25 ޖެނުއަރީ 2022 - 12:10
ސްރީ ލަންކާގެ ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭން ބޭނުންކުރާ އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް، ސަރުކާރުގެ އެންގުމަކާ ގުޅިގެން ސްކޫލްތަކުން ބޭރުކޮށްފި އެވެ.
ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އިއުލާން ކުރައްވާފައިވާ "އެއް ގައުމު، އެއް ގާނޫނު" ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްގެ މެމްބަރުންގެ އެންގުމަކަށް އެ ފޮތްތައް ސްކޫލްތަކުން ބޭރުކުރީ، އެ ފޮތްތަކުގައި ހަރުކަށި ފިކުރަށް ހިތްވަރުދޭ ވާހަކަތައް ހުރިކަމަށް ބުނެ އެވެ. ސްކޫލްތަކުގައި ބޭނުންކުރުން މަނާކުރީ ގްރޭޑް 6، 7، 10 އަދި 11ގެ އިސްލާމް ފޮތްތަކެވެ.
ލަންކާގައި ތަމަޅަ ބަހުންނާއި ސިންގަޅަ ބަހުން ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް މިހާރު އަންގާފައިވަނީ، އެ ގްރޭޑްތަކުގެ އިސްލާމް ފޮތްތައް އަލުން އިސްލާހުކޮށްގެން ނެރުމުގެ ކުރިން، މިހާރު ހުރި އެ ގްރޭޑްތަކުގެ ފޮތްތައް ކިޔަވައިދިނުމުގައި ބޭނުން ނުކުރުމަށެވެ.
އެޑިޔުކޭޝަނަލް ޕަބްލިކޭޝަން ޑިޕާޓްމަންޓްގެ ކޮމިޝަނާ ޖެނެރަލް ޕީ އެން އިއްލައްޕެރޫމާ ވިދާޅުވި ގޮތުގައި، ރިއާސީ ޓާސްކް ފޯސް އިން އޭނާއަށް އަންގާފައިވާ ގޮތުގައި އެ ފޮތްތަކުގައި ހަރުކަށި ފިކުރަށް މަގުފަހިކުރާ ވާހަކަތަކެއް އެބަހުއްޓެވެ. އެހެންކަމުން އެ ވާހަކަތައް ބަދަލުކުރުމަށް ފަހުގައި ނޫނީ އެ ފޮތްތަކުން ކިޔަވައިނުދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގްރޭޑްތަކުގެ އިސްލާމް ފޮތްތަކަށް މާ ބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ހުރި ކަންބޮޑުވުންތައް ހައްލުކުރެވޭ ގޮތަށް ފޮތްތައް އިސްލާހް ކުރުމަށް ފަހުގައި ވަރަށް އަވަހަށް އާ ފޮތްތައް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްދުފަހަނައެޅުމާއި ދީނީ ހަރުކަށި ވިސްނުމަށް މަގުފަހިވާ ވާހަކަތައް ހުންނަ ނަމަ، ފޮތްތަކަށް އެ ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ފޮތްތަކުގައި ހުރި ކަންބޮޑުވާ ވާހަކަތައް ބެލުމަށް ސަރުކާރުން މީގެ ކުރިން ވަނީ މުރާޖައާ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެއްވެސް މުސްލިމަކު ނުހިމެނޭ އެ ކޮމިޓީން ފޮތްތައް ބަލައި މުރާޖައާ ކުރުމަށް ފަހު އެކުލަވައިލި ރިޕޯޓް ވަނީ، ސްކޫލް ފޮތްތައް އެކުލަވައިލުމާ ބެހޭ އިދާރާގެ އިސްލާމް މާއްދާއާ ބެހޭ ބައިގެ ވެރިންނަށް ފޮނުވައިފަ އެވެ.
ލަންކާގެ ސްކޫލްތަކުގައި ކިޔަވައިދޭ ފޮތްތަކުގައި ހުންނަ ވާހަކަތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ފަށާފައިވަނީ، އެޕްރީލް 21، 2019 ގައި ލަންކާގެ ކްރިސްޓިއަން ފައްޅިތަކަކަށާއި ބައިނަލްއަގުވާމީ ޓޫރިސްޓު ހޮޓަތަކަކަށް ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ފަހުންނެވެ. އެ ހަމަލާ ދީފައިވަނީ ލަންކާގައި އިސްލާމީ ހަރުކަށި ފިކުރު ހިންގާ ގްރޫޕެއްގެ ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
26 January 2022
މުސްލިމުންގެ ނަމުގައި އިސްލާމްދީނާ ދެކޮޅުމީހުން ކުރާ ކަންކަމުގެ ގެއްލުން މުސްލިމުންނަށް
ޢިހްސާސް
26 January 2022
ޢިސްލާމްއެއް ހަރުކައްޓެއް ނުވާނެ. ޙަރުކަށިވާނީ އިސްލާމޭ ނަމުގަ ކިޔައިގެން އުޅޭބައެއް ނޫނީ ބާތިލު ހަދަހަދައިގެން އުޅޭ ދީންތަކުގެ މީހުން.
އެދުރުބޭ
25 January 2022
ރަނގަޅުފެށުމެއް
ީިިި
26 January 2022
ބޯގޯސް.. ތިމާއަށް ފިކުރުދެއްވީތީ ނުވިސްނާ ތިހެން ނުބުނޭ.
