ލާމު އަތޮޅު ލިންކު ރޯޑު.-- ފޮޓޯ: ތޮއްޓޭ ފޮޓޯގްރަފީ
08 ނޮވެމްބަރ 2020 - 13:15
އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރަން ނިންމި ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް، ލ. ގަމަށް ބަދަލުކުރަން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކެންސަރު ހޮސްޕިޓަލް، ގަމަށް ބަދަލުކުރުމޭ ގުޅޭ މަޝްވަރާތައް ދެ ގައުމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެ ކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ. މިކަމުގައި ހެލްތު މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެ އެވެ.
ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެ އިތުރުން މާލޭގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމާއި ރުޕޭ ކާޑު ރާއްޖެ އަށް ތައާރަފްކުރުމާއި ތިން މަސް ފެކްޓަރީ އަދި ދުވެލި ބާރު ކޯސްޓްގާޑް އުޅަނދެއް ވެސް އެ ރަސްމިއްޔާތުގައި ވަނީ ހަދިޔާކޮށްފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ރުފިޔާގެ އެހީ ދީފަ އެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ހިދުމަތްތައް ލާމަރުކަޒީ ކުރުމެވެ. އެގޮތުން، ކެންސަރު ހޮސްޕިޓަލް ވެސް ގަމަށް ބަދަލުކުރުމަކީ އެ ސަރަހައްދުން ސިއްހީ ފަރުވާ ހޯދާ މީހުންނަށް ލިބޭނެ ފަސޭހައެކެވެ. މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ލިބެނީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުން އެކަންޏެވެ. ކެންސަރަށް ސްކްރީންކުރުމުގެ ހުއްދަ ވެސް ދީފައި އޮންނަނީ އެ ދެ ހޮސްޕިޓަލަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މިހާރު ވެސް ދުވާލެއްގެ މައްޗަށް 300-400 ދެމެދުގެ ބަލި މީހުން އޯޕީޑީގައި ބަލާއިރު 11 ދާއިރާއެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން މިވަގުތު ވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
09 November 2020
ކައުންސިލް އިންތިހާބުގެ ވޯޓްކޮޅު ލިބެންދެން ތިތަން އަޅާނީ ލ. ގަމުގައި ލިބުނީމަ އެކަން އެނިމުނީ
އަހަންމާބެ
09 November 2020
ކުރަން ރަނގޅު ކަމެއް، އެކަމަކު ފަހަތުގައި އެތަން ކުނިކަހާ ސާފުކުރާ މީހުންނަށާއި، އެތަން ހިންގާ މީހުންގެ ގޮތުގައި އިންޑިޔާ ސިފައި ބައިތިއްބާނަމަ، ކަމަކުނުދޭ، އެތަނުގެ ސްޕަޝަލިސްޓް ޑޮކްޓަރުންނާއި ޓެކްނިކަލް މަޤާމްތަކަށް އިންޑިޔާ މީހުންގެނެސް ބޭތިއްބިއަސް ރަނގަޅު، އެކަމަކު، މުޅިތަނުގައި އިންޑިޔާގެ ވަކި ހިއްޕާލެވި، ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާގެ ނުފޫޒު ވައްދާ ދޮރާއްޓަކަށް އެތަންވެގެންނުވާނެ، މިހާރު ފެންނަ މަންޒަރުތަކުން ބުނެލީ.
ރާއްޖެ
09 November 2020
ކްރިކެޓް ސްޓޭޑިއަމް އަޅަނީ އަނެއްކާ ކޮންތާކުބާ؟
މޫސަ ވޗޗޗޗ
09 November 2020
ކޮންފަދަ މޮޔަ މަސްވަރާއެއް ތިކުރައްވަނީ ތިތން އަޅަންފެންނަނީ ހުޅުމާލޭގައި އެއްމެން މިތިބޚ މާލޭގަ ވިއްޔާ
ވިސްނާލުމަށް އެދެމޭ
08 November 2020
އަނެ އްކާވެސް ރަށަކުންބަ އެ ކަ އްވާލަނީ... އިންޑިޔާ ބޭނުންވީމަ ބޭނުންގޮތަކަށް ބަދަލުކުރެވޭގޮތަށްތަ އެގްރިމަންޓްތަ ހަދާފަހުންނަނީ.. އަ އިޖީ އެމް އެޗް ބަދަލު ކޮ އްބަލަ އާގަރާ އަށް..މިގަ އުމުގަ ވެރިންނަ މިތިބީ އަހަރެމެން ވޯޓުލަ އިގެން ހޮވި ވެރިންބާ.. އަހަރެމެން ވޯޓުދިނީ ދިވެހިންނަ ވެރިކަންކޮ އްދޭން ދިވެހިންގެ ބަޔަކަށް. އެކަމަކު ވެރިކަމުގެ މަންފާލިބެނީ ބިދޭސީންނަ..ދިވެހިރާ އްޖޭގެ ޙާރިޖީގުޅުން މިވަރަށް ހެޔޮނުވި އްޔާ ރަގަޅީ..ބޯކޮށް ކަ އުންސިލް އިންތިހާބުގެވޯޓުދޭތިމޑޕއަށް.
