ޚިޔާލު

ރުޅި ނައިއްޔާ ދެރަ! ފުލުހުން ކޮބައިތަ؟

ނަދީމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާއަށްފަހު ކެފޭގައި ފުލުހުން ހަރަކާތްތެރިވަނީ

އާންމުން ރުޅި ގަދަވެގެން ހަފުސް ނުވިއްޔާ ދެރަ އެވެ. ތިން ދުވަހުގެ ތެރޭގައި ވަޅި ޖަހައިގެން މަރުގެ ދެ ހާދިސާ ހިނގައި، ރައްޔިތުން ބިރުން ފިތްކަނޑާލައިފި އެވެ. އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އަކަ ކިލޯ މީޓަރެއް ހަމަނުވާ ވެރިރަށުގައި ތިބިހާ ފުލުހުން ކޮބައި ހެއްޔެވެ؟

މި ސުވާލަކަށް ދެވިދާނެ ވަރަށް ގިނަ ޖަވާބު އެބަހުއްޓެވެ. އެ ޖަވާބުތައް އާންމުން ދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. އެންމެންނަށް ވެސް ފެންނަނީ އެއް މަންޒަރެކެވެ. ފުލުހުން ބިޒީވެގެން އުޅެނީ ކޮން ކަމެއްގައި ކަމާއި ކުރަނީ ކޮން ކަމެއް ކަމާއި އިސްކަން ދީފައި ވަނީ ކޮން ކޮން ކަންތައްތަކަކަށް ކަން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ އެއްވެސް ކަމެއްގައި ފުލުހުން ބިޒީ ނުވާ ވަރަށް މިއީ ބިޒީ ދުވަސްކޮޅެކެވެ. އެހެންވެ، ދެން ހުރި ކަންތައް އަތުން ދޫކޮށްލެވިފައި އޮތުން އެއީ ހަމަ ވެދާނެ ކަމެކެވެ. ގައިމު، ވަޅީގެ ހަމަލާތަކެއް ފުލުފުލުން އޮހި، ދެ މީހަކު ގަތުލުވެގެން ދިޔައިރު އެކަން މިއޮތީ ފެންނާށެވެ.

ގޭންގު މާރާމާރީތަކެއް ހިނގާ ކަމާއި މާލެތެރެ ނުރައްކާތެރި ހާލަތަކަށް ވެއްޓުނުތާ ހަފުތާއަކަށް ވުރެ ގިނަ ވެއްޖެ އެވެ. ފުލުހުންގެ އިންޓެލިޖެންސް އަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ވަޅި ޖަހައި ޒުވާނަކު މަރާލިތާ 72 ގަޑިއިރު ވީ އިރު އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރެވުނު ތާނގައި ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވެސް އަދި ބުނެނުލަ އެވެ. ރައްޔިތުން ތިބި ހާސްކަން ފިލުވާލުމަށް ޓަކައި ފުލުހުން ކުރަނީ ކީއްކަމެއް ވެސް ނޭނގެ އެވެ. މިއީ ކިހިނެއް ވެގެން އުޅޭ ކަމެއް ކަމެއް ވެސް އަދި މީގެ ކޮޅެއް މިނެއް ވެސް ނޭނގެ އެވެ. އެންމެ ކުޑަވެގެން މާލެތެރެ ބަލަހައްޓާ ތަނެއް ވެސް ނުފެނެ އެވެ. މިކަން މިހެން އޮތްއިރު، ގޭންގު މާރާމާރީތައް ހައްދުން ނެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރުތަކާއި ބަދަލު ހިފުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ގައުމު ހިންގަނީ ރައްޔިތުން ދައްކާ ފައިސާއިންނެވެ. ދައުލަތުގެ ހުރިހާ އެންމެންނަށް މުސާރަ ދެނީ އެ ފައިސާ އިންނެވެ. ބުރަ މަސައްކަތުން ރައްޔިތުން ހޯދާ ފައިސާ ބަޔަކަށް މުސާރަ ދޭން މި ހޭދަކުރާ މައިގަނޑު ސަބަބަކީ މި އެވެ؛ އެ މީހުންނަށް އަމާން ދިރިއުޅުމެއް ހޯދާށެވެ. އުފާވެރިކަމާ އެކު ހަޔާތެއް ވޭތުކުރާށެވެ. ހިދުމަތްތައް ފުރިހަމަ ކުރާށެވެ. އެ މީހުންގެ ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއްގެ މަތީގައި ބޮޑުކުރާށެވެ. ހަމަ އެހެންމެ، ރައްކާތެރިކަން ކަށަވަރު ކުރާށެވެ! އެކަމަކު މިކަންކަން ހާސިލް ނުވާ ނަމަ ސަރުކާރެއް ވެސް އަދި ފުލުހުންނެއް ވެސް، އަދި އަދުލުއިންސާފުގެ ވެސް ބޭނުމެއް ނެތެވެ.