މޮޔަދޯ
25 January 2022
އިންޑިޔާގަ ތި ހުރިހާ ކަމެއްވެސް ކުރާނެ!! އެމީހުން އެ ފޮތްތައް ނެގިއެއްކަމަކު، އަހަރުމެން އިންޑިޔާއައުޓް ގޮވުން ނުހުއްޓުވޭނެ. ގެރިއަށް އަޅުކަންކުރާ ބޯގޯސް ބައެއް އުޅޭ ތަނެއް. އިންޑިޔާ އައުޓް.
އިންޑިއާ
25 January 2022
ކަލޭތިހިރީ ހަމަހޭގަތަ. މީހަކު އިންޑިއާއޭ އެބަ ކިޔާތަ.
ގަބުޅިބޯ
25 January 2022
ކާފަރުންނަށް މުސްލިމުން ކުރިއަރައިގެން ގޮސްދާނެތީ ހަޖަމް ނުވެގެން އެއުޅެނީ
ގައިދުރު
25 January 2022
ލަންކާގެ 270 މީހުން މުސްލިމުން ގެ ބޮމުގެ ހަމަލާގެ ށިކާރައަކަށް ވި ތޯ
މުލޭ
25 January 2022
ގައިދުރަށް: ޙަގީގީ މުސްލިމަކު ޙައްގަކާ ނުލައި މީހުން ނުމަރާނެ.
އޮފިޝަލު
25 January 2022
ޢިސްލާމްދީން އަނިޔާވެރިއެއް ނުވާނެ، އެހެންވިއްޔާ ބުދިޒަމްފޮތްތައްވެސް ނަގަންޖެހޭ. މިވަރު ތަނަކަށް ދިވެހިން ހޭބަލިވަނީ. އިސްލާމްދިން ނުފޮހެވޭނެ. މިގޮތަށް އުޅުނު ކިތައްމެ ބައެއް ހަލާކުވެ ހިގައްޖެ.
ކޮރަލް
25 January 2022
އެހެން ދީން ތަކުގެ މީހުންނަށް އިސްލާމް ދީނައް ދައުވަތު ދޭ މުސްލިމުން ގިނަ ވެއްޖެ އެވެ. އެހެންވެ އަލަށް އިސްލާމް ދީނައް ވަންނަ މީހުން ވެސް ގިނަ ވަނީ އެވެ. މިކަމާ ލަންކާ އަދި އިންޑިޔާގަ ވެސް އެމީހުންގެ ކަންބޮޑު ވުންތައް އެބަ ހުއްޓެވެ. އެކަމާ ދެކޮޅަށް ދަނީ ކަންތައް ތަކެއް ކުރަ މުންނެވެ.
އަހުމަދު ވަގާރު
25 January 2022
އެންމެފަހުން ލަންކާގަ ތި ދައުވަރު ދިނީ 270 މީހުން މަރާލައިގެން
ޙިނި
25 January 2022
އަހަރުމެން ދިވެހިންނައް ހަރުކަށި ފިކުރު މީކީ މާ ހާސްވެ ކަންބޮޑުވެގެން އުޅޭ ވަރުގެ ބޮޑެތި ކަންކަމެއް ނޫން. އަޕްގާނިސް ތާނު، ސީރިޔާ އިރާގު ގޮތައް ރާއްޖެ ބަދަލުވީމަ ވިސް ނޭނީ. ޑިމޮކްރަޓިކް ވެއްޓެއްގަ ހަރުކަޝި ފިކުރައް ޖާގަ ލިބި އާލާވަނީ.
މީމު.
25 January 2022
ޑިމޮކްރަސީއަކީވެސް ހަރުކަށި ފިކުރެއް. ކިތަންމެ ވަރަކަށް މަށާ ރީތިކުރިއަސް. އެތެންސްގެ ޑިމޮކްރަސީ އެމީހުން މާނަކުރީ ހުރިހާ މީހުން ބައިވެރިވާ ވެރިކަމުގެ ސިސްޓަމެއް ގޮތުގަ. ނަމަވެސް "މީހުން" ތެރޭގައި އަންހެނުން، ވަކިއުމުރަކަށްވުރެ ހަގު، ސީދާ "ޕިޔޮރ" ގްރީކް ނަސްލަށް ނުވާނަމަ (މިކްސްޑް ނަމަ)، ފަގީރު ދަނޑުވެރިން، އަޅުން މީ "މީހުން" ގޮތުގައި ނުހިމަނާ. މިޔަންމާގަ ރޮހިންގޔާ މީހުންނަށް މިޔަންމާގެ ޕާސްޕޯޓުވެސް ނުދޭ. ޑިމޮކްރަސީގެ ރޫޓާ ތަފާތެއް ނެތް
ފޮނިފޮނިޓައްޕު ކުމާރު
25 January 2022
އިންޑިޔާއިން ކަމެއްކުރަންޏާ މިމީހުންވެސްޖެހޭނެ ހަމަ އެގޮތަށް އެކަމެއްކުރާން. ދެން އަނެއްކާ މިޤައުމުގާ މިކަހަލަ ފިޔަވަޅެއް ކުއްލިގޮތަކަށް ނާޅާނެބާ؟
ރަދީފްއޮފިޝިއަލް
25 January 2022
ކިހިނެއް ވެގެން އުޅޭ ބައިގަނޑެއް؟؟ ގައުމު ހިންގަން ނޭނގޭ ސޮހޮލުން ވެރިކަމަށް ގެނެސްގެން އަތް ޖަހަން ތިބެބަލަ.މި ލިސްޓަށް ދެން އިތުރުވާނީ ދިވެހިރާއްޖެ. ވ.ވެދުން