މޫސަ123
08 November 2020
ހިއެއްނުވޭ މިވެރިކަމު ތިޔައިގެ އަމަލީމަސައްކަތެއް ފެންނާނެހެން މިހާރު ދެއަހަރުވީ ހަމަ ހެސްކިޔާފަ ޕްލޭންތައް ހަދަނީ ދެން ދުވަސްކޮޅަކުން ގޮވާލާނެ ކޮވިޑާހެދި ތިމަންމެނަށް ކަމެއްނުކުރެވުނީ އަދި ފަސްއަހަރު ދޭށޭ ދެން އެފަސްއަހަރު އިންޑިޔާމީހުން މިތާވެރިކަން ކުރާއިރު ތިޔަހޮސްޕިޓަލް އަޅާފާނެ ތޯއްޗެއް.
ރައްޔެތު.
08 November 2020
މިޔަ އްވުރެ އް އުފާވެރި ހަބަރެ އް އަދި އަޑުނީވޭ. މަށަކީވެސް ގެދޮރު ކު އްޔަށްދޭ މާލެމީހެ އް. އެކަމުވެސް މަ ބޭނުންވަނީ މާލެ ނޫންތަނެ އް ކުރި އަރަން
އަލި ބޭބެ
08 November 2020
ކެންސަރު ހޮސްޕިޓަލް ހުރުން އެންމެ ރަނގަޅުތަނަކީ، ހުޅުމާލެ. ބަލިމީހާއަށް ބޭނުންވަނީ ހޮސްޕިޓަލްގެ އެނދެއް އެކަންޏެއް ނޫން. އޭނާގެ އާއިލާގެ މީހުންނާއި ގާތުގައިވުން. ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދޭނެ ތަންތަން ޤާއިމްވެފައި ވުން. ހާލު ބޮޑުވެގެން ނުވަތަ އެމަޖެންސީއެއްގައި އަވަހަށް ރާއްޖެއިން ބޭރަށް ފުރޭނެ ގޮތްވުން. މިކަންކަމަށް ބަލާއިރު، ގަމަށް ކެންސަރު ހޮސްޕިޓަލް ބަދަލު ކުރުމަކީ މިއަދުގެ ހާލަތަށް ބަލާއިރު އަދި ރަނގަޅު ވިސްނުމެއް ނޫން.
ޙަސަން އަޙްމަދު
08 November 2020
މާލޭގަ އަޅައިފިއްޔާ ހުރިހާ ކަމެއް މާލެއަށް ޖަމާކުރީ. އައްޑޫގަ އަޅައިފިއްޔާ އެހާ ދެކުނު ވީމާ ކަމަކު ނުދޭ ލާމުގަ އެޅީމާ ފަޅުރަށެއްގަ އަޅާކަމަށް ވެއްޖެ ކުޅުދުއްފުށީގަ އަޅައިފިއްޔާ އުތުރުން އެނޫން ތަނެއް ނުފެންނަނީހޭ ގޮވާނެ. ދެން ހުރި އެހެންތަންތަނުން ތަނަކަށް ގޮސްފިއްޔާ ވާނީ ސަރަހައްދު ހުރިހާ ރަށެއްގެ އަހުލީ ހަނގުރާމައަކަށް. ތިތަން އަޅަންވީ ޓްރެވެންޑްރަމްގަ
މުބީނު މާރނީ
08 November 2020
މިއީ މަޝްވަރާ ކުރަންޖެހޭ ކަމެއް ނޫން. މީހުން ދިރިއުޅޭ ނިސްބަތާއި ކައިރީގައި ރަށްރަށް އޮތް ވަރަކާއި، މިފަދަ އެތައް މަޢުލޫމާތެއް (ޑޭޓާ) އެޅުމުން ކޮންތަނެއްގައި ހޮސްޕިޓަލް އެޅީމާތޯ ފައިދާ ބޮޑީ ބަލާލެވޭ ކޮމްޕިއުޓަރ ސޮފްޓްވެއަރ ހުރޭ.
މުބީނު މާރނީ
08 November 2020
މި ސޮފްޓްވެއަރ އަށް ކިޔަނީ ޖީ.އައި.އެސް (ޖިއޮގްރަފިކަލް އިންފޮމޭޝަން ސިސްޓަމް) އެވެ. މަޝްވަރާ ކުރިވަރަކަށް ގެއްލެނީ އަގުބޮޑު ފައިސާ އެވެ.
ޑރ. ރާމީ ހަސަން
08 November 2020
މިފަދަ ކަންކަން ފައިސަލާ ކުރުމުގައި (ޑިޒިޝަން ނެގުމުގައި) ޖީ.އައި.އެސް ގެ އެހީ ބޭނުން ކުރުން ކިތަންމެހާ ވެސް ރަނގަޅެވެ. ވަކި މާލޭގައި ނުވަތަ ލ އަތޮޅު ގައި އަޅާކަށް ނުޖެއެވެ. އެންމެ ރަނގަޅު ގޮތަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާ ކުރާނޭ ތަނެއްގައި ހޮސްޕިޓަލް އެޅުމެވެ.