އަމީތު: ދެން ކުރިއަށް ދާންވީ ފ. އަތޮޅުން ދެއްކި މިސާލުން ކަމަށް މިރޭ ވިދާޅުވި --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 ޑިސެމްބަރ 2017 - 07:24
ފ. އަތޮޅުގައި ސައުދީ އަރަބިއްޔާ އިން ހިންގަން އުޅުނު ބިޔަ މަޝްރޫއު، އިދިކޮޅު ފަރާތްތަކުން ފެއިލްކޮށްލާފައިވާއިރު، އަނެއްކާ ވެސް އެފަދަ ކަންކަމާ ދެކޮޅަށް ތެދުވާންޖެހޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީގެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން، ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަމީތު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދެން ވެސް ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި ނަމޫނާއާ އެއްގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޗައިނާއާ އެކު ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމަށް ނުރައްކާތެރި އެއްޗެއް ކަމަށާއި އެއީ ވޯރާ ވިޔަފާރިވެރިން އަނބުރާ ގެނައުން ކަމަށެވެ.
އަމީތު ވިދާޅުވި ގޮތުގައި 15 ބިލިއަން ޑޮލަރުގެ ހުވަފެނަކަށް، "ފ. އަތޮޅު ވިއްކާލެވިދާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅުކުރެއްވީ އެ އަތޮޅު ކުޑަވެފައި މީހުން މަދުވުމުންނެވެ. އެކަމަކު ހައްގުގެ މަގުގައި، ގައުމީ މަސްލަހަތުގައި ތިބެއްޖެ ނަމަ އެ ފަދަ ކަމެއް ކުރުމަކީ ފަސޭހަކަމެއް ނޫންކަން ފ. އަތޮޅުން ސާބިތު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ
"މި އަތޮޅަށް ވަރަށް ހުވަފެން ދެއްކި. ވަރަށް ގިނަ ފައިސާގެ ވާހަކަ ދެއްކި. އެކަމަކު އޭރު ރައްޔިތުން ދެއްކި އެއްބާރުލުމުން މި މަޝްރޫއު ހުއްޓާލަން ޖެހިވަޑައިގެންނެވީ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގެ ވެރިންގެ އުނގަށް ރައީސް ޔާމީން ވެއްޓެން ޖެހިވަޑައިގެންނެވީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ނެތުމުން ކަމަށެވެ. އެކަމަކު ބޭރު ގައުމުތަކަށް ގައުމު ވިއްކާލުމުގެ ބަދަލުގައި ރައްޔިތުންގެ ތާއީދު ހޯއްދަވަން އަމީތު އެދިވަޑައިތެވެ.
އަމީތު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވުމުން ރައީސް ޔާމީން އަދި ފ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު އެ އަތޮޅުން އެމަނިކުފާނަށް އެއްވެސް ތާއީދެއް ނެތް ކަމަށާއި ދެން ފ. އަތޮޅުގެ ރައްޔިތުން ދައްކަންވީ މިސާލަކީ ސުން އިންތައިން ރައީސަށް ވެދުން ކުރުން ކަމަށެވެ.
