ރައީސް މުއިއްޒު މާމިގިއްޔަށް އިއްޔެ ހަވީރު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ޖަމާވި ބައެއް މީހުން ސަފުގައި އެތުރިލައިގެން.---ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 09:34
އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) ގެ ކެމްޕަހަކާއި ހޮސްޕިޓަލެއް އިމާރާތް ކުރުމާ އެކު، އިތުރު ގިނަ މަޝްރޫއުތަކެއް ފަށައިފި އެވެ.
އެ މަޝްރޫއުތައް އިއުލާންކޮށް އަދި އިފުތިތާހު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ހަވީރު މާމިގިއްޔަށް ވަޑައިގެންނެވެ.
މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ވަނީ އައިޔޫއެމްގެ ކެމްޕަހުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްގެން މާމިގިލީގައި އިމާރާތްކުރާ އައިޔޫއެމްގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް އަދި މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެ އެވެ.
އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު (ކ) އާއި އާރުޑީސީގެ އެމްޑީ ނަޒީމް ސޮއިކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
މިއަދު ހެނދުނު ވަނީ މާމިގިލީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ ވެސް އަޅައިފަ އެވެ. އަދި އެ ރަށުގައި ވަނީ އެމްއެންޑީއެފް ފަޔާ ސްޓޭޝަނެއް ވެސް ހުޅުވައިފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މާމިގިލީގެ ބްރާންޗުގެ ބިންގާ މިއަދު ހެނދުނު ވަނީ އަޅައިފަ އެވެ.
- ނުހެދި ގިނަ ދުވަސްވެ، މާމިގިލީގެ ޔައްޔިތުންނަށް "ތުރާލަކަށް" ވެފައިވާ ރަށުގެ މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމުގެ މަސައްކަތް ފެށުން.
- މާމިގިލީގެ ކުނި މެނޭޖު ކުރަން ވެމްކޯއާ ހަވާލުކުރުން.
- ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމްކުރުން.
- ސްޕޯޓްސް ކޮމްޕްލެކްސްއެއް (މާލޭގެ ސޯޝަލް ސެންޓަރު ނަމޫނާއަކަށް ބަލައިގެން)
- މި މަސް ނިމުމުގެ ކުރިން މާމިގިލިން ޕާސްޕޯޓާއި އައިޑީކާޑު ލިބޭ ގޮތް ހެދުން.
ރައީސް މުއިއްޒު މާމިގިލީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ ހުރިހާ ހިދުމަތްތަކެއް ވެސް ރަށްރަށުގައި ތިބެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވެފަ އެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުން ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާ ވެސް ލުއި ވާނެ ގޮތަކަށް އަސާސީ ކަންކަން، އަޅުގަނޑު ގަބޫލުކުރަނީ އެއީ އަސާސީ ކަންކަން ކަމުގެ ގޮތުގައި، ގާއިމް ކޮށްދޭން. އަބަދު މާލެ އަށް ނުވަތަ އެ އަތޮޅުގައި އޮތް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލް ކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުގެ މައި ރަށަށް ބަރޯސާވުން ކުޑަކުރަން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ސީދާ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ވެސް ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނލާ
08 October 2025
ހޮންކޮންގު ތަ އެއީ
މަގުހަދާ ކުންފުނި
07 October 2025
މިހާރު ހުރިހާމަގެއް ހަދާ ނިމިގެން އެހެންކަމެއް ފެށީތާ??!
ދަސފަދފދ
07 October 2025
މާމިގިލި ރައްޔިތުންނަކީ ތައުލީމާއި ދުރު ބައެއް. އެމީހުން ބޭނުންވަނީ ކޮޓަރި ކުއްޔަށް ދީގެން ފައިސާ ހޯދާނެ މަގުތައް
ރާވެރިބެ
07 October 2025
ރައީސްގެ "ވިސްނުންފުޅަކީ ހުރިހާ ޚިދުމަތްތަކެއް ރަށްރަށުގަ ތިބެގެން ލިބޭނެ އިންތިޒާމް ހަމަޖެއްސުން" ކަމަށްވާއިރު މުޅިރާއްޖެ އެންމެންނަށް އުޅެވޭނެވަރުގެ ބޮޑު ރަސްމާލެ އެއް މިހާ ދަތިދުވަސް ވަރެއްގަ ހިއްކުމުގެ އެއްވެސް ބޭނުމެއް ނެތް. މާލެ ސަރަހއްދު އެންމެނަށް ފުދޭނެ ވަރުގެ އެހެން ބިންތަށް މާލެ ކައިރިން މިހާރުވަނީ ހިއްކަން ފަށާފަ. ރަސްމާލެއަށް ޚަރަދު ނުކޮށް އެފައިސާއިން މިބިންތަށް ތަރައްގީކޮށް ފްލެޓާ އެހެނިހެން ވަސީލަތް ތަރައްގީ ކުރުން މާމުހިއްމު.
