ބަނގުރަލާ އެކު ދެ ދިވެހިން ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު ދެ ދިވެހިން މިރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއަކުން ހުޅުމާލެ އަށް ބަނގުރާ ގެންދާ ކަމުގެ މައުލޫމާތު ލުބުން ކަމަށެވެ. ބަނގުރާ ފެނުނީ ފުލުހުން ހުއްޓުވައި ބަލައި ފާސްކުރި ކާރެއްގެ ޑިކީން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުން ކަމަށާއި މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.