ރިޕޯޓް / މިނިވަން މުއައްސަސާތައް

މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. -

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގެ ވެސް މާ ކުރިން، ސަރުކާރު ޒިންމާދާރު ކުރުވުމާއި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމުގެ ނިޒާމުތައް މި ރާއްޖޭގައި ގާއިމުކުރި އެވެ. އެންޓި ކޮރަޕްޝަން ބޯޑާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަށްޓަކައި އުފެއްދި މިނިވަން ދެ މުއައްސަސާ އެވެ.

ގާނޫނުއަސާސީ އެކުލަވައިލި އިރު، އޭގެ ކުރީގެ ގާނޫނުއަސާސީތަކަށް ވުރެ މާ ފުރިހަމަ އަށް މުހިންމު ދެ ކަމެއް އެކަށައެޅި އެވެ. އެއް ކަމަކީ އަސާސީ ހައްގުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރު ކޮށްދިނުމެވެ. ދެ ވަނަ ކަމަކީ ދައުލަތުގެ ބާރުތައް ހިނގާ ނުހިނގާ ގޮތް ބަލައި ފާރަވެރިވެ ޒިންމާދާރު ކުރުވޭނެ ނިޒާމެއް އެކަށައެޅުމެވެ.

އެ ނިޒާމުގެ ދަށުން އެކުލަވައިލީ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކެވެ. އެ ގޮތުން މުސްތަގިއްލު ފަސް ކޮމިޝަނަކާއި މުސްތަގިއްލު ދެ މަގާމެއް ގާނޫނުއަސާސީން އުފެއްދި އެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލެވެ.

އިސްވެ ދެންނެވި ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގެ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، އެއިން ކޮންމެ ކޮމިޝަނަކާއި ކޮންމެ މަގާމެއްގެ ތައާރަފްގައި ބުނެފައިވަނީ ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މަގާމެއް އަދި މުސްތަގިއްލު މުއައްސަސާއެއް ކަމަށެވެ. އަދި އެ ކޮމިޝަންތަކާއި މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭސީސީގެ ރަސްމިއްޔާތެއްގައި، އެ ކޮމިޝަންގެ މެމްބަރުން. މިއީ ވެސް ގާނޫނުން މިނިވަންކަމާއި މުސްތަގިއްލުކަން ދީފައިވާ މުއައްސަސާއެއްގެ މެމްބަރުން -- ފޮޓޯ: އޭސީސީ

ގާނޫނުއަސާސީން އުފެއްދި މިނިވަން މުއައްސަސާތަކުގެ އިތުރުން، އެހެން ގާނޫނުތަކަކުން ވެސް ވަނީ މުސްތަގިއްލު މުއައްސަސާތަކެއް އުފައްދައިފަ އެވެ. އޭގެ ތެރޭގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެ އެވެ.

މިއީ ކިތަންމެ މިނިވަންކަމާއި ކިތަންމެ މުސްތަގިއްލުކަމާ އެކު އުފައްދާފައި އޮތް އިދާރާތަކަކާއި މަގާމްތަކެއް ކަމުގައި ވިޔަސް، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ނުފޫޒުން މިއިން އެއްވެސް މުއައްސަސާއެއް އަދި މަގާމެއްގެ ވެސް ސަލާމަތެއް ނުވެ އެވެ. ގާނޫނީ އޮނިގަނޑަކާ ނުލައި މުސްތަގިއްލު މުއައްސަސާތައް އުފެއްދުމާއި ގާނޫނީ ބާރު ލިބިގެން އުފެއްދުމާ އެއްވެސް ތަފާތެއް ނެތެވެ.

މިފަދަ އެއް ކަމަކަށް މި ދުވަސްކޮޅު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ވެފައިވަނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ފާތިމަތު ޒައިނާ، ރައީސް ޔާމީންގެ ދެ ކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާ އިންތިޒާމު ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ވާހަކަ އެވެ.

