ގެމަނަފުށި: އެ ރަށު ފަޅަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހި ވަނީ މަރުވެފައި
03 ނޮވެމްބަރ 2023 - 01:41
ގއ. ގެމަނަފުށީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ރޭ ޖެހި، އެ މީހާ މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިނެކެވެ.
ފުލުހުން ބުނި ގޮތުގައި، ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗަކުން ޖެހުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ކަމަށެވެ.
އެކްސިޑެންޓްވުމާ އެކު އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. ނަމަވެސް، އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މިހާރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހަފުތާގައި ވެސް މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮރީފް
04 November 2023
ލޯންޗުތަ މަރުވީ؟؟ ސުރުހީ އިންގޮތުން އަހާލެވުނީ
މަޑިކިލަނބު
03 November 2023
މީހުން ނުބަލަނީ އަދި މިކަންކަން ބަލާ ގަވާއިދު ތަންފީޒުކުރަންތިބޭ މަސައްކަތް ނުކުރުވަނީ. ވެރިން ނެތީ ކަންކަން ކުރުވާ ބަލަހައްޓަން. ކިރިޔާވެސް ބަލަހައްޓަންޏާ ރަގަޅުވޭ. މިހާރު ސްޕީޑްގައި ދުއްވާ މީހުންނަށް އިންޒާރު ޕޮލހުން ފޮނުވާތީ ހުޅުމާލެ ބްރިޖް ގައި ދުއްވާ ސްޕީޑް ރަގަޅުއެބަވޭ.
ހުސެންދީ
03 November 2023
ދެން އެންމެ އަވަހަށް މި ކަހަލަ ހިތާމަވެރި ހަބަރެއް އަޑުއިވޭނީ ހުޅުމާލެއިން. ހުޅުމާލޭގައި މީހުން މޫދަށް އެރި އުޅޭ ހިސާބުގައި ޖެޓްސްކީ ދުއްވަނީ ހިތަށް އެރި ގޮތަކަށް.. އެޗްޑީސީ އިން މިކަން ހުއްޓުވުން އެދެން.