މީރު އައިލެންޑް ރިސޯޓު. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓުން އިއްޔެ ވަނީ ގެއްލިފައި.
21 ޖެނުއަރީ 2017 - 09:26
މީރުފެންފުށި ރިސޯޓް ކައިރިއަށް މޫދަށް އެރިގެން އުޅެނިކޮށް ގެއްލުނު ދެ ޓޫރިސްޓުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ފެނިއްޖެ އެވެ.
އެއް ހަށިގަނޑު ބަރޮސް ކައިރިން 7:30 އެހާއިރު ފެނުނުއިރު އަނެކަކުގެ ހަށިގަނޑު ފެނުނީ ތުޅާގިރި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ލައްގާފައި އޮއްވައި 8:00 ހާއިރު އެވެ. ބަރޮހާއި ތުޅާގިރި އޮންނަނީ ޓޫރިސްޓުން ގެއްލުން ރިސޯޓާ ވިއްސަކަށް މޭލު ދުރުގަ އެވެ.
ގެއްލިފައި ވަނީ 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.
Baros Maldives
Baros
Baros Maldives
ދެ ޓޫރިސްޓުން ގެއްލުނު ހިސާބާއި މަރުވެފައިވާ ދެ މީހަކު ފެނުނު ހިސާބު
މަރުވެފައި އޮއްވައި ފެނުނީ ގެއްލުނު ދެ ޓޫރިސްޓުން ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ. ނަމަވެސް މިއީ ގެއްލުނު ދެ މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެ ސަރަހައްދަކުން މި މީހުން ފެނިގެން ރިޕޯޓް ކުރީ އާއްމުންގެ ބަޔަކު ކަމަށެވެ.
ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ގެއްލުމާއި މަރުވުމުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. މިދިޔަ ހޯމަ ދުވަހު އއ.ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ކެނެޑާ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒޫ
21 January 2018
މޫދު ކައިރީގައިވެސް ލައިފް ގާރޑުން ބައިތިއްބަންވީ.......އަދި ރިސޯޓްތަކުގައިވެސް މޫދަށް އެރުމުގެ ހުއްދަ އޮންނަ ވަކި ސަރަހައްދުތަކެއް ކަނޑައަޅަންވީ...............މިޤައުމުގައިވެސް ގިނައީ ފަތަން ނުދަންނަ މީހުން.........ދެން ދުވަހަކު މޫދަށް ނޭރޭ ބަޔަކަށްވާނީ ކިހިނެއްވާނީ..........ރައްކާތެރިކުރުމުގެ ވިޔަވަޅުތައް ވަރުގަދަކުރުން ވަރަށް މުހިއްމު.......
ޢަބްދުﷲނާފިޒު
21 January 2017
ފުލުހުންގެ ހުރި ޤާބިލުކަމަށް ޝުކުރިއްޔާ.
ހިތި
21 January 2017
މިއީ ދިރާސާއެއް ހަދަން ވާވަރުގެ ކަމެއް
ނޫނޭ
22 January 2017
އެއްވެސް ދިރާސާއެއް ކުރާނެކަމެއްނެތް. ޢަވަހަށް ވަޅުލަންވީ. މި ރާއްޖޭގައި ކަންކުރާގޮތް އެއީ. ވ. ސަލާމް.