ބްރޯޑްކޮމް އަކީ، ބްރޯޑްކާސްޓް ކުރާ މީޑިއާތަކުގެ ކަންތައް ބަލަހައްޓައި، ބްރޯޑްކާސްޓް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ، ގާނޫނީ އިމުން ބޭރަށް ބްރޯޑްކާސްޓަރުންނަށް ނުކުމެވޭ ހާލަތްތަކުގައި އެކަމަށް ބްރޯޑްކާސްޓަރުން ސަމާލު ކުރުވައި، ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުމަށް އުފައްދާފައި އޮތް މުއައްސަސާއެކެވެ. މިއީ ވެސް ނުފޫޒުތަކުން އެއްކިބާވެ ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތް ކުރުމަށް އުފައްދާފައި އޮތް ތަނެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒޭނާ-- މިހާރު ފޮޓޯ

ސަރުކާރުން ބާއްވާ ހަފްލާއަކަށް ނުވަތަ ރައީސްގެ ދެކަނބަލުން ދެއްވާ ދައުވަތަކަށް ހާޒިރުވުމަކީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. ދައުވަތު ގަބޫލުކުރުމަކީ ރީތި ސިފައެއްމެ އެވެ. ފާޑު ކިޔަމުން ދަނީކީ، ރައީސްގެ ހަފްލާއެއްގައި ބްރޯޑްކޮމްގެ މެމްބަރަކު ބައިވެރިވުމަކުން ނޫނެވެ. އެ ހަފްލާ އިންތިޒާމު ކުރުމުގައި ޕާޓީގެ އެކްޓިވިސްޓެއް ފަދައިން ނުވަތަ ސަރުކާރުގެ މުވައްޒަފެއް ފަދައިން އަމަލީ ގޮތުން ބައިވެރިވީމަ އެވެ.

ބައެއް މީޑިއާތަކުން ކޮންމެ ގޮތަކަށް އެކަން ދިފާއު ކުރަން އުޅުނަސް އެއީ މައްސަލައެކެވެ. މިނިވަން މުއައްސަސާއެއްގެ މެމްބަރަކު އެ ފަދައިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ، އޭނާގެ ނަޒާހަތްތެރިކަމާއި މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ. ބްރޯޑްކޮމް އިން ބައެއް މީޑިއާތަކާ މެދު އަމަލުކުރަމުންދާ ގޮތުން ވެސް އެކަން ސާބިތުވެ އެވެ.

މުޅި މީޑިއާހެން އަބުރުގެ ގާނޫނާ މެދު ދެކޮޅު ހަދަހަދައި އޮއްވައި، ބްރޯޑްކޮމްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ގާނޫނަށް ތާއީދުކުރި ކުރުމުން، އެ މުއައްސަސާގެ މަސްއޫލިއްޔަތަކީ ސަރުކާރު ދިފާއުކުރުންތޯ، މީޑިއާ ރެގިއުލޭޓް ކުރުންތޯ ސުވާލު އުފެދުނެވެ.

މި ފަދަ ސުވާލުތައް އުފެދެނީ ހަމައެކަނި ބްރޯޑްކޮމްއާ މެދަކު ނޫނެވެ. ރާއްޖޭގައި މިވަގުތު އުފައްދާފައި އޮތް މިނިވަން ހުރިހާ މުއައްސަސާތަކާ މެދުގައި ވެސް އެ ފަދަ އެތައް ސުވާލެއް އުފެދެ އެވެ.

