ޕީޕީއެމުން އަލަށް ހަދާ ޖަގަހަ ކުރިމަތީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ ޓްވިޓާ
13 އޯގަސްޓް 2017 - 11:58
މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަމުން އަންނަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ފުރުގާން މިސްކިތް ތަޅާލައި އާ މިސްކިތް ހުޅުވަންދެން ވަގުތީ ގޮތުން ބޭނުންކުރި މިސްކިތް ހުރި ބިމުގައި ޕީޕީއެމްގެ ޖަގަހަ ހަދާ ކަމަށް މީޑިއާތަކުގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަނީ ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ކަމަށެވެ.
"އަމިއްލަ އިސް ނެގުމަކަށް އެކަން ހިނގާފައި އޮތް ގޮތް ބަލަމުން ދަނިކޮށް އަމިއްލަ ފަރާތަކުން ވެސް އެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. އެ ބިމަކީ މީހެއްގެ އަތުން ކުއްޔަށް ނެގި ތަނެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
އޭސީސީ އަށް އަމިއްލަ މީހަކު ފޮނުވި ސިޓީއެއްގައި ބުނީ ޕީޕީއެމުން ޖަހަގަ ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންތަކެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މާލޭ ހިޔާގެ ހުސް ބިން ސިޔާސީ ޕާޓީއެއްގެ ޖަގަހަ ހަދަން ދޫކޮށްފައެއް ނުވާނެ އެވެ. އެ ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ތިން ފަހަރު އިއުލާންކުރި ކަމަށާއި އެ ބިން ދިނީ އެންމެ ގިނަ އިން މާކްސް ހޯދި ފަރާތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެތަނުގައި ހަދާ ޕީޕީއެމް ޖަގަހައިގެ މަސައްކަތުގައި މިނިސްޓްރީގެ މުވައްޒަފުން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކުރެ އެވެ.
ޕީޕީއެމުން ބުނެފައި ވަނީ މާލޭހިޔާ ކައިރީގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.
ޕީޕީއެމުން އަންނަނީ ވެސްޓް ޕާކް ހުރި ބިމުގައި އެ ޕާޓީގެ ހަތަރު ބުރީގެ އިމާރާތެއް ހަދަމުންނެވެ. އެތަނުގެ މައްސަލާގައި ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށާއި ޕީޕީއެމަށް ފާޑުކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
14 August 2017
އޭސީސީ އިން ބަލަނީ ތިޔަ ޖަގަހަ ހެދުން ގާނޫނުން ބޭރުވަނީ ކޮން ގޮތަކަށް ތޯ އާޢި އަދި ޖަގަހަ ހެދުމަށް ގާނޫތަކަށް ގެންނަން ޖެހޭނީކޮން ބަދަލުތަކެއްތޯ ބެލުމަށް.
އަލީ
14 August 2017
ނިހާނު ބުނާހެން ތިކަންވާނީ ޖަމަލު ޖެހި ފޮޑިޔަށްވާހެން..
ޑިން
14 August 2017
ޢައްޑޫ ތިނަދޫ ތަން ތަނަށް އަރާލީމާ އިނގެނީ މުވައްޒަފުން ނަހަމަ ގޮތުގައި ބޭނުން ކުރާ ވަރު.
މެންޓަލިސްޓް
14 August 2017
ޕީޕީއެމްގެ ސަރުކާރުން ދައުލަތުން ލޫޓްވާލި 79މ ޑޮލަރުގެ މައްސަލަވެސް ތިޔަބުނާ އޭސީސީން ބަލާތާ މިހާރު 2 އަހަރުވަނީ ،،،،، އަދިވެސް އެބަލާނުނިމޭ ،،،، އެކަންވާނީ އެހެންތާ ،،،، އެމައްސަލަބެލުމެކޭ އެއިޑްސްއަށް ބޭހެއް ހޯދުމަކޭ މިހާރު މިއޮތީ އެއްފެންވަރެއްގައި ،،، އެކަމަށްނަގާނެ ޒަމާންގަނޑެއް ،،، ވީމާ ތިޔަ ޖަގަހައިގެ މައްސަލަވެސް ނިމޭނީ އިންތިޙާބްވެސް ނިމޭފަހުންކަމަށް ލަފާކުރެވެނީ ،،،، ވަރަށްވެދުން
