ހަނީފް: އޭނާ މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައި
17 މެއި 2017 - 10:40
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހަނީފް އިއްޔެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ހަނީފް ގޭ ބަންދަށް ބަދަލު ކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ 15 ދުވަހަަށެވެ.
ހަނީފް ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށާއި އޭނާ ބަހައްޓަން ޖެހޭނީ ބަންދުކޮށްފައި ކަމަށް މިދިޔަ މަހު 20 ގައި ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހަނީފްގެ މައްޗަށް ތުހުމަތު ކުރަނީ އެ ކޯޓުގެ ފަނޑިޔާރަކަށް ނުރައްކާތެރި ހަމަލާއެއް ދިނުމަށް ރޭވުމުގެ ތުހުމަތު ކަމަށް ވާ އިރު، އެއީ ކުށުގެ ޒާތުން ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށެވެ. އަދި ހަނީފާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާއާ މެދު ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަަމަށް ވެސް ހުކުމްގައި ވެ އެވެ. ހަނީފްގެ ކުށުގެ ބާވަތަށް ބަލާއިރު އޭނާ ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހަނީފް ހައްޔަރު ކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީގައި އޭނާ އަދާ ކުރަމުން ގެންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެން
17 May 2017
ކަނޑއެޅިގެން ހިންގިޖަރީމާއެއް، ދިން ބޮޑު އަނިޔާއެއް!
ްއާދަނު
17 May 2017
މީ ރާވައިގެން ދޭ އަނިޔާއެއް ކަމަށް ބެެލެވެނީ..... ހަނީފަކީ ތިފަދަ ބޭފުޅެއް ނޫން.
އަލީ
17 May 2017
ހައްގުނޫން ގޮތުގައި ކުރެވޭ ކަންކަމުން އެދެވޭ ރަގަޅު ނަތީޖާއެއް ނުލިބޭނެ.
ގިޔާސް
17 May 2017
މިހިރީ ކަންކަން ވާގޮތް! ހަމަބުއްދި ގަބޫލުކުރާ ބޭފުލަކު ގަބޫލުކުރައްވާފާނެބާ ، ކޮންގަޮތަކޮށް ތޯ ގަބޫލުކުރާނީ ހަނީފްމެންފަދަ ތައުލީމީ ބޭފުޅުން އެފަދަ ކަމަކަށް ވިސްނަވާފާނެ ކަމަށްވެސް ، ސިޔާސީ ގޮތުން ދެވޭއަނިޔާ އަކީ މީ ، މީހުންނަށް ދެވޭ ނުހައްޤު ގެއްލުމަކީ މިއީ ، ހަނީފް ދޫކޮށް ހަނީފަށް ލިބެންޖެހޭ މިނިވަންކަން ހޯދައިދިނުމަށް ގޮވާލަން! ޝުކުރިއްޔާ!