ޚަބަރު / ސްވައިން ފްލޫ

ސްވައިން ފްލޫގެ މައުލޫމާތު ނުދޭތާ ދެ ދުވަސް ވަނީ!

އައިޖީއެމްއެޗްގެ މުވައްޒަފުންތަކެއް މިއަދު މާސްކް އަޅައިގެން: ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދިނުމުގައި މައްސަލަތައް އެބަހުރި - ފޮޓޯ: ނިޝާން އަލީ/ މިހާރު

15 މާޗް 2017 - 13:50

25 comments

މާލޭގައި ހަލުއިކަމާ އެކު ރޯގާއެއް ފެތުރެމުންދާ އިރު، އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ވެސް މި ވަގުތު ހުއްޓިފައި އޮތީ ހަމަ މި ހުމަށެވެ. މި ހުމުގެ އަޕްޑޭޓްތަކަކީ ކޮބައިތޯ ބަލަން އިރުއިރުކޮޅާހެން މީހުން އެބަ މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް، ކަމާ ބެހޭ ފަރާތުން އެފަދަ މައުލޫމާތެއް ނުދޭތާ މިހާރު 48 ގަޑިއިރު ވަނީ އެވެ.

"އެޗްޕީއޭ އާ ގުޅަން މިއަދު ވެސް ވަރަށް މަސައްކަތް ކުރެވިއްޖެ. އެކަމަކު ފޯނެއް ނުނަގާ. އަޅުގަނޑުމެންނަށް ދީފައި އޮތް ހޮޓްލައިން ނަންބަރަކުން އަދި ދުވަހަކު ވެސް ފޯނެއް ނުނަގާ،" ދުވަހު ނޫހެއްގެ ނޫސްވެރިޔަކު ބުންޏެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން މިހާތަނަށް ބޭއްވީ ދެ ނޫސް ކޮންފަރެންސެކެވެ. އޭގެ ތެރެއިން އެއް ނޫސް ކޮންފަރެންސް ހޯމަ ދުވަހު ބޭއްވި އިރު، އޭގައި ބުނެފައި ވަނީ މިއީ އެއްވެސް ސީރިއަސް ކަމެއް ނެތް ހާލަތެއް ކަމެވެ. އެހެން ނަމަވެސް، އެ ދުވަހުގެ ރޭ އަނެއްކާ ވެސް ނިއުސް ކޮންފަރެންސެއް ބާއްވައި، ސްކޫލުތައް ބަންދުކުރާ ހާލަތަކަށް ހިނގައްޖެ ކަމަށާއި ސްވައިން ފްލޫ ވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ބުނެ، ނުރައްކާތެރިކަން އެލާޓް 3 އަށް އިއުލާން ކުރި އެވެ.

މި ހުމާ ބެހޭ ގޮތުން ސަރުކާރުން ވަނީ ޓާކްސްފޯހެއް އެކުލަވާލައިފަ އެވެ. އެނގިފައިވާ ގޮތުގައި، މި ހުމުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެޗްޕީއޭ އެވެ. އަދި އާންމުން އެންމެ ކަންބޮޑުވެގެން އުޅޭ ސްވައިން ފްލޫގެ ކޭސްތަކުގެ މައުލޫމާތު ދީ، އެކަންކަން ބަލަހައްޓަނީ ވެސް ހަމަ އެޗްޕީއޭ އިންނެވެ.