"ހަމައެކަނި ބްރޯޑްކޮމްގެ ވާހަކަ ނުދައްކަމާ. އެ ނޫން ހާލަތެއްގައި އޮތީ ކޮން ތަނެއް! ގާނޫނުތަކުން އުފައްދާފައި ހުރި މިނިވަން އެއްވެސް މުއައްސަސާއެއް އެ މަސައްކަތް ކުރަނީ މިނިވަންކަމާ އެކުގައިތޯ ބަލާލަބަލަ! އެންމެ ކުޑަމިނުން އަޅުގަނޑުމެން އެންމެންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އުފައްދާފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަންގެ ހާލަތު އޮތީ ކިހިނެއް. ކޮބާ އެ ތަނަށް ހުށަހެޅޭ މައްސަލަތައް. އެ މައްސަލަތައް އެ ތަނުން ނިންމާތަ؟ ނިންމަނީ ކޮން ގޮތަކަށް ކިހިނެއް ކަން އެނގެނީ ކާކަށް؟" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް މިހާރު އޮތީ ސަރުކާރުގެ މުށު ތެރޭގަ އެވެ. އެ ގޮތަށް އެކަން ދިމާވަނީ ހަމައެކަނި ސަރުކާރުގެ ކުށުން ނޫން ކަމަށާއި، އެ މުއައްސަސާތަކަށް އައްޔަން ކުރެވޭ މެމްބަރުންގެ ވެސް ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ކޮބައިތޯ އޭސީސީ އަށް ހުށަހެޅޭ މައްސަލަތައް. ކޮބާ އެންމެ ފަހުން އެ ތަނަށް ހުށަހެޅި، ފްލެޓްތައް ދިން ގޮތުގެ މައްސަލަތައް؟ އެ މައްސަލަތައް ހަމަ ހުރި ގޮތަށް ހުރީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެ މައްސަލަތައް ނުބެލިގެން އުޅެނީ ވެސް ކޮންމެވެސް ސަބަބުތަކެއް ހުރީމާތާ. ކުޑަވެސް މިނިވަންކަމެއް އެ ތަނުގައި ހުރި ނަމަ، އެންމެ ރަނގަޅުތާ އެ މައްސަލަތައް ބަލައި ނިމެންދެން، ފްލެޓްތައް ދިނުމުގެ ކަންތައް މަޑުޖައްސާލަން އަންގަން. މީގެ ކުރިން އެ ގޮތަށް އަމަލު ކޮށްފައި އެބަހުރި."

އެ ވަކީލު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތައް އޭސީސީން ބެލުމަށް ފަހު، އޭގެ ހޯދުންތައް އާންމުންނާ ހިއްސާ ނުކުރެވިގެން އުޅެނީ ވެސް ކޮންމެވެސް ނުފޫޒެއްގެ ދަށުވެފައިވާތީ އެވެ. އެ މައްސަލަ ބަލައި ނިމިއްޖެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި އޭގެ ރިޕޯޓްތައް އާންމު ކުރާނެ ކަމަށް ބުނިތާ އެތައް މަހެއް ފާއިތުވެ ދިޔަ އިރު، އެ ރިޕޯޓްތައް އާންމު ނުކުރާ ސަބަބަކާ މެދު އޭސީސީން ޗުއްޕު ވެސް ނުބުނަނީ "ފިތިފައި" ތިބީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި މިނިވަން މުއައްސަސާތައް "އަޅުވެތިވެފައި" އޮތުމުގެ ކުށް، ސަރުކާރުގެ ބޮލުގައި އެކަނި އަޅުވާފައި ދޫކޮށްލެވޭކަށް ނެތެވެ. އެއަށް ވުރެ އެ މުއައްސަސާތަކުގައި ތިބި ވަކިވަކި ފަރުދުންގެ ޒިންމާ ބޮޑުކަމުގައި އެ ބޭފުޅުން ވިދާޅުވި އެވެ.

"ކާކުތޯ އެ ބޭފުޅުންނަށް މަޖުބޫރު ކުރީ އެ މަގާމުގައި ތިއްބަވަން! ގާނޫނުގައި ބުނާ ގޮތަށް މިނިވަންކަމާ އެކު މަސައްކަތް ނުކުރެވެންޏާ އެ މަގާމު ދޫކޮށްލަންވީ ނޫންތޯ! މީހަކު ބަޑި ޖައްސާފައި ބުނަނީތޯ ކަލޭ ތި މަގާމުގައި ހުންނަންޖެހޭނެޔޭ. ރިޒްގު ދެއްވަނީ ސަރުކާރުންތޯ؟ އެ މަގާމު ދޫކޮށްލައްވާފައި އެހެން މަސައްކަތެއް ކުރައްވައިގެން ވިޔަސް އާމްދަނީ ހޯއްދެވޭނެ ނޫންތޯ؟ ކީއްކުރަންތޯ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން މަޖުބޫރު ކުރާ އިރު، އެ މަގާމުގައި ތިއްބަވަނީ،" މީގެ ކުރިން ސަރުކާރުގެ ވަޒީފާ އަދާކުރައްވައި ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ ކޮމިޝަންގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. -- މިހާރު ފޮޓޯ

