ވޯޓާސް ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިޔާޒް ވާހަކަ ދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު
17 އެޕްރީލް 2017 - 15:47
ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރި ކަމަށާއި އެ މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ހައްލުނުކުރަނީސް ލިސްޓުތަކުގައި ސޮއިކުރަން އުނދަގޫ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ މިފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށް ކަމަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނީ އިއްޔެ ސިޓީއަކުން ދަންނަވާފައި، އޭގެ ކުރިން ވެސް އޮންނާނީ ދަންނަވާފައި ވޯޓުލާ މީހުން މިހާ ބޮޑަށް ސިއްރުކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ. ހަގީގަތުގައި މިނިވަން، އިންސާފުވެރި އިންތިހާބެއްގައި އެންމެ ބޮޑަށް ސިއްރުކުރަން މިޖެހެނީ ވޯޓުލާ ގޮތް. ވޯޓުލާ މީހާއެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މީހާ ސިއްރުކުރަން އިލެކްޝަނުން ބޭނުންވާ ސަބަބު އޮޅުންފިލުވައިދޭން އެދި ތަކުރާރުކޮށް އެދފައިވީ ނަމަވެސް މިހާތަނަށް އެ ކޮމިޝަނުން ޖަވާބެއް ނުދެ އެވެ. ލިސްޓު މިހާރު ނެރެފައިވާ ގޮތުން، އެ ލިސްޓުގައި ސޮއިކުރަން އެމްޑީޕީ އަށް އުނދަގޫ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"މިހާރު އާއްމުކޮށްފައި ވަނީ މައްސަލަ ނެތް ވޯޓާސް ލިސްޓެއް ކަމަށް ގަބޫލުކުރަން ދަތި،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވާލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު ލޯކަލް އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަނުން އާއްމުކޮށްފައި ވަނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސާފެއް ނޫން، އިލެކްޝަނުން މިހާރު ގެންގުޅެނީ އެއް ލިސްޓު ކަމެއް ދެ ލިސްޓު ކަމެއް ވެސް. އައިޑީ ކާޑު ނަމްބަރު ނުހިނަމާ އެ ނެރުނީ ކޮން ލިސްޓެއް ކަމެއް ވެސް ނޭނގެ. އަދި އިންތިހާބަށް ފައިނަލް ކުރަނީ ކޮން ލިސްޓެއް ކަމެއް ވެސް ކަށަވަރުކުރާކަށް ނޭނގެ،" އަނަސް ވިދާޅުވި އެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސެއިން ވިދާޅުވީ އާއްމުކޮށްފައި އޮތް ލިސްޓުގައި އެމްޑީޕީން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެކަންކަން ހައްލުކޮށްދޭން އެދިފައިވީ ނަމަވެސް އެ ކޮމިޝަނުގެ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކުރާ ގޮތަށެވެ. އެއީ މީހާގެ ނަމާއި ގޭގެ ނަމާއި އައިޑީ ކާޑު ނަމްބަރާ އެކުގައި ކަމަށާއި ވޯޓާސް ލިސްޓުގެ ސައްހަ ކަން ކަށަވަރުކުރެވޭނީ އޭރުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން މަޖުބޫރުވަނީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުން އަދި ޕާޓީތަކުގެ ވެސް ހައްގު އެކުލެވިގެންވާތީ އެވެ.
"ލިސްޓު ވެރިފައިކުރުމަކާ ނުލައި ގޮސް ސޮއިކުރުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމެއް،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިހާބެއް ވެސް ބާއްވަންވާނީ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ނުވަތަ އުފެދިދާނެ ހުރިހާ ކަމަކުން އެއްކިބާވެ ތިބެގެންކަން ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ވޯޓާސް ލިސްޓުގެ ސައްހަކަން ބެލުމަށް އެމްޑީޕީން އެދޭ މައުލޫމާތުތައް އިލެކްޝަނުން ނުދިނުމަކީ އެ ކޮމިޝަނުން ބާއްވަން އުޅޭ އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެ ސަބަބަށްޓަކައި އިލެކްޝަން ކޮމިޝަންގެ މައްޗަށް އެބަ ލާޒިމްވޭ ރައްޔިތުންނަށް އެ މީހުންގެ މިނިވަންކަމާ މެދު ސުވާލު ނޫފެދޭނެ ގޮތަކަށް އަމަލުތައް ބައްޓަންކޮށް، މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދަން،" ހިސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
18 April 2017
ތިމީހުންނައް ހެޔޮއެއްގޮތެއްވެސް ނޯންނާނެ
އަހުމަދު
18 April 2017
ތިޔަ އުޅެނީ ވޯޓުން ބަލިވާނެ ކަން އެނގޭތީ ކޮންމެވެސް ބަހަނާ އެއް ދައްކާށެވެ. މަޖިލީހުގައި ވެސް ވޯޓެއް ނެގިޔަސް ކާމިޔާބު ނުވާނެކަން އެނގޭއިރަށް 'ވޯކް އައުޓް'.