ސްވައިން ފްލޫއާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސް: އޭގެ ފަހުން މި ޓާސްކް ފޯހުގެ ޚަބަރެއް ނުވޭ

"އައިޖީއެމްއެޗަށް ހަތަރު ދުވަހުގެ ތެރޭގައި ހާހަކަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި އިރު އޭގެ ތެރެއިން އިއްޔެ އެކަނި ވެސް 400 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި. އެކަމަކު އޭގެ ތެރެއިން ސްވައިން ފްްލޫގެ ހިމެނެނީ ކިތައް ކޭސްތޯ އެހީމަ އައިޖީއެމްއެޗުން ބުނަނީ އެ ކޭސްތަކުގެ މައުލޫމާތު ދޭނީ އެޗްޕީއޭއިން ކަމަށް. އެތަނަކުން މައުލޫމާތެއް ނުލިބުނު،" ނޫސްވެރިޔަކު މިއަދު ބުންޏެވެ. "އެޗްްޕީއޭ އިން ކުރިން ބުނެފައި ވަނީ ސްވައިން ފްލޫގެެ ޓެސްޓް ހެދޭނީ މަދުވެގެން 10-12 ސާމްޕަލް ލިބެގެން ކަމަށް އަދި އެއީ ދުވަސް ވެސް ނަގާ ޓެސްޓެއް ކަމަށް. އެކަމަކު އާންމު ހާލަތު އޮޅުންފިލުވައިދޭން ވާނެ."

އާންމުކޮށް ފެތުރެމުންދާ ހުމާ ގުޅޭ ގޮތުން ކިރިޔާ ވެސް މައުލޫމާތެއް ލިބެމުން ދަނީ އައިޖީއެމްއެޗުންނާއި އޭޑީކޭ އިންނެވެ. އެހެން ނަމަވެސް، ރަށްރަށުގެ ހާލަތާއި ސްވައިންފްލޫގެ ނުރައްކާ އޮތް ހިސާބާއިި ހުމުގެ ހާލަތު ބުނެދޭން ތިބީ އެޗްޕީއޭ އެވެ. އެއީ ފޯކަލް ޕޮއިންޓެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިފަދަ ހާލަތެއްގައި މަދުވެގެން ހަ ގަޑިން ހަޑިން އެޗްޕީއޭ އިން ނުވަތަ ކަމާ ބެހޭ ޓާސްކް ފޯހަކުން ނޫސް ކޮންފަރެންސް ބާއްވަން ވާނެ. މިހާ ގިނަ ވަގުތު އެއްވެސް މައުލޫމާތެއް ނުދީ ތިބުމަކީ މައްސަލައެއް،" ނޫހެއްގެ އެޑިޓަރަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ. "މީޑިއާތަކުގެ ކަންބޮޑުވުން ހަގީގަތުގައި ވަރަށް ބޮޑު."

Birugannan vee haalathakah nudhey, rakkaatherivaan vee: HPA | Mihaaru

Birugannan vee haalathakah nudhey, rakkaatherivaan vee: HPA | Mihaaru

The most trusted news source in the Maldives

Mihaaru

ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސް

މާލޭގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވެ، މާސްކް އަޅައިގެން ރައްކާތެރިވެ ތިބިއިރު، އަދި ކުރިއަށް އޮތް ޗުއްޓީގައި އެތައް ބަޔަކު ދަތުރުތައް ރާވާފައިވާ އިރު، މި ބަލީގެ ހާލަތު އެއީ އޮޅުންފިލުވައިދޭން ޖެހޭނެ އެއްޗެކެވެ. ނޫސްވެރިންގެ ވެސް އަދި އާންމުންގެ ވެސް ވަރަށް ގިނަ ސުވާލުތައް އެބަހުއްޓެވެ. އެ ސުވާލުތަކަށް ޖަވާބު ދޭން ޖެހެ އެވެ.

