ޚަބަރު / ސިނަމާލެ ބްރިޖު

ބްރިޖުން ފުންމާލި މީހަކު ސަލާމަތްކޮށްދިން ފުލުހުންގެ އަގު ވަޒަންކޮށްފި

ބްރިޖުން ފުންމާލި މީހާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާއި ބައްދަލުކުރައްވައި ފުލުހުންގެ އިސްވެރިން ފޮޓޯއަކަށް ހުއްޓި-- ފޮޓޯ: ޕޮލިސް

މި މަހުގެ ހަ ވަނަ ދުވަހު ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ހަތް މިނެޓް ތެރޭގައި، ސަލާމަތް ކޮށްދިން ފުލުހުންގެ އަގު ވަޒަންކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހިތްވަރު ދެއްވައިފި އެވެ.

ބްރިޖު މަތިން ކަނޑަށް ފުންމައިލީ އުމުރުން 38 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ ބްރިޖުން ފުންމާލިކަން ފުލުހުންނަށް ރިޕޯޓްކުރީ އެ ދުވަހުގެ ހަވީރު 3:46 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު، ދޫނިދޫގައި ތިބޭ މެރިން ޕޮލިސްގެ ފުލުހުން ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް 3:53 ގައި ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

Bridge mathin kandah fummaali meehaku salaamay koffi

Bridge mathin kandah fummaali meehaku salaamay koffi

The most trusted news source in the Maldives

Mihaaru

ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކުރުން

ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހާ ފެނުނީ ބްރިޖުގެ އެންމެ އުސް ދިމާލު ކަނޑުގައި ހަރަކާތެއް ނެތި، ބަނޑުވަތަށް އޮއްވައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައ ބިދޭސީ މީހާ މޫދުން ނެގީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ ހަނީފް ހުސައިން އާއި ސާޖަންޓް އަބްދުލް ހަސީބް އަބްދުލް ހަމީދު މޫދަށް ފުންމާލައިގެންނެވެ. އަދި ލޯންޗްގައި ދެން ތިބި ކޯޕްރަލް އާދަމް މުހައްމަދާއި ކޯޕްރަލް އާދަމް ހާނިމްގެ އެހީތެރިކަމާ އެކު އެ މީހާ ލޯންޗަށް ނަގައި އަވަސް ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

"ލޯންޗަށް މީހާ ނެގި ވަގުތު އެމީހާ ފުން ނޭވާއެއް ލި. އަދި ލޯންޗަށް ނަގައި ސީޕީއާރު ދިނުމުން، ބޮވިފައި ހުރި ލޮނުތައް ބޭރުވެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވި. އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވިލިމާލެ ފެރީޓަމިނަލް އަށް ލޯންޗު ކައިރިކޮށް އެ ސަރަހައްދުގައި އޮތް ޕިކަޕެއްގެ އެހީތެރިކަމާ އެކު،" ކަން ހިނގިގޮތް ކިޔައިދެމުން ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންނާ މިއަދު ބައްދަލު ކުރައްވައި ސީޕީ، ހަމީދު ވިދާޅުވީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަހުރު ކަމަށެވެ.

ހުރިހާ ފުލުހުން ވެސް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކުމަށް ހަމީދު އެދިވަޑައިގަތެވެ.

މީގެކުރިން ވެސް ބްރިޖްމަތިން ބައެއް މީހުން ކަނޑަށް ފުންމާލުމުން އެ މީހުން ސަލާމަތްކޮށްފައި ވެ އެވެ.

6 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮހިތު

16 June 2020

ކޮބާތޯ ފިފޮޓޯއިން ހީރޯތައް! އެމީހުންގެ މޫނު ދެކިލާހިތްވެއްޖެ!

The name is already taken The name is available. Register?

މަރީން

16 June 2020

ތި ފޮޓޯ ފުރިހަމަ އެއް ނޫން. އަންހެން ކަނބަލުން ތިބެންޖެހޭ.

The name is already taken The name is available. Register?

1828

16 June 2020

އަގު ވަޒަންކުރީތީ އުފާކުރަން.

The name is already taken The name is available. Register?

ޢަހުމަދު676

16 June 2020

ނަފްސާނީ ބަލިމަޑުކަމަކީ ދިވެހިން ގަބޫލުކުރާ އެއްޗެއްނޫން.. ދިވެހިންނަށް ޓެބޫ ސަބްޖެކްޓްތަކެއް ޑިޕްރެޝަންއާއީ އެންޒައިޓީ ޑިސްއޯޑާތަކަކީ..

The name is already taken The name is available. Register?

އާރީ

16 June 2020

އެމީހާ ފުންމާލި ސަބަބު ތި ސިއްރު ކުރަނި ކީއްވެ?

The name is already taken The name is available. Register?

ބަލަ

15 June 2020

މަޖިލިސް އާއި ޖައްސާލި ދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!