ސީލަނީ
18 April 2017
އެއްކަލަ ލާރި ގޯނީގަ އަތްލެވުނު މީހުންނާ އެވެރިންގެ ގާތް މީހުން ހޭލައިފި. އެކަމު ގަޑި ކެޓިފަހުންތަ
ރައްޔިތުމީހާ
18 April 2017
ވޮޓްލާން ވީމާ ހާދަ ސަކަރާތެއް ޖަހައޭ ދޯ. ޢިލެކްޝަންކޮމިޝަންގެ ރައީސަކީ ވެރިމީހާއާއި ކިހާވަރެއްގެ ގުޅުމެއްހުރި މީހެއްކަން އެންމެނައްވެސް އެނގޭ. ަިންސާފުގެ ކުނޑިފަށެއް ވެސް ނޯންނާނެ. މަކަރުން ފުރިފަ
ށޖހސ
18 April 2017
ތިޔަށް ކިޔާ އުޅެނީ ޝައްކު ބަލި........ވޭކް އަޕް
އަޙްމަދު
18 April 2017
ހާސްކަނޑާ އަދި ސޮއިކުރާނެ ކުޑަކޮއް ބޮޑާހާކާލަނީ ..... އެއީ ޕާޓީ ކުދިނަނަށް ދައްކާލާ ދަޅަޔެއް!
މީދުކިލަގެ
17 April 2017
ރަންކޮޅާ މިވެރިންކޮަްފަ ހަމަނުކުރާނެ އެއކަމެއްވެސް ނޯންނާނެ މކަރު ހަދަން ހުރިހާކަމެއްވެސް ކުރާނެ ފުލުހުން ދެންތިހެން އޮތުމުން ހުރިހާ ރަަށަކަށްގޮސް ވޯޓުލުން ގާޔް.
ގުލްމާލު
17 April 2017
ވަރަށް ބޮޑު ތެދެއް މިބުނަނީ. އިލެކްސަން ކޮމިސަންގައި 2013 ގައި ތިބި މުވައްޒަފުންގެ ތެރެއިން މިހާރު ބާކީ ތިބި މީހުންނަށް ވަރަށް ބަލަންވާނެ. އެއީ އެމީހުންގެ ތެރެއިން ނިކުތް މީހުން މިހާރު ތިބި މަތީ މަގާމު ތަކަށް ބަލާފައި ބުނާ އެއްޗެއް. ވަރަށް ބޮޑު އެއްޗެކޭ މިބުނީ އިނގޭ!
ޚާދިމް
17 April 2017
އެންމެފަހުން އިންތިޚާބަށް ހުރަސް އަޅާ މީހުންނަކީ ކޮބާކަން މި ފަޅާއެރީ ދޯ! ސަރުކާރުގެ ބޮލުގަ ބަދުނާމް އަޅުވަ އަޅުވާ ލައްކަ ދުވަހަކު ތިބެވިއްޖެ ދޯ! ހެޔޮނުވާނެ ތިހެން ނުހަދާ.
އަހުމދު
17 April 2017
ތިޔަ އިސްލާހުތަކެއް ނުގެންނާނެ . މއީ ކޮންމެހނ ބާއްވަންބޭނުންވާ އިނތިހާބެއްނޫން. ދެން އިނތިހާބެއްނޯންނާނެ. ޜައީސް އަށް ހުރިހާބަރެއްދޭން ނިންމާގޮތަށް 52 ހަމވެ އުފާކުރުން ވަރަށް އަވަހަށް ބާއްވާނެ.