ފ. މަގޫދުއަށް މިދިޔަ މަހު ރައީސް ޔާމީން ވަޑައިގަތުމުން، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 ފެބުރުއަރީ 2017 - 15:22
ޓޫރިޒަމްގެ މަޝްރޫއުއަކަށް ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު "ވިއްކާލަން" އުޅޭ ކަމުގެ އަޑުތައް ފެތުރޭތީ އެކަމާ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ އެއީ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް އެ އަތޮޅު ކައުންސިލުން މިއަދު ބުނެފި އެވެ.
ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާތަނަށް އެކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން ކައުންސިލާ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"މި އަތޮޅުގައި ސައުދީން ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން އުޅޭ ކަމުގެ ވާހަކަ އަޑުއިވުމުން އެކަން ސާފުކުރަން އަޅުގަނޑުމެންގެ ޓީމެއް ޓޫރިޒަމް މިނިސްޓަރަކަށް އޭރު ހުންނެވި އަދީބާ ބައްދަލުކުރަން ދިޔައިން. ނަމަވެސް އޭރު އެޕޮއިންޓްމަންޓެއް ނުދެއްވުމުން ބައްދަލުކުރެވޭ ގޮތެއް ނުވި. އަދި މަޖިލީހުގެ ދެ މެމްބަރުންގެ ފަރާތުން ވެސް އެކަމާ ބެހޭ މައުލޫމާތެއް ނުލިބޭ،" ކައުންސިލްގައި ހިމެނޭ އެމްޑީޕީ ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށް ވާ އުމަރު ވިދާޅުވި އެވެ.
ފ. އަތޮޅު ކައުންސިލްގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީއެއް ނޯވެ އެވެ. އެ ކައުންސިލްގައި ދެން ހިމެެނެނީ ޕީޕީއެމް ދެ މެމްބަރުންނާއި އަދާލަތު ޕާޓީގެ މެމްބަރެކެވެ.
"އަޅުގަނޑުމެންނަށް މި އިވެނީ މުޅި އަތޮޅު އެއްކޮށް ހުސްކުރަނީއޭ. އެހެންވެ އޭގެ ވާނުވާ އެއް ނޭނގޭތީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އެބަހުރި،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުން އެ އަތޮޅުގެ ވަކި ސަރަހަދެއް ބަޔަކަށް ކުއްޔަށް ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ވާނުވާއެއް ނޭނގޭ ގޮތަށް، ބަޔަކަށް "ވިއްކާލަން" އުޅޭ ކަމުގެ ވާހަކަތައް ފެތުރޭތީ އެކަމާ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ސަރުކާރަށް ބާރުތަކެއް ލިބިފައި އެބަހުރި. އަދި މިހާރު ގާނޫނު އަސާސީއަށް ގެނައި ބަދަލާ ގުޅިގެން ބިން މިލްކުކުރެވޭ ގޮތަށް ވިއްކާ ވެސް ލެވޭ. އެކަމަކު މި އަތޮޅުގެ ރައްޔިތުން ބާލައި ރަށްތައް ހުސްކުރަންޏާ އެކަން ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.
ފ. އަތޮޅުގައި ސައުދީން ވަރަށް ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ ވާހަކަ ސީދާ ރައީސް ޔާމީން ވަނީ، އޭގެ ތަފްސީލަކަށް ވަޑައިނުގެން، ވިދާޅުވެފަ އެވެ. ފ. މަގޫދު އަށް މިދިއަ މަހު ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ އެ މަޝްރޫއާ އެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ ކަމަށެވެ.
ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ފ. އަތޮޅު "ވިއްކާލަން" އުޅޭކަމުގެ ވާހަކައާ އެކު ސޯޝަލް މީޑިއާގައި ސިޔާސީ އިދިކޮޅު ފަރާތްތަކާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ޓުވިޓާގައި ވިދާޅުވެފައި ވަނީ ފ. އަތޮޅު ޕްރޮޖެކްޓްގެ ތަފުސީލު ހާމަނުކުރާތީ އެނގެނީ އެކަމުގެ ތެރޭގައި ނޭދެވޭ ކަންތައްތައް ހުރިކަން ކަމަށެވެ.
@riphco Faafu atl project ge thafseel haamaeh nukurey. Neydhevey kanthah hurikan mikamun ekani ves haama vey. E projectah thaaeedheh nukuran
— Ahmed Faris Maumoon (@afarismaumoon) February 20, 2017
ފާރިސް މައުމޫންގެ ޓްވީޓް
ސަރުކާރާ އިދިކޮޅު މެމްބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ އަލީ ހުސެއިން އޭނާގެ ޓުވިޓާގައި ވިދާޅުވެފައި ވަނީ އޭނާ އަކީ ދިވެއްސެއް ކަމަށާއި ފ. އަތޮޅު އަދި އެހެން ރަށެއް ވެސް ސައުދީ ނުވަތަ ބޭރު އެހެން ބަޔަކަށް ވިއްކަން ވެސް ދެކޮޅުހައްދަވާ ކަމަށެވެ. ވިއްކާލަނީ ކާކުގެ ރަށެއްތޯ އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނާ ސުވާލުކުރައްވައިފަ އެވެ.
