ސަން އައިލެންޑް ރިސޯޓުގެ މޫދުގައި ޖެޓްސްކީ ދުއްވަނީ: މިއީ ދިވެހިން ވަރަށް ހިތްހަމަޖެހޭ ރިސޯޓެއް .-- ފޮޓޯ: ނިޝާން އަލީ/
19 ޖޫން 2017 - 08:18
މި ފަހަރުގެ އީދު ޗުއްޓީ ހޭދަކޮށްލަން އެއްވެސް ތަނަކަށް ދާން ޕްލޭނެއް ކޮށްފައި އެބަ އޮތް ހެއްޔެވެ؟ ނެތް ނަމަ މިއީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުން ވަނީ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކުޑަ އަގެއްގައި އީދު ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.
އެކި ބަންދާ ދިމާކޮށް ސަން އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ބޭރު މީހުންނަށް ހާއްސަ ޕެކޭޖްތައް ތައާރަފްކުރެ އެވެ. އެ ޕެކޭޖްތަކުގައި ހުރުމާއި ކެއުމާއި މާލެއިން އެ ރިސޯޓަށް ދިއުމުގެ ހަރަދު ވެސް ހިމަނަ އެވެ. އެކަމަކު މިފަހަރުގެ އަގުތައް ކުރިއަށް ވުރެ ވެސް ވަނީ ހެޔޮކޮށްފަ އެވެ.
ސަން އައިލެންޑުން މިފަހަރުގެ އީދު ބަންދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ މި މަހުގެ 25 އިން ޖުލައި 2 ގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ހިމެނެނީ އެ ރިސޯޓުގެ ސަން ވިލާ ނުވަތަ ބީޗް ވިލާގައި ހުރުމާއި ތިން އިރުގެ ކެއުމާއި ހަވީރު ސަ އެވެ. ސަން ވިލާގައި ހުރުމަށް ނަގަނީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް ރެއަކަށް 1،600ރ. އެވެ. އަދި ބީޗް ވިލާއިން ނަގަނީ ދެ މީހަކަށާއި ކުޑަ ކުއްޖަކަށް ރެއަކަށް 2،000ރ. އެވެ. އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.
ސަން އައިލެންޑް ރިސޯޓުގެ މޫދުގައި ޓޫރިސްޓަކު ފްލައި ބޯޑު ދުއްވަނީ: މިއީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ވަރަށް ހިތްގައިމު ރިސޯޓެއް. --ފޮޓޯ: ނިޝާން އަލީ /މިހާރު
ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ޕެކޭޖްގެ އިތުރުން އީދާ ދިމާކޮށް ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ރިސޯޓްގައި ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބައިސްކަލް ދުއްވުމާއި ކުޑަކުދިންގެ ޕޫލާއި ގޭމް ސެންޓަރު ބޭނުންކުރުމާއި ބޮޓޭނިކަލް ގާޑަންއަށް ދިއުމާއި އެ ނޫން ވެސް މަޖާ ހަރަކާތްތައް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"ފަހަކަށް އައިސް ކޮންމެ ބަންދަކާ ދިމާކޮށް ވެސް އަޅުގަނޑުމެން މިދަނީ ހާއްސަ ޕެކޭޖްތައް ވިއްކަމުން. އެ ޕެކޭޖްތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. އެހެންވެ މިފަހަރު ވެސް ނިންމީ އީދާ ދިމާކޮށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރަން،" އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓުން އީދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް އީދު ޗުއްޓީ ހަދައިދޭން އެ ރިސޯޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.
"އަޅުގަނޑުމެން ނިންމާފައިވާނެ ދިވެހިންނާ ގުޅޭ ހާއްސަ ހަރަކާތްތައް ހިންގަން. އެގޮތުން ބާބެކިއު ނައިޓެއް ވެސް ބާއްވާނެ. އަދި ކުޑަކުދިންގެ ކުޅިވަރު ހަވީރެއް ވެސް އޮންނާނެ. އެ ހަރަކާތުގައި ބައިވެރިވާ ކުދިންނަށް އިނާމް ވެސް ދެވޭނެ. ބޭނުމަކީ ވީހާވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުން،" މައުސޫމް ވިދާޅުވި އެވެ.