ރައީސް އަބްދުﷲ ޔާމީން ވަރަށް ގިނައިން ވިދާޅުވެ އެވެ؛ ތިމަން މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރެއްވުމަށެވެ. ސިޔާސީ މީހުންގެ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވުރެ އެމަނިކުފާނަށް މުހިންމީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލެއްވުމެވެ. އެކަމަކު އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެއިން ކަމަކާ، ރަނގަޅު ހައްލެއް އަންނާނެ ގޮތަށް، ކިހާ ބޮޑަކަށް ސަރުކާރުން އުޅެފިތޯ ސުވާލު އުފެދެ އެވެ. ގައުމުގައި ހުރި މިކަހަލަ ބޮޑެތި ކަންކަމަށް ސަމާލުކަން ދެވުނު ނަމަ ދެ ދުވަހުން އެއް ދުވަހު ޒުވާނަކު ކޮށާލެވެންވީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ވެސް ގަބޫލުކުރަމެވެ؛ ގޭންގު މާރާމާރީ އާއި ގޭންގު ކުށްތައް އަދި ވަޅި ޖެހުމާއި މީހުން ކަތިލުމަކީ ހަމައެކަނި މި ސަރުކާރު އޮތް އިރު ހިނގި އަދި ހިނގާ ޖަރީމާތަކެއް ނޫނެވެ. ނަމަވެސް، ކުރިން ވެސް މިކަންކަން ހިނގިޔޭ ކިޔާފައި މިކަން ދޫކޮށްލައިގެން ވާކަށް ނެތެވެ. މޫނު ނިވާކޮށްގެން ތިބެ، އާންމުންގެ ތެރެއިން ދުއްވާފައި ގޮސް މީސްމީހުން ކަތިލާއިރު މިކަން ހުއްޓުވަން އެބަ ޖެހެ އެވެ. މިއީ، ރައްޔިތުން ހިމާޔަތް ކޮށްދޭން ބޮޑު ހުވައެއް ކޮށްފައި ތިބި ފުލުހުންނާއި ސިފަައިން ވެސް ތިބި ގައުމެކެވެ. މިކަންކަން ނުހުއްޓުވޭ ނަމަ ފުލުހަކު ވެސް އަދި ސިފައިންނެއް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އެންމެ ފަހުން ހިނގައިދިޔަ ދެ މަރުން ވެސް ފެނިގެން މިދަނީ ފުލުހުން، އަދި އަމަން ބަލަހައްޓާ ފަރާތްްތައް ނާކާމިޔާބުވެފައިވާ މަންޒަރެވެ.

ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގައި ޒުވާނަކު މަރާލިއިރު އެ ކެފޭ އަށް ވަންނަ މީހުން ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި އެބަ ހުއްޓެވެ. އެ ކެމެރާތަކަށް ނާރާ ގޮތަށް ކެފޭ އަށް ވަދެ މީހަކަށް ހަމަލަދިނުމަކީ ނާދިރު ކަމެކެވެ. އެކަމަކު މަރާލި ޒުވާނާ އަށް ހަމަލަދިން މައްސަލައިގެ ތުހުމަތަށް އެކަކު ވެސް ހައްޔަރު ނުކުރެވި، އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ތުހުމަތުކުރެވޭ މީހަކު ހުރި ކަމެއް ވެސް ނޭނގެ އެވެ.

ރޭ މާލޭގެ ގަރާޖެއްގެ ތެރޭގައި ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި ޒުވާނާގެ ގައިން ފޭބި ލޭތައް

އެންމެ ފަހުން ރޭ ގެ މާރާމާރީގައި ޒުވާނަކު "ކޮށާލި" އިރު އަދިވެސް މީހަކު ހައްޔަރެއް ނުކުރެވެ އެވެ. ސައިކަލް ވިއްކާ ތަނެއްގައި ހުއްޓައި ދިން މި ރަހުމް ކުޑަ ހަމަލާގައި އޭނާ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ. ފުލުހުންގެ ހަބަރެއް އަދި ނުވެ އެވެ.

ގޭންގްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ޒަމާނުއްސުރެ ދިވެހި ފުލުހުން ވަނީ ނުކުދިފަ އެވެ. އެ މީހުންނާ ދެކޮޅަށް އެޅޭ ފިޔަވަޅެއް ނެތެވެ. ޒުވާނުން މިފަދަ ގޭންގްތަކުގެ ތެރޭގައި ފާޅުގައި ހަރަކާތްތެރިވާއިރު، ބައެއް ހާލަތްތަކުގައި އެފަދަ ޒުވާނުން ފެންނަނީ ސިޔާސީ މީހުންގެ ފަހަތުންނެވެ. އެއީ އެ މީހުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވެ އެވެ. ބައެއް ސިޔާސީ މީހުންނާ މިފަދަ ޒުވާނުންނާ ގާތް ގުޅުމެއް އޮންނަ ކަން އެންމެންނަށް ވެސް އެނގެ އެވެ. އެއީ ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.

މާލޭގައި މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާރާމާރީ އާންމުވެ، ދެ މީހަކު މަރުވިއިރު ފުލުހުން ފެންނަނީ ސިޔާސީ މީހުންގެ ފަހަތުން ދުވެ، ގާނޫނަކުން ކިތަންމެ ކުޑަ ތަންކޮޅެއްގައި ވެސް ހިފައިގެން އެ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތެއް ހޯދުމުގައި މަސްއޫލުވެ އުޅޭ ތަނެވެ. ފެންނަ ފެނުމުން ފުލުހުންގެ ބޮޑު ވަސީލަތެއް އަމާޒު ކޮށްފައި ވަނީ ސިޔާސީ އިދިކޮޅު މީހުންނާ ތަފާތު މައްސަލަތަކުގައި ސުވާލުކޮށް، ތަހުގީގު ހިންގުމަށެވެ. ކިތަންމެ އާދައިގެ ކަމެއްގައި ވިޔަސް، ސިޔާސީ މީހުން ޖަލަށް ލައި އަދަބު ދިނުމުގަ އެވެ. ސިޔާސީ އިދިކޮޅު މީހުން އެއްވެ، މުޒާހަރާ ކޮށްފާނެތީ ޝީލްޑާއި މުގުރުބުރި ހިފައިގެން އެ މީހުންގެ ފަހަތުން ދުވުމުގަ އެވެ. ސިޔާސީ އިދިިކޮޅު މީހުންގެ ޖަގަހަތަކުގެ ކައިރީގައި ފޯރި މެރުމުގަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން (މ) އަދި ޕޮލިސް ކޮމިޝަނަރު އަރީފް (ވ) ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

ގޭންގް މާރާމާރީތަކާ މެދު މި ގައުމުގެ ސަރުކާރުތަކުން ކަންބޮޑުވާ ނަމަ މި ހިސާބަށް ކަންކަން ދާކަށް ނުޖެހޭނެ އެވެ. ހުއްޓުވާނެހާ ދުވަސް ވެއްޖެ އެވެ. ތިން ދުވަސް ތެރޭގައި ދެ މަރު އައިއިރު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ކޮބައި ހެއްޔެވެ؟ ފުލުހުންގެ އިސްވެރިން ކޮބައި ހެއްޔެވެ؟ ކަންބޮޑުވި ތަނެއް ނުފެނެ އެވެ. ކުރާ ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު ސިޔާސީ އިދިކޮޅު ހަރަކާތާ ގުޅިގެން އިހަށް ދުވަހު ވެސް ހޯމް މިނިސްޓްރީ އަށް ބަޔާނެއް ނެރެވުނެވެ. ނަމަވެސް މިހާރު މި ހިންގާ މާރާމާރީ އާއި މީހުން ކަތިލާއިރު، ހޯމް މިނިސްޓްރީ އޮތީ ނިދާފަ އެވެ. ދެން އޮތީ ޕޮލިސް ކޮމިޝަނަރުގެ ވާހަކަ އެވެ. ބްލަޑް ޕްރެޝަރު މައްޗަށް ގެންދަން ބޭނުން ނުވާތީ، އޭނާގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ.

62 ކޮމެންޓް, 220 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 65%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ

03 August 2017

ބަލަ ފުލުހުންނަކަށް ކޮންމެ މީހަކުވފަހަތުގަ ނުހުރެވޭނެ. ދަރިން އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ނުކޮށް ފުލުހުންގެ ބޮލަށް ކަނޑާކަށް ނުޖެހޭ. މީހުން މަރާ މީހުންގެ މައިން ބަފައިން ވެސް މިކިޔަނީ ފުލުހުން ކޮބައިހޭ. ކޮބައި ލަދު ހަޔާތް

The name is already taken The name is available. Register?

