ގަމުން ފަސް މަންޒިލަކަށް ދަތުރު ކުރާނީ ސްރީ ލަންކަން އެއާލައިނުން--
28 ނޮވެމްބަރ 2021 - 11:25
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީ ލަންކާގެ އިތުރުން ހަތަރު މަންޒިލަކަށް ދަތުރުފަށަން ނިންމައިފި އެވެ.
މި ދަތުރުތައް ކުރާނީ ސްރީ ލަންކަން އެއާލައިނުންނެވެ. އެ އެއާލައިނުން ގަމަށް ދަތުރުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިނުން މި ދަތުރުތައް ކުރާނީ ލަންކާއަށް ޓްރާސިޓްވާ ގޮތަށް ކަމަށެވެ. އެގޮތުން، ޖަރުމަނުގެ ފްރެންކްފަޓަށާއި ނޭޕާލްގެ ކަތަމަންޑުއަށާއި ދުބާއީ އަދި ފްރާންސުގެ ޕެރިސް އަށް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަން އިން ގަމަށް ދަތުރު ކުރާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެވެ.
މިއީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާ ފުރަތަމަ ފަހަރެވެ.
މިހާރު ވެސް އިތުރު އެއާލައިންތަކާ އެކު އެ އެއާޕޯޓަށް ދަތުރުތައް ފަށަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ގައިސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
28 November 2021
ތަރައްޤީގެ "އުޒުރަކަށް ދައްކާ 8000 އެނދު" ހަމަނުކޮށްވެސް އެއަރޕޯޓް އޮޕަރޭޓްކުރެވޭނެ. # ކައުންސިލް، ގޭންއެއަރޕޯޓް ގުޅިގެން އިންޑިޔާ ހައިކޮމިޝަނަރ އާއި ބައްދަލުކޮށް ބޮމްބޭ، ބެންގަލޫރ، ކޮޗިން، ޗެންނާއީ އިން ގޭންއެއަރޕޯޓަށް IndiGo ޝެޑިއުލް ދަތުރު ފެއްޓޭތޯ ބައްލަވާ. # އަދި ފަތުރުވެރިން ދަތުރުނުކުރިޔަސް މިކަން ކާމިޔާބުކުރަން ގޭންއެއަރޕޯޓުން ނައިރޯބީ، ޖޮހަނެސްބާރގް ޕާރތް އަށް ދަތުރު ކުރެވޭގޮތްހަދާ ގޭންއަކީ ޓްރާންސިޓް ހަބަކަށް ބަދަލުކޮށްލައްވާ.
ސީނުތަށި.
28 November 2021
އަފީފު ދައްކާ ގިނަ ވާހަކަތައް އަހަރެން ޤަބޫލު ކުރަނީ ހަޤީގަތް ހާމަކުރާތީ. އަސްލުވެސް 8 ހާސް އެނދޭ ކިޔައިގެން މާލޭ ސަރުކާރުން ދައްކަނީ ހުސް ހޮޅިވާހަކަ. އެއީ މިސިޓީގައި ކަމެއް ކޮށްނުދޭން ދައްކާ ބަހަނާ އެއް.
އިއްސެ.
28 November 2021
ނާ ހަމަތެދެއްތަ ؟؟ ކޮއްކޯ އެހެން ވިއްޔާ ބޭބެ މެލްބަން ނުވަތަ އޯކްލެންޑަށް ދާން ޓިކެޓް ގަނެފިނަމަ ގަމުން މެލްބަން އަދި އޯކްލެންޑަށްވެސް ދެވޭނެތޯ ؟ ކޮއްކޮ ތިވާހަކަ ދައްކާ ގޮތަކަށްނޫން އެއަރލައިން ވެބްސައިޓުން ޓިކެޓް ގަންނާން އުޅުނީމަ ފެންނަނީ.. އެއީ ކިހިނެއްވާކަމެއް ؟
ވަސީފު
28 November 2021
ދުނިޔޭގެ ގައުމުތަކެއްގެ ނަންކިޔަން އެގުނަސް އަދިތިކަމެއްނުވާނެ. ލަންކާއިން މަތީގައި އެބުނި ގަުމުތަކަށް ޑައިރެކްޓް ފުލައިޓް ދަތުރުކުޜޭ.ގަމުން ލަންކާއަށް ދާމީހުނަށް އެފަދަ ގައުމުތަކަށް ދާން ކަނެކްޓިން ފްލައިޓް ހަމަޖައްސަދޭނެ ވާހަކަ އެބުނަނީ
ކަސިޔާރު
28 November 2021
ވަސީފުއަށް ތިއޮތީ މާބޮޑަށް އެގިފަ. ނޫހުގައި އިން ލިއުން ރަނގަޅަށް ކިޔާލަބަލަ. ތިޔަބުނާގޮތަށްތޯ އޭގައި ލިޔެފައިވަނީ.
