ރައީސް ޔާމީން ސައުދީގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒްއާއެކު. ހެޔޮ އަގެއްގައި ތެޔޮ ގަންނަން އަރަމްކޯއާއެކު ސޮއި ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. - ފޮޓޯ: ރައީސް އޮފީސް
05 މެއި 2017 - 00:33
ރާއްޖެ އަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމަށް، ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއާ އެކު ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން މާލޭގައި ޕީޕީއެމުން ބޭއްވި އެންމެ ފަހުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ސައޫދީ ސަރުކާރާއި ރާއްޖެއާ ދޭތެރޭގައި އޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފައި ކަމަށެވެ. އަދި އަރަމްކޯ އިން ސާފު ނުކުރާ ތެޔޮ ދޭނެ ކަމަށް މީގެ ކުރިން އެއްބަސްވެފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިހާރު ހުންނެވީ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ސައޫދީގެ ވެރިރަށް ރިޔާޒުގަ އެވެ. އެއްބަސްވުމުގައި ސޮއިކުރައްވާ ހިސާބުން، ރާއްޖޭގައި ތެލުން އުފައްދާ ބާވަތްތަކުގެ އަގު ހެޔޮވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެކަން ވެއްޖެ ކަމަށްވާނަމަ، ތެލުން އުފައްދާ އެއްޗެހީގެ އަގު ހެޔޮ ކުރެވޭނެ،" ކަރަންޓުގެ އަގު ހެޔޮވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން މާލޭގައި ބޭއްވި ކެމްޕެއިންގެ ފަހު ޖަލްސާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ. އެކިއެކި ރަށްރަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށް، 60،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި 1.2 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ބަނަވެފައި އޮތް ދުނިޔެ އިން ނިކުންނަން ބޭނުންނަމަ، "ހޮރުން" ނުކުންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނު އަނބުރާ އަދާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާނެ ދަރަންޏެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުން، މިރޭ ބޭއްވި ކެމްޕެއިންގެ ފަހު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އޭގެ ބޭނުންތައް ފުއްދުމަށް އެތައް ރިސޯޓުތަކެއް ދީގެން މިއުޅެނީ. ﷲ ގެ ރަހްމަތާ އެކީގައި 70 ޕަސަންޓަށް ވުރެ ބޮޑު ބައި 2018 ގެ ކުރިން [ލޯނު ދެއްކުން] ނިމޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރަނީ ހަމައެކަނި އެއީ ރީތި އެއާޕޯޓަކަށް ހެދުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އިގްތިސާދީ ފުރުސަތުތަކެއް ހޯދައި ދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެ ތަނުން ލިބޭ ނަފާ އަކީ އެންމެންނަށް ލިބޭ ފައިދާއަކަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ފަޟީހަތްކޮށް، ކަރާމާތަށް އުނިކަން އޮންނަ ގޮތަށް ސިޔާސީ އެކި ބޭފުޅުން ވާހަކަ ދެއްކެވިއިރު، އަޒުމަށް ބަދަލުނައީ އެ ކަންކަމުން ސާފު ތާހިރުވެ ހުންނެވީމަ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުންނެވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