Male'

03 August 2017

ކޮންމެ ކަމެއް ފުލުހުންގެ ބޮލަށް ކަނޑާލުމުގެ ކުރިން ތިމާގެ ފަރުދީ ޒިންމާ ތިމާއަށް އަދާކުރެވެނީ ކިހާ ވަރަކަށްތޯ ވިސްނާލިބާ؟ ފުލުހުންނަކީވެސް އިންސާނުން.. ކޮމެންޓް ލިޔާ ބައެއް ބޭފުޅުން ފުލުހުންގެ އަގު ވައްޓާލުމަށް ކޮމެންޓް ލިޔާއިރު ތިމާގެ ގައިގަ ހުރީ ކިހާ ފެންވަރެއްކަން އެނގޭބާ؟

The name is already taken The name is available. Register?

ބަލާ މީހެއް

02 August 2017

މަރާލި ޒުވާނާ އަށް ހަމަލަދިން މައްސަލައިގެ ތުހުމަތަށް އެކަކު ވެސް ހައްޔަރު ނުކުރެވި، އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ތުހުމަތުކުރެވޭ މީހަކު ހުރި ކަމެއް ވެސް ނޭނގެ އެވެ. ތުހުމަތު ކުރެވޭ ކަންކަން އެބަހުރި އޭގެރެއިން އެއްކަމަކީ ، ރިޝްވަތު ދެން އުޅުން . މިކަމަކީ މިހާރު ތުހުމަތު ކުރެވޭ އެންމެބޮޑު އަދި އެންމެ އިސް ކަމަކީ . މިބައި ވަރަށް ރަނގަޅަށް އެބަބައްލަވައި . އަދި ހެކި ނައްތަލަފާނެތީ ހައްޔަރުވެސް ކުރަމުން އެދަނީ . ހަމަ ތުހުމަތުކުރެވިގެން .

The name is already taken The name is available. Register?

ހަސަން

02 August 2017

ބެލެވެނީ މީ އިމަރޖެންސީ ޤާނޫނު ހިންގަން ވެގެން ޖަހާ މަޅިފައްޗެއް ކަމަށް!

The name is already taken The name is available. Register?

ޕޮލިސްއެކަޑެމީ

02 August 2017

ފުލުހުންގެ އެންމެން އުޅެނީ ފުލްޓައިމް ކޯސްތަކުގައި ކިޔެވުމުގައި. ކޮލެޖް، ޔުނިވާރސިޓީތަކުގައި. މުސާރައާއިއެކު. ދެން މިތިބެނީ ކަމެއް ދަމެއް ނޭނގޭ ސޮރުމެެން އަތްމައްޗަށް ތަންދޫކޮށްލާފައި. ފަހުން ޖައްސާލާ މިވަރެއްގައި މިނިމެނީ. މިއީ ޕާރޓްޓައިމް ވަޒީފާތަކެއް. ފުލްޓައިމް ސްޓޫޑަންޓުން، ސްޕޯރޓްސް ޕާރސަން އަދި އެންޓަރޓައިނަރސް ތިބެނީ އެތާނގައި. ޙިދްމަތްދޭނެ މީހަކުނެތް.

The name is already taken The name is available. Register?

ސަޖޯ

03 August 2017

ބާކީ ތިބިމީހުން އުޅެނީ ޓެކްސީ ކުރަން

The name is already taken The name is available. Register?

ދދ

02 August 2017

މަޖިލިސް މެމްބަރުން އެބަގޮޅިޔައްލެވޭ، ގޭންގު މީހަކު ގޮޅިޔަކަށް ނުލެވޭ!

The name is already taken The name is available. Register?

ޢަލީ ނިޒާރު

02 August 2017

އިދާރީ މަސައްކަތް ގިނައީއެވެ. ދެން ރަށުތެރެ ބަލަހައްޓަން ފޮނުވަނީ ދެޖިންސުގެ ދެމީހުން އެއްސައިކަލަށްލާފައެވެ. އެމީހުންނަށް ކަޓެއް ޖައްސައިލެވެނީއެވެ. ދެން ފޯން ނަގާކުއްޖާ އާފުރެމުން ފޯނު ނަގާފައި މިފޮނުވަނީ އިން ނިންމާލަނީއެވެ.

The name is already taken The name is available. Register?