"ރައީސް ޔާމީނަށް ދަންނަވަން އޮތް ހަގީގަތަކީ ފ. އަތޮޅުގައި ރައީސް ނަޝީދަށް އިންތިހާއަށް ތާއީދު އެބައޮތްކަން. ރައީސް މައުމޫނަށް ތާއީދު އޮތްކަން. ގާސިމަކީ މި އަތޮޅުގެ ހިތްތަކުގެ ރަސްގެފާނު. މި އަތޮޅުގައި ތާއީދު އޮތީ ކޯލިޝަނަށް. އިންތިހާބަށް ކަމަށް ބުނެ މިއިން ރަށަކަށް ރައީސް ޔާމީނަކަށް އަރާވަޑައެއް ނުގެންނެވޭނެ،" އަމީތު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު، ރާއްޖޭގެ ޓެރިފް ޝެޑިއުލްގައި ހިމެނޭ 70 އަށް ވުރެ ގިނަ ބާވަތުގެ ޑިއުޓީ ކަނޑާލެވޭނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ވިޔަފާރިވެރިން ދުނިޔޭގެ އެތައް ގައުމެއްގައި އިންވެސްޓްކޮށްފައިވާ މާކެޓްތައް ގެއްލިގެން ދާނެ ކަމަށާއި މިއީ ވިޔަފާރިވެރިންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އަމީތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީގޮތުންނިއުޓްރަލް
10 December 2017
"ވިއްކާލުން" މިއީ މިހާރު ސިޔާސީ ގޮތުން ބޭނުންކުރާ އެންމެ މޮޅު ބަސް. ނަމަވެސް މިބަސް ބޭނުންކުރާ ކޮންމެ ފަހަަރަކުވެސް އެކަުރަނީ އެކްސަޖަރޭޓް ކަން ހާމަވޭ. އަދި އިދިކޮޅުފަރާތްތަކުގެ ނިޔަތަކީ ހަމައެކަނި އިދކޮޅުވުން ކަމާ ރަނގަޅު މައުލޫމާތެއް ނޭގޭ ކަން ހާމަވޭ
ބަންނަ
10 December 2017
އަމީތު<<< ފ އަތޮޅު ރައްޔިތުންނަށް ތި ކުރި ކަމަކުން ލިބުނީ ހުސް ގެއްލުން... އަތޮޅުގެ ތަރައްޤީއަށް އަންނަ ހުރި މެގަ ޕްރޖެކްޓްތަްް ހުއްޓުވީމާ ، ލިބުނީ ހުސްގެއްލުން. އަމީތު ތި ކުރި ކަމަކުން ޔާމީނަށް ލިބުނު ގެއްލުމެއްް ނެތް، އޭނާ ހުރި ވެރިކަމުގައި މުސާރަ ލިބޭ. ރައްޔިތުންނަށް ލިބުނީ ދެރަ....... . ބަލަ ޗައިނާ މީހުންނެއް ނާނޭ މިރަށަކަށް ވޯރާއިން އަންނަހެން ކަންމަތި ފިހާރަ ހޫޅުވާކަށް. ޗާއިނާއިން އަހަރަމެން އަގުހެޔޮކޮށް މުދާ ގެންަންވީ ޑިއުޓީ ފްރީ ވާނެ. އެހެންވީމާ ހެޔޮ އަގުގައި މުދާލިބުނީމާ ރައްޔިތު މީހާއަށް ރަގަޅުވާނީ. އަމީތު ތިކަހަލަ ވާހަކަ ދެއްކީމާ ވާގޮތަކީ، ޔާމީނަށް ނުލިބެން ހުންނަ ވޯތް ވެސް ލިބި 2018 ކާމިޔާބު ވުން ގާތްވާނީ. އަހަރެން މީ ޔާމީން ސަޕޯޓަރެއް ނޫން. އަކަމަކު އަމީތުމެން ދައްކާ ތިޔަ ކަހަލަ ވާހަކަ ތަކަށް މަ ވަރަށް ދެކޮޅު . ގައުމަށް އަންނަ ކޮންމެ ރަގަޅަކަށް ގޯސް ގޮވީމާ ކަޑަ. ފ އަތޮޅަށް ސައުދީން އައި ނަމަ ހާދަ ކުރިއެރުމެއް ލިބުނީހޭ
ފާފު
10 December 2017
ފާފު މަޝްރޫޢު ފޭލްކޮށްލުމަކީ ފާފުއަތޮޅު މީހުން ދެއްކި ނަމޫނާއެއްނޫން. އެއީ ރީނދޫކުދިންނާއި އެމީހުންގެ ބައިގަނޑުން ދެއްކި ނަމޫނާއެއް. މިކަން ފޭލްކޮށްލާފައި، ފާފުމީހުންގެ ބޮލުގައި އަޅުވަނީ.
ފާފު މީހާ
10 December 2017
ކަލޭމެން އެހެން ހިސާބުތަކުގަ ނުފޫޒުގަދަ މީހުން ތިބީމަ މި އަތޮޅު ތަރައްޤީ ކުރަން ދެކޮޅުވަނީ.. ތިޔައީ ސިޔާސީ ކަމެއް ނޫން...
