ޚަބަރު / ރައީސް މުހައްމަދު ނަޝީދު

އަދީބުގެ ދެ ވަނަ ސިޓީ: ނަޝީދުގެ ހުކުމް ލިޔުނީ ފަނޑިޔާރެއް ނޫން!

ކުރީގެ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް ގެންދަނީ: އެމަނިކުފާނު ޖަލަށް ލުމަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ލިޔުއްވީ ފަނޑިޔާރެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަދީބު ވިދާޅުވޭ.

16 ޖުލައި 2017 - 13:07

76 comments

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ބެހޭ ގޮތުން ކަން ހިނގައިދިޔަ ގޮތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި ދޫނިދޫ ޖަލުގައި ދިގު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވައިފި އެވެ. މިއީ، އެމަނިކުފާނުގެ ނައިބު ރައީސް ކަމުގައި ސަރުކާރުގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް އިޝާރާތް ކުރައްވައި، ރާއްޖޭގެ އެންމެ މަތީ ކޯޓަށް ފޮނުއްވި ދެވަނަ ސިޓީ އެވެ.

އަދީބު މިއަދު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވަނީ ނަޝީދު 13 އަހަރަށް ޖަލަށް ލުމުގެ ހުކުމް ލިޔުއްވީ ކޯޓެއްގެ ފަނޑިޔާރެއް ނޫން ކަމަށާއި އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީގައި އަދީބު ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ނަޝީދު ޖަލަށް ލުމުގެ ހުކުމް ތައްޔާރުކުރި ފަރާތް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ ކާކު ކަމެއް ސިޓީގައި ބަޔާން ކުރައްވާފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ލޯންޗްކޮޅު ގޮއްވާލަން އުޅުނު މައްސަލަ އާއި ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބުގެ ސިޓީގައި ވިދާޅުވީ، ނަޝީދު ޖަލަށް ލުމަށް ފުރަތަމަ ޑްރާފްޓްކުރި ލިޔުމުގައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކޮށް، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސްކުރުމަށެވެ.

"އެހެން ނަމަވެސް 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ގޮތަށް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮން ފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަން ވެސް އަޅުގަނޑަށް އެނގެ އެވެ،" އަދީބު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު ސުޕްރީމް ކޯޓަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ހުކުމް އައީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާ ގުޅިގެން، ނާޒިމްގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްޕުޅު ފެއްޓެވުމުންނެވެ.

ނަޝީދުގެ ހުކުމް ލިޔުއްވި ފަރާތް އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ މައުލޫމާތު ސުޕްރީމް ކޯޓަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވިއިރު، ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ވެސް ސުޕްރީމް ކޯޓަށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އޭނާ މީގެ ކުރިން ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި އަދީބު ވިދާޅުވެފައިވާ ގޮތުގައި ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަކަށް އެނގިވަޑައެއް ނުގަންނަވާނެ އެވެ.

އަދީބުގެ ފަހުގެ ސިޓީގައި ވިދާޅުވީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނާއި މުޅި އަދުލު އިންސާފުގެ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނެ މައުލޫމާތު އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެ ފުރުސަތު ސުޕްރީމް ކޯޓުން ދީފި ނަމަ، އެކަން ސާބިތުވާނެ މިންވަރަށް މައުލޫމާތު ހުށަހެޅުއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް، ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށް، އެ މައްސަލައެއްގެ މަރުހަލާތައް ނިމޭ ފަހުން ސާބިތުވި ނަމަވެސް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ތިޔަ ކޯޓަށް އެ މައްސަލައެއް އަލުން ބައްލަވަންޖެހޭނެ އެވެ،" އަދީބުގެ ސިޓީގައިވެ އެވެ.

"ވީމާ، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ހުކުމުގެ މައްސަލަ ތިޔަ ކޯޓުން އަލުން ބައްލަވައި، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ޝަރީއަތަށް ހާޒިރުވުމަށް އަޅުގަނޑަށް ފުރުސަތު ދެއްވުން އެދެމެވެ."

76 ކޮމެންޓް, 227 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 4%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާސިއްޕެ

15 September 2017

ސްޕްރީމqކޯޓަށް މައްސަލަ ހުށަހަޅަން ވަކި އުޞޫލްތަކެއް ފޯމުތަކެއްހުރޭ!! ތީ ލޯބީގެސިޓީ އަކުން ކުރާކަންކަމެއްނޫން!! އެއްއިރެއްގައިވެސް ޙުކުމަކީ ފަނޑިޔާރުން ލިޔާއެއްޗެއްނޫން!!ބުރާނޗާ!!

The name is already taken The name is available. Register?