ދިވެހި ދަރިއެއް

02 August 2017

ފުލުހުންނޭ ކިޔާއިރު ބަލަގަ އިދިކޮޅު ސިޔާސީމީހުން ރެޔާދުވާލު އެމީހުންގެ ބާރުކަނޑުވާފައި ތިބިބައެއްކަން ނޭގެނީތަ މިއީ އިއްޔެއަކު މިއަދަކު ވީކަމެއްނޫން އަންނިގެ ނުބައި ނުލަފާކަމުން ފުލުހުންނާއި ސިފައިންގެ ބާރު ކަނޑުވައި އެމީހުންނަށް ނަންހަދައި އެމީހުންނަށް މަލާމަތް ކުރަން ފެށިހިސާބު މިއަދު ހަނދާންނެތުނީ އަދި މަޖިލިހުގައި ހިންގާކޮންމެޖަރީމާއެއް ހުއްޓުވަން ފިޔަވަޅެއް އަޅައިފިނަމަ އިދިކޮޅު ޓީވީތަކުން އެމީހުންނަށް ނަފުރަތު އުފައްދާ އާންމުންގެ ނުރުހުން އުފައްދާ ޝޯޝަލްމީޑިއާގައި ބަދުނާމް ކުރުމުގެ ނަތީޖާއަކަށްވީ ހުރިހާއެންމެން ފުލުހުންނަށް ބޭނުންނުވާކަމަށް ބުނެ އެމީހުންގެ ވާޖިބުތަކަށް އެޅި ހުރަސްތަކުގެ ނަތީޖާމީ އެކަންވެސް ދަންނަންޖެހޭދޯ!

The name is already taken The name is available. Register?

އޭއި!

02 August 2017

ހާދަނުވިސްނެއޭ! ތިގޮތަށް އަންނިއޭ ކިޔައިގެން ވާހަކަ ދައްކާތީއޭ އަންނި މަޝްހޫރުވެގެން މިއުޅެނީ. ވިސްނަބަލަ! ފާއިތުވަމުން މިދާ 40އަހަރުގެ ތެރެއިން އެންމެ 3 އަހަރޭ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއްލިބުނީ. އަދި އެއާއިއެކު ދިވެހިން ހަލަބޮލިވުމުން އެވެރިކަންވެސް ރައޔތުން ރެވެތިގޮތުގައި ދޫކޮށްލި ރިވެތި މިސާލެއްހެން. މިގޮތަށް މިހުން ކަތިނުލާ، މެމްބަރުން ހައްޔަރެއް ނުކުރޭ.

The name is already taken The name is available. Register?

ރަދީފް

02 August 2017

މެންބަރުން ހައްޔަރެއް ނުކުރެއޭ؟ ކެކެކެކެ. 40 އަހަރޭ ކިޔާފައި ކޮމެންޓް ފެރިމީހާއަށް ސިޔާސީ ކަންކަން އެނގޭވަރު. ކެކެކެކެ

The name is already taken The name is available. Register?

365

02 August 2017

ގައުމު މިހިސާބަށް އައީ ޑިމޮކްރަސީ ގެނައުމުން، މީގެ ކުރިން އުޅުނީ ވަކަރުގެ ކުދިން ތިވަރެއް ނުވޭ... ބުނަން މިއުޅޭ އެއްޗަކީ ގާނޫން ތައް ހެދިގެން އައި އިރު މިރާއްޖޭގައި މައުސޫމް ކުށެއް ނުކުރާ ރައްޔިތަކާއި އެއްވަރަށް ބޮޑެތި ކުއްކުރާ މީހުންނަށް ވެސް ހައްގު ތަކެއް ދެވިފައި އޮތުމުން ތަންފީޒީ އިދާރާ ތަކަށް ވެސް ދަތިތަކާއި ކުރިމަތި ވުން، ދެވަނަ ކަމަކީ އަބަދުވެސް ކޮންމެ ސަރުކާރަކުން ވެސް މަތި ފަޑީ ގެ ބޭފުޅުން ބްރޯ ވެގަނެގެން ޒުވާނުން ގެ ތެރެއިން ޖާހިލުން އަތުގައި ހިފާގެން ޒުވާނުން ބާރުވެރި ކުރަން ނިކުތުން، އަދިވެސް ލައްކަވާހަކަ އެބަހުރި ކުރުކޮށް ބުނަންޏާ މި ކަންކަން ހައްލަކީ އުމަރު ނަސީރު.. މިބުނީ ލައްކަ ވާހަކަ

The name is already taken The name is available. Register?

ދެ މަރު އައިއިރު

01 August 2017

ކޮންފުލުހުންނެއް، މާފަންނު ބީ.ޖީއާ ހަވާލުކުރިނަމަވެސް މިހާރުތިމީހުންހޯދައިފިސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454