"މިހާރު ހުރިހާ މީޑިއާތަކުން ވެސް އެކަން އެކުރަނީ އަމިއްލަ އަށް އެކި މީސްމީހުންނަށް ގުޅައިގެން އެކި ތަންތަނުން މައުލޫމާތު ހޯދައިގެން. އެހެން ވާން ވެއްޖެ ނަމަ އާންމުންނަށް ވެސް އޮޅުންތައް އަރައި މައުލޫމާތުތައް ދިމާނުވެ ހިނގައިދާނެ. މިކަހަލަ ހާލަތްތަކަކީ ކޮންމެވެސް އެއް ފަރާތަކުން އެއް ވާހަކައެއް ދައްކަން ޖެހޭ ދަނޑިވަޅެއް،" އެޑިޓަރު ބުންޏެވެ. "ހަގީގަތަކީ މާލޭގައި މި ހުން ވަރަށް ސީރިއަސް ހާލަތެއްގައި އޮތްކަން. އެކަމަކު އެ ސީރިއަސް ކަން ކަމާ ބެހޭ ފަރާތްތަކަކުން ނުދައްކާ."

H1N1 Jehunu meehaku maruvefai vey: HPA | Mihaaru

H1N1 Jehunu meehaku maruvefai vey: HPA | Mihaaru

The most trusted news source in the Maldives

Mihaaru

ހެލްތު މިނިސްޓްރީން ބޭއްވި ދެވަނަ ނިއުސް ކޮންފަރެންސް

25 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 15%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަހުމަދު

16 March 2017

ރައްޔިތު މީޙާ ހަނާވަނީ ވެރިމީހާ ހަރަައްވަދެ ފިލައިފި،ކެނެރީގެ މީހާ ނަމަ މިއަދު ހުންނާނީ އަތްފޯރާފަށުގަ.......

The name is already taken The name is available. Register?

ވަސީ

15 March 2017

ކުދި ސޯބު އެބުރޭނީ ބޮޑު ސޯބު އެނެބުރޭގޮތަށެވެ.

The name is already taken The name is available. Register?

ޕޮކަންޑި މޭން

15 March 2017

ވެރިޔާ އެންގެވި ގޮތަކަށް އެންގެވި އެއްޗެއް އެބޭފުޅުންނަށްވެސް ބުނެވޭނީ މަޤާމުގަ ތިބެން ބޭނުމިއްޔާ، ޤައުމުގެ ޙާލަތު އޮތްގޮތް، ހީވަނީ ރަސްގެފާނުގެ ދަތުރުފުޅަށް ނޭދެވޭ އަސަރެއް ކޮށްފާނެހެން ހީވާތީ އުޅޭހެން، ރައްޔިތުން ހަނާވިޔަސް އެބޭފުޅުންނަށް މުހިއްމުވެގެން އުޅެނީ އެންމެ ކަމެއް، މާލީ ބޮޑު މަންފާއެއް ލިބޭނެކަމުގެ އުއްމީދުގަ އެތިބެނީ، އެއަކުން ރައްޔިތު މީހާއަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ، އިންތިޚާބަށް ތައްޔާރުވާން ހަދިޔާއަކަށް ކިންގު ދެއްވި އެއްޗަކަށް އެންމެފަހުން ހައްދަވާނީ، އެއީވެސް އެހީއެއް ވެއްޖެކަން ހާމަ ވެއްޖެއްޔާ، އެހެން ނޫނީ އެހިސާބުން އެކަން ނިމުނީ. ވަﷲއަޢުލަމް.

The name is already taken The name is available. Register?

ހަސަނު

15 March 2017

މަށަށް ހީވަނީ ހާލަތު ވަރަށް ބޮޑަށް ސަކަރާތީހެން... ބުނަންވެސް ނުކެރޭހާ ސަކަރާތް ވީހެން.. ހެލްތު މިނިސްޓަރު އުޅެނީ އެހެން ބޭފުޅެއްގެ އަތް ދަބަސް އުފުލަދޭށޯ، މިނިސްޓުރީއަކު ނެތޯ މަސައްކަތް ކުރަން ދަންނަ ވެރިއެއް.. މަށަށް ވެސް އިވޭވާހަކަ ވާހަކަ މީ....

The name is already taken The name is available. Register?

ޢަލިި

15 March 2017

ކާކަށްތަ ނުދީގެން މިއުޅެނީ

The name is already taken The name is available. Register?