ކުޑަ ކުއްޖަކު ސަން އައިލެންޑް ރިސޯޓުގެ ޕޫލެއްގައި--. ފޮޓޯ: ނިޝާން އަލީ /މިހާރު
ޓޫރިޒަމް އިންޑަސްޓްރީގައި ފެމިލީ ރިސޯޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސަން އައިލެންޑް ރިސޯޓަކީ ހަގީގަތުގައި ވެސް އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު ރިސޯޓެވެ. ބިޔަ މި ރިސޯޓްގެ ވަށައިގެން ހިތްގައިމު މޫދެއް އޮވެ އެވެ. އޭގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ހިންގަ އެވެ.
މައުސޫމް ވިދާޅުވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަން ކިތަންމެ ގިނަ ބަޔަކު ބޭނުންވި ނަމަވެސް ދަތުރަށް ޖާގަ ހޯދަން ބައެއް ފަހަރު ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެކަމަކު ވީހާވެސް ފަސޭހަކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސަން އައިލެންޑް ރިސޯޓުގައި އަލިފާނުގެ ކުޅިވަރު ދައްކާލަނީ: އީދާ ދިމާކޮށް ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގަން އެ ރިސޯޓުން ވަނީ ރާވާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ދިވެހިންނާއި ބޭރު މީހުންނާ ތަފާތުކުރުން ގެންގުޅުނު ނަމަވެސް ސަން އައިލެންޑް ރިސޯޓުގައި އެ ތަފާތު ނައްތާލަން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.
"ބައެއް ދިވެހިން އެބަހުރި ފާހަގަކޮށްފައި މި ރަށަށް އައިސް އެކަހަލަ އެއްވެސް ތަފާތުކުރުމެއް ނެތީމަ. އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް އެކަހަލަ ތަފާތުކުރުމެއް ނުގެންގުޅުމަކީ،" މައުސޫމް ވިދާޅުވި އެވެ.
ސަން އައިލެންޑްގެ މުވައްޒަފުން ތިބީ އީދު ޗުއްޓީގެ މެހެމާނުންނަށް މަރުހަބާ ކިޔަން ދެ އަތް ހުޅުވާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް ޖެޓް ރައިޑާ
19 June 2017
ދެވަނަ ފޮޓޯގައި އެވަނީ ފްލައިބޯޑެއްނޫން. އެއަށް ކިޔަނީ އެކްސް. ޖެޓް ބުލޭޑް. ފްލައިބޯޑާއި އެއާ ވަރަށް ތަފާތުވާނެ. މެނޫވަރިންގްވެސް.
މޫސަ
19 June 2017
ދިވެހިން ޗުއްޓީއާއި ިސްރާފް ދޫކޮށްލަން ވެއްޖެއެވެ. ތިމާގެ ދެމަފިރިން މަސައްކަތްކޮށްގެން އެއްކުރެވޭ ލާރި ކޮޅު ޗުއްޓީތައް ހެދުމުގެ ސަބަބުން އެއަހަރުން އަހަރަށް އޮންނަނީ ހުސްވެފައެވެ. ކުލިތައްދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެހެން ކަމުން ފެމެލީތަކުން ޗުއްޓީއަށް ކުރާ ދަތުރުތައް މަދުކޮށް އިޤްތިސާދުކުރަން ދަސްކުރަންވެއްޖެއެވެ. ކޮންމެ ދެމަފިރިއަކަށްވެސް ވަޒީފާ އަދާކުރާތާ 15 ވަރަކަށް އަހަރުތެރޭގައި ފްލެޓެއްގެ ޑަވްން ޕޭމަންޓް ދެއްކޭވަރު ވޭތޯ ބަލަން ވެއްޖެއެވެ. ދެމަފިރިން އެކުވެގެން ކޮންމެ މަހަކުވެސް 2700 ރުފިޔާ ރައްކާ ކުރާނަމަ 15 އަހަރުގެ ތެރޭގައި 486000 ރުފިޔާ ރައްކާ ކުރެވޭނެއެވެ. މިހާރުގެ ޗުއްޓީތަކަށް ބަލާއިރު އަހަރަކު ލައްކައެއްހާ ރުފިޔާ ބައެއް ޢާއިލާތަކުން ޗުއްޓީއަށް ހޭދަކުރާތައް ފެންނަނީ މަދެއްކޮށޭ ނުދެންނެވޭނެއެވެ.