މިނިވަން މުއައްސަސާތަކުގެ ތެރޭގައި، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރާ ހަމަ އެންމެ ތަނެއް ވެސް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކޮރަޕްޝަނާއި ޚިޔާނާތާ ގުޅޭ ގޮތުން އެކިއެކި މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކާ މެދު އަމަލު ކުރާ ގޮތުން އެ ގޮތަށް ނުބުނެވޭ ވަރެއް ނޫނެވެ.

އޭގެ ތެރެއިން ވެސް ނަމޫނާ ތަނެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ފާހަގަކޮށްލަން ޖެހެ އެވެ. ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެކަނި އުފައްދާފައި އޮތް ތަނެކޭ ބުނާހާ ވަރުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލި މައްސަލައަކީ އޭގެ ދިރިހުރި މިސާލެކެވެ. އާންމު ރައްޔިތުންނާއި މީޑިއާތަކުގައި އެކަމަށް ފާޑު ކިޔަމުން ދިޔަ އިރު ވެސް، އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ކޮންމެ ގޮތަކަށް އޮތަސް، ޕީޕީއެމުން ބޭނުންވިހާ ގޮތަކަށް އެ މެމްބަރުންގެ ކަންތައް ނިންމައިދެމުން އެ ދިޔައީ ގައިމު ވެސް، ފިސާރި ހިޔާ ބޮޑު ގަހެއްގެ ދަށުގައި އެ ކޮމިޝަން އޮތީމަ އެވެ.

އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓޯ އޮތް ދުވަސްވަރު، ކުރީގެ އޮޑިޓަ ޖެނެރަލްއާ މެދު އަމަލު ކުރި ގޮތުންނާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ މެދު އަމަލު ކުރި ގޮތަކީ، މިނިވަން މުއައްސަސާތަކަށް ނުސީދާކޮށް ދެވުނު ވަރުގަދަ އިންޒާރެކެވެ. އެހެންކަމުން ސަރުކާރު ކޮޅަށް މިނިވަން ނުވެއްޖެ ނަމަ، އެ މަގާމުގައި ނުތިއްބެވޭނެ ކަން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިސްނިވަޑައިގެންނެވީ އެވެ.

14 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 72%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2333

12 October 2017

އަންނި މިނިވަންވެ އަދިވެސް އެހެން ސިޔާސީ މީހުންގެ ސިޔާސީ މިނިވަންވުމަކީ ހުރިހާކަމެއްގެ ހައްލުކަމަށް ދެކޭހާ ދުވަހަކު، ދުވަހަކުވެސް މިގައުމެއް ރަގަޅެއް ނުވާނެ. މަށަށް އެއަށްވުރެ މާރަގަޅޫ ޝާރުތަކަށް ތިޔަ ކޮމިޝަނާ ކޯޓުތަކުގައި ތިބި ކަރަްޕްޓް މީހުންގެ މައްސަލަތައް ބަލައި ބޭރުކޮށް އާކުރަން ޝަރުތުކުރިއްޔާ! ނޫނީ އޭސީސީއަށް ސަރުކާރުން ދަނޑިނުބާނައި އެތަން ސާފުކޮށް މިނިވަންކުރުން ހުރިހާ ޕާޓީތައް ރުހޭ މިނިވަން މީހުން ލުން ޝަރުތު ކުރިއްޔާ. އޭސީސީ ރަގަޅަށް މަސައްކަތްކުރާނަމަ ކަރަޕްޓް އެއްވެސް މީހެއް އެއްވެސް ތަނެއްގައި ނުހުންނާނެ. ކަރަޕްޓް ވާންވެސް ބިިރުގަންނާނެ.