"އޭ ރައީސް ޔާމީނެވެ. މަނިކުފާނު ތިޔަ ވިއްކާލަން އުޅުއްވަނީ ކާކުގެ ބިމެއްތޯ؟" އަލީގެ ޓްވީޓްގައި އެއްސެވި އެވެ.
I am a Maldivian and I am against the sale of Faafu atoll or any islands from my country to Saudi Arabia or any other foreign party.
— Ali Hussain (@AleeVoice) February 20, 2017
އަލީ ހުސެއިންގެ ޓުވީޓް
މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންގެ އިތުރުން އާއްމުންނާއި ބައެއް ޖަމާއަތްތަކުން ވެސް ދަނީ ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޝުއޫރުތައް ފާޅުކުރަމުންނެވެ.
#FaafuAtoll
— Transparency MV (@TransparencyMV) February 19, 2017
Faafu atholhuge meehunnah baheh bunumuge hagguves netheetha?#MaBassaa #TharahgeegaMaBassaa pic.twitter.com/CV2BucF0MG
އެ މައްސަލާގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން އެ ޖަމިއްޔާ އިން ބޭނުންކުރި ލިއުންތަކުގައި "ފ. އަތޮޅުގެ މީހުންގެ ބަހެއް ބުނުމުގެ ހައްގު ނެތްތޯ؟" ސުވާލުކޮށްފައިވެ އެވެ. އަދި ކުދި ރަށްރަށުގައި ތަރައްގީއަށް ފުރުސަތުތައް ހަނިކަމާ ބެހޭ ގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅެއްގެ ތަންކޮޅެއް ވެސް ބޭނުންކުރި އެވެ.
ޕީޕީއެމް ކައުންސިލްގެ މެމްބަރުކަމުން ވަކިކުރި އަދި ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރަައްވާ އައިމިނަތު ނާދިރާ ވިދާޅުވެފައި ވަނީ "ދިވެހި ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއްގައި މަދު ބަޔަކަށް ނިންމުންތަކެއް ނުނިންމޭނެ. އަބަދު ވެސް ދިވެހިންގެ ތަރިކަ ވިއްކުމާ ދެކޮޅު" ކަމަށެވެ.
ފ. މަގޫދުއަށް ރައީސް ޔާމީން މިދިޔަ މަހު ވަޑައިގަތުމުން، އެރަށު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ރަށުގެ ބަނދަރުމަތީގައި ބެނާ ދަމާފައި-- ފޮޓޯ: ރައީސް އޮފީސް
ފ. އަތޮޅުގައި ހިންގަން އުޅޭ ޕްރޮޖެކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ޓޫރިޒަމް މިނިސްޓްރީން ލިބޭ ގޮތެއްނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންޑަހިލު
09 November 2017
ސިއްރިޔާތުގަ ތިކަން ކުރައްވަން ނޫޅުއްވާތި. އެކިރޮދި ވަކިވަކިން ހާވާ ބަރަހަނާ ކޮށްލާނަން އިންޝާﷲ.
މޫސަ
04 March 2017
މިއުޅެނީ ފާފު އަތޮޅުން މީހުން ބާލަން އެގިއްޖެތަ ފަޅުރަށަކަށް އެންމެން ގެންދަނީ އޯކޭތަ
ލޮލީތާ
12 March 2017
މާ މަޖަލެއް ނޫނޭ މޫސާ
މާލިމީ
23 February 2017
ނާދިރާ އަށް ތިޔަ ހުންނެވެނީ ޕޕމ ގެ މަދު މީހުންގެ ފަޅީގައި. އެހެންކަމުން ތިޔަ ބުނުއްވި ބަސްކޮޅު ކަމަކުނުދޭ.
ހުދަންމިޔަރު
22 February 2017
މިގައުމު ވިއްކާހުސްނުވަނީސް ގައުމު އަތުނުލެވިއްޖެނަމަ އަހަރުމެންގެ ދަރިންގެ ދަރިންވެސް އަހަރުމެން ދިވެހިން މިބިން ސަލާމަތްކުރަން ކުރިމަސައްކަތުގެ ސުވާލު އުފައްދާނެ. އެހެންވީމަ މިހާރު ގައްދާރުވެފައިތިބި މެންބަރުން މީގެ ޖަވާބުދޭން އެބަޖެހޭ.
ޑާކް
22 February 2017
ވާގޮތަކީ ސަރުކާރުން ޤައުމު ކުރިއަރުވާތަން ބަލަން ނުކެރެނީ.
އަލީ
22 February 2017
ގައުމުގެ ދަރަނި އެކަނި ބޮޑުވަނީ...ގައުމު އެބަ އަރާތަ ކުރިޔަށް؟
މަވެސް ރާއްޖެ
22 February 2017
މިނިވަންކަމަުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ... ފިނި ހިޔަލަކުން ގަދަހޫނަކަށް ދާނަންހޭ ނުދާނަމޭ.... ލާރިއަށްޓަކާ ގައުމު ވިއްކަފާނަންހޭ އާން އާން ވިއްކަފާނަމޭ...... ދިވެހި ފަސްގަނޑުން އެންމެ ތަންކޮޅެއް ބޭރު ބަޔަކަށް ވިއްކާލަން އުޅުނަސް މިކަން ސަލާމަތީ ބާރުތަކުން ހުއްޓުވަން ޖެހޭނެ.
