ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމުމާއެކު، އަދުރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
25 ޑިސެމްބަރ 2022 - 13:33
ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން އިއްވީ، އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ކުރި ހަރާމް ހުކުމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޔާމީނަށް އިންސާފު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން އިދިކޮޅުން ތައްޔާރަށް އޮތް ކަމަށެވެ. އެ ހުކުމާ އެކު އިދިކޮޅުން މާޔޫސްނުވެ، ގޮތްހުސް ނުވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވާތީ، ޕީޕީއެމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"2023 ވަނަ އަހަރު މި ގައުމުގެ ވެރިކަމަށް ރައީސް ޔާމީން ގެންނާނަން،" އަދުރޭ ވިދާޅުވި އެވެ.
ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް ރަށްރަށުގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުން މާލެ އައުމަށް ވެސް އިދިކޮޅުން މިއަދު ގޮވައިލި އެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމުމާއެކު، ޕީއެންސީގެ ނައިބު ރައީސް ޝުޖާއު މާޔޫސް ވެފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި ޔާމީނަށް އިއްވި ހުކުމަކީ އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން، ރާވައިގެން ކުރި ކަމެކެވެ. މިއަދުގެ ޝަރީއަތް ފެށުން ލަސްވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވާތީ، ޕީޕީއެމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރުން އިންޑިއާއާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިދިކޮޅުން އަބަދުވެސް ފާޑުކިޔަ އެވެ. އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަކުރުމަށް އެ ގައުމުގެ ސިފައިންގެ ބޭސްއެއް ރާއްޖޭގައި ހަދާފައިވާ ކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ބޮޑު ކެމްޕެއިނެއް ވެސް ހިންގި އެވެ.
"މިއީ އިންޑިއާ ސަރުކާރު، މިއަދު މިއޮތީ [ޝަރީއަތް] ލަސްކުރި ލަސްކުރުން. [ހެނދުނު] 9 ޖަހާއިރަށް ތަވާލުކުރި ޝަރީއަތް 11:30 ވަންދެން ލަސްކުރީ ކީއްވެގެން ކަން އެނގުނީ ދެންމެ އެ އިއްވި ހުކުމުން. އިންޑިއާ އިން ބޭނުންވި ގޮތަށް ހުކުމް ބަދަލުކުރީ،" އަދުރޭ ވިދާޅުވި އެވެ.
"މިއީ އިންސާފުވެރި ހުކުމެއް ނޫން. މިއީ ނުހައްގުން އިއްވި ހަރާމް ހުކުމެއް. މި ހުކުމް ޕީޕީއެމް/ޕީއެންސީއަކުން ބަލައެއް ނުގަންނަން."
އާރަށް މައްސަލާގައި ޔާމީނަށް ދައުވާކުރީ އެރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވާތީ، ޕީޕީއެމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގައި މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ވަނީ ސާބިތުވެފަ އެވެ.
- ޔާމީނަށް ލިބިވަޑައިގަތީ އާރަށުގެ ރިޝްވަތުގެ ފައިސާ
- ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް ފައިސާ ދިނުމަކީ އިއްތިފާގެއް ނޫން
- ޔާމީން އެ ފައިސާ އިންވެސްޓްކުރީ އެއީ ރިޝްވަތުގެ ފައިސާކަން އެނގިހުރެ
- މުސާރަ ނުބައްދަލު އާމްދަނީއެއް ލިބުމުން ސުވާލު އުފެދޭ
- އެއީ ޔާމީނަށް ލިބިވަޑައިގަތް ހުއްދަ ނޫން މަންފާއެއް
ޔާމީނަށް ހުކުމް އިއްވާތީ އިދިކޮޅުގެ ލީޑަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ދޮށަށް އެއްވެ ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
26 December 2022
ޙަރާމާއި ޙަލާލު ކަނޑައަޅާނީ އަދުރޭއެއްނޫން. ބޮޑަކަސް އަދި ނިކަމެއްޗަކަސް ކުށެއްކޮށްފިނަމަ އެކަމުގެ ހައްގު އަދަބު ލިބެނޭ.
ބަޑިތަކުރު
26 December 2022
ލަގްޒަރީ ފްލެޓް ގަތުމަށް އެއްފަހަރާ ގުނާލާފައި ދިން ފައިސާއެއީ ކިހިނެއް ކޮންތާކުން ހޯދި ކޮންކަހަލަ އެއްޗެއްބާ؟ ހަރާމް - ހަލާލު ގެ މާނަ މިހާރު އެއްބަހުގެ މާނަ އަނެއް ބަހަށް ބަދަލުވެއްޖިއްޔާ އެބުނަނީ ހަމަ ތެދެއް.
ކެކުރިކަމާ ރާރާ
26 December 2022
ހިސާބު ޢިލްމަށްފަހު މިހާރު އައްސޭހު ކަމާ ދިމާލަށްތަ މި ސޮރު މި ދުވަނީ
ލޮލީޖާ ބިރު
26 December 2022
މިހާރު ފަތުވާ ވެސް ދޭންފެށީތަ؟
ގުއިއްޒު
26 December 2022
ނޭމާ ޔަގު ޓީމާ ގުޅުނީ ކޮން އިރަކު?
އިހާދު
26 December 2022
ތިޔަބުނުންވީ ހަމަ ރަނގަޅާށް
ހޯރަބޭ
26 December 2022
މޯދީ ބުނެގެންތަ ޔާމިނު ވަށްކަން ކުރީ
އެކްސް މިލިޓަރީ
26 December 2022
ޔާމިނާއި ބައިވާނެ ޕާޓީތަކެއް ނެތި ތިކަމެއް ނުވާނެ. އެމްޑީޕީން މަގުމަތި ހަލަބޮލިކޮށް ފުލުހުންނާ ސިފައިންގެ ރޭގަނޑުގެ ނިންޖާއި އަރާމްކުރުންތައް އެއްކޮށް ހަރާމްކޮށްލި. އެގޮތަށް ޕީޕީއެމް ޕީއެންސީ އަށް އެކަން ނުކުރެވޭނެ އަދި ބައިވެރިވާނެ އިތުރު ޕާޓީއެއްވެސް ނެތީ ހަމަ ޔާމީނުގެ ވެރިކަމުގައި ދިން އަނިޔާތަކުގެ ސަބަބުން. ދެން އެންމެ ރަނގަޅު ވާނީ ތި ޕާޓީ އާއި ދުރައްޖެހި އައު ޕާޓީއަކާއެކު މުއިއްޒު ނިކުތުން. ޔާމިނާ ގާތްވާން ހެޔޮނުވާނެ. 25 ބުރިގެ ބަލާބަލަ.
އަލީހަމީދު
25 December 2022
އަދުރޭ ވިދާޅުވެއްޖެއްޔާ އެއީ ރަގަޅު ވާހަކަޔަކަށް ވެދާނެ.
އާދަނު22
25 December 2022
އެގެޔައްވަތް ފައިސާ ހަލާލެއްނޫނޯ!