އިލެކްޝަންސް ކޮމިޝަނުން ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއްގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިލެކްޝަންސް ކޮމިޝަން
18 މާޗް 2017 - 00:18
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މޭ މަހުގެ ހަ ވަނަ ދުވަހަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުއްލި ގޮތަކަށް ފަސްކުރީ، އިންތިޚާބުތަކާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީން ގޮތެއް ނިންމައިގެން ނޫން ކަމަށާއި އަދި އޭގެ ފަހަތުގައި އޮތީ ސަރުކާރަށް އިންތިޚާބު ކާމިޔާބު ނުވާނެކަން ޔަގީންވުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ގައުމީ ލަފާދޭ ކޮމެޓީގެ މިރޭގެ ކުއްލި ބައްދަލުވުމުގައި އެމްޑީޕީ ތަމްސީލް ކުރެއްވި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު "މިހާރު" އަށް ވިދާޅުވީ އެ ކޮމެޓީގެ މަޝްވަރާ ނުނިމެނީސް، އިންތިޚާބު ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި އެ ތާރީޚުގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިން އެއްބަސްވެ، ގޮތެއް ނިންމާފައިވާ ކަން އެނގިވަޑައިގަތީ، ކޮމެޓީގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، މީޑިއާގައި އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން އެނގުނީ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ސުލެއިމާނާ ސުވާލު ކުރުމުން. އިންތިޚާބު ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން، އަޅުގަނޑުމެންގެ ކޮމެޓީއަކަށް ނާންގާ. އިންތިޚާބު ފަސްކުރަން ކޮމިޝަނުން ނިންމާފައި އޮތްކަން އެނގުނީ އެ ބޭފުޅުންގެ ޕްރެސް ކޮންފަރެންސް ފެށުމާއެކު، ކޮމެޓީގެ ބައެއް މެމްބަރުން އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން،" އޭނާ ވިދާޅުވި އެވެ،
އަނަސް ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްކުރީ މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ކަމަށް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ. އަދި ކަމާ ގުޅޭ ޓާސްކް ފޯހުގެ ޕްރޮފެޝަނަލް ލަފައެއް ވެސް އިލެކްޝަންސް ކޮމިޝަނުން ހޯދާފައި ނެތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިންތިޚާބު ފަސްކުރަން ނިންމީ، އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނި ނަމަވެސް، އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލެއް ކަމަށް ވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި އެންމެ ފަހުން ބޭއްވި މަޝްވަރާއެެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް (މ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ
"އެ ސިޓީގައި ވެސް އިންތިޚާބު ފަސްކުރުމަށް ލަފާދީފައި ނުވަތަ އަންގާފައެއް ވެސް ނެތް. މިފަދަ ހާލަތެއްގައި ބޭނުންވާނީ ޓާސްކް ފޯހުގެ ލަފައެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އަނަސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިޚާބު ފަސްކުރަން، ގައުމީ ލަފާ ދޭ ކޮމެޓީގެ ދެ ފަރާތެއް ފިޔަވައި އެހެން ހުރިހާ އެންމެން ވަނީ ތާއީދު ކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ އިންތިޚާބު ފަސްކުރުމަށް ތާއީދުކުރީ ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނާއި ޑީއާރުޕީ އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އެވެ.
އިންތިޚާބު ފަސްކުރުމާ ދެކޮޅު ހެދީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެވެ. ލޯކަލް އިންތިޚާބު ބޮއިކޮޓް ކުރުމަށް އަދާލަތުން ނިންމާފައި ވާތީ، ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި އެ ޕާޓީން ބައިވެރިއެެއް ނުވެ އެވެ.
މީޑިއާގައި އެޗްޕީއޭ އާއި ބައެއް ޑޮކްޓަރުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރައްވަމުން، އަނަސް ވިދާޅުވީ އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ދިޔަ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެލާމިން ލެވެލް ތިނަކަށް ބަދަލުކޮށްފައިވާ އިރު، ހުމުގެ ރޯގާ އިތުރަށް ގޯސްވި ކަމަށް އިއުލާން ނުކުރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހުމުގެ ރޯގާއާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގެ މެމްބަރު، އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މީޑިއާ އަށް ވިދާޅުވެފައި ވަނީ، ހުމުގެ ރޯގާ ޖެހިގެން ފްލޫ ކްލިނިކްތަކަށް ދާ ގިނަ މީހުންގެ ފަރާތުން ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ގެ އަލާމާތްތައް ނުފެން ކަމަށެވެ.