ދުުރުމި
14 August 2017
މިކަން ދާނެ ގޮތް އަހަރެމެން ރައްޔިތުންނަށް ވަރަށް ސާފު، ބަލަ ބަލަ ދުވަހަކުވެސް ތިޔަ މައްސަލައެއް ނުނިމޭނެ. ތިޔަ އސސގެ ވަރު އިތުރަށް ކިޔާ ދޭކަށް ނުޖެހޭވަރަށް ރައްޔިތުން މިއަދު މާ ހޭލުނތެރި
ބޯހުދު
13 August 2017
މިހާތަނަށް ތިޔަ ޖަގަހައާގުޅޭ ގޮތުން ލިޔެފައިވާ ޚަބަރުތަކަށްބަލާއިރު މިފެންނަނީ މިސްކިތް ހުރިބިން އަމިއްލަ ފަރާތަކަށް ބިޑު އުސޫލުން ތަރައްޤިކުރަން ކުއްޔަށްދިން ވާހަކަ އެކުރާ ތަރައްޤިޤަކީ ކޮބައިކަމެއް ނޭނގޭ ތަރައްޤީކުރަން ބިޑު އުސޫލުން ސަރުކާރުގެ ބިމެއް ކުއްޔަށްދީފިނަމަ އެބިމެއް ތަރައްޤީ ކުރަންޖެހޭނީ ކުއްޔަށްދޫކުރި މަޤުބަދާ އެއްގޮތަށް މީ އެންމެ އާދައިގެ ކުޑަކުއްޖަކުވެސް ޤަބޫލްކުރާ ނެ ޙަޤީޤަތެއް ނަމަވެސް އެ ބިން ކުއްޔަށްދިނީ ސަރުކާރުގެ ރޭވުމުން ރައްޔިތުންނަށް އޮޅުވާލައިގެން މީހަކު މެދުވެރިކޮށް ބިން ނަގައިގެން ޖަގަހަ ހަދަން ކަމަށްވާނަމަ އެކަން އެކުރެވުނީ ޤާނޫނުގެ އިމުގެ ތެރެއިންބާ؟ކޮރަޕްޝަނަށް ނުވާނެ އެއްވެސް ގޮތެއް ހަމައެއްނޯންނާނެ އަދި ބިޑު އުސޫލުން ތަރައްޤީ ކުރުމަށް ކުއްޔަށްދޫކުރި ބިމެއްކަމަށްވާނަމަ ބިންދޫކުރި މަޤުޞަދާ ޚިލާދު ކަމެއް އެ ބިމެއްގައި ކުރުމަކީވެސް ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއްނޫންކަންވަރަށް ސާފުކޮށް އެބަ އެބައެނގޭ އަނެއްކާ އެތަނުގައި މަސައްކަތްކުރަނީ ސަރުކާރުގެ ވެހިކަލްތައް ބޭނުންކޮށްގެން ކަން ފެންނަ މަންޒަރުތަކުން އެބަ އެނގޭ މިދެން ކޮރަޕްޝަނަށްނުވާނަމަ ކޮރަޕްޝަން ކިޔާ އެއްޗެއް މި ވުޖޫދަކުނެތް މިވަރުންވެސް ހައުސިން މިނިސްޓްރީން ބުނަނީ އެތަނުގައި މަސައްކަތްކުރަނީ ބިންދޫކުރިމަޤުޞަދާ އެއްގޮތަށްކަމަށްވާނަ މި ޤައުމުގެ ޤާނޫނެއް ޤަވާޢިދެއް ހަމައެއް ލަމައެއް ނެތްކަމަށް ނިންމާންޖެހެނީ؟
އުދުހޭ
13 August 2017
ދެންއަންނަ ދައުރުގައީ ކޮރަޕްޝަނުގެ މައްސަލަތަށް ބަލާނެކަމަށް ފެންނާތީ ކޮރަޕްޝަން ނުހިމެނޭކަމަށް އެސީސީގެ ލިޔުން ހޯދުމަށް މިއުޅެނީ.
އާދަނު
13 August 2017
އސސ އިން ބަލަނީ އެތަން ރީތިތޯއެވެ. އަދި އެއީ ކިތައްމީހުންގެ ތަނެއްތޯއެވެ. އަދި އެތާ ޖަގަހަ ހެދުމަކުން އެ މަގުންހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިނުވާ ކަމަށާއި އަދި އެތާކައިރި ގެ ތަކުގައި ނިދަންތިބޭ ކުދިންނަށް އުނދަގޫނުވާކަން ފާހަގަކުރެވިފައިވާ ވާހަކަ ރިޕޯޓުގައި ލިޔާނެއެވެ. އެހެންވީމަ ކޮރަޕްޝަނެއްނެތެވެ....
އިބޫ
13 August 2017
ހަމަ އަސްލުތަ؟ އަމިއލަ އަށް އިސްނަގައިގެން ހމަ؟ އަދިވެސް އިސްދަށަށް ނުޖަހާ ތިޔަތިބީ ދޯ
ޑަކުޓަރު
13 August 2017
މިހާތަނަށްވެސް ވިކަމެއްޙަރާން.. ފިނޑިންގެ ރާއްޖެ..