ހަަލީމް އަހްމަދު

15 March 2017

ދިވެހިން ދިވެހިންގެ ގޮތުގައި ބާތިއްބާ ސުވައިން ފުލޫއަކަ ސުވައިން ފުލޫއެއް އަހަރުމެން އުޅޭނީ ޕާޓީ ކަންތަކުގައި އެނޫންނިއްޔާ އަގަޔާ ައަތާ ދިމާވާނެ ގޮތެއްނެތް، ކުންފުނިތައް ބަގުރޫޓް ވެއްޖެ ސިރިލަންކާ ، ޗައިނާ ކުދި ކުންފުނިތައް ރާއްޖޭގެ ކުރާހުރިހައި މަސައްކަތެއް ނަގައިފި ދާނެ ތަނެއް ބުނާނެ ވުޒާރާއެއް ނެތް...... މަގުމަތި ވެއްޖެ ސަންކަންލަންކާ/ ސިއަރާ/ އެޗްކޭ އިންޖިއަރނިއަރިން/

The name is already taken The name is available. Register?

ވާވު

15 March 2017

ސަރުކާރުން އޮޅުވާލިރޯގާގެ ހާލަތު ރައްޔިތުންނަށް އެގިދާނެތީ މައުލޫމާތު ދިނުން މިވަގުތައްވަނީ ހުއްޓުވާފައެވެ. ހޮނިހިރުގެ ފަހުން ރަގަޅުވާނެކަމަށް އުއްމީދުކުރަމެވެ.

The name is already taken The name is available. Register?

ތަމެންދޯ

15 March 2017

ސްވައިންގް ފްލޫ އާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ ނޫސް ވެރިން ލިޔެ ކިޔުމުން ސުވާލު ތައް އެޗްޕީއޭ އަށް ހުށައަޅަންވީއެވެ. އެއިރުން އެޗްޕީއޭ އިން ލިޔުމުން ޖަވާބު ދޭނެއެވެ. ދެން ރާއްޖޭގެ ބައެއް މީޑިއާ ތައް ބަޔެއް ފަހަރު ބޮޑެތި އޮންލައިން ރަޖިސްޓަރޑް މީޑިއާ ވެސް އެމެން ދެކޮޅު ހެދި ޑިފަމޭޝަން ގާނޫނު ފާސް ވުމުން ސަރުކާރު ދެކެ އީގޯ ވެގެން އީގޯ ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިގެން ގައުމުގެ އިގްތިސާދު ފުނޑާލާ ގޮތަށް ވެސް ޚަބަރު ގެނެސް ދެވިފައިވާ ތީވެ ކޮންމެހެން އެއީ މުހިއްމު ކަމެއް ނޫން ސްވައިން ފްލޫ އިންފްލުއެންޒާ އާއި ބެހޭ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރުމަކީ. ވަކި ފަރާތަކަށް ނުޖެހޭ ނޫސްވެރިން ރާއްޖޭގައި ތިބި ނަމަ ރަނގަޅު ދޭން. މިހާރު ނޫސް ނިކުމެ މޭގައި އަތް ޖަހާފައި ބުނަންވީ ތިމަން މެން ވަކި ފަރާތަކަށް ނުޖެހި ގައުމީ މަސްލަހަތު އިސްކޮށްގެން ޚަބަރު ގެނެސްދޭ ކަމަށް. މަމެން ބުނެދޭނަން ތަމެންނަށް އެހެން ނޫން ކަން ތަމެން ޚަބަރު ގެނެސްދެނީ. ތަމެންގެ ވެސް ޓޮޕް ލޭޔަރ މިހާރު ތިތިބީ އޯވަރ ހޯލް ކުރަން ވެފައެވެ. ތަމެންނަށް މިގައުމުން ދިން އެވޯރޑް ގެ ބޭނުމަކީ ކޮބާ. މަމެން ލަދުގަނޭ މިއަދު ތަމެންތިޔާއީ އެވޯރޑް ލިބިފައިވާ ނޫސްވެރިންނޭ ބުނުމުން ވެސް.