އިސްމާލި
28 November 2021
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީ ލަންކާގެ އިތުރުން ހަތަރު މަންޒިލަކަށް ދަތުރުފަށަން ނިންމައިފި އެވެ. ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިނުން މި ދަތުރުތައް ކުރާނީ ލަންކާއަށް ޓްރާސިޓްވާ ގޮތަށް ކަމަށެވެ. ގަމުން ލަންކާއަށް ދެވެންޏާ ލަންކާއިން، ސްރީލަންކަން ފުރާ ދުނިޔޭގެ ހުރިހައި މަންޒިލަކަށް ދެވޭނެ. އެކަމު މި ކިޔަނީ ގަމުން ޔޫރަޕަށް ދަނިއްޔޭ. ބޭސިކަލީ މި ކުރި ކަމަކީ ގަމުން ލަންކާއަށް ފްލައިޓް އެޅުން.
އައިސާ. - އައްޑޫސިޓީ
28 November 2021
މިހާރު މާލޭ ކޮޅުގައިތިބި މަހުޖަނުން ތިބޭނީ ތިޔަ ފްލައިޓް ހުއްޓުވާނެ ގޮތަކާއި މެދު ވިސްނަމުން. މޯލްޑިވިއަން ބޯޑުގައި ތިބި މީހުންނާއި މެނޭޖްމަންޓުން މާދަމާ އިއުލާން ކުރާނެ ކަން ނޭގެ ގަމުން ބޭރުގެ މަންޒިލް ތަކަށް ދަތުރު ފައްޓާ ވާހަކަ.
ލީސާ އަލީ.
28 November 2021
މޯލްޑިވިއަން ބޮޑު ފްލައިޓް ނުއަގުގައި ޓިކެޓް ވިއްކައިގެން މާލޭ މީހުން އުފާކޮށްދިނުމަށްޓަކާ 'ގެއްލުމުގައި' ބޭރުގެ އެތައް މަންޒިލަކަށް އުދުހޭ އިރު ގަމުން ބޭރުގެ މަންޒިލަކަށް ފަތުރުވެރިން އުފުލަން މަސައްކަތް ނުކުރަނީ ކީއްވެ ؟ މާލޭ ބޭފުޅުންނަށް ލިބޭ އެތިވަރު މަދުވެދާނެތީތަ ؟
މަރީ.
28 November 2021
ކޮބާ މޯލްޑިވިއަން ސޮއިކުރި ސީޕްލޭން ދަތުރުތައް ؟
އަހައްމަދު.
28 November 2021
އަހަރުމެން ފުރަތަމަ ދުވަހުވެސް ބުނިން ސްރީލަންކަންގެ ދަތުރު ފައްޓާއިރަށް ގަމުން ސަރަހައްދުގެ ކުދި އެއަރޕޯޓުތަކަށް ޑޮމެސްޓިކް ދަތުރު ނުވަތަ ސްރީލަންކަންއިން އަންނަ ފަތުރުވެރިން ރިސޯޓް އޮތްސަހަރައްދާއި ކައިރި އެއަރޕޯޓް ތަކަށް އުފުލާދިނުމަށް މޯލްޑިވިއަން އާއި އެކު ހެދި އެއްވެސްވުމަށް އެމީހުން އަމަލު ނުކުރާނެ ކަމަށް. މިހާރު އެމީހުން ބުނަނީ ސީޒަން ތެރެ ވީމާ ދަތުރު ކުރެވެން ނެތް ކަމަށް. ރީއްޗެއްނު. . .
އޮނަރަބްލް އަފީފު ދީދީ
28 November 2021
ގައިސް ނަސީރު ތިޔަވިދާޅުވާގޮތަށް ނަމަ މިހާރު ގޭން އިން ދިވެހިރާއްޖޭގެ މާލޭ ވެލާނާ އެއަރޕޯޓަށްވެސް ސްރީލަންކަން އެއަރލައިންސް ގައި ދަތުރުކުރެވޭނެ ނޫންތޯ؟! އެހެންކަމަށް ވާނަމަ މިހާރުތިއޮތީ އެމްޑިޕީ އައްޑޫ މެނިފެސްޓޯގައިބުނާ ބޭރުގެ 5 މަންޒިލުގެ ބަދަލުގައި ސްރީލަންކަން ދަތުރުކުރާ 112 ވަރަކަށް މަންޒިލާއި އައްޑޫ ގޭންއެއަރޕޯޓްގުޅިފަ ނޫންތޯ. # އެމްޑީގެ މަޤާމްގައި ހުންނަވާއިރު "ވަޒީފާދިން ފަރާތުގެ ހިމާޔަތުގައި" ވާހަކަ ދެއްކިޔަސް ތިވަރު ތަންކޮޅެއް ބޮޑު.
ހުވަދޫ އަލިބެއްޔާ
28 November 2021
ފަށަނީ.. އަންނަނީ.. އައްޑޫ މީހުން ހައްލާލެވޭނެކަން މާލޭ ބޭފުޅުންނަށް އެނގޭ..
ރަދީފްއޮފިޝިއަލް
28 November 2021
މަ ބުނީ ވޯޓެއް ނަގަން އެބަ އުޅޭ ތަ؟؟!! އަބަދުވެސް މިކަހަލަ ކަމެއް އަންނާނީ އިންތިހާބެއް ކާރިވުމުން.