މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
15 ނޮވެމްބަރ 2017 - 21:22
މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ގާއިމުކުރަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 62 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި، އަންނަ އަހަރު ނިންމުމަށް އަމާޒު ހިފާފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ-ހުޅުލޭގެ ބްރިޖެވެ.
އެގޮތުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ތެރެއިން 213 މިލިއަން ރުފިޔާ އެ މަޝްރޫއަށް ޚަރަދު ކުރުމަށް ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ. ބްރިޖުގެ "ޓޯލް ކަލެކްޝަން ސިސްޓަމް" އެއް ހަރު ކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތަސް އެކަމުގެ ތަފްސީލެއް ނެތެވެ.
މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި ކޮންކްރީޓް ބޮޑެތި ބެރިތައް އެތުރުމުގެ މަސައްކަތް ކުރަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން ބްރިޖުގެ މެއިންޓެނަންސް އާއި އޮޕަރޭޝަނަށް 35 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ. ބްރިޖު ނިންމައި ފުރަތަމަ ދެ އަހަރު އެތަން މަރާމާތުކޮށް ބަލަހައްޓާނީ ޗައިނާ ސަރުކާރުންނެވެ. ބްރިޖު އެޅުމަށް އެ ގައުމުން ވެސް ބޮޑު ހޭދައެއް ކުރެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
މުއިއްޒު ވިދާޅުވީ ޓޯލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖް މަތިން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ފީ ނެގުން ނުވަތަ ޓޯލް ނިޒާމް ޑިޒައިންކޮށް ނިމޭނެ ދުވަހެއް އަދި ޓޯލްގެ ގޮތުގައި ނަގާނެ މިންވަރެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުނިން އިއްޔެ ބުނީ ބްރިޖުގެ 67 ޕަސެންޓު މަސައްކަތް ނިމި ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ދިވެހި ސަރުކާރުން ތައްޔާރުވަނީ އަންނަ އަހަރުގެ އަންނަ އަހަރުގެ ޖުލައި 26 ގައި ބްރިޖު ހުޅުވުމަށެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ. ޟުހައް
16 November 2017
ތި 62މިލިޔަން ރުފިޔާ ގުނަން ދާ ހަރަދު 70 މިލިޔަނައް އަރައިފިއްޔާޔޯ؟
އަލީ.
16 November 2017
ރިސޯޓުހިއްސާނުދީ ދޮގުހެދީ ކާކު؟
ހހަސަންފުތު
16 November 2017
62 މިލިޔަން ރުފިޔާ އިން 10 އަހަރުވަންދެން 4 މީހަކައް މުސާރަ ދީފަ ފައިސާ ނަގަން ބެހެއްޓިޔަސް ތި ވަރަށް ވުރެ ކުޑަ ވާނެ .. ލަންކާގަވެސް ތިބެނީ ޓޯލް ބޫތުގަ މީހުންބައިތިއްބާފަ .. ދިވެހިންނައް ވަޒީފާއެއް ގެ ފުރުސަތު ވެސް ލިބެނޭ ..
ލައްކަވާހަކަ
16 November 2017
ބުރިޖު ނިމި ހުޅުވާނީ 2018 ގެ ދެބައި ކުޅަ އެއްބައި ނިމޭ ފަހުން. ފުރަތަމަ 2 އަހަރު ހުރިހާ ކަމެއް ބަލަހައްޓާނީ ޗައިނާއިން. ނަމަވެސް ބަޖެޓުން 35 މިލިއަން ހަރަދުވޭ.. އެހެންވީމާ 2 އަހަރު ފަހުން ބުރިޖު ލިބޭއިރު 200 ވަރަކަށް މިލިއަން ރުފިޔާ އަހަރަކު ހަރަދުވާނެތާ؟ އަދި ކޮބާ ބުރިޖު މުއިއްޒު ވުމުން ހަރަދުކުރަން ޖެހޭ ފައިސާ؟ 5 ވަރަކަށް އަހަރު ތެރޭ ބުރިޖު މުއިއްޒުވުމުގެ ސަބަބުން ކުރަން ޖެހޭ މަރާމާތަށް މުޅި ބުރިޖުގެ އަގު ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް ނުދާނެބާ؟
އަހުމަދުބެ
16 November 2017
ފީ ބޮޑުކޮށް ނަގާނެ ގޮތް ތަކެއް ވިސްނަނީއެވެ.
އެއްކަލަ
16 November 2017
އަނެއް ޚަރަދުބޮނޑި، ކިހިނެއް ތިހުރިހާ ފައިސާއެއް ދައްކައިގެން މިތޮއްޖެހިފަިވާ ތަނުގަ އުޅޭނީ؟ ހިލޭ ނުކުރެވެންޏާ ތިކަމުގެ އެއްވެސް ފައިދާއެއް ރައްޔިތުންނަކަށް ނެތް.