ހަސަނ
10 December 2017
މަށަކީ މިއަތޮޅަށް ނިސްބަތްވާ މީހެއްނޫން. ނަމަވެސް މިތާހުރި ކޮމެންޓްތަކުން ހީވަނީ މިއަތޮޅުގެ ރައްޔިތުން އަމީތުގެ ވާހަކަޔާ ދެކޮޅުހެން. އިދިކޮޅުގެ ޕާޓީގެ މާނައަކީ ގައުމު ފުނޑާލުމެއްނޫން.. ނަމަވެސް މިފެންނަނީ ތަރައްގީއަށް ކުރެވޭ ހަމަކޮންމެ ހަމަކަށް ދެކޮޅުހަދާތަން. މަޤާމްގެ ދަހިވެތިކަމުގަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..
ލަތީފާ
09 December 2017
ކޮންމެ މީހަކުވެސް ގޮނޑު ގެއްލުނިމަ އަނގަ ދިޔާވާނެ އޭގެން އެކަތި ތިޔައިީ
ބޭހޮއްކޮ
09 December 2017
ފ އަތޮޅުގެ ރައްޔިތުންގެ ހައްގެއް އެއީ މާލެ އަތޮޅާއި އެއްވަރަށް އަދި ކިއެއްތަ އެއަށްވުރެވެސް ކުރިއަރާދާން.. އެވެރިން ދެން ގުއިރޯނުގަ ނުޖެއްސޭނެ
ޤާދިރު
09 December 2017
ނިަލަންދޫގައި ނަރުދަމާ އަޅާފައި ނެތޭ ސަރުކާރުން ކޮށްދިން ކަމެއް ނެތޭ ކިޔައިގެން ބުހުތާން ދޮގުހަދައިގެން ވާހަކަ ދެއްކި އިރު މިމީހުންނަށް ނޭގުނޭ ނިލަންދޫގައި ނަރުދަމާއޮތްކަމެއް ވެސް. ފ. އަތޮޅާބެހޭ ގޮތުން ބޮޑުޖަލްސާގަ ދެއްކި ވާހަކައިގެ 90 ޕަސެންޓަކީ ބުހުތާން ދޮގު. ދޮގުހެދިޔަސް މިވަރު ތަންފުކެއް ބޮޑު
ޝަރފު
09 December 2017
ބަލަ ތީ ގމާރެއްތަ؟ ދުނިޔޭގެ ގައުމު ތަކުގައި ކޮށްފައިހުރި އިންވެސްޓަށްވުރެ ފައިދާބޮޑު ގޮތެއް ހޯދައި ދިނީމާ އެކަމުގެ ބޭނުން ނުހިފާނީ ގަމާރެއް. ބަގުރޫޓް ވާނީއެއް ނޫން، ނަފާ އިތުރުވެ ދިރިއުޅުން ބާއްޖަވެރިވާނީ.
އަފުން
09 December 2017
ގައުމުގެ ތަރައްގީ ފުނޑާލުންއެއީ ނަމޫނާއެއްތޯ. އެހެން މީހުން އެމަގުން ހިނގަންވީތޯ. ބޭރުމީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭތޮތަށް ޤާނޫނެއް ފާސްކުރަން އަމީތު އަދި އެމްޑީޕީގެ ބައެއް މެންބަރުންވެސް ވޯޓްލިނޫންތޯ. އޭރު ކޮބާތޯ އަމީތުމެންގެ އިޚުލާސްތެރިކަން. ހިސާބަށްވުރެ ލަދު ނެތުމުން ކޮންމެފަދަ ވާހަކައެއްވެސް ދައްކާނެއެވެ.
ފާފުބެ
09 December 2017
ފާފު އަތޮޅަކުން ތަރައްޤީއެއް ފުނޑައެއްނުލާ. މި އަނގަފަތަރާސިތައް ކުރިކަމެއް އެއީ. މިމީހުން އޭތި ފެއިލްކޮށްލާފަ ފާފުގެ ރައްޔިތުންގެ ބޮލުގައަޅުވަނީ. އެމީހުން ނަމޫނާ ދައްކާފިޔޯލަ. ފާފުގެ ގިނަ ރައްޔޮތުން ބޭނުންވީ އެ ބިޔަ ޕްރޮޖެކްޓް އަތޮޅަށް އަންނަން. ރީންދޫ ބައިގަނޑު ގުނބޯ ހެއްދިޔަސް ގިނަރައްޔިތުން ތިބީ ހޭލާ. ބޯހަލާކު މި ބައިގަނޑާހެދި