ޑޮކްޓަރުންނާ ހަވާލާދެއްވައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މި ހަފުތާގައި ވިދާޅުވެފައި ވަނީ މިފަދަ ރޯގާތައް އާންމު ގޮތެއްގައި 1-2 ހަފުތާ ތެރޭގައި ހަމަޔަކަށް އެޅޭނެ ކަމަށެވެ. އަދި ހުމުގެ ރޯގާ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ބުނި ގޮތުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުން ދާއިރު، ބައްޔަށް ޝައްކުކުރެވިގެން މިހާތަނަށް ޖުމުލަ 343 މީހަކު ޓެސްޓް ކޮށް، 108 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހިސާބުތަކަށް ބަލާއިރު އެޗް1އެން1 އަށް މިދިޔަ އެއް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވީ އެންމެ ތިން މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Maldives
18 March 2017
ހުން އުޅުނަސް ވޯޓް ލެވޭނެދޯ...! މީހުން ނަމާދަށްވެސް ދޭ ޖަމާއަތުގައި ނަމާދުކުރަން.
ޢަލީ
18 March 2017
އެއީހުރިހާ ރައްޔިތުންނައްވެސް އެނގޭކަމެއް ހަމަގައިމުވެސް މަށެއްނުދޭނަން ޔާމިނަކައް ވޯޓެއް ސަބަބަކީ މަށަކީ ރިސޯޓުމުވައްޒަފެއް މަށަކައް ޔާމިނު ވެރިކަމައް އަރައިގެން ލިބުނު ފައިދާއެއްނެތް ނަމަވެސް އެމްޑީޕީ ސަރުކާރު އުފެދުމުން ބަލިވީމަ ހޮސްޕިޓަލައް ގޮސްޑޮކްޓަރައް ދައްކާލެވުނު
ނުފެނޭދޯ
18 March 2017
އިދިކޮޅު އެމްޑީޕީ އާއި ޖޭޕީ އަކީ އެއީ މިގައުމުގެ ދިވެހި ރައްޔިތުން އެމީހުންގެ އަމިއްލަ އެދުމުގެ ކުރިމަތީގައި ކޮމްޕްރޮމައިޒް ކުރަން ތައްޔާރަށް ތިބި ބަޔެއް ކަން މިހާރު މިއެގިގެން ދަނީ އެވެ. ދިވެހިން ފްލޫ ފީވަރ ތެރެއަށް ގަންނަވާލައިގެން ނަމަވެސް އެމެންގެ ސިޔާސީ މަންފާ ނެގޭތޯ ބަލަނީ އެވެ. މިމީހުންނާއި އެެކު ސިޔާސީ ކެރިއަރ ބިލްޑް ކުރުން އަދި ސިޔާސީ ދަތުރު ކުރުން އެެއީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ރައްޔިތުން މިކަމާއި މެދު ވިސްނާ ސަރުކާރުގެ އަތުގައި ހިފަންވީ އެވެ. އެމެން އެވަނީ ސައުދީ ޝާހީ އާއިލާއަށް ބަދުބަސް ބުނެ މަލާމާތް ކޮށް އެއްޗެހި ކިޔާފައެވެ. އެމެން އެއީ ދިވެހި ގައުމަށް ހެޔޮ އެދޭ ބަޔެއް ކަމަށް މިއަދު ބުއްދީގެ ހަމަ ތަކުން ނުފެނެއެވެ.
ބޭބޭ
18 March 2017
ބޭނުންގޮތެއް ހެދުމުގެބާރު ޕީޕީއެމްއަށް ލިބިގެންވެ ޕީޕީއެމް ނިންމަންވީ ކައުންސިލްގެ އިންތިހާބު ނުބާވަން ހަމައެގޮތައް ނިންމޭނެ ޕީޕީއެމް ނިންމަންވީ ކައުންސިލުތަށް އުވާލަން ހަމައެގޮތައް ނިންމޭނެ އެކަމަކު އެމްޑީޕީން ކުރާނީކޮންކަމެއް ހެދޭނެ ހަމަނެތް އެއްގޮތެއްވެސް ކުރާނެހަމަނެތް އެއްކަމެއްވެސް ހުރިހާލޮޅަކުން ބާރުކެނޑި ހަދާނެގޮތް ހުސްވެފަތިބީ ދިވެހިރާއްޖޭގެ ރަށްޔެތުންގެ މަޖިލިސް އޮތީ ސަރުކާރާއެކު އެއީވެސް ރަށްޔެތުން ސަރުކާރުކާރަށް ތާއީދު ކުރާކަމުގެ ބޮޑު ހެއްކެއް މިއަދު އެމްޑީޕީއަކީ ނާށިގަނޑުހިފައިގެން ސަލާންޖަހަން އޮތްޕާޓީއެއް އެކަންއގޮތައްއެވީ އެމްޑީޕީގެ ތެރެއި ވަކިބަޔަކު ކުރި ކަންކަމުގެ ސަބަބުން
މޫސާބޭ
18 March 2017
ޢެމްޑީޕީ ކޮންމެ ކަމަކުންވެސް ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާނެ. އެކަމެއް އެމްޑީޕީއަށް ކާމިޔާބެއް ނުވާނެ. މިހާރު އެންމެ މުހިއްމީ ޞިއްޙީ ރައްކާތެރިކަން.