The name is already taken The name is available. Register?

އެމް.އޭ.ކަރީމް

15 March 2017

ކަމެއްވައިރާށް ނޫސްވެރިން ކުށްވެރިކޮށްގެން ވާނެ ހައްލެއްނެތް.ބޭފުޅާ ވޭތުވެދިޔަ 72ގަޑި އިރުގެ މިހާރު ގެ ޙަބަރުތަށް ބަލާލަބަލަ،ސަރުކާރު ނޫނިއްޔާ ތި އެޗް.ޕީ.އޭ އަށްވުރެ ގިނަނއިން މި ބަލީގެ މަުލޫމާތު އާއްމުންނާ ހަމައަށް ގެނެސްދީފައިވާތީ ޝުކުރުވެރިވާންޖެހޭނެ.ތަމެން ސަރުކާރުން ހުރިހާ ކަމެއް ސިއްރިއްޔާތުގަ ކުރުމުގެ ނަތީޖާ މިއަދު މިބަލަ މިހާ ބޮޑުވެގެން މިއުޅެނީ.ރައްޔިތުންނަށް ޙިދުމަތް ކުރުމަށްވުރެ ޕާޓީއާ ފައުންޑޭޝަނަށް ހިދުމަތް ކުރަންޖެހުން އެއީ މައްސަލައަކީ.#ފުރަތަމަރައްޔިތުންނާގައުމު

The name is already taken The name is available. Register?

ނޫޅެތި

15 March 2017

އޭއި އެމްއޭ ކަރީމް ތަމެން އަނގަ ނުތަޅާ. ތަމެން ތީ އަދި މީހުންގެ ކިރުބޯ ޅަދަރިންނެއް ނޫން ދޯ. ތަމެން ނަށް އިނގޭނެ ޕޮލިސީސް އަދި ފިއުޗަރިސްޓިކް ތިންކިންގް އެއް ނުހުންނާނެ އިނގޭ. ތަމެން މިރު ނުވެ ގޮބޮޅި ކާށިވެގެން ނޫޅެގަ. ސައިހަދަން އުޅެގަ ދެން އަނގަ ނުތަޅާ އިނގޭ.

The name is already taken The name is available. Register?

ލޯބި ދައްތަ

15 March 2017

އޭގެ ސްޓެޓިސްޓިކްސް އާންމު ރައްޔިތުންނަށް ވަރަށްމުހިއްމުވާނެ ... އޭރުން ރިސަރޗް ހަދާލަންވެސް ސަޅިވާނެ... އަދި ވަރަށް ދަރުމަވާނެ ނޫސްތަކުގަ ރީގަލާ ބެހޭ މައުލޫމާތުގެނެސް ދިނަސް ދޯ ވަރަށް ލޯބި ވާނެއެއްނު އެގޮތްދޯ

The name is already taken The name is available. Register?

ގޮއްޔެ

15 March 2017

ދޭންވާ ހުރިހާ މައުލުމާތެއް ދީ ނިމިފައި ހުރީ. 99 ޕަސެންޓް ފުރިހަމަވެފައިވާ ސިއްޙީ ނިޒާމަށް 101 ޕަސެންޓް ފުރިހަމަވުމުން އަންގާލާނެ. ކޮބައިތޯ މިޤައުމުގެ ރައީސާއި ނައިބު ރައީސް؟؟ މުޅިޤައުމުގެ އެލާޓަށް އައި އިރު މިޤައުމުގައި ރައީސެއް ނައިބު ރައީސެއް ހުރިކަމެއް ނޭނގެ.

The name is already taken The name is available. Register?

ދޮންދީނި

15 March 2017

ތި 2 މީހުން ހޮރުން ނިކުންނާނެ ޕާޓީ އާއި ގުޅުން ހުރި ކަމެއްނަމަ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454