The name is already taken The name is available. Register?

އަހުސަނު

12 October 2017

މިނިވަން މުވައްސަސާ ތަކުގެ މެންބަރުން އަރުވާ ޖަހައިގެން ގޮނޑި އުފުއްލުވާ ތަންފޮލާސާފުކުރުމުގެ މަސައްކަތް ކުރުވުމަކީ އެބޭފުޅުންގެ ގަދަރު ކުދަކޮށްލުން

The name is already taken The name is available. Register?

ހުސޭނުބެ

12 October 2017

މަޖްލިސް ބޭނުންކޮށްގެން "ބަޣާވާތް" ކުރަން ރޭވި ހުރިހާކަމެއް ފަޅާއަރާ ފަނުފުލުން ދިޔައީ!!! އެކަންކުރަން ރޭވި އިސް މޭސްތިރިންނަށްވެސް ދެން އިތުރަށް ކުޅޭނެ ކުޅިއެއް ނެތް!!! މާޔޫސްވެ ގޮތް ހުސްވީމާ ދެން މިކަހަލަ ބޭކާރު އަނގަ ތެޅޭނީ!!! މިނިވަން މުއައްސަސާތަކޭ ، ވައްކަމޭ ، ގާނޫނޭ އަންބޮނޑިއޭ ކިޔާނެ!!! ފެކްޓަށް ވާހަކައެއް ނުދެއްކޭނެ!!! ތޯތޯ ވާހަކަ ދެއްކޭނީ!!! ބަލަ މިސަރުކާރުތެރެއިން އެންމެ ބޮޑު ވައްކަން ކުރި މީހުންގެ މައްލަ ބަލާ އެކަމުގައި އުޅުނު މީހުން ޖަލަލަށްލާ އެގެންދަނީ ތަހްގީގުކޮށް ޝަރީޢަތް ހިންގަމުން!!! ދިގު 30 އަހަރާ ކުރު 3 އަހަރުގައި ކުރި ވައްކަންތަައް ކޮބާ!! އޭރު ނުކެރުނޭ ފިޔަވަޅު އަޅާކަށް!!! ދެން ކޮން ވާހަކައެއް ދައްކާކަށް!! މިސަރުކާރުން މިގެންދަނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ފިޔަވަޅު އަޅަންޖެހޭ މީހުންނަ ފިޔަވަޅުވެސް އަޅަމުން ގައުމުވެސް ބިނާކޮށް ތަރައްގީ ކުރަމުން!!! އެހެންވީމަ ކޮންމެ ރެއަކު ތަންތަނަށް އަރާ ބޭކާރު އަނގަ ނުތަޅާ!!!

The name is already taken The name is available. Register?

މުހުމަދު

12 October 2017

ރައީސް އާއި ފަސްޓްލޭޑީ އިންނެވި ލޯންޗް ކޮޅު ގައި ބޮމެއް ގޮވީމަތޯ ވައްކަމުގެ މައްސަލަ ބަލަންފަށަން ޖެހެނީ.....؟؟؟؟

The name is already taken The name is available. Register?