ކަރިޝް
07 October 2025
މަހިބަދޫ އަށް ވެސް އަންނާނެ ވަރަށް ގިނަ ކަންތައް 1 އޭޓީ އެމް ހުޅުވުން 2 ބޭންކް ހުޅުވުން 3 ކައުންސިލް އިމާރަތް ހުޅުވުން 4 މަގުހެދުމުގެ ރަސްމިއްޔާތު ފެއްޓުން 5 މަގުތައް ހުޅުވުން 6 ކައުންސިލް އާ އިމާރަތު ބިންގާ އެޅުން 7 ފަޅު ހިއްކަން ފެށުން 8 ގޯތި ދޫކުރަން ފެށުން ......... ތެ ........... ހެން ހީވަނީ
އަފްރާސިޔާބު
07 October 2025
ބިންގާ އަޅާއިރު ކޮންމެހެން ކޮންޓްރެކްޓަރު ހުންނާކަށް ނުޖެހޭ. އަދި އިއުލާން ކުރާނެ އެކަން ކޮށްދޭ ބަޔަކު ހޯދަން. ޢެންމެ ރަނގަޅު ގޮތަކީ ވިލާ ކޮންސްޓްރަކްޝަން އާ އިޖްތިމާއީ ކޮމިޓީން ހަވާލުކުރުން. އަމިއްލަ ރަށްވީމާ ރަނގަޅަށްވެސް ގާސިމު ކޮށްދޭނެ. ސީއެސްއާރުގެ ދަށުން ގާސިމް ކޮށްދޭނެ. ސަރުކާރުން އެއްވެސް ލާރިއެއް ޚަރަދު ކުރާކަށްވެސް ނުޖެހޭނެ. ދައްކަން ހުރިފައިސާއިން އަގު އުނިކުރާނީ.
ތަފްސީލު
07 October 2025
ހޮސްޕިޓަލް އަޅަނީ ކާކުތަ؟ މާބޮޑު ތަފްސީލެއް ނެތީމަ އަހާލީ.
އައްލާ ބެއްޔާ
07 October 2025
މިއަންނަ އަހަރުގެ މިދުވަހު މިހާރު ނޫހުން ތިމަޝްރޫއު ތަކުގެ އަޕްޑޭޓޭއް ގެނެސްދިނުން އެދެން. ތިކަހަލަ ވަރަށް ގިނަ މަޝްރޫއު ތަކުގައި ސޮއިކޮށްފި އެކަމަކު އަދި އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ނުފެށޭ.ތިނަދޫ އެއަޕޯޓް ވިލިގިލި އެއަރޕޯޓް އައްޑޫ ބުރިޖް މީ 2024 ކުރީ ކޮޅު ކުރިސޮއި. ދެން 2024 މެދުތެރެ އައްޑޫ ލިންކްރޯޑް. ރަށްރަށުގެ ކައުންސިލް އޮފީސް އަދިވެސް އެތަކެއް ޑޮމެސްޓިކް އެއަރޕޯޓެއް. މިއިން އެއްވެސް މަސްރޫއެއްގެ އަމަލީ މަސައްކަތެއް ނުފެށޭއަދި.
އަފްރާސިޔާބު
07 October 2025
މިއަންނަ އަހަރުގެ މިދުވަހު އެއްނޫން. އެޕްރީލްގައި ބަލާލިއަސް އެންމެ ރަނގަޅު. އެއީ ޕްރޮގްރެސް ބަލައި އެކަން ކަށަވަރު ކޮށްދޭން.
ސަލާމްބެ
07 October 2025
ވަރަށް ބޭނުން ތެރި ކަންކަން ތަންފީޒު މިކުރެވުނީ.ހާސަކޮށް ސުޕޯޓުސް ކޮމްޕުލެކުސް.ވަރަށް ސުކުރު.
އިބުރ
07 October 2025
ތަންފީޒުވީކީ ނޫން. ކޮށްދޭނަމޭ ވިދާޅުވީ. އެހެން މީގެ އަހަރެއް ދޮޅު އަހަރު ކުރިން ކޮށްދޭނަމޭ ވިދާޅުވި ކިތަންމެ ކަމެއް އަދި ހުންނާނެ ނުފަށާ އަތްވެސް ޖައްސާ ނުލައި. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ތިޔަ ރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ވެއްޖެތޯ. ގާސިމް ތައުރީފުކުރީކީ ރަށަށް ކަމެއް ކޮށްދެވޭތީކީ އެއް ނޫން، ހުރިހާވެސް ކަމަކީ ކާޑެއްދޫ އެއަރޕޯރޓުން ބޮޑު ބަދަލެއް ލިބޭތީ. ހަމަ ލިބުނީ މިރައީސް ގޯސްވީ.