ޚަބަރު / އިދިކޮޅު ފަރާތްތައް

މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން ހުށަހަޅައިފި

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 26 މެމްބަރެއްގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. އަދި މި މައްސަލައިގެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ފާރިސް ކަމަށް އެނގިފައިވެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ.

ފާރިސްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފާއި ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް ތިއްބެވި އެވެ.

މަޖިލިހަށް މައްސަލަ ވެއްދުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިކުރުމަށް ހުށަހެޅީ ހުރިހާ ޕާޓީތަކެއްގެ އެއްބާރުލުމާއެކު ކަމަށެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އިސްކޮށް ތިއްބެވި އިދިކޮޅު މެމްބަރުން، މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި މަސީހު ވަކިކުރަން ހުށަހެޅުއްވީ މަޖިލިހުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެނދަވާތީ އެވެ.

"މިކަމުގައި އަޅުގަނޑުމެންނާ އެކީގައި ފެނިވަޑައިގަންނަވާނެ ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުން، އުންމީދަކީ މި މަސައްކަތް ކުރިއަށް ގެންގޮސް ކާމިޔާބުކޮށް ނިންމާލުން،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރެވިއްޖެނަމަ، ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ގާނޫނުއަސާސީން ލާޒިމް ކުރާ ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރެވޭނެ އެވެ.

ނަމަވެސް މަސީހުގެ މޭސްތިރި ކަމުގައި މަޖިލިސް ހިނގާ ގޮތް ލަސްވެ، ރައްޔިތުންނަށް ބޭނުންވާ ގިނަ ގާނޫނުތަކެއް ހަދަން ހުރި ނަމަވެސް، މަސީހުގެ ސަބަބުން މަޖިލިސް ހުއްޓިފައިވާ ކަން ފާރިސް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރު ޖަވާބުދާރީ ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުންނަށް ވާހަކަ ދައްކަވަން ރިޔާސަތުން ފުރުސަތު ނުދެއްވަނީ ސިޔާސީ ބޭނުމެއްގަ އެވެ. އަދި ގާނޫނުތައް ހެދުމުގައި އެކަށީގެންވާ ވަގުތުތައް މެމްބަރުން ނުދޭއިރު، އަވަސް އަރުވާލައިގެން މަސައްކަތްތައް ނިންމަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި މަސައްކަތްތައް ކުރާއިރު، އެކަށީގެންވާ ވަގުތު ނުދެއްވާތީ އެކަމާ މެދު އެތައް ޝަކުވާއެއްކޮށްގެން އެއްވެސް ހައްލެއް ނުލިބި ވަނީ،" ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މި މަސައްކަތް [މަސީހު ވަކި ކުރުން] ކުރުން ލާޒިމް ވެއްޖެ."

މަޖިލިހުގެ ރައީސް މަސީހް އާއި (ކ) މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްވާނެތޯ ދެންނެވުމުން ފާރިސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ގިނަ މެމްބަރުންތަކެއް ޝަކުވާ ކުރަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިކުރުމަށް އިދިކޮޅު މެމްބަރުންގެ އަޣުލަބިއްޔަތު އޮތް ކަމަށް ގަބޫލު ކުރެއްވެ އެވެ.

"މި މައްސަލަ ތާވަލް ކުރެވިގެން، ކުރިއަށްދާ ދުވަހު އެ މަންޒަރު ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

މަޖިލިސް ހިނގަން ވާނީ ރައްޔިތުންގެ ހުރިހާ މަންދޫބުން ބައިވެރިވާ، ޑިމޮކްރަޓިކް އުސޫލުތަކުގެ މަތިން، ޖަވާބުދާރީވެ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، ރާއްޖެ އަށް ދިމާވެފައި އޮތް ބޮޑެތި މައްސަލަތަކުގެ ފެށުން އައީ މަޖިލިސް ތެރެއިން ކަމަށް އިބޫ ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ފަހު، މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނުއަސާސީ އަށް ބެލުމެއް ނެތި ކަންތައްތައް ހިނގަމުން ދަނީ، އަޅުގަނޑުމެން މިތިބީ އެކުގައި މި މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅައިގެން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިކުތީ ވަރަށް ގަދަ ކަނޑަކަށް. އެހެންވިޔަސް، އަޅުގަނޑުމެން އެކުގައި އަމާން ބަނދަރަކަށް ދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާން މިތިބީ ތައްޔާރަށް،" މަޖިލިހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ ހިލާފަށް ކިތަންމެ ދިގު މުއްދަތެއް ވަންދެން މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވި ނަމަވެސް، ހުރިހާ އެންމެންގެ މައްޗަށް ގާނޫނު އަރައި ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި އިންސާފުގެ މަގުންނާއި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް މަޖިލީހުގެ ރައީސް ކަންކަން ކުރައްވާތީ މަސީހާ މެދު އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އެމްޑީޕީ އާއި އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތް ޕީޕީއެމުން ފެއިލް ކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހުގައި ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ 22 މެމްބަރު ސޮޔާއެކު ހުށަހެޅި އެ މައްސަލަ އަނބުރާ ވަނީ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ފަހު، އިދިކޮޅު ބައެއް މެމްބަރުން މަޖިލިހުގެ އިދާރާ އިން މިއަދު ނުކުމެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުންނަމަ، ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ވާނެ އެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރަން ގަރާރެއް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަން ވާނެ އެވެ. އަދި މަޖިލީހުގެ ރައީސް އެ މަގާމުން ވަކި ކުރުމާ ބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައިގެން ނުވާނެ އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލިހުގެ ނައިބު ރައީސް އެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމާ ބެހޭ ބަހުސްގައި ބައިވެރިވެ ދިފާއުވުމުގެ ހައްގު ރައީސަށް ލިބިގެންވެ އެވެ. ނަމަވެސް އެ މީހަކު މަގާމުން ވަކި ކުރަން ނަގާ ވޯޓެއްގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.