ހުސޭނުބޭގެ ހަގު ދަރި

14 October 2017

ބޭފުޅާ އަށް އެނގޭތޯ ތިބުނާ 3 އަހަރުގެ ވެރިކަމުގަ ވެރިޔާ ސިޔާސީ މީހުން ފަހަތުން ދުވި ނަމަ، މިހިރަ ދައްޖާލު ހުރީހީ ޖަލުގަ މިހާރު. އެކަމަކު އޭރުން ރައްޔިތުންނަށް ލިބެން ހުރި މަންފާތަކެއް ނުފެނުނީސް. ރައްޔިތުން ހީކޮށްގެން ތިބީހީ 30 އަހަރު ބުނަމުން ދިޔަހެން "މީ ވަސީލަތްތައް މަދު ގައުމެކޭ". އެކަމަކު އެ އެރި ރައީސަކު އަރާ ރައްޔިތުންނަށް ދައްކައިދިނީ ދިވެހިރާއްޖެއަށް ވަންނަ ފައިސާއިން ކުރެވޭނެހާ ކަންކަން. ބޭސްފަރުވާގެ ނިޒާމާ ދަތުރުފަތުރުގެ ނިޒާމާ އެކި ކެޓެގަރީ ތަކުގެ ރައްޔިތުންނަށް ދެވޭ އެލަވަންސްތަކާ ބޮޑެތި ބިންތައް އިސާހިތަކު ހިއްކާލާނެ ގޮތާ، ބަނދަރު ހަދާނެ ގޮތާ އެތައް ކަމެއް. ކުރިން މީހުން ހީކުރޭ އެކްސްކެވޭޓަރަކާ ލޮރީ އަކާ ގެންގޮސް ތެޅި ހަލާކުވާއިރު މިއޭ މިކަން ކުރެވޭނެ ވަރަކީ. އިހަކަށް ދުވަހު ކަލޭމެންގެ ވެސް ލޯ ހުޅުވުނީ. އެކަމަކު އަދިވެސް ކަނު. ކެނެރީގެ ނަޝީދަކީ އޭނާގެ އަމިއްލަ ޒާތަށް ކޮންމެ ކަހަލަ މީހަކަސް އޭނާ އަކީ ރައްޔިތުންނަށް ހެޔޮ ވެރިއެއް. ދިވެހިން ޝުކުރު ނުކުރީމަ ޖެހޭ ހިތި މީ.

The name is already taken The name is available. Register?

އައޭމްމީރާ

12 October 2017

ނަމުން ވަރަށް ޕްރޮފެޝަނަލް ވެގަނެގެން އުޅުއްވާ ކޮމިޝަނަރެއްވެސް އުޅުއްވާނެ ތިތަނުން މިނިވަން މުއައްސަސާއެއްގަ.. އެމްއެމްޕީއާރުސީގެ ޙިޔާނާތާގުޅޭގޮތުން އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި ފުރަތަމަ އޮޑިޓް ރިޕޯރޓަށް އެ ބޭފުޅާގެ މުއައްސަސާއިން ދެއްވަންޖެހޭ މައުލޫމާތު އޭރު ނުދެއްވާ ހިފެހެއްޓެވި.. އިއްތިފާގަކުން ހަމަ އެދުވަސްވަރު މިދެންނެވި ކަމިޝަނަރަށް ސަރުކާރުން ރެހެންދި ފްލެޓެއް ދެއްވި، އަދި އާއިލާ ބޭބޭފުޅުންނަށް ތަފާތު ކަމިޝަންތަކާ ބޯޑުތަކުން ބޮޑެތި މަގާމުތައްވެސް ލިބިލެއްވި.. މިހާރު މި ޕްރޮފެޝަނަލް ކަމިޝަނަރަށް އޮންނަ ކަމަކީ ސަރުކާރުން ފިއްތާލަން ބޭނުންވާ ވިޔަފާރިވެރިންގެ އެކައުންޓް ސަރުކާރުން އަންގާލީމަ އަންގާވަރަކަށް ފްރީޒްކޮށްދިނުން.. ކިހާ ސަޅި؟؟

The name is already taken The name is available. Register?

ރަދީފް

12 October 2017

ވަރަށް ފުރިހަމަ އާޓިކަލްއެއް ކަމުގަ ދަންނަވަން.ޝުކުރިއްޔާ އަހުމަދު އަބުދުﷲ ސައީދު.ކަންއޮތްގޮތުގެ ހަގީގަތް ވަރަށް ރަނގަޅަށް ދޭހަވާގޮތަށް ހެދިފައޮތް އެނެލިސިސްއެއް.އެއްވެސް ތަނެއް މިނިވަނެއް ނޫން.ކިހާ ބޮޑު އަރަތެއް ، ގައުމުގަ ހުރި ހުރިހާ އިންސްޓްޓިއުޝަންތަކުގެ ވެރިން ތިބީ އެންމެ މީހަކުދެކެ ބިރުން.މިކަމަށް ނިމުމެއް އަންނަން އެބަޖެހޭ.ޒިމްބާބްވޭގަވެސް ހުރި މިނިވަން ކޮމިޝަންތައް އަދި ކޯޓްތަކުން މުގާބޭއާއި ދެކޮޅަށް ހުކުމްކުރޭ އަދި ރިޕޯޓް ނެރޭ.މިއާޓިކަލް ކިޔާލުމުން އެނގިހާމަވެ ކަށަވަރުވީ ޒިމްބާބްވޭއަށް ވުރެވެސް 10 ދަރަޖަ ފަހަތުގަ ދިވހިރާއްޖެ އޮތް ކަން.ދެރަކަމެއް.ވ.ވެދުން

