސްތިއުފާ ދިނުން އެއީ ރަނގަޅު ކަމެކެވެ. އަދި ވެސް ދެން ތިބި ކައުންސިލު މެމްބަރުން ވެސް އިސްިތިއުފާ ދިނުން އެއީ ބިއުޓިފުލް މައިންޑުން ކަންކަން ކުރާ ގޮތަކީ. ދެން ހަމަ ރަންރީނދޫ ކުދިން ވެސް ފީނި ފީންނަށް ލާރޖް ކޮށް ސަފު ސަފު ހަދާފައި އަންނަންވީ މަމެންގެ އޮރިޖިނަލް ޕިންކީސް އިން ނާއި ގުޅެން އިނގޭ. ރަންރީނދޫ ޓްވިޓަރޭ ވެސް އަންނަން ވީ މަމެންގެ އޮރިޖިނަލް ޕިންކީސް އިން ނާއި ގުޅެން. އަދި އަގެއް ކިޔާ ނަމަވެސް ރަންރީނދޫ ޓްވިޓަރޭ ގެ ޓްވިޓަރ ވެސް އެކްސްކްލޫސިވް ރައިޓްސް އާއި އެކު ވިއްކާލަންވީ މަމެން ޕިންކީން ނަށް. 5 ލައްކަ ޑޮލަރަށް އަވަހަަށް ރަންރީނދޫ ޓްވިޓަރޭ ގެންގުޅޭ ޓްވިޓަރ ވިއްކާލަން އުޅޭ މަމެން ޕިންކީންނަށް އިނގޭ. ސްޓޮކް އެކްސްޗޭންޖް ގައި އަގު ހުއްޓާ މިކަން ކުރުމުން ޕްރޮފިޓް މޭކް ކުރެވޭނީ އިނގޭ.
ޏ އައިކު
19 October 2016
ކޮބާ ދެން ތިބި 8 މެންބަރުން؟ ކޮބާ އެޕުރީލު މަސް؟ ކޮބާ އަސާސީ ގަވާއިދު؟ ކޮބާ ނިހާނުބުނާ ތެދުވެރިކަން؟ ހަމަ ޔަހޫދީންގެ ހުކުމް.
ނިރު
19 October 2016
ޔާމީން ބޭނުންފުޅުވެލައްވަނީ ހުރިހާ ކަމެއް އެ މަނިކުފާނުގެ މުށުތެރެއަށް ޖަމާކުރައްވަން ނަތީޖާއެއްގެ ގޮތުން ޕާޓީގެ މެމްބަރުން ގޮތް ހުސްވެ ހަދާނެ ގޮތެއް ނޭނގިގެން އުޅެން ޖެހެނީ. އެއްވެސް ވަރަކަށް ޔާމީން އަކީ ގޮތް ދޫ ކުރުމުގެ ހިޔާލުފުވެސް ގެންގުޅުއްވާ ބޭފުޅެއް ނޫން. އެންމެފަހުން ޕާޓީފުޑުފުޑު ވެގެން ދާތަން ފެނިގެން ދާނީ.