97 ކޮމެންޓް, 246 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 2%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމުމަ

09 March 2017

ރައްޔިތުންގެ މަޖިލީހަކީ މިއަދު މިގައުމުގައި އޮތްއެންމެ ކަރަޕްޓް މުއައްސަސާ ކަމަށް ރައްޔިތުން އެންމެންމިހާރު ގަބޫލުކުރޭ.އަދި ގައުމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުރިމަތިވުުމުގެ ސަބަބަކީވެސް ހަމަ ތިޔަމަޖިލީސް.މަޖިލީހުގެ ކަންކަން އިސްލާހުވެގެންނޫނީ މިގައުމުގެ ހަމަމަގަކަށް ނޭޅުވޭނެ.ކުރިއަށް ގައުމީ ބަތަލުން.ކުރިއަށް ދިވެހި ގައުމު.

The name is already taken The name is available. Register?

ހުސެން

09 March 2017

ނުވާނެ ތިކަމެއް އިރާދަކުރެއްވިއްޔަކާ، އެމް،ޑީ،ޕީ ގުބޯލިތައް ލަދެއްވެސް ނުގަނޭދޯ؟

The name is already taken The name is available. Register?

ޙުސެއިން ދީ

09 March 2017

ތިކަމަކީ ތުރާއުތަނުގައި އިން މަދިރެއް މަރާލުންފަދަ ކަމެއް

The name is already taken The name is available. Register?

ޢަސްލުމީހާ

08 March 2017

ޙެޔޮއެދޭތީ ބޭބެ ބުނަންއޮތީ މަސީހު ހިއްވަރު ދެރަނުކޮށް އަވަހަށް އިސްތިއުފާދީފަ ފުއައްމުލަކު ކައުންސިލަށް ކުރިމަތިލާށޭ، ބޭބެގެ ވޯޓާއެކު ހޮވާނަން، ދެން ކައުންސިލްގެ ރައީސްއަކަށްވީމަ ނިމުނީ.

The name is already taken The name is available. Register?

ސޮކްތެރެޕީ

08 March 2017

ޔާމިނަކީ ހަމަ ލީޑަރެއް މިހާރު އެގިއްޖެ އަހަރުމެން ބޭނުމީ ތަރައްގީ.

The name is already taken The name is available. Register?

މަންސޫރު

08 March 2017

ކޮން ބައެއްގެ ލީޑަރެއްކަން ވަރަށް ސާފު.

The name is already taken The name is available. Register?

ބޮޑުމޮހޮރު

08 March 2017

ވަސީހް ވަކި ކުރަން އުޅެނީ ބޮޑު މޮހޮރާ މައްސަލާގައި

The name is already taken The name is available. Register?

ލލ

08 March 2017

ތިވާނީ ބޮޑުބޭބެގެ ވޯޓް ނަގަން އުޅޭތީ އެކަން ހުއްޓުވަން ކުރި ކަމަކށް، ސޭލްވެސް އަޅުވާނެ ދޭތެރެދޭތެރެއިން މިތާ ގޯލުތަކުގައި ފައިސާ ކޯލެއް ބޭނުންވާއިރަށް ސޭލް އަޅުވާ ގޮޅި ނީލަން ކިޔާނެ، ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާހާވެސް!

The name is already taken The name is available. Register?

އަޒޫ

08 March 2017

އެބޭފުޅާ އެމަގާމުން ދުރު ކުރެއްވިއަސް ޕީ ޕީ އެމް އަކަށް ގެއްލުމެއް ނުދެވޭނެ.

The name is already taken The name is available. Register?

ސުލައިމާނު

08 March 2017

ދެގުނަ ބޮޑުކޮށް ސާބަސް ދެން....

The name is already taken The name is available. Register?

ބައިިރެޯ

08 March 2017

އަވިއަނި ދެކޮޅު އިދެ މަވިއަނި ދެމޭހެން ދޭދޭ ރަވިއަނި ދޫނި އައުދޭދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454