ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ މަތިންދާބޯޓުތަކެއް: މި އަހަރުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް އަލަށް ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނޭ-- ފޮޓޯ/ މިހާރު
30 މެއި 2017 - 16:57
އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް މި އަހަރު ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި އަހަރު އަލަށް ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ ފްރާންސް އެއާ ފްރާންސް އާއި އިޓަލީގެ އެލިޓާލިއާ އާއި ބެންކޮކްގެ އެއާލައިނެއް އަދި އިންޑިއާގެ އެއާލައިނަކުން ކަމަށެވެ.
"އެއާ ފްރާންސް އާއި އެލިޓާލިއާ އިން ވަނީ މި އަހަރުގެ ވިންޓާ މޫސުމާ ދިމާކޮށް ދަތުރުތައް ފަށަން ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައި. ބެންކޮކުންނާއި އިންޑިއާ އިން ދަތުރުތައް ފަށަން ހުށަހަޅާފައިވާ ދެ އެއާލައިންގެ ލިޔެކިއުންތައް ހުށަހަޅާފައި އެބަހުރި. އެ ދެ އެއާލައިނުން ވެސް މި އަހަރު ދަތުރުތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ފްރާންސްގެ ގައުމީ އެއާލައިނުން ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ހަފުތާއަކު ދެ ދަތުރު ކުރަން ވަނީ ނިންމައިފަ އެވެ.
އެއާ ފްރާންސް އިން އޮޕަރޭޓްކުރަން ނިންމާފައި ވަނީ 312 ސީޓް ހުންނަ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ.
އިޓަލީގެ އެލިޓާލިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު 31 އިން ފެށިގެންނެވެ. އެ ގޮތުން ހަފުތާއަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. އެލިޓާލިއާ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 330 ގެ މަތިންދާބޯޓެކެވެ. މިއީ 250 މީހުންގެ ޖާގައިގެ ބޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ
31 May 2017
އަންނަ ޓުއަރިސްޓުންގު އަދަދު ދުވަހެއް ދުވަހަކަށް ވަނީ ބޮޑު މީރާ އަށް ލިބޭ އާމްދަނީ ދުވަހެއް ދުވަހަކަށް ބޮޑު އަލަށް ދަތުރު ފަށާ ފްލައިޓްތައް ވެސް ވަނީ އިތުރު ތަކެތީގެ އަގުވެސް ދުވަހެއް ދުވަހަކަށް ވަނީ ބޮޑު ރައްޔިތުންގެ އަތްމަތިދަތިކަންވެސް ދުވަހެއް ދުވަހަކަށް ވަނީ ބޮޑު މީބާ "ތަރައްގީ ޔަގީން" އަކީ
މަ
31 May 2017
ލިޔުންތެރިންވެސް އެބަ ދަންނަންޖެހޭ ސީޒަން އާ އޯފް ސީޒަން!!! ތި އެލިޓާލިއާ އަންނަނީ އަލަކަށް ނޫން، ކުރިޔަށް އޮތް ސީޒަނަށް އެއަންނަނީ ، އެ ނިމޭ އިރަށް ހުއްޓާލާނެ، ދެން އަނެއްކާވެސް އަނެއް އަހަރު ސީޒަނަށް ފަށާނެ!
މޯޑް
30 May 2017
އެލިޓާލިއާ ބަގުރޫޓުވެ ހުއްޓާލުމުގެ މަގުމަތީގަ ވާކަމަށް ޚަބަރުތައް ބުނަނީ.
އައިއޭމް
30 May 2017
އިތުރު ހަތަރު އެއާލައިނަކުން ރާއްޖެ އަށް މި އަހަރު ދަތުރުތައް ފަށަނީ އެވެ. ސީދާ ފްރާންސް އިންނާއި އަދި އިޓަލީން ވެސް ދަތުރު ތައް ފަށަނީ އެވެ. އިނގިރޭސި ސަރުކާރުން ގޮވާ ކަނޑުކޮސް ގޮވުން ތަކަށް އަޑުއަހާނެ ބަޔަކު މިހާރު މިދުނިޔޭގައި ނެތް ކަން އެމެންނަށް އަންޑަރސްޓޭންޑް ވާން ފަށައިފި ދޯ. ސާބަހޭ އިޓަލީ ކުދިންނޭ އަވަހަށް އަންނަންވީ ރާއްޖެ އަށް އަދި ފްރާންސް ކުދިން ވެސް ރާއްޖެ އަށް އަންނަންވީއޭ. ތިކުދިންނަށް އުފާވެރި ހޮލިޑޭ އެއް ހަދާލާނެ ރިސޯރޓްސް ތައް ރާއްޖޭގައި ހަދަނީ ހަދަނީ ހަދަނީއޭ. ޔޫ ގޮޓް ދަ ޓަޗް ޔޫ ގޮޓް ދަ މެޖިކް. އައި ވޮނާ ސީ މައި މޯރ ޓައިމް ލުކިންގް އޮން ޔޫ. އައި އޭމް ލުކިންގް ފޯރ ދަ ލަވް އޮފް ޔުއަރ ލައި ލައި ލައި ލައިފް. ޑާންސް ޑާންސް ޑާންސް..