ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭ: މިއަދު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ޓޫރިސްޓަކަށް ހާޓްއެޓޭކެއް ޖެހި ވަނީ މަރުވެފައި.
27 ޖެނުއަރީ 2022 - 10:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި، އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ޗުއްޓީ ނިންމައިލުމަށް ފަހު، ފުރަން އެއާޕޯޓަށް ގޮސް ހުރި އެ ޓޫރިސްޓް މަރުވެފައިވާކަން ވީއައިއޭ ހިންގާ އެމްއޭސީއެކުން ކަށަވަރު ކޮށްދެ އެވެ.
ހާޓް އެޓޭކެއް ޖެހުމާއެކު، އެއާޕޯޓުގެ ކްލިނިކަށް ގޮސް ޑޮކްޓަރުންް ބެލިއިރު، އޭނާ އޮތީ މަރުވެފައި ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ މިހާރު އޮތީ މާލެ ގެނެސް އައިޖީއެމްއެޗުގައި ބާއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯއަިއޭ
27 January 2022
(ވީއައިއޭ) ގަ އެރައިވަލްގަ ސްމޯކިން އޭރިއާ ހެރޭތަ؟؟؟
ޖުލައި 2021
27 January 2022
ޚަބަރު ނުކިޔާދޯ ތި ކޮމެންޓުކުރަނީ، ފުރަންގޮސް ހުރި މީހެކޯ
ވާނުވވ
27 January 2022
އެއާޕޯޓަކު ނުހުރޭ އެމަޖެންސީ ފަރުވާ ދެވޭކަށް އެކި ހިސާބުގަ އޭއީޑީ ހުންނަންޖެހޭ، ކްލިނިކް ތެރޭ ޑީފިބް އަދި އެމެޖެންސީ ޑްރަގްސް އާއި ޕެރެމެޑިކުން ތިބެން ޖެހޭ. ބޫސްޓަރ ޖަހާ ގިނަ ބަޔެއްގެ ހިތް ދުޅަވެ މަރުވަމުންދާތަން އެބަ ފެނޭ. އެކަމުގަ މުޅިދުނިޔެ އިހުމާލުވާތަންވެސް ފެނޭ
ރައޔިތު
27 January 2022
އެއޮއް ބޮޑު އެއަރޕޯޓުގަ ފެންނަ ހިސާ ބެއްގަ ޕޯޓަބަލް ޑީފިބްލޭ ޓަރުގަނޑެއް ހާހިސާބު ނީނަތާނގަ ތަނުގެ މުވައްޒިފުންނައް ފަސްޓެއިޑް ޓްރޭނިން ދެނީ ހަމަ އެކަނި ރިކުއާމަންޓް ފުލްފލް ކުރަން. ފުރަތމަ އެހީ ދެވިއްޖެ ހާލަތެއްގަ މިކަހަލަ ހާދިސާތަކުން މީހުން ސަލާމަތް ކުރެވުމުގެ ޗާންސް ބޮޑު.
ހެޔޮނުވާނެ
27 January 2022
ހާޓުއެޓޭކުތައް އާދަޔާ ޚިލާފަށް ގިނަކަން އެބަ އިނގޭ. ސަބަބަކީ އެކެއް ދޭއް ތިނެއް ކިޔާފަ މިޖަހާ އެތި ބާ؟
ފައިޒާާ
27 January 2022
ޕްރޮބަބްލީ ޑިއުޓު ބޫސްޓަރ ޑޯޒް އިފެކްޓސް
އާދަނު23
27 January 2022
މާލޭގަ ހުންނަނީ ހުސް ސްމޯކިން އޭރިޔާ... ކެފޭތަކާ ހޮޓާތަކަކީވެސް ސްމޯކިން އޭރިޔާ، އެކަމް މަނާކޮށްފަޔޯއޮންނަނީ .. !
ޙިނި
27 January 2022
ކޮންމެ ކަހަލަ ކޭސް އެއް ވިޔަސް އަބަދުވެސް ހަބަރު ތަކުގަ މި އޮންނަނީ ހޮސްޕިޓަލަ އެންދިޔައިރު މަރުވެފަ. ޥެލާނަ އިންޓަނޭޝަނަލް އެޔާޕޯޓުގަ ހިޔެއް ނުވޭ އެންބިުލެންސެއް ނޮނަހެނެއް.
ހެހެހެ...
27 January 2022
ޢެއާރޕޯޓް އިމަޖެންސީ ސާރވިސްގައި ރާއްޖެއިންބޭރުން ތަމްރީނުކޮށްފައިތިބި މުވައްޒަފުންނާއެކު އެމްބިއުލާންސް އޮވޭ. އެއާޕޯޓެއް އޮޕަރޭޓްކުރެވޭނީ ބައިނަލްއަގުވާމީ މިންގަޑުތަކަށްހުރިހާކަމެއް ފުރިހަމަވެގެން.
ހެހެހޭ
27 January 2022
ދޮގު ނަހަދާ ކަމެއް ޖެހިގެން ބަލާއިރު ތިތަނަކުން ތިޔަބުނާ އެއްކަމެއްވެސް ނުވޭ
ކަބީލާނަރު
27 January 2022
ސިގިރޭޓް ބޮއެގެން ވީކަމެއް ނޫން ބޮޑަށް ބެލެވެނީ ރީތި މަންޒިލަކަށް އާދެވުނީމަ އެކަމުގެ އުފާވެގެންގޮސް ހާޓް އެޓޭކެއް ޖެހުނީ ކަމަށް
ފޮނިޓައްޕު ހަސަނު
27 January 2022
އެހެންވީމަ ސިނގިރެޓާއި ދުރުހެލި ވާންވީ.