The name is already taken The name is available. Register?

ރަދީފް

12 October 2017

''މަމެންގެ ވެރިކަންދޯ.މަމެން ބޭނުންއެއްޗެއް ހަދާނީ''.

The name is already taken The name is available. Register?

އާމިރު

12 October 2017

ވެރިކަނަް ބަދަލުކުރަން ބޭނުންވާ ބަޔަކަށް ރަގަޅުކަމެއްވެސް ރަގަޅު ތަނެއްވެސް ނުއޮންނާނެ. އެއީ ވާގޮތަކީ..

The name is already taken The name is available. Register?

ގައުމު

12 October 2017

ކިތައްމެ ޑިމޮކްރެޓިކް އޭ ބުންޏަސް، "ރައްޔިތުން ތަމްސީލްކުރާ ރައްޔިތުންގެ މަންދޫބުން" ނޭ ކިޔައިގެން، ޕާޓީގެ އިސް ދޮޅަހަަކަށް މީހުންގެ މަސްލަހަތު ހިމާޔަތްކުރަން ބަޔަކު ހޮވައިގެން ނަމުގައި ރައްޔިތުންގެ މަޖިލިހެއް އޮންނަހާ ހިނދެއްގައި ވާނީ މިހެން. ބަދަލުކުރަންވީ މަޖިލީސް މެމްބަރުންގެ ޝަރުތުތަކާ، ހޮވޭ ގޮތާ، ވަކިކުރެވޭ ގޮތާ، ޒިއްމާދާރު ކުރެވޭނެ ގޮތް. ހަގީގީ މާނައިގައި މަޖިލީހަކީ ރައްޔިތުންގެ މަޖިލީހަކަށް ހަދަންވީ. މިސާލަކަށް އެއްވެސް އިރެއްގައި ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން އުޅުނު ނުވަތަ އެފަދަ ގޮތަކަށް ހަރަކާތްތެރިވެފައިވާ މީހަކަށް މަޖިލީހަށް ނާދެވޭ ގޮތަށް ހެދުމާއެކު، ހޮވުމަށްފަހު ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އެފަދަ ގޮތަކަށް މެމްބަރަކު އަމަލުކޮށްފިނަމަ އެދާއިރާގެ ރައްޔިތުންނަށް އެމީހަކު މެމްބަރުކަމުން ވަކިކުރެވޭ ގޮތަށް ހަދައި، ރައްޔިތުންގެ ނަމުގައި އެކެއްގެ އަތުގައި ބާރު އޮތުމުގެ ބަދަލުގައި ރައްޔިތުންގެ މެޖޯރިޓީން ބާރުގެ ބޭނުން ކުރެވޭ ގޮތަށް ހަދަންވީއެވެ

The name is already taken The name is available. Register?

އައްޑޫ ރަދުން

12 October 2017

........... މިނިވަން މުއައްސަސާތަކާ ހަވާލުވެ ތިއްބެވި ބޭފުޅުން ހާދަ ލޯބިންނޭ އެގެންގުޅުއްވަނީ....އިރުއިރު ކޮޅުން އެއްކަލަ ކަހަލަ އެތިކޮޅު ކޮޅު ދެއްވާ...

The name is already taken The name is available. Register?

ޣޮގާ

12 October 2017

ޗެނަލް 13 ލިބުނީމަ އެހައްގު ފަރާތައް ލިބުނީ! ދެންއޯކޭވާނެ އެހެން ފަރާތަކަށް ނުލިބުނަސް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454