ޕޮގުބާ
18 March 2017
އިންތިހާބު ކާމިޔާބުވާނެކަން އެމްޑީޕީއަށް އެކަމަކު އިންތިހާބު ތަކުގަވަނީ ބަލި ތިހާތާއީދު އޮތްއިރު ކީވެތަ މަޖިލީހުގަކަމެއްނުވަނި
ޑާޑާޑާޑާ
18 March 2017
ލޯކަލް ކައުންސިލު އިންތިޚާބު ފަސް ކޮށްގެން އެމްޑީޕީ އާއި ޖޭޕީގެ މައްސަލަ އެއް އޮވެއްޖެނަމަ ދަގަ ކޯޓަށް. ކޯޓް އެހެރީ އެއް ނޫން ދޯ. ދެން ޖޭޕީ ގައި އެބަތިބި ތޭ ކުފޫ ހަމަވާ ވަރުގެ މެމްބަރުން ތަކެއް އެލްސީއީ ރޭހުގައި ރޭސް ޖަހަން މަމެން ޕިންކީން ނާއި އެކު. އިޓް ޑަޒުން ސީމް ޓު މެޓަރ އެންޑް އިޓް ޑަޒުން ސީމް ރައިޓް. ހޫއާރ ޔޫ. ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ...
ފެނޭދޯ
18 March 2017
ކުރެވޭނެ އެއްކަމެއްވެސް އަދި ކުރާނެ އެއްކަމެއް ވެސް އަދި ހެދޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. އެއޮތީ އިންތިޚާބު ފަސް ކޮށްފައި. ދެން ތިބޭ ރާކަނި މަސްކެވިފައި ދޯ.
ވަންސް
18 March 2017
ރަންރީނދުލޭ މެން ރުހުނަސް ނުރުހުނަސް އެއޮތީ ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކޮށްފައި. މިހާރު ތަމެން ކައުންޓް ކުރަމުން ތިޔާ ދަނީ އެއީ ސައުދީ ރަސްގެފާނުގެ ސްޓޭޓް ވިޒިޓް ޑިލޭ ވުމުން އޭގެ އާރފްޓަރ މާރތް ދޯ. ޑޯން ޓެލް އަސް ހައު އަގްލީ ވީއާރ. ވީއާރ ދަ ވަންސް.. ބީ އިން ދަ ވަންސް..
ޓްރެޖެޑީ
18 March 2017
އިންޚާބު ފަސްކުރަނީ، ހުމުގެ ރޯގާ އާ ހެދިއެއް ނޫން، ސަރުކާރަށް ކާމިޔާބު ނުވާނެތީ ކަން ތަމެން އެމްޑީޕީން ބުންނަސް ތަމެންގެ ބުނުން ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ކަމަށް މަމެން ނިންމައިފީމޭ ސައުދީ ރަސްގެފާނުގެ ދަތުރު ފުޅު ތަމެންގެ ދުއްތުރާލާއި ހެދި ފަސްވުމުން. އައި ޔޫޒްޑް ޓު ތިންކް ވަން ޑޭ މަމެން ތަމެން ގާތު މިސްޓޯރީ ކިޔާ ދޭނެ ކަން. މަމެންނަކީ އެއީ ޕިންކީން ދޯ އަދި މަމެން ވެރިކަމުގައި މިތިބީ. މަމެން ވާހަކަ ދައްކާ އިރު ތަމެން ވާހަކަ ނުދައްކައްޗޭ އެއީ ތަމެންނަކީ އެއީ ލޯލެވެލް އަދި މަމެންނަކީ އެއީ ހައިލެވެލް ކަމަށްވާތީއެވެ. ދަ ބެޓުލް އިޒް ސްޓިލް އިން އަވަރ ހޭންޑް.. ވީއާރ ޑައިންގް ޓު ނޯ ވަޓް ކޭން ޔޫ ޑޫ ޓު އަސް..