2019 ވަނަ އަހަރު މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓެއް ހދ. ކުޅުދުއްފުއްޓަށް ގެންދަނީ: ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ މަސްބޯޓުތައް ވަރަށް ގިނައިން ހިފަހައްޓަ -- ފައިލް ފޮޓޯ: އެމްއެންޑީއެފް
07 ޖޫން 2022 - 10:07
ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް މިއަދު އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، އެ ބޯޓު ހިފެހެއްޓީ މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުން ކަމަށެވެ. ބޯޓުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާކުރީ "އަލަމޫ 2" ކިޔާ ދޯންޏަކުން ކަމަށް ބުންޏެވެ.
އެ މަސްބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ.
ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މިހާރު ބޯޓު ލ. ކައްދު އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެ އެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑިކަޅޭ
07 June 2022
ހޭބަލިވެގެން ލަންކާމަސްވެރިންނެއްނޫނޭއަތުލަންވީކީ އިންޑިޔާމަސްވެރިއާލާތުންނޭއަތުލަންވީ ހޭބަލިވެގެންނޫޅެބަލަދިވެހިސިފައިން
ޝަފީރު
07 June 2022
މާތްކަލާކޯ ދެފައިގައި ހިފާ އާދޭސްކޮށް ސަލާންޖަހާފަ މިބުނަނީ ލަންކާ ކުދިންކޮޅު ނަސޭހަތްދީ ދެން އެހެން ނޫޅޭށާ އެކަމަކު ކުރިން އުޅުނުގޮތަށް އުޅެން ނަސޭޙަތްދީފައި އެމީހުން އަތުގައި ހުރިއެއްޗަކާ އެކު ދޫކޮށްލަދީ. އާދޭސް މިކުރީ.
ހދބދވ
07 June 2022
ދެން ބޯޓަށް އެވާޑު ދީ. އާދޭ އާދޭ . އެންމެން އާދޭ.
ފަހުދު
07 June 2022
ރާއްޖެއައް ވަން ޓޫ ލަންކާ ބޯޓް.
ސީޒަން ޖެކުހަން
07 June 2022
ލަންކާބޯޓެއްވިއްޔާ ކުޑަދުވަސްކޮޅަކު ހިފާއްޓާލެވިދާނެ. އެކަމަކު އިންޑިޔާބޯޓެއްވިއްޔާ ޖެހޭނީ ފޯނުކޯލު އައުމާއެކު ދޫކޮށްލަން.
ރަދީފްއޮފިޝަލް
07 June 2022
އޮޅުވާލަންނޫޅޭ، އެއީ އިންޑިޔާ ބޯޓެއް.
ކަންނެލި
07 June 2022
ލަންކާ މިވަގުތު އޮތް ހާލަތަށް ބެލުމަށްފަހު ތިޔަ ދޫކޮށްލާދިނުން އެދެން. ބޯޓަށް އަޅާނެ ތެޔޮފޮދެއް ނުލިބޭ ހާލު ވަރަށް ކަންތައް ގޯސްވެގެން ތޯއްޗެއް މިހިސާބަށް އަންނާނީ، ހުރިހާ ކަމެއް ޤުރުބާންކޮށްފަ