މުހަންމާ

30 July 2017

މި ކަލޭގެއަށް ސިޓި ފޮނުވަން އެގުނީ ނަޝީދު އަށާއި،ނާޒިމް އަށް ނަޙައްޤުން ބޮޑެތި އަނިޔާ ތަށް ލިބި ނިމުނުފަހުން ބާވައެވެ.އެދުވަހު ދިވެހި ރައްޔިތުންގެ ފައިސާ އިން ހިތަކަށް ނައިޖަރަންގި ކުޅެމުން ދިޔައިރު ހީވީ ތިމާގެ ދަރަޖަ ﷲ ގެ ރަސްކަންފުޅަށް ވުރެ މަތި ކަމަށް ބާއެވެ.

The name is already taken The name is available. Register?

އަންނި

17 July 2017

އަދީބު ކަލޭ މޮޔަ ވީތަ. ހުކުމް ލިޔުނީ ކޮމްޕިއުޓަރުން. މަށަށް ތި ހުރިހާ ދުއްތުރާ އެއް ޖައްސާފަ ކޮންމެހެން ހެޔޮ އެދިގެން އުޅޭނެ ކަމެއް ނެތް. ކަލޭ އޮވެ ޖަލުގަ. މަ އޯކެ މިތާ.

The name is already taken The name is available. Register?

ތައުބާ

17 July 2017

އަސްލު ތައުބާއެއްނަމަ އަދީބު ޝާމިލުވެގެން އަނިޔާ ދިން މީހުންނަށް ހަގީގަތް އެއްކޮށް ސާފުކޮށްދިނުން މުހިންމީ. ކަންކަން ކުރި މީހުން އެނގެއޭ ބުނާ ހިސާބުން ވާހަކަ ހުއްޓާލުމެއްނެތް. ހަގީގީ ތައުބާވެވޭނީ ސުޕްރީމް ކޯޓަށް ލާ ސިޓީއަކުންނޫން.

The name is already taken The name is available. Register?

ރޯޒް

17 July 2017

އަޅުގަނޑަށް ފެނޭ 2013 ގެ ފަހުން ކޮށްފައިވާ ހުރިހާ ހުކުމެއް މުރާޖަޢާ ކުރަން. އެހެންޏާފަހެ މިސަރުކާރާއި އަދީބުމެން ކޮށްފައި މިހިރަ ކަންތަކަކީ އިންސާފުވެރި ގައުމެއްގައި ހިނގައިގެން ވާނެ ކަންތަކެއް ނޫން.

The name is already taken The name is available. Register?

މާލިމީ

17 July 2017

ޑރ ޖަމީލު ނާއިބްރައީސް ކަމުން ވަކިކުރި ގޮތް ކިޔާ ދެއްވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ރިލްވާނަށް ވީގޮތް ވެސް ކިޔާ ދެއްވަން ތައްޔާރުތޯ.

The name is already taken The name is available. Register?

މަންފާ

17 July 2017

ސިޔާސީ މަންފާއެއް ނުވާ އެއްވެސް ކަމަކަށް އިއުތިރާފްވާނީ އޭނާ ތައުބާ ވާން އުޅޭނނަމަދޯ؟

The name is already taken The name is available. Register?

ޑިޕްރެސްޑް

16 July 2017

ޕްލީސް ޓެލް މީ ސަމްތިންގް ނިއު... އަދީބް ޖަލުގައި ހުރެގެން ހިތުން މިރެނެރެނީ ޑްރާމާގެ ޓްރެއިލަރސް. އެއްކަމަކު ޓްރެއިލަރ ކިޔާފަ އާޝޯހެއް ނުވެ! އާވަާހަކައެއް ބުނަންވީނުން ދޯ!!!

The name is already taken The name is available. Register?

شيشة

16 July 2017

"ހުރިހާ ޖަރީމާތަކާ ވައްކަންތައް ހިގާދިޔަގޮތް އެނގޭ އަދި އެކަމުގަ ބައިވެރިވެ އެކަންހިންގި މީހުންގެ ތެރެއިން އެކަކު" މިގޮތަށް ލިޔުއްވިނަމަ ފުރިހަމަވީހީ

The name is already taken The name is available. Register?

ދރ

16 July 2017

ރައީސް. ޕޮލިސް ކުދިން ކޮޅައް ގޮޕުރޯލެއް ގަނެދެއްވަބަލަ. ބަލަ އެކުދިން އުޅޭ ހާލު...

The name is already taken The name is available. Register?

ލޯ ފާމު/ޔާމިނު ޖެޓީ

16 July 2017

އަދީބު ފޮނުއްވާ ހުރިހާ ސިޓީ ތަަކެއް މުރާޖާ ކުރުމަށްޓާކައި އެމަނިކުފާނު އުޅުއްވި ޕާޓީ އަށް ފޮނުވުމަށް ގަސްދު ކުރަމެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454