ޕިކަޕަކުން ކުލަ ފާޓާތަކެއް ވެއްޓި ހުޅުމާލޭގެ މަގެއްގައި "ކުލަ ލެވިފައި".-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2025 - 17:48
މާލެއިން ހުޅުމާލެއަށް ދަތުރުކުރި ޕިކަޕެއްގައި ބަރުކޮށްފައި ހުރި ކުލަ ފާޓާތަކެއް ހުޅުމާލޭގެ މަގެއް މައްޗަށް މިއަދު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ކުލަ ފާޓާތަކެއް ބަރުކޮށްގެން ދިޔަ އެ ޕިކަޕުން ކުލަ ފާޓާތައް ވެއްޓުނީ މާލެއިން ހުޅުމާލެއަށް އަރާ މަގުގައި ހުންނަ ވިލާގެ ފެޓްރޯލް ޝެޑު ކައިރިން ލަނބާލާ މަގުގެ ކަންމަޗަށެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީން މިހާރު ވަނީ އެތަނުން ކުލަ ކަހައި ސާފުކުރެވޭ ވަރަށް މަގު ސާފުކޮށްފަ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ދެ ފަހަރެއްގެ މަތިން ހަމަ މި ކަހަލަ ހާދިސާތައް މާލޭގައި ހިނގާފައިވެ އެވެ. އެންމެ ފުރަތަމަ މި ކަހަލަ ކަމެއް ހިނގީ ސިނަމާލެ ބްރިޖުން މާލެއަށް ފޭބި ޕިކަޕެއް، ބްރިޖު ކައިރިއަށް ބޮޑުތަކުރުފާނު މަގުގެ އުތުރަށް އަޅަނިކޮށް އޭގައި ބަރުކޮށްފައި ހުރި ކުލަ ފާޓާތައް ވެއްޓިގެންނެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެފަހަރު ކުލަ ފާޓާތައް ފަޅައިގެން ގޮސް، އެ މަގުގެ ބޮޑު ބަޔަކަށް އޮތީ ކުލަތައް ފެތުރިފަ އެވެ.
އެތަން ސާފުކުރީ ސިފައިންގެ ފަޔަ އެންޑް ރެސްކިއު ޓީމާއި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ދެވަނަ ފަހަރަށް މި ކަހަލަ ކަމެއް ހިނގީ މާވެޔޮމަގާއި ކޯރުކެނޑި މަގާ ގުޅޭ ކަންމަތީގައި މިދިޔަ ނޮވެމްބަރު މަހު އެވެ. އެފަހަރު ވެސް ކުލަ ފާޓާތަކެއް އަރުވައިގެން ދިޔަ ޕިކަޕަކުން ކުލަ ފާޓާތަކެއް މަގު މައްޗަށް ވެއްޓުނީ އެވެ.
މިގޮތަށް ކުލަ ހޭކިފައި ހުރި ތަންތަން ސާފުކުރިޔަސް، ކުލަތައް އެއްކޮށް ނުކެހި އެ މަގުތައް މިހާރު އޮންނަނީ ވަރަށް ބޮޑަށް ހަޑިވެފަ އެވެ. އަދި މިކަމުގެ ސަބަބުން އެ ތަންތަނުގައި ބިންމަތީގައި ކުރަހާފައި ހުންނަ މަގުމަތީގެ ނިޝާންތައް ވެސް ހުރީ ފޮރުވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
12 January 2025
60 ފަހަރަށް އެއްގަނޑެއްގަންނައިރު އެކަން އެހެންކުރިޔަނުދިނުމަށްޓަކާ ސަރުކާރުން އެޅިފިޔަވަޅަކީ ކޮބައިބާ؟. ނުކުޅެދުނަސް ބޮޑުވަރު.
ޖޯކް
12 January 2025
ވެއްޓޭނެދޯ އޭއްޗެހި އަރުވައިގެން ދުއްވާނީ 100ކައިގަ. އަޅަމުން މަޑުކުރާނީކީނޫން އަންނަބާރުގަ އަޅަންދިމާކުރީމަ މިހެންވާނީ. މިގައުމުގަ އެއްވެސް އެއްޗެއް ދުއްވާ ގިނަމީހުންނަކީ ބޯހަމަޖެހޭ ބައެއްނޫން.
އިސްތިހާރު
12 January 2025
ކުލަ އިސްތިހާރުކުރަން ކުރި ކަމެއްތޯ؟
އަހުމަދު.......
12 January 2025
މައްސަލަތައް ހައްލު ކުރަން މުސާރަ ނަގައިގެން ތިބޭމީހުންގެވެސް އެއްވެސް ޒިންމާއެއް ނެތް.
ހުސަ
12 January 2025
މިކަހަލަ ނެގްލިޖަންސްތައް ހިންގައިގެން އެކަން ޙައްލުކުރަން ސަރުކާރުން ކުރާ ޚަރަދުތައް މިފަދަ ނެގްލިޖަންސް ހިންގާ ފަރާތްތަކުން ހޯދަންޖެހޭނެ! ބާރު ސްޕީޑެއްގައި ދުއްވާފައިގޮސް މަގުމަތީ ބައްތި ހޮޅިދަނޑީގައި ޖައްސާ ހަލާކުކޮށްލާނެ! މިފަދަ މީސްމީހުންގެ އަތުން ޚަރަދު ހޯދަންޖެހޭނެ ކޮންމެ ގޮތެއް ހަދާފައިވެސް! މިޚަރަދު ނެގުން ވީހާވެސް އަވަސްކޮށް ތަންފީޒުކުރެވޭނެ ނިޒާމެއްވެސް އޮންނަންޖެހޭ! އޭރުން ނެގްލިޖަންސްތަކަށް ޙައްލެއް އަންނާނެ!
ސަސަަސް
12 January 2025
ޢުމުރާ ގްރޫޕަށް ވަގުތުން ފިޔަވަޅު އެޅިއްޖެ. މި ފަދަ ވިޔަފާރިވެރިންނަށް ފިޔަވަޅު ނޭޅޭނެ. ޤައުމު މިދަނީ ވީދި ކުދިކުދިވަމުން. ޢަދުލު އިންސާފެއް ހަަމައެއް ލަމައެއް ނެތް.
މުހަމާ
12 January 2025
ދިވެހި ބަހުގައި "ވެއްޓިއްޖެ" ބޭނުން ކުރާނީ އެކައްޗަށް. ގިނަވީމަ ވެއްޓިއްޖެ ބޭނުން ނުކުރާނެ.
މާލު
12 January 2025
އަސްލުވެސް، ކިޔަންވެސް އުނދަގޫ ގޮތެއްހުރޭ ނުބައިކޮށް ލިޔެފަ ހުންނާތީ، ގިނައެއްޗެތި "ވެރޭނީ"
ޝުހުރީ
12 January 2025
މިކަމައް ފިޔަވަޅު އަޅަން ޖެހޭނެ
ރާއްޖެ
12 January 2025
ބަރު އެއްޗެއްހި އަނގަ މަތީ ޕިކަޕަށް އަރުވައިގެން މީހެއްގެ ބޮލަށް ވެއްޓި މަރުވަންދެން ފިޔަވަޅެއް ނާޅާ މަޑުކޮއްލާ...
ޖަގޭ
12 January 2025
މިވެސް ކަން ފަސޭހަކޮށްލާފައި ދޫކޮށްލި ކަމެއް ކުލަ ދަވާދު ފަދަ ތަކެތި ރަތްކާތެރި ކަމާއެކު އުފުލަން ޖެހޭ އެއްޗެއް އަދި ދިޔާ އަލިފާން ހިފާ ޒާތުގެ އެއްޗެހިވެސް މިފަދަ ކަންކަމަށް ގަވާޢިދެއް ހެދުމަކީ އެއްވެސް ކަމެއްނޫން ހަމަ އެގޮތަށް ހައިވޭގައި ހުއްޓޭ ވެހިކަލްތައްވެސް ހައިވޭއަށް ދޫކޮށްލާ ނުދެެވޭ ގޮތައް ގަވާޢިދު ހަދަން އެބަޖެހޭ ...