ފުލުހަކު އެެއާޕޯޓުގެ ޓްރެފިކް ބަލަހައްޓަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ޑިސެމްބަރ 2024 - 19:16
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ސްރީ ލަންކާގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވެލާނާ އެއާޕޯޓުގެ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓުގައި ލަންކާ ބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށެވެ. އެއީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ ތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެތަނުން އެކަކު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ. އޭނާ ދެން ތިބި މީހުންގެ ގައިގައި ޖަހައި އަނިޔާކުރަން އުޅުނު ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިޔަން ޕެޓްރޮއިޓް
26 December 2024
ހާދަ ތަފާތުކަން ބޮޑޭ، އެއްކަލަ އެމެރިކާމީހާ ރާއްޖޭގެ އެއަރފޯޓްގެ ސެކިޔުރިޓީ ގައިގައި ޖަހާ ޓޭރެރިޒަމް ހިންގީމަވެސް ހޯމްލޭންޑް މިނިސްޓަރަކަށް ފުރަތަމަކާއެއް ނުކެރުން ހައްޔަރުކުރަން. ދެން ރައްޔިތުން ރުޅިއައީމަ ހައްޔަރޭކިޔާފަ އޭނާހުޅުމާލެއަށް ދޫކޮށްލީ. އެއީ ކެފްޓަނަށް އެމެރިކާގެ މެޑަލަށް އޮތް ބިރު. ދެން ލަންކާ މީހެއްވީމަ ތަފާތުކުރަނީ.
އަބުދުލްމަޖީދުމާހިރު
26 December 2024
މިހާ ރީތި ކުދިން ޓްރެފިކް ބަލަހައްޓާއިރުވެސް ހަމަނުޖެހުން ހިންގަނީތަ؟
ފިނިފެންމާ ސައީދު
25 December 2024
ރާފުޅިއެއް ފެންނަންއިތިއްޔާ ލަންކާމީހުން ދަމާލާނެ.
އިހްސާސް
25 December 2024
އެއީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކީތަ؟ ފޮޓޯ ނުޖެހީ
ޕިކަޗޫ
25 December 2024
މާ ގިނައިން "ހީރޯ" ޒާތުގެ ފިލުމު ބެލުނީމަ ވާ ގޮތެއްހެން ހީވަނީ މިއީ.
ފޯޓޯސް
25 December 2024
ނޫހުގައި ފޮޓޯ ޖެހީމާ ގަބޫލު ކުރާނީ. ކަލޭމެންނަކީ ކިތައްމެ ކުޑަ ކަމެއް ހިނގިއަސް ނޫސްތަކުގައި މީހާގެ ފޮޓޯ ޖަހާ ބައެއް.
ޕިލިޕީނޯ
25 December 2024
އެޗްއައިއެޗްއިން ބައްލަވައިގެން އައީ ހިތާވެގެންއުޅޭ ޕިލިޕީންސް އަންހެނުންތަކާއެކީ. މަޖަލަކަށް އޭނާގެ ބިޓާދިމާލަށް ބަހެއްބުނެގެން ޒުވާބު ބަދަލުވީ މާރާމާރީއަށް.
ހަމްދާ
25 December 2024
އަވަހަށް ދޫކޮށްލާ. ޢަންދާ ގާނޫން
ޢަހްމަދް
25 December 2024
ލަންކާގަ އުޅޭ ވަރަށް ތިގޮތަށް ބޮޑާވެގެން އުޅޭ މީހުން
ޑަކު
25 December 2024
އިންޑިޔާގާވެސް.