06 May 2017
ށާފު ނުކުރާ ތެޔޮ ރާއްޖެ ގެނެސްގެން ސާފުކުރާނަމަ މިހާރަށް ވުރެ ޑަބަލް ބޮޑުވާނެ ، ދެން އޮތީ ރިފައިނަރީ އަކުން ރާއްޖެ އަށް ބޭނުންވާ ވަރުގެ ތެޔޮ ފޮދެއް ސާފުކޮށް ނުދޭނެ ހެޔޮ އަގަކަށެއް ދެން އޮތީ ސައޫދީން ގިނަ އަދަދެއްގެ ކްރޫޑް އޮއިލް ގަނެ ރިފައިނަރީ އަކަށް ގެންގޮސްގެން ސާފު ކުރުމަށް ފަހު ރާއްޖެ އަށް ބޭނުންވާ ތެޔޮ ރާއްޖެ އަށް ހެޔޮ އަގެއްގާ ވިއްކާފަ ބޭރުގެ މާކެޓް ތަކަށް ވިއްކަން ނެރޭ ތެލުން ރާއްޖެ އަށް ލިބޭ ފައިދާ އަކީ ކޮބައިބާ ؟ އެއީން ފައިދާކުރާނީ ކޮންކޮން ފަރާތްތަކަށްތޯ ވިސްނާލާ އިރު ވަރަށް ގިނަ ސުވާލު އެބަހުރި ލިޔެފިއްޔާ ކޮމަންޓް ނުޖަހާނެތީ ދޫކޮށްލީ
ކޮއިމަލާ
05 May 2017
ސާފުނުކުރާ ތެޔޮ ތަނަށް ގެނގޮސްގެން ވިޔަފާރިގަނޑެއް އަޅުވަން މިއުޅެނީ ދޯ. މިހާރުވެސް ތިލަފުށި ބޭރުގަ ބޯޓެއްބާއްވައިގެން ގޭހުގެ ވަގުވިޔަފާރިއެއް ކުޜާތާ ދުވަސްތަކެއްވެއްޖެ
ޖިލްބާބު ހަބީބު
05 May 2017
ސަޢުދީއަކީ ބަޔަކަށް ހެޔޮއަގުގައި ތެޔޮވިއްކޭ ވަރުގެ ފުދުންތެރިގައުމެއްނޫން. އެމީހުން މިހާރު ހިފަހައްޓަނީ ހައްޖާޖީން އަތުންނަގާ ފައިސާއިން. މިހާރު އިގްތިޞާދު ދަށްވެ ހަދާނޭގޮތް ހުސްވީމާ ބައެއްގެ ރިސޯސްތަކުގެ ތެރެއަށް ވަންނާނޭ ގޮތް ހޯދަނީ. ބަލާލަންވީނުންތޭ. ސައޫދީގެ ބަޖެޓްގެ ދަރަނިހުރިވަރު. އެއިރުން އެނގޭނެ އަގުހެޔޮ ތެލެއް ދެވޭ ފެންވަރުގައި ނޫންކަން ތިބީ.
ހޯހޯހޯ
05 May 2017
ކިތައް އަތޮޅު ސައޫދީ ސަރުކާރަށް ދެއްވާފައިތޯ ތިޔަ ސޮޔެއް ތި ކުރައްވަނީ.
ކޮލޮމްބޯ
05 May 2017
ތެޔޮ ގަންނަނީ ކީއްކުރަންތޯއެވެ؟ މިރާއްޖޭގެ ވަޅުތަކުން ތެޔޮ ނަގާފައި ސައޫދީއަށް ވިއްކުމަށް ރަސްގެފާނަށް ހުށައަޅަންވީ ނޫންތޯއެވެ؟ #ބޮޑުފެއިލް
ސެޓުލްޑައުން
05 May 2017
ތަމެން މައިތިރިވެ ތިބެބަލަ. ސެޓުލް ޑައުން މައި ގާރލް. ސެޓުލް ޑައުން.
ނިރު
05 May 2017
ޝުކުރުވެރިވާން ދަންނަބަޔަކަށް ރައީސް އަބްދުﷲ ޔާމީން ތިކުރަށް މަސައްކަތުގެ އަގު ވަޒަން ކުރަން އިނގޭނީ
ހޯހޯހޯ
05 May 2017
ތިޔަ ޝުކުރު ރަނގަޅީ ކުރަން ނޭނގުނިއްޔާ
ހަޑިގިއްލާ
05 May 2017
ޔާމީނަށް ޝުކުރުވެރިވާނެ ޖެހެނީ ދުވަހަކުވެސް ބޮޑުނުވާވަރަށް ކާޑުގެ އަގުބޮޑު ކުރީމަތޯ! 1.2ބިލިއަށް ކަޓުވާލީމަ ތޯ! ބިޑަކާނުލާ ޤައުމު ވިއްކާހުސްކުރާތީތޯ؟ ރޯދައަށްގެނައި ކަދުރުކޮޅު ވަގަށްނެގީމަތޯ! ވާދަވެރިން ހިފާހައްޔަރު ކުރާތީތޯ!