ޑައެލިސް
22 February 2017
ރީނދޫހުން ޖެހި އެ ހުމުގެ ބުރާންތީގައި އުޅޭ މީހުންނަށް ވާއެއްނުވާއެއް ނޭގޭނެ.
ވަލީމާ
23 February 2017
ޕިންކް ޝަރުބަތު ބޮއެގެންވެސް ވާނުވާއެއް އެބައެގޭތަ؟ ތިއަތޮޅުގައި ކުރަން އުޅޭކަމެއް އެގޭ މީހަކު އުޅޭހެނެއް ހިއެއްނުވޭ އެގޭކަމަށް ހެދިގެން އުޅެނީ ބުނާނީ ބިޔަ ބޮޑު މަޝްރޫއެކޭ.
GAN Island
22 February 2017
ވެރިކަމުގައި ހުންނަ މީހަކު ބޭނުން ގޮތަކަށް ބޭނުން ކަމެއްކުރާކަށް ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ ތަނެއްނުދޭ. އަދި ޤާނޫނު އަސާސީ އާއި ހިލާފު އެއްވެސް ކަމަކަށް ދިވެހި ދައުލަތުގެ އެއްވެސް ބާރަކުން އިހްތިރާމް ކުރާކަށް ނުޖެހޭނެ. . . އަރަބިކަރައިގެ ސައުދު އާއިލާއަކަށް ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ނުވިއްކޭނެ. އަދި އެފަދަ އެއްބަސް ވުމެއް އަންނާން އޮތް އެއްވެސް ސަރުކާރަކުން ދަމަހައްޓާކަށް ވެސް ނުޖެހޭނެ. ދައުލަތުގެ ޤާނޫނު އަސާސީ އަށާއި ބައިނަލް އަޤުވާމީ ޤާނޫނު ތަކާއި އަދި ސަރަހައްދުގެ ރައްކާތެރިކަމަށް އިހްތިރާޟް ކުރުމެއްނެތި އަޑުއިވޭގޮތާއި އެއްގޮތަށް ތިކަން ކޮށްފިނަމަ އެކަމުގައި ބައިވެރިވި ދެފަރާތުން އެކަންކަމުގެ ޒިންމާ ނަގަން ވާނެ. . . ދައުލަތުގެ ޤާނޫނު އަސާސީ ރައްކާތެރިކޮށް ދައުލަތް ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައ އޮތް ޑިފެންސް ފޯހުން ރާއްޖޭގެ މިލްކުވެރިކަމަށް އެހެން ބަޔަކު ވަންނަން ފުރުސަތުދީ އަދި ޤައުމުގެ މިނިވަންކަން ގެއްލިދާނެ ހަމަ އެއްވެސް ކަމަކަށް ހަގު ހުޅުވާލަ ދީގެން ނުވާނެ.. . .. . . ހުދުޖުއްބާލައިގެން ބޮލުގައި ފަނގުޑި އޮޅާލާ ކޮންމެ މީހަކީ މާބޮޑު ދީންވެރިއެއްކަމަށް އަހަރުމެންގެ ތެރެއިން ބައެއްމީހުންނަށް ހީވިޔަސް އެއީ ހަޤީގަތެއްނޫން. އަރަބިބަހުން ވާހަކަ ދައްކާ އެންމެނަކީ ''މުސްލިމުންނެއްވެސް ނޫން'' އެކަންކަން ހަދާކޮށްލާ
ޒިންދަގީ
21 February 2017
ފ އަތޮޅު ވިއްކާލިއަސް، ހިލޭ ދިނަސް، ފެންފޮދަކާ ނުލާ ދިރުވާލިއަސް މިހާރަކު ކުރެވޭނެ ކަމެއް ނެތް. ގާނޫނު އަސާސީ އިދިކޮޅު މީހުންގެ ވޯޓާއިވެސްއެކީ އެއޮތީ އެގޮތަށް ބަދަލުކޮށްފަ. ދެން ކޮންވާހަކައެއް.؟؟؟
ޢަލީ
21 February 2017
ކޮބާދިވެހި ސަލާމަތީ ބާރުތައް މިރާއްޖޭހެ ފަސްގަނޑުން އެންމެވެލިފުކެއްވެސް ބޭރުބަޔެއްގެ އަތްމައްޗައް ދިޔަނުދޭން މަތިހަށިނަގާ އުޅުނު ކުދިން ފައިސާޔާޖެހުނީމަ މުހިންމުވަނީ ގައުމުތޯ ފައިސާތޯ މިހިރަދަނީ ފެންނަމުން ދެން ރައްޔިތުން ވިސްނާ ޔާމީނައް ވޯޓުލާނީތޯ ނުލާނީތޯ