ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް (ވ) އާއި ލީވާން ކްރިމިނަލް ކޯޓު ބޭރުގައި.
18 އެޕްރީލް 2017 - 15:25
ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ޕޮރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ނޫސްވެރިންނަށާއި މިނިވަން ނޫސްވެރިކަމަށް އެކި ގޮތްގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، އެއްވެސް އަސާސެއް ނެތި ވިސާމްގެ މައްޗަށް ދައުވާއުފުލީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކަމަށެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓު ހުކުމްކުރުމުން ވެސް، އަލުން އިސްތިއުނާފްކުރުމުން މުސްތަގިއްލުކަމާ އެކު ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ، ސިޔާސީ ވެފައިވާ ކަން ހާމަވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނީ ޒިންމާތަކުގެ ތެރޭގައި ގާނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކުރުމާއި ތަފާތު ނުކުރުމާއި އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ހިނދު ވިސާމް ފަދަ ކުރިއަރަމުން އަންނަ ހީވާގި ނޫސްވެރިންނަށް ބިރުދައްކައި ޖިނާއީ ދައުވާ އުފުލުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީ އާއި ޕްރޮސިކިއުޓާ ޖެނެރެލްގެ ގާނޫނުގެ ރޫހާ ހިލާފްވުމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ނޫސްވެރިން ނެތިކޮށްލަން ކުރާ މަސައްކަތްތަކަށް މުއައްސަސާތަކުން ހިތްވަރުދީ، ޓީވީ ސްޓޭޝަންތައް ދަނީ ބަރިބަރި އަށް ޖޫރިމަނާކުރަމުން ކަމަށެވެ. ހަމަ އެ ޓީވީ ސްޓޭޝަންގެ އެތައް ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާއީ ދައުވާކުރުމުން، އެއީ ރާވައިގެން ހިންގާ ސިޔާސީ މަސައްކަތެއް ކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.
މިއީ "އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަަންކަމެއް ނޫނެވެ. ޓީވީ ސްޓޭޝަންތައް ރޯކުރުމާއި، ނޫސްވެރިންނަށް މަރުގެ ހަމަލާތައް ދިނުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުން ފަދަ ބޮޑެތި ޖިނާއީ މައްސަލަތައް އަދި އަދަށް ދާންދެން ވެސް ބެލިފައި ނުވާ ކަން ފާހަގަކުރަމެވެ. އަދި ނޫސްވެރިންނަށް ތަކުރާރުކޮށް ޖިނާއީ ދައުވާކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެެކެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ވިސާމްގެ މައްޗަށް ދައުވާ އުފުލީ 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ ވިސާމްގެ މައްޗަށް ސާބިތުވެ، މިދިއަ ޖެނުއަރީ މަހު އޭނާ ވަނީ 28،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ހުކުމް ވިސާމްގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
19 April 2017
ކަލޭމެން ކަންބޮޑުނުވާ އިރެއް އައިއްސަ އޮތިއްޔާ އެވާހަކައެއް ދެއްކުމުން މީހުން ޝައުޤުވެރިވާ ވާހަކައަކަށް ވެދާނެ.
ނޫރޭ
18 April 2017
ބަލަ ކަލޭމެންވެސް އިސްތިއުނާފު ކުރަނީ އޯ؟ ދެން ދައުލަތުން އިސްތިއުނާފު ކުރުން ކޮބާ މައްސަލައަކީ؟ ބަލަ ޝަރުއީ ދާއިރާ މިނިވަންވެ، މުއްސަސާތައް ރަނގަޅު ވަމުންދާތަން ފެންނަ ކަމަށް ގާސިމް ވިދާޅުވި ނޫންތޯ؟
ލަތީފާ
18 April 2017
ތިޔަ މީހުން ކަންބޮޑުނުވާނެ އެށްކަމެށްވެސް ނޯންނާނެ ވެރިކަމުގަ ތިބިއިރުވެސް ކަންބޮޑުވެފަ ވެރިކަންކުރަންނޭންގިގެން ތިބީ އެވަރުގެ ބައެށްތިޔައީ އަހަރެމެން އަޖައިބެށްނުވޭ ކަލޭމެން ކަންބޮޑުވެގެނެށް މިކޮމެންޓް ޖަހާލަބަލަ ގަޓެށްހުރިއްޔާ
ސައުދާ
18 April 2017
ކޮންމެހެންވެސް ކުށްވެރި ކުރަން ޖެހޭ އުތަ؟
ޙަސަން އަޙްމަދު
18 April 2017
ވަރަށް ޑީގްރޭޑް ކަމެއް އަދި އިންސާނީ އެތިކްސް އާ ވެސް ޚިލާފު ދައުލަތަކުން އެ ދައުލަތަށް ނިސްބަތްވާ އާއްމު ރައްޔިތަކާ ދައުލަތުގެ ބޮޑު މުއައްސަސާ އަކާ ދެމެދު ހިނގި މައްސަލައެއްގައި ކޯޓުން ރައްޔިތާ ބަރީއަ ކުރީމާ ވެސް އިސްތިއުނާފުކޮށްގެން ވިޔަސް އޭނާ ކުއްވެރިކުރަން އުޅުމަކީ. ލަދު ކޮބައިބާއޭ މަ ހިތަށް އަރާ. ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާ މި އުޅެނީ އެންމެ ރައްޔިތަކާ އެއް ސައިޒަށް ކުޑަވެ އޭނާ ގޮވައިގެން ކޯޓުގެ މަރުހަލާތަށް ފުރަން.
ބޭބެ
18 April 2017
ޢަނިޔާވެރިންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާންދޭ
ބަތާހަރާމީން
18 April 2017
ވިސާމްގެ މައްސަލަ އިސްތިއުނާފްކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަން ޖެހޭ ސަބަބަކީ ކޮބައިތޭ. އެއީ އަމިއްލަ ޓީވީ އެވެ. އަމިއްލަ ޓީވީ ގެ ހިއްސާއެއް ނޯވޭ ދޯ އެމްޑީޕީ އަކު. ދެން އެމްޑީޕީ އާއި ބެހޭ ކަމެއް ނޫން ދޯ އަމިއްލަ ޓީވީ ނޫސްވެރިންގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް. މިހާރު އެގިގެން މިދަނީ ނޫންތޭ މިވާ ގޮތުން އަމިއްލަ ޓީވީ އަކީ އެއީ ސީދާ ތެދަށް ޚަބަރު ގެނެސްދޭން އުޅޭ ޗެނަލެއް ނޫން ކަން. އެމެންގެ ހުރި ރަހުމް ކުޑަ ކަމަކީ އެއީ އެމެންގެ ޓީވީ ގައި މަސައްކަތް ކުރި ނިކަމެތި އަންހެން ކުއްޖަކު ނުވެސް ކުރާ ކަމެއް އެމަންޖެ ބޮލުގައި އެޅޭ ގޮތަށް އެތަނުގެ އެޑިޓަރަކު އަމިއްލަ އަށް އެމަންޖެ ތައްޔާރު ކުރި ޚަބަރު ބަދަލު ކުރީ އެމަންޖެގެ އެއްވެސް ބަހެއް ނެތި އަދި އެ މަންޖެގެ ސޮޔެއް ނެތި އެވެ. މިވަރުގެ ބަތާހަރާމީ ކަންކަން ކުރަން ހެޔޮ ނުވާނެ ނޫންތޭ.