ދިވެހި މީހާ
19 June 2017
ދިވެހިން ހަމަ ފޮނީ. މާލޭގަނޫނީ އުޅެވޭކަމަކަށްނުވޭ އެ ވަރިހަމަ މަހަކު 25ލާރި ލިބުނަސް. ނެތް ފެންވަރުން އަބަދުވެސް އުޅެންވާނި. ނިކަންގޮސް ރަށުގަ އުޅެބަލަ އޭރުން ސަން އައިލޭންޑެއްނޫން ޕެރިސްއަށްވެސް ދެވޭނެ. އަތުގަ ލާރިވެސް ހުންނާނެ.
ކުރާތި
19 June 2017
ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ ވި ނަމަވެސް އެތަނަށް ނުދެވޭނެ އެއް ހާސް ދިވެހިންގެ ތެރޭން އެކަކަށް ވެސް. މިހެން މިކަން މިވަނީ އެމެން މާލެ ސަރަހައްދަށް އެމެންނަށް ލިބޭ އާމްދަނީގެ %85 ކުއްޔެއްގެ ގޮތުގައި ދޭތީއެވެ،. ކަން މިހެން ހުރުމުން ވެލްތް ޑިސްޓްރިބިއުޓް ކުރުމަށް ޓަކައި ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުގައި 1 ލައްކަ ހައުސިންގް ޔުނިޓްސް އިމާރާތް ކުރަން ފެށުމަށް ފަހު މާލެ ސަރަހައްދުގައި ދިިރިއުޅެން ބޭނުންވާ އެންމެންނަށް ކޮންމެ މީހަކަށް 2 ކޮޓަރީގެ ލަގްޒަރީ އެޕާރޓްމެންޓް އެއް މަހު ކުއްޔެއްގެ ގޮތުގައި 2000 ރުފިޔާ ކަމުގައި ހަމަޖައްސާ ދޫކޮށްލަން 100 އަހަރުން ކުލި ހަމަވާނެ އުސޫލުން. އެއިރުން އެމެން އަތުގައި ޗުއްޓީ އަށް ޓަކައި ރައްކާ ކުރާނެ ފައިސާ ހުންނާނެއެވެ. މީ މިއަދު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ކުރައްވަންވީ ކަމަކީ.
ޜިއަސް
26 June 2017
ޙުސް ފޭކް ދިވެހިން ނަކީ މުއްސަނދި ބައެއް .. ޙަމަ ބޯކޮށް ލާރި އޮންނަ ބައެއް ކޮން ކުއްޔެކޭ ކިއާކަށް .. ޢިއްޔެވެސް މި ރިސޯޓް ގަ ތިބި 115 ދިވެހިން މިއަދު 135 ދިވެހިން .. ނަން ބުނާކަށް ނެތިން .. މާލެ ކައިރި ރިސޯޓެއް .. ބަލާލީމަ ވެސް އިނގޭ އެއީ ހަމަ މާލެ ގަ ދިރި ުޅޭ ރާއްޖެ ތެރެ މީހުން ކަން ... އަދި ވީކެންޑެއް އަޔަސް ހަމަ އެ ވަރަށް ދިވެހިން އޮންނާނެ ..
ޖޭމްސް
19 June 2017
މި މަހު 25 އީދަށްވާރި 25 ފެށިގެން ހެދިނަމަ ކިހާ ރަގަޅުވީސް ހެއްޔެވެ. އެއީ އީދު ދުވަހާއި ޖެހިގެން އަންނަ ދުވަހު ގިނަ ފިހާރަތަކާއި އަމިއްލަ އޮފީސްތައް ބަންދު ވާނެތީ އެތަންތަނުގައި އުޅޭ ދިވެހިންނާއި ބިދޭސީންނަށްވެސް މި ފުރުޞަތުގެ ބޭނުން ހިފޭގޮތްވީހެއެވެ.
