ހުޅުމާލެ ފަޅުތެރޭގައި ސަފާރީތައް: ސަފާރީއެއްގައި ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް އަންނަނީ ބަލަމުން.-- ފައިލް ފޮޓޯ: މިހާރު
26 ފެބުރުއަރީ 2023 - 14:25
ފަސް ފިރިހެނަކު ވެގެން ސަފާރީއެއްގެ ތެރޭގައި އަންހެން ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، ސަފާރީއެއްގައި ޓޫރިސްޓަކު ރޭޕްކުރި މައްސަލައެއް އެ އިދާރާ އަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު، އެފަދަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސަފާރީއެއްގައި ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަ ދެއްކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕްރައިވެޓް ފޭސްބުކް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ހުރި ބައެއް މެސެޖުތަކުގެ ސްކްރީންޝޮޓްތައް ވަނީ ސޯޝަލް މީޑިއާގައި އާންމުންވެފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފޭސްބުކް ގްރޫޕުގައި ލިޔުނީ ވެސް ބިދޭސީ އަންހެނެކެވެ. އޭނާ ބުނި ގޮތުގައި، އޭނާ އާއި އޭނާގެ ރައްޓެއްސަކު ހުޅުމާލޭ މަގުމަަތީގައި ދަންވަރު މަޑުކޮށްގެން ތިއްބާ އަންހެނަކު ދުވަމުން އަންނަ ތަން ފެނުނެވެ. އެ އަންހެން މީހާ ދުވަމުން ގޮސް، އެ މީހުންނާ އަރާ ހަމަކޮށް މަޑުކުރުމުން، އޭނާ އެހީއަށް ބޭނުންވެފައި ހުރިހެން ހީވެގެން އެހީތެރިކަން ދޭން މަސައްކަތް ކުރި އެވެ.
"އޭނާ ގައިގައި ޒަހަމްތަކެއް ހުރި ތަން ވެސް އަހަރެންގެ އެކުވެރިޔާ އަށް ފެނުނު،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
"ވާހަކަ ދައްކަމުން އޭނާ ރޯން ފެށުމުން އެނގުނީ އޭނާ ރޭޕްކުރި ކަން. އޭނާ ބުނި ގޮތުގައި ފަސް ފިރިހެނުން ވެގެން އެކަން ކުރީ."
އަންހެން މީހާއާ ހަވާލާދީ އެ ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، އޭނާ ރޭޕްކުރީ މަސްތުވާތަކެތި ދިނުމަށް ފަހު އެވެ. އަންހެން މީހާގެ އަތުގައި ހުރި ފައިސާތައް އަތުލައި، އޭނާ މޫދަށް އެއްލާލަފާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދާ ގާނޫނު
27 February 2023
ރޭޕު ކުރުމަކީ އާދައިގެ ކަމަކަށް ހެދި މީހުން ހިފާ ހައްޔަރު ކޮއްބަޔަ ފުރަތަމަ. އެބައިގަނޑު ރޯޔަލު ވެގެން ދޫކޮއްހަ އެތިބެނީ
ވަހީދުބ3
26 February 2023
18 އަހަރުގެ ކުއްޖަކާ ރައްޓެހިވެެން 17 އަހަރުގެ ކުއްޖަކުގެ ދައުވަތަށް އެރަށަށް ގޮސް އެކުއްޖާއެކު އެރަށު އިންޖީނުގޭ ފުރަގަހުގައި ތިބި މައްސަލާގައި ފިރިހެންކުއްޖާއަށް ޖަލު ހުކުމެއް އައި. މައްސަލައަކީ ފިރިހެން ކުއްޖާއަށް 18 އަހަރުވުން.
ރޭޕް މޯޑިސް
26 February 2023
ދިވެހި ފިރިހެނުންނެކޭ ކައިރި މިއޮތް ރޭޕިސްތާނުގެ ފިރިހެނުންނެކޭ އެއްވަރު ޗީޗީ
2023
26 February 2023
ކޮބާ ރޯޔަލްކޭސް..... ބޮއިހަލަކި
އަޒޭލިއާ
26 February 2023
އޭގެ މައްޗަށް ކޮފީއާ ކިރުސަރުބަތު އެޅި ގައިބުވެއްޖެ ކަލޯ
އިންސާފުގެ ދަތުރު
26 February 2023
އިންސާފަކީ ކޮންމެ ކޮންމެ މީހަކަށް އަތްފޯރާ ފަށުގެ އޮންނަ އެއްޗެއް ނޫން. އެލިބޭނީ ރޯޔަލް ސޯލިހު ޑައިނާސިޓީގެ މީހުންނަށް ވައްސަލާމް
ގުއްދޫސް
26 February 2023
ރޯޔަލް އެއްޗިސްގައި އަތް ނުލެވޭނެ ސާހީ ކަމުން
ފަގުޑި
26 February 2023
ފުލުހުން ދެން ކޮން ރޭޕެކޭ ކިޔާކައް. ކިތައް ރޭޕުތޯ ފުލުހުން ތިތިބީ އޮއްބާލައިގެން. ރޯޔަލް ރޭޕުވެސް އޮއްބާލީ ރޯމާދުވާލު އެންމެން ކުރިމަތީ....
ރޯޔަލްގުރޫޕް
26 February 2023
އަނެއްކާވެސް ގުރޫޕް ހަދައިގެން ސަފާރީއެއްގެ ތެރޭގައި އަންހެން ޓޫރިސްޓަކު ރޭޕްކުރީ . ކުރިން ރޭޕްކުރި ރޯޔަލް ރޭޕްގެ މައްސަލަ އަދިވެސް އޮތީ ހިންދާލާފައި. ގައުމު އެދި ގޮވަނީ މިނޫންވެރިޔަކަށް. މިނޫން ވެރިކަމަކަށް
2023.
26 February 2023
ސޯލިހު އައުޓް ސޭޓު އިން
ބަގަޓް
26 February 2023
އަނެއްކާ ކޮޕީއެއްބާ؟