އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ހެލްތު އެންޑް ވެލްފެއާ ކޮމެޓީގެ މެމްބަރުން
08 މެއި 2017 - 15:22
ރައްޔިތުންގެ ސިއްހީ ހެލްތު އިންޝުއަރެންސް ނިޒާމް، އާސަންދަ އަށް ވަކި ބަޖެޓެއް ފާސްކޮށްފައި ވަނިކޮށް، އަމިއްލަ ތަންތަނުން އާސަންދަ ނުލިބޭ ގޮތަށް ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލި ކަމަށް އާސަންދަ ކުންފުނިން ކުއްލި ގޮތަށް އެންގި އެވެ. ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނަށް އީމެއިލްގެ ޒަރީއާ އިން ހޮނިހިރުދުވަހުގެ ރޭ 11:30 ހާއިރު އެގޮތަށް އެންގުމަށް ފަހު ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ކުއްލި ގޮތަކަށް އެ ނިންމެވުން ބަދަލުކުރައްވައި އަމިއްލަ ތަންތަނުން ވެސް އާސަންދަ ލިބޭ ގޮތަށް ހަމަޖައްސަވައިފަ އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ސިއްހަތާ ބެހޭ ކޮމެޓީގެ މުގައްރިރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ އާސަންދައިގެ ޚިދުމަތަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ބަޖެޓު ދީފައި އޮއްވައި އަހަރު ދެ ބައި ނުވަނީސް އާސަންދަ ކަނޑާލީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުން ސަރުކާރު ބަލިވަމުންދާ ތަން ފެނުމުން، އެރޭ ދަންވަރު އާސަންދަ ކަނޑާލި ކަން އިއުލާންކުރުމަށް ފަހު، ރައީސް ޔާމީންގެ ހެޔޮފުޅު ކަމުން މިއަދު ހެނދުނު އާސަންދަ އަލުން އިޔާދަކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏަސް އެއީ ދޮގެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވެސް ކްލިނިކް ހިންގާ މީހެއް. އާސަންދަ ޚިދުމަތްތައް ނުދޭން އެރޭ ދަންވަރު އީމެއިލްކޮށްފައި އޮތް. އެކަމަކު އަލުން އިޔާދަކުރިކަން އަންގާފައެއް ނެތް. ހަގީގަތަކީ އާސަންދަ އިޔާދަނުކުރޭ އަދިއެއް. މަޖިލީހަށް އެމްޑީޕީގެ ފަރާތުން މި މައްސަލަ ވައްދާނަން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ދެމުން އައި ޚިދުމަތެއް އިންތިޚާބުގެ ބަލި ކަށަވަރުވުމާ އެކު ކަނޑާލައި ޖެހިގެން އައި ދުވަހު އެހެން ގޮތަކަށް ބަދަލުކުރުމަކީ، ޑީޑީ ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޔާމީން ކުޅުއްވާ ޑްރާމާއެކެވެ.
"ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ މި ކަންކަމެއް. ސަތޭކަ ޕަސެންޓް އަގުބޮޑު ކުރި ކާޑުގެ ބާވަތްތަކުން 15 ޕަސެންޓް ހެޔޮކުރިކަން އިއުލާންކުރީ ވޯޓަށް ނުފޫޒު ފޯރުވަން. ރައީސް އަބްދުﷲ ޔާމީން ކުޅުއްވާ ޑްރާމާތައް ދިވެހި ރައްޔިތުންނަށް ވަރަށް ސާފު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިނި
09 May 2017
ދީދީ ހޯއް ހޯއް!
ޥަސަންތި
09 May 2017
ސަރުކާރުންބުނަނީ އާސަންދަ ކެނޑުނީ ހެކަރުންދިން ޑީޑޮޒް ހަމަލާއެއްގެ ސަބަބުންކަމައް، މިހާރު މައްސަލަހައްލުކޮއް ސާވާރ ގެ ސެކިއުރިޓީ ގަދަކުރަމުންދާކަމައް ރަސްމީފަރާތްތަކުން މައުލޫމާތުދޭ
ޝަމްސުއްދީނު
08 May 2017
ގާނޫނުތަކަށް އަރަ އަރައި ގަންނަ މައްސަލަ އެއީ މި ފަހަކަށް އައިސް ވަރަށް އާއްމު ވެއްޖެ ކަމެއް
ކްރިޓިކަލް
08 May 2017
ޙިތާމަ ކުރަން... ޕާރޓީ ފިކުރުގައި، ހެވައި ނުބައި އޮޅި، އަމިއްލަ އަހުންނާއި އުތުންންގެ ހައްގުގައި އަނގައިން ނުބުނެ ތިބޭނީ ފިނޑިން...
އިބުރާހިމް
08 May 2017
ހެހެހެހެ ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ދެއްތޯ އަލުން އިއާދަކުރީ، ހެހެހެހެ އަސަންދަ އަކީ ރާއްޖޭގެ ރައީތުންނަށް ރައީސް ނަޝޫދު ގެނެސްދިން ފުރިހަމަ ނިޒާމެއް، އެހިދުމަތް ހަމަދޭންޖެހޭނީ. އާސަންދަ ތައާރފްކޮށް ދިވެހި ރައީތުންނަށް އާސަންދައިގެ ހިދުމަތް ދޭންފެއްޓެވީތީ ރައީސް ނަޝީދަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.
ލޮންސި
09 May 2017
އޮޅުވާ ނުލައްވާ އެންމެ ފުރަތަމަ އޮތީ " މަދަނަ" އެއީ ރައީސް މައުމޫން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވި ޚިދުމަތެއް. ރައީސް ނަޝީދު ވަޑައިގެން ކުރެއްވިކަމަކީ ހަމަ އެކަނި މި ނިޒާމުގެ ނަން ބަދަލުކުރެއްވުން. އެއްދުވަހެއްގެ މެންދުރުފަހު ހެންވޭރުކޮޅުގައި ފޮތި ގަނޑެއް ދަމާފަ "އާސަންދަ" މިނަމަށް ބަދަލުކުރީ. ނަމަވެސް އިބުރާހީމް ތި ބުނުއްވަނީ މި ނިޒާމު ރައްޔިތުންނަށް ގެނެސްދެއްވީ ރައީސް ނަޝީދުއޭތޯ. ތިގޮތަށް ޙަޤީޤަތް މީހުނަށް އޮޅުވާލެއްވުމަށް ކުރައްވާ މަސައްކަތާމެދު އަމިއްލަ ނަފްސަށް ވިސްނަވާލައްވާ. ވަރަށް ސަލާމް
ޓާޓާ ޓާޓާ
08 May 2017
އޯލްވޭސް ޕްލެއިން ކާޑްސް
ކެހެރިހިޔަނި
08 May 2017
އާސަންދަ ކަނޑައެއް ނުލާ. ލިބެން އެބަހުރި. ތަންދޮރު ނުފިލިޔަސް ތީ ބޮޑުވަރު.
ޙަސަނު
08 May 2017
ހަގީގަތް ހަޖަމްނުވެގެން ތިއުޅެވެނީ އަވަހައްދޭ އާސަންދައިން ބޭސްކުރަން އޭޑީކޭއައް.
ކެހެރި
08 May 2017
"ކެހެރިހިޔަނި" ލިޔެފަ ހުންނަ މައުލީމާތުވެސް ކިޔާލާނަމަ ކިހާ ރަގަޅުވީސް.