ސަންބޭ
22 June 2017
އަދި ރަނގަޅަށް ކިޔާލަން ފެނޭ "އީދު ބަންދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ މި މަހުގެ 25 އިން ޖުލައި 2 ގެ ނިޔަލަށެވެ" މިހެނެއްލިޔެފަ އިބައޮތެއްނޫން
އަހުމަދު
19 June 2017
ދިވެހިން ހަމަ ދިވެހިންގެ ގޮތުގައި. ބޭނުންވަނީ ލިބޭ މުސާރަ އެކީގައި ކުއްޔައް ދައްކަން. މާލެ ނޫން ތަނެއްގައި އުޅެން ބޭނުން ނުވާތީ ގިނަ ދިވެހިން ތިބެނީ ގޭބަންދުގައި. ހަމަ ގައިމުވެސް އަހަރެން މަސަތްކަތް ކުރަނީ ރިސޯޓެއްގެ އާދައިގެ ވަޒީފާއެއްގައި. އަހަންނާއި އަންހެނުން ގެ އުފަންރަށަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ރަށެއް. އަންހެނުން ނާއި 2 ކުދިން ދިރި އުޅެނީ ބ.އޭދަފުށީގައި. އަހަރެން މަސަތްކަތް މި ކުރަނީ އެރަށާއި ކައިރި ރިސޯޓެއްގައި. އެއީ މާލެ އެކޭ އެއްފަދައިން ރަނގަޅު ތައުލީމެއް ދަރިންނަށް އެރަށުން ދެވޭތީ އަދި ގިނަ ކަންކަން އެރަށުގައި ފުރިހަމަ ވެފައި ހުރީތީވެ. ހަމ ގައިމުވެސް މި ފަސޭހަ ދިރި އުޅުމުގައި އަޅުގަނޑަށް ދަނާލުގެ ކުލި ދައްކާފައި، ކުދިންނާއި އެކު ވަގުތުތަށް ހޭދަކުރެވޭ. އަދި ސުކޫލު ބަންދު ތަކުގައި ރިސޯޓް ތަކަށް އަދި ރާއްޖެއިން ބޭރަށް ގޮސް އުފާވެރި ވަގުތުތަކެއް ހޭދަކޮށް ލުމަށް އަތުގައި ފައިސާ ރައްކާ ކުރެވިފައި ހުރޭ. މިތަނުގައި ގިނަ ކޮމެންޓް ތައް ހުރީ މުސާރަކޮޅުން ކުލިދައްކާފަ އިތުރު ކަމެއް ނުކުރެވޭ ވާހަކަ. މާލޭގައި ކުލި ބޮޑު އަދި ކުޑަ މުސާރައެއްގައި ތިބީމަ ތިހެން ވެދާނެ. ހަމަ ގައިމުވެސް އަހަރެންގެ ދިރި އުޅުން ވަރަށް އުފާވެރި، ވަގުތުވެސް ދެވޭ. ސަން އަިލެންޑް ގެ ތި އޮފާ އަށް މަރުހަބާ ކިޔަން
ހުށާމް
19 June 2017
ވަރަށް ދާހިއްވޭ ކުދިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ރިޒޯޓަށް. އެކަމަކު ކީކުރާނީ ލިބޭ މުސާރަކޮޅުން ކުލިދައްކާފަ ކުދިންނަށް ބޭނުންވާ ކަންތައްވެސް ކޮށްނުލެވޭ..... މިއަށްވުރެ ރަނގަޅު މުސާރައެއް ލިބުނު ދުވަހަކުން ދާނަން އިރާދަކުރެއްވިއްޔާ
އަސްލުވެސް
19 June 2017
ސަންއައިލެންޑުން ތިފަދަ ޕެކޭޖްތައް ދޭއިރު، މާލެ ކައިރި ރިސޯޓްތަކުން ތިފަދަ ޕެކޭޖްތައް ނުދެނީ ކީއްވެބާ؟ ހަމަ ދަހިވެތިކަން ބޮޑީދޯ!
ގޫގަލް ސާޗް ކޮއްލާ
19 June 2017
މާލެ ކައިރީ ރިސޯޓް ތަކުގަވެސް ޕެކޭޖް އެބަހުރި، ނޫހުގަ ނުޖަހަނީ
އީދުއުފާ
19 June 2017
ދަތުރު ޚަރަދު ވަރަށް ބޮޑު.....!!!
ރާއްޖެތެރޭމީހާ
19 June 2017
ދެކުދިންނާއި އަންހެނުން ގޮވައިގެން ވަރަށް ދާހިތްވޭ. އެކަމަކު މުސާރަ ލިބޭއިރަށް ގޭކުލި ދައްކާފައި ބިލްތައް ދައްކާއިރު އޮންނަނީ ހުސްވެފައި. މިނޫން އެހެން ދުވަހެއް ދައްކަވާށި.
މަވެސް
19 June 2017
މަވެސް ވަރަށް ދާންބޭނުން އެކަމަކު އުޅޭތަނުގެ ކުލި އަންނަމަހު ދައްކަންޖެހޭތީވެ މިހިރީ ގޭބަންދުވެފައި... ގޭބަންދުން ސަލާމަތްވާނެ ރަގަޅު ބޯހިޔާވަހިކަމުގެ ނިޒާމެއް ލިބިގެންނޫނީ ރަގަޅު ޗުއްޓީއެއް ހެދޭކަށް ނެތްކަން ފާހަގަވޭ....