ތެޔޮވަޅު
05 May 2017
ކިހިނެއްތިހެދީ، ޝައިނީބުނި ރާއްޖޭގަ ތެޔޮހުރިތަން އެނގިއްޖޭ ދެންމިހާރު ގޮސް ހޮޅިގުޅާލައިފަ ނަގަންވިއްޔޭ....ރައްޔިތުން މޮޔަހެއްދިއަސް މީދެން ފުކެއްބޮޑުވަރުދޯ
އެބަހުއްޓޭ
05 May 2017
ރާއްޖޭގައި ހުރި ތެޔޮ ނަގަންއޭ މިއުޅެނީ އިނގޭ. ތަމެންނަށް ދައްކާނަން ތެޔޮ ނަގާފައި އިނގޭ. ތެޔޮ ހުރީ ވެސް މާލެ ސަރަހައްދުގައި ކަމަށްވަނީ ދޯ.
އަހުމަދު
05 May 2017
ބަލަގަ މީގެ ތިން އަހަރު ކުރިން ސާފު ނުކުރާ ތެޔޮ ފީފާއެއް ދުނިޔޭގެ ބާޒާރުގައި 130 ޔޫއެސް ޑޮލަރަށް ހުރި އިރާ މިހާރު ތެޔޮފީފާ އެއްގެ އަގު 40 ޑޮލަރަށް ވެއްޓިފައި ހުރި އިރާ، އަހަރުމެންނަށް އެއްވެސް ތަފާތެއް ކަރަންޓު އަގަކުން ނުފެނޭ! ސަބްސިޑީ އާއެއްޗެތި ކަނޑާލީމަ، ވީ އަގު ބޮޑު! ދެން ކިހިނެއް ތި ވާހަކަ ޤަބޫލު ކުރާނީ!
ޑާޑާޑާޑާ
05 May 2017
ހެޔޮ އަގުގައި ތެޔޮ ދިވެހިންނަށް ފޯރު ކޮށްދެވޭނީ އެއީ ސީދާ ސަައުދީ އެރަމް ކޯ އާއި ގުޅިގެން އެކަން މާލެ ސަރަހައްދުގައި އެސްޓީއޯ އާއި އެރަމްކޯ ގުޅިގެން ޖޮއިންޓް ވެންޗަރ އެއް ހަދައިގެންނެވެ. އެކަން ކުރަން ވެސް ހިތުނިޔަތް އެކަނި ލީ މަމެން ޕިންކީންގެ ސަރުކާރުން ނޭ މީ އެމެން އެމްޑީޕީ އަށް ކުރަން އިނގޭ ޒާތުގެ ޖެންޓުލް މެން ސްޓައިލްގެ ވިޔަފާރި އެއް ނޫނޭ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ..
އީޖޯ
05 May 2017
ސާފު ނުކުރާތެޔޮ ކިތައްމެވަރަކަށް ހޭނިޔަސް ތިޔަކުން ވާނެ އަގުހެވެއް ނޯންނާނެ. ރާއްޖެއިން ލިބެން ހުރި މަސް ބަންދުކޮށްގެން ދިވެހި ރައްޔިތުންގެ ލެޔަށް ވިއްކުމަކީ ދިރިހުރި މިސާލެއް.
އާމިނަތު / އަސްލު ޕީ ޕީ އެމް
05 May 2017
ސައުދީން އަލް ދީސަލް އަދި ފީ ޕެތިރޯލް މިހާރުވެސް ގަންނަނީ ބަނގުލާދޭޝް އިން...