ބޮޑުކަމެއް
16 November 2017
ހުސްވައްކަން ، ތިޔަ ނިޒާމުން 64 މިލިއަން ރުފިއާ ނުލިބޭނެ މެއިންޓަނަންސައް ހިނގާ ހަރަދު ކަނދާފަ 10 އަހަރުނވެސް. ވީމާ ތިޔަ ފައިސާ މިހާރު ހަރަދު ނުކޮށް ހިލޭ ހިދުމަތް ދިނިއްޔާ މާ ރަނގަޅުވާނެ. އެކަމަކު، ތިޔަ ނިޒާމު ގާއިމްކުރަން ދާ ލާރިކޮޅު އޭރަކުން ނުނެގޭނެދޯ!
ނޫސް ކިޔާމީހެއް
16 November 2017
އެހާ އަގުބެޑެއްނޫން ދެއްތޯ 4 ބިލިޔަން ޑޮލަރ ވީމަކާ
އުނބުށެން
16 November 2017
ފީ ނަގާނެ ނިޒާމުގެ މާނައަކީ ފީ ބަލައިގަންނަން ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމާއި އެކަމަށް ބޭނުންވާ މުވައްޒަފުންގެ ޚަރަދު ބާވައެވެ. ނޫނީ އެކަން ކުރާނޭ ގޮތެއްގެ ލަފައެއްދޭ ކޮންސަލްޓެންޓަކަށް ދޭ ކުޑަ އެއްޗެއް ބާވައެވެ. ލޯޔަރުން ތިބި ތަންތަނަށްވެސް ބޭރުން ލޯޔަރުން އައްޔަންކުރަން މިލިޔަނުން ޚަރަދު ކުރާއިރު އެއީވެސް ވެދާނެ ކަމެއްތާއެވެ. ބަޔާންވެ ދިޔަވަރުން ޔަގީންވަނީ މިބުނާ އަދަދަކީ ގައިމުވެސް ފީ ނަގައިގެން ލިބޭނެ އާމްދަނީ ނޫންކަމެވެ. ދެން އެންމެ ރަނގަޅުވާނީ ތިވަރު ޚަރަދުކޮށްގެން ނަގާފީއަށް އޭގެ ކުޑަ މިންވަރެއްވެސް ނުލިބުނިއްޔާއެވެ.
މޯޑް
16 November 2017
ނޫނޭ.. ޓޯލް ކަލެކްޝަން މެޝިނެއް ގަންނަން
ކައްޓިމާމަ
16 November 2017
އަނެއް ޖަރީމާ މީ.... ބްރިޖްގެ ޕްރޮޕޯސަލްގަ ހިމެނެން ޖެހޭ ކޮމްޕޮނެންޓެއްމީ ހަޤީގަތުގަ.......ތިޔަކަމެއް ކުރި އިރު ވެސް އިނގޭން ހިލޭ ދަތުރު ނުކުރެވޭނެ ކަން. އެހެން ކަމަށް ވާނަމަ މަސައްކަތް ކޮންޓރްރެކްޓް ކުރާއިރު ތިޔަ ހުރިހާކަމެއް ހިމެނި ނިމިފަ ހުންނަން ޖެހޭނީ. ތިވެސް ވާނީ ސަރުކާރު ގެ ކޮންމެ ވެސް މީހެއްގެ ޖީބަށް ބަރުކުރަން ޖެހި ސަކަރާތަކަށް..... ތިޔަ ޕްރޮޖެކްޓް ހަވާލުކުރާނީ އަދި ތިއަށްވުރެންވެސް ބޮޑު އަގުގަ ޕިންކް ޕާޓީގެ އިސް މީހަކަށް. މި ގައުމުގަ އޮތީ ހުސްޖަރީމާ. އެއްބަޔަކު ކައިގެން ބަނޑޫފުރަނީ އަނެއްބަޔަކު އަތާ އަނގަޔާ ދިމާނުވިޔަސް ހެޔޮ. ދިވެހި ދައުލަތުގެ ބައިތުލް މާލު ވެރިކަމުގެ ބާރުގަ ވަކި ބަޔަކު ބޭނުން ކޮށްފަ އިނދަ ޖެހުނީމަ ސަރުކާރުގަ މަސައްކަތް ކުރާ ނިކަމެތިންނަށް ހުރިހާ ވަރެއް. މުސާރަކޮޅު ކަނޑާލާ އެއްޗިހީގެ އަގު ބޮޑުކޮށް ހަދަނީ. ޕްރޮޖެކްޓް ނަގައިގެން ދުނިޔޭގެ އެތަން މިތަނުން ގެދޮރު ގަނެ ހަދާއިރު 24 ގަޑި އިރު މަސައްކަތް ކޮށްގެން 100 ރުފިޔާ ގެޔަށް ނުގެންދެވޭ.