މާލޭގައި ދުއްވާ އާރުޓީއެލްގެ ބަހަކަށް ބަޔަކު އަރަނީ: އެވްރެޖުކޮށް ކޮންމެ ދުވަހަކު ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ އެންމެ ހަތް ޕަސެންޓް މީހުން ކަމަށް ދިރާސާއިން ދައްކާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 އެޕްރީލް 2025 - 12:19
މާލެ އާއި ހުޅުމާލެއާ ދެމެދުގައި، އެވްރެޖުކޮށް ކޮންމެ ދުވަހަކު ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ އެންމެ ހަތް ޕަސެންޓް މީހުން ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މާލޭގައި ދުއްވާ ވެހިކަލްގެ ލިމިޓް ކަނޑައެޅުމުގެ ކުރިން މާލޭ ސިޓީ ކައުންސިލުން އައިޔޫއެމްއާ ހަވާލުކޮށްގެން ކުރި ދިރާސާގައި ބުނީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ބޭނުންކުރާ ޕަބްލިކް ޓްރާންސްޕޯޓަކީ މާލެ އާއި ވިލިމާލެއާ ދެމެދުގައި ދަތުރުކުރާ ފެރީގެ ހިދުމަތް ކަމަށެވެ.
މާލެ އާއި ވިލިމާލެއާ ދެމެދުގައި ދަތުރުކުރާ ފެރީގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް 6،540 މީހުން ދަތުރުކުރެ އެވެ. އެއީ މާލެ އާއި ވިލިމާލެއާ ދެމެދުގައި ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންގެ 96.8 ޕަސެންޓެވެ.
ދެން އެންމެ ގިނައިން ބޭނުންކުރަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ އާރުޓީއެލް ބަހުގެ ހިދުމަތެވެ. އާރުޓީއެލް ބަހުގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު މާލެ އާއި ހުޅުމާލެއާ ދެމެދުގައި 15،141 މީހުން ދަތުރުކުރެ އެވެ. އެއީ މި ދެމެދުގައި ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންގެ އެންމެ 7.4 ޕަސެންޓެވެ. އެކަމަކު، ޕަސެންޓޭޖުގެ ގޮތުން ބަލާ ނަމަ ދެވަނަ އަށް އެންމެ ގިނައިން ބޭނުންކުރާ ޕަބްލިކް ޓްރާންސްޕޯޓަކީ ވިލިމާލެ އާރުޓީއެލް ބަހުގެ ހިދުމަތެވެ. ވިލިމާލޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 939 މީހުން ބަހުގައި ދަތުރުކުރާ އިރު އެއީ 13.9 ޕަސެންޓް މީހުންނެވެ.
އެންމެ ބޮޑަށް ތޮއްޖެހިފައިވާ މާލޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު އާރުޓީއެލް ބަހުގެ ހިދުމަތް ހޯދަނީ 2،014 މީހުންނެވެ. އެއީ އެންމެ 1.47 ޕަސެންޓް މީހުންނެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ވެހިކަލް އަދަދު މަދުކުރުމަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރޫޓުތައް އިތުރުކުރަން ޖެހެ އެވެ. އަދި ވެހިކަލް ލިމިޓެއް ކަނޑައެޅުމުގެ ކުރިން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފުޅާކުރުން ވަރަށް މުހިންމު ކަމަށް ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގެ އަދަދާއި މަގުތަކުގެ ފުޅާމިނާއި ޕާކިން ޖާގަ ހުރި އަދަދާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މި ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްގެ ލިމިޓެއް ކަމަށް ކަނޑައަޅަން ފެންނަނީ 89،413 ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސާ
11 April 2025
ކީކޭތަ ބުނާނީ. 7 ޕަސެންޓޯލަ. މިއެއްޗެއް ބަލަންތަ ތި ދިރާsއެއް ހަދަންވީ ބޮޑުވުނިވަރސިޓީއަކުން. އެމްޓީޓީސީންގެ ހިސާބުތަކުންވެސް އެނގޭނެ ތިޔަކަން.
ކަޗޯރީ
11 April 2025
މިކުރެވުނު ދިރާސާގައި އަޅާކިއުމުގައި ހަމަ ސުމެއް ދޭވަރު. ވިލިމާލެއާ މާލެއާ ދެމެދު ބުރިޖެއް އޮތްނަމަ ދިރާސާއިން ދައްކާނީ އެންމެ ކިތައް %ތޯ. ބޯގަޅި ވާހަކަ ނުދައްކަބަލަ. ކިޔަން އުޅޭނީ ކީކޭކަން ޓެކްސީ ފަށާމީހުންނަށް މިހާރު އެނގޭނެ.
ބަސް ދަތުރުޔައް އިތުރު ކުރޭ!
11 April 2025
ބަހުގެ ދަތުރުތައް މަދުކަމުން ވަރަށް ދަތިވެ އެވެ. އާރޓީއެލް ދަތުރުތައް ފެށިފަހުން ޓެކްސީގައި ދަތުރު ކުރާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.
މަރިއްކޮ
11 April 2025
ތިޔަ ހިސާބުތައް ދިމާނުވޭ. މީހުންގެ އަދަދު ކަނޑައެޅީ ކިހިނެއް. ބަހަށް އަރާ މީހުންގެ އަދަދަށް ބަލައިގެން ތަ؟ މުޅިރާއްޖެ؟ މާލެ؟ މުޅި އާބާދީ؟؟؟
މޮނިގޮނި
11 April 2025
ކޮންކަހަލަަ ހިސާބެއް ތިހުރީ ހަދާފަ. މީގަ ބުނާ ގޮތުން އެވްރެޖްކޮށް 15141 މީހުން ބަސް ބޭނުން ކުރޭ ދުވާލަކު އަދި 6،540 މީހުން ފެރީ ބޭނުން ކުރަނީ. ދެން ކިހިނެއް ބަސް ބޭނުން ކުރާ މީހުންގެ % މާ ދަށީ
އޮފީސް
11 April 2025
އަޅުގަނޑު މި ރަމަޟާން މަހު furathama dhuvahu ގަޑިޖެހުނީ އެހެންވެ ސައިކަލް ދުއްވަން ފެށީ 3 ބަސް ވެސް ފުރިފަ. ބަސް ވަރަށް ރަނގަޅު އެކަމު އޮފީސް ގަޑި ކަހަލަ ގަޑީގަ ކިތަންމެ ކުރިޔަށް މަދުކުރިޔަސް ބަސް ނުލިވޭ
ސްނޯބޯލް
10 April 2025
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭ.
އަހްމަދ
10 April 2025
ބަހުގައި ދަތުރުކުރަން ކިތަންމެހައި ވެސް ބޭނުންވޭ. އެހެނަސް ބައެއް ފަހަރު ބަހަށް އަރާ ބައެއް ބިދޭސީންގެ ގައިން ދުވާ ނުބައި ވަހުން ވަރަށް ބޮޑަށް އުނދަގޫވާތީ ބަހަށް އެރުމަށް ފަސް ޖެހެވެނީ. މި މައްސަލަ ހައްލު ކޮށްދެއްވައިފިއްޔާ ބަހުގައި ނޫނީ ގައިމުވެސް އަހަރެން ދަތުރު ނުކުރާނަން.
އަހުމަދު2
11 April 2025
ބަހަށް އަރާ އެންމެންގެ ގައިން ވަސް ބަލާފަ ހުއްދަ ލިބޭ މީހުންނަށް އެކަނި ބަހަށް އެރޭނެ ގޮތެއް ހަދާށޭތަ ތި ބުނަނީ؟ ބަސް ކޮންޑަކްޓަރ ކައިރީ ކިއްޕަތި ސްނިފަރ އެއް ބަހައްޓަންވީ ދޯ ލޮލް
ދޮންބެއަލީ
10 April 2025
ޕަބްލިކު ޓްރާންޕޯޓު އަދިވެސް ވަރުގަދަކޮށް އިތުރު ސޭފްޓީ ސެކިއުރިޓީއާއި އެކު ހަރުދަނާކޮށް އެކަމަށް އަހުލުވެރި ކުރުވަންވީ. ރަޖިސްޓްރީ ކުރާވެހިކަލްތައް ލިމިޓުކޮށް. ވެހިކަލްތަކުގެ ސްޓޭޑަޑު ހިފަހައްޓާ އުމުރު ކުރުކުރަންވީ. އެހެންނޫނީ މިދާރޭޓުން މާލެ ސަރަހައްދު ވެގެން ދާނީ ފަހުގެ ތާރީހެއްގައި ބަޔަކަށް ބާވެހިލަތަކުން މުސީބާތަކާއި ކުރިމަތިލާންޖެހޭނެ ފުރަތަމަ ގައުމަށް
ތަނެއް ހިރުވައިގަތީތަ
10 April 2025
7% އޭ، ކިތަށް ކިޔަވާ ކުދިން އޭގެން އެދަތުރު ކުރަނީ. މުޅި ރާއޖެއަށް ބަލައިފަދޯ